ޚަބަރު / ފައްޔާޒު އިސްމާއިލް (ކުރީގެ މިނިސްޓަރު)

ފައްޔާޒު ވަނީ ޓެރަރިޒަމަށް ހިތްވަރުދީފައި، ސީރިއަސްކޮށް މައްސަލަ ބަލަންޖެހޭ: އަބްދުއްރަހީމް

ފައްޔާޒާ އެކު އަބްދުއްރަހީމް ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: ފައްޔާޒު ވަނީ ޓެރަރިޒަމަށް ހިތްވަރު ދެއްވާފައި ކަމަށް ވިދާޅުވި -

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީނަށް ހެދި ގޮތް ހަދާފާނެ ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓަކު ދެއްކި ވާހަކައެއް ދިފާއުކޮށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވާހަކަ ދެއްކެވުމަކީ ޓެރަރިޒަމަށް ހިތްވަރު ދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ ފައްޔާޒު ދެއްކެވި ވާހަކައަކީ ކަނޑައެޅިގެން ޓެރަރިޒަމަށް ހިތްވަރުދިނުން ކަމަށާއި ކަމާގުޅޭ މުއައްސަސާތަކުން ވަރަށް ސީރިއަސްކަމާ އެކު ވަގުތުން އެކަން ބަލަންޖެހޭ ކަމަށެވެ.

"އަމުދުން އިދިކޮޅު ސިޔާސީ ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނެވި ބޭފުޅަކު މިފަދަ ވާހަކައެއް ދެއްކުމަކީ އާދައިގެ ކަމެއް ކަމަށް ބަލައިގެންނުވާނެ،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ފައްޔާޒުގެ ވާހަކަތަކާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރާއްޖެއަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނުހަނު ފުޅާކޮށް ކަށަވަރުކޮށްދޭ ގައުމެއް ކަމަށާއި ނަމަވެސް އެ ހައްގުގެ ބޭނުންކުރަން ވާނީ ޒިންމާދާރުކަމާ އެކު ކަމަށެވެ. ވަކިން ހާއްސަކޮށް ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން އަދި ސިޔާސީ ޕާޓީތަކުގެ ވެރިންނަކީ މިކަންކަމުގައި ނަމޫނާ ދައްކަވަންޖެހޭ ބޭފުޅުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ގާނޫންތަކާ ހިލާފަށް މީހުން މެރުމަށާއި އަނިޔާވެރިވުމަށް ގޮވާލުމަކީ ވަރަށް ޒިއްމާދާރުކަން ކުޑަ އަމަލެއް،" މިނިސްޓަރު ވިދާޅުވި އެވެ.

"ގާނޫނުއަސާސީގެ ދިފާއުގައި" ޖަލްސާއަށް ތައްޔާރުވާން ކުޅުދުއްފުށީގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ކުރިން ޕީޕީއެމްގައި ވަރަށް ހަރަކާތްތެރިކޮށް އުޅުނު އެކްޓިވިސްޓަކު ވަނީ ކުރީގެ ރައީސް އަމީންގެ ވެރިކަމާއި އަމީންގެ ނިމުން އައި ގޮތާ ގުޅުވައިގެން މިހާރުގެ ސަރުކާރާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ.

އެއީ ރައީސް މުއިއްޒު އަވަހާރަކޮށްލާ ވާހަކަ ކަމަށް ބުނެ އެ ވާހަކަތަކަށް ފާޑުކިޔުން އަމާޒުވެފައި އޮއްވައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ "ރައްޔިތުންނަށް ދެރަ ދިނީމަ ހަދަން ޖެހޭނީ އަމީނަށް ހެދި ގޮތް" ކަމަށެވެ.

އެކަމަކު ފައްޔާޒު ވިދާޅުވި ގޮތުގައި ޕޯޑިއަމެއްގައި މީހަކު އެގޮތަށް ބުނެފައި ވަނީ މިހާރުގެ ރައީސަށް ނަސޭހަތެއް ދިނުމުގެ ގޮތުންނެވެ.

އެކަމަށް ރައްދު ދެއްވައި އަމީންގެ ކާފަދަރިކަނބަލުން އަދި އެމްޑީޕީގެ ސަރުކާރުގައި، އިނގިރޭސިވިލާތުގައި ހުންނެވި ރާއްޖޭގެ ސަފީރު ފަރަހަނާޒް ވިދާޅުވީ އިސްލާމީ ޝަރުއީ ހަމަތަކުން ބޭރުން މީހަކު މަރާލުމަކީ ދުވަހަކު ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކޮންމެ ގޮތަކަށް ކަމެއް ކުރިޔަސް ބަޔަކު ނިކުމެ މީހަކު މަރާލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަމީންގެ ވެރިކަން ނިމުމަކަށް ގެނައީ އޯގަސްޓް 30، 1953 ގައި އެ މަނިކުފާނު ސްރީ ލަންކާއިން އެނބުރި ވަޑައިގަތުމާ އެކު އޭރު ސިޔާސީ ކަންކަމުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނާ އެކު ރައްޔިތުން ނުކުމެ އެވެ. އަމީން މާލެ އަރައިވަޑައިގަތަނުދީ ދޫނިދޫގައި ބަންދުކޮށް ވެރިކަން ބަދަލުކޮށްލީ އެވެ.

އޭގެ ހަތަރު މަސް ފަހުން އަމީން އަވަހާރަވީ ދޫނިދޫގައި ބަންދުކޮށްފައި ހުއްޓާ މާލެ ވަޑައިގެން ބަޣާވާތްކުރައްވަން އުޅުއްވި ކަމަށް ތުހުމަތުކޮށް ހަވަރު އެއްކޮށް، އަމީނަށް ދިން ލާއިންސާނީ ބޮޑެތި އަނިޔާތަކަށް ފަހުގަ އެވެ. ސިފައިންގެ ތެރޭގައި އަމީން ހުންނަވަނިކޮށް ހަވަރު އެންމެން ވަދެ އަމީނަށް ހަމަލާދޭން ފަށައި ދަމާފައި ގެންގޮސް ގުޅަކުޅޭ ފަސްގަނޑަށް ނެރެ އެތައް އިރަކު، ރަހުމުކުޑަ އެތައް އަނިޔާއެއް ދިނެވެ.

އަމީން ދީދީ ކުރައްވަން އުޅުއްވީ ބަޣާވާތެއް ކަމަށް ބަލައި، އެ ހާލުކޮޅުގައި އޮންނަވަނިކޮށް ހަމަ އެ ދުވަހު، ފަށްޖެހި އެނދެއްގައި ބޮޑު ބަނޑޭރިގެއަށް އަމީން ދީދީ ގެންދަވައި، ހިނދުން ހިނދަށް ތަހުގީގު ނިންމައި، އަމީން ކުށަށް "އިއުތިރާފުވެ" ވަޑައިގަތް ކަމަށް ނިންމައި ހަވީރު 4:00 ގައި އަމީނަށް އުމުރު ދުވަހަށް އަރުވާލުމުގެ ހުކުމެއް އިއްވެވި އެވެ.

އެ ހާލުކޮޅުގައި އޮންނަވަނިކޮށް ވެސް ހުކުމް ތަންފީޒުކުރަން ކ. ގާފަރަށް އަމީން އަރުވާލި އެވެ. އެކަމަކު ހާލުކޮޅު ގޯސްވެ ފަހުން ކ. ވިހަމަނާފުށި [މިހާރުގެ ކުރުނބާ މޯލްޑިވްސް] އަށް އަމީން ބަދަލުކުރި އެވެ. އޭގެ ދުވަސްކޮޅެއް ފަހުން، ޖެނުއަރީ 19، 1954 ގައި އަމީން އަވަހާރަވީ އެވެ.

22 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 11%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަގޭ ރާއްޖެ

10 December 2024

އަދުރޭބުނީ ޔާމީނަށް ކުރީ ހަރާންހުކުމެއް ކަމަށް. ކޯޓްގެ ހުރުމަތަށް ގޮންޖެހީ. ޙަމަ ޖެހޭނެ ބަލާ ފިޔަވަޅު އަޅަށް

The name is already taken The name is available. Register?

އެކަލޯ 1

10 December 2024

ޓެރަރިޒަމަށް ހިތްވަރުދޭ މީހުން ހިފާ ހައްޔަރުކުރުމަށް ގޮވާލަން. އެފަދަ މީހަކަށް ވެރިކަމަށް އާދެވޭނެ އެއްވެސް ފުރުޞަތެއް ދެވިގެން ނުވާނެ.

The name is already taken The name is available. Register?

ޖަމީލުބެ

10 December 2024

ވެއްޓެނީ.

The name is already taken The name is available. Register?

ހުވާ މިބުނީ

10 December 2024

ރަހީމްބެ ނިކަން މަޖާވާނެ

The name is already taken The name is available. Register?

ކެނެޑީ

10 December 2024

2012ގަ މުހައްމަދު ނަޝީދު ވެރިކަމުން ބާލަން ކަލޭމެން ގޮވިއެއްޗެހި ޖުމްހޫރީ މައިދާނުގަ 7 ފެބްރުއަރީ 2012ގަ މަގޭ ދެކަންފަތުން އަޑުއެހިން

The name is already taken The name is available. Register?

ހިތަށްއަރާ

10 December 2024

7 ފެބްރުއަރީ 2012 ގައި ހިނގައިދިޔަ ކަންތައްތައް ލޮލުންފެނި އެކަމުގައި އިސްކޮށް އުޅުނުމީހުންވެސް ފެނިފައިވާ މީހެއްގެ ހައިސިއްޔަތުން ހިތަށްއަރަނީ އަހަރެމެން ޔަހޫދިންނަށް ވުރެ ޔަހޫދީ ނޫންބާވައޭ. މީގެ މާނައަކީ އެއްވެސް ހާލެއްގައި ކުރިންހިނގި ނުވަތަ މިހާރުހިނގި ކަމަކަށްވެސް އަހަރެން ތާއީދުކުރާ ވާހަކައެއް ނޫނެވެ.

The name is already taken The name is available. Register?

ސަމަންދަރު

10 December 2024

އަބުދުއްރަހީމް ދައްކާ ވާހަކައަކީ އެކަމުގައި އަމިއްލަ ކޮންމެވެސް އެދުމެއް އޮންނާނެ ވާހަކައެކެވެ. ރައީސް ޔާމީނާއި ދިމާލަށް އަބުއްދުރަހީމް ކީއެއްޗެހި މީގެ ހެއްކަކަށް ފުދެއެވެ. ކޮންމެ ކަމެއް ސިޔާސީ އަމިއްލަ މަންފާއަށް ކުރާ މީހަކު ދައްކާ ވާހަކައެއްގައި އިތުބާރެއް ނޯންނާނެއެވެ.

The name is already taken The name is available. Register?

އައިމިނާ

10 December 2024

އެމްޑީޕީންތައް ބޭނުންވަނީ ގައުމުގެ މާޒީ އިޢާދަވާން ކަމުގައިވާނަމަ ގައުމު ކުރިއަށްތޯ ދާނީ ފަހަތައްތޯ ދާނީ މިއީ ރައްޔިތުން ޖަވާބުހޯދާ ވިސްނާލަން ޖެހޭ ކަމެއް.

The name is already taken The name is available. Register?

އައިމިނާ

10 December 2024

އެމްޑީޕީންނަކީ ޕާޓީއެއްތަ.

The name is already taken The name is available. Register?

އަހާލީ

10 December 2024

އަދުރޭ ސަރ މިޖުނީ އަމީނު ދީދީގެ ދިފާއުގައިވެސް އެއްމެ ފަހުން ތެދުވަން. މިއޮންހާ ދުވަހު ސުމުވުއް އަމީރު މުހައްމަދު އަމީނު ދޮށިމޭނާ ކިލަގެ ފާނުގެ އާއިލާއިން އެމްޑީޕީއަށް ކުރި ހޭދަޔާއި ވީ ޤުރުބާނީ ކޮބާތޯ؟ އެމްޑީޕީގެ އިސް ބޭފުން އެތިބީ އެހާދިސާވެސް އެއީ ހިނގަން ޖެހޭ ގޮތަށް ހިނގާ ނިމުނު ކަމެއް ކަމަށް ނިއްމަވާގެންތޯ؟

The name is already taken The name is available. Register?

ބެކް

11 December 2024

އެ ހާދިސާ އެއީ އެންމެ ރަނގަޅަށް ހިނގާފައިވާ ހާދިސާއެއްކަމަށް ބަލާ މީހުން ހަމަ އެ ތާރީޚް 2012ގައި ވަނީ އިޢާދަ ކޮށްފައި. ރޭވުންތަކަށް ބެލީމާ ހަމަ މުޅިން އެއްގޮތް. ތަފާތަކީ ވެރިކަމުން ބޭލި މީހާ ދުނިޔޭގައި ހުރިކަން. އެކަމާ ދެރަވެގެން ތިޔަބޭފުޅުން ދެއްކެވި ވާހަކަ ވެސް މަމެން އެހީމު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454