މައިޒާން އިބްރާހިމް މަނިކު
06 މާޗް 2017 - 22:19
ސަރުކާރަށް ގާތްގަނޑަކަށް 50 އަހަރު ހިދުމަތް ކުރެއްވި ހ. ފޭދޫ، މައިޒާން އިބްރާހިމް މަނިކު މިރޭ ސްރީ ލަންކާގައި އަވަހާރަވެއްޖެ އެވެ.
އުމުރުން 84 އަހަރުގައި އިބްރާހިމް މަނިކު އަވަހާރަވިއިރު، ގެންދެވީ ލަންކާ ހޮސްޕިޓަލުގައި ލޭގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ކަމަށް އޭނާގެ އާއިލާގެ ބޭފުޅަކު "މިހާރު" އަށް ވިދާޅުވި އެވެ. އަދި އާލާސްކަންފުޅުގައި އުޅުއްވާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިބްރާހިމް މަނިކު އެންމެ ފުރަތަމަ ވަޒީފާ އަދާކުރެއްވީ ކަސްޓަމްސްގަ އެވެ. އޭރުގެ ރައީސް އިބްރާހިމް ނާސިރުގެ އަރިހުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި އެވެ. އަދި 1982 ވަނަ އަހަރުން ފެށިގެން އިބްރާހިމް މަނިކު މަސައްކަތް ކުރެއްވީ ޕަބްލިކް ވާކްސް ސާވިސަސްގެ ފަރާތުން ރަށްރަށުގެ ބަނދަރު ހެދުމާއި ބިން ހިއްކުން އަދި މަގު ހެދުން ފަދަ މަޝްރޫއުތައް ހިންގެވުމުގަ އެވެ. އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަޝްރޫއުގައި ވެސް އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅަކީ އިބްރާހިމް މަނިކު އެވެ.
އޭނާ 2008 ވަނަ އަހަރު ރިޓަޔާކުރެއްވިއިރު، ހުންނެވީ އޭރުގެ ޕަބްލިކް އިންފްރާސްޓަރަކްޗާ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގަ އެވެ.
މައިޒާން އާއިލާގެ އެންމެ ދޮށީ ބޭފުޅާގެ ގޮތުގައި ހުންނެވި އިބްރާހިމް މަނިކު އަވަހާރަވިއިރު، ހަތަރު އަންހެން ބޭފުޅަކާއި ދެ ފިރިހެން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ.
ކޮލަމްބޯގައި އޭނާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ މެންދުރު ނަމާދަށް ފަހުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސެއިން ދީ
06 March 2018
إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ
ފޮނިކަލޯ
07 March 2017
މަރުހޫމަށް ﷲ ގެ ރަހުމަތާއި ފުއްސެވުމާއި ދިންނެވުމާއި ސުވަރުގެ މިންވަރު ކުރައްވައި، އާއިލާގެ އެންމެހައި ބޭފުޅުންނަށް ކެއްތެރިކަން މިންވަރު ކުރައްވާށި! އާމީން
ޟުހައްމަދު ސައީދު
07 March 2017
إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ
މޫސަ
07 March 2017
إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ
ލަބީބު
07 March 2017
މަރުޙޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީނިޢުމަތް މިންވަރުކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް ދުޢާދަންނަވަން. މަރުޙޫމު އިބްރާހިމްމަނިކަކީ ވަރަށްހިތްހެޔޮ އެކުވެރި ރަހުމަތްތެރިއެއް. އެކީގައި މަސައްކަތްކުރަން ފަސޭހަ މުއައްޒިފުންނަށް އޯގާތެރި ވެރިއެއް. މެރިން ޑިވިޝަން ގެ ވަކީލަކަށް އިބްރާހިމްމަނިކު އުޅުއްވި އިރު އެއޮފީހުގައި މަސައްކަތްކުރި އިދާރީ މުއައްޒިފެއްގެ ގޮތުން ވެފައިވާ ތަޖްރިބާ.
މަރަދޫ
07 March 2017
إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ
ސސ
07 March 2017
މަރުހޫމަށް ﷲ ގެ ރަހުމަތާއި ފުއްސެވުމާއި ދިންނެވުމާއި ސުވަރުގެ މިންވަރު ކުރައްވާއި، އާއިލާގެ ބޭފުޅުންނަށް ކެއްތެރިކަން މިންވަރު ކުރައްވާށި!
ހަސަން
07 March 2017
إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ
ރަދީފް
07 March 2017
إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ
ޒީރޯ
07 March 2017
انا لله و انا اليه راجعون - اللهم اغفر له وارحمه آمين