މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމަށްފަހު އަރީފް (ވ) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ، އޭނާއާ މެދު ފިޔަވަޅު އަޅަން އެމްޑީއޭގެ ފިޔަވަޅު އަޅާ ކޮމެޓީއަށް ވަނީ ހުށަހަޅާފައި. - ފޮޓޯ: މަޖިލިސް
09 މާޗް 2017 - 17:25
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް އާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދި އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީއަށް ހުށަހަޅައިފި އެވެ.
އެމްޑީއޭ އިން ބުނީ އަރީފު ތަކުރާރުކޮށް ވިޕްލައިނާ ހިލާފުވެވަޑައިގެންފައި ވުމާއި ޕާޓީ ތަމްސީލް ކުރައްވާ ގޮތާ މެދު ހިތްހަމަނުޖެހިގެން ކޮމެޓީއަށް ހުށަހެޅި މައްސަލަ ބެލުމަށް ކޮމެޓީ ބައްދަލުވުން މިއަދު ބާއްވާނެ ކަމަށެވެ.
ސަރުކާރު ހިންގާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން ނެރޭ ވިޕްލައިނާ ހިލާފުނުވުމަށް އެމްޑީއޭ އިން ވަނީ އަރީފަށް މީގެ ކުރިން ނަސޭހަތްތެރިވެ، އޭނާއަށް އިތުރު ފުރުސަތެއް ދޭން ނިންމައިފަ އެވެ.
އަރީފަކީ މަޖިލީހުގައި ނެގޭ ވޯޓުތަކުގައި ކޯލިޝަނުން ނެރޭ ވިޕްލައިނާ ތަކުރާރުކޮށް ހިލާފުވެވަޑައިގަންނަވާ އެމްޑީއޭގެ ހަމައެކަނި މެމްބަރެވެ. އެ ގޮތުން ޓޫރިޒަމްގެ ގާނޫނަށް ގެނައި އިސްލާހާއި އަބުރު ރައްކާތެރިކޮށްދިނުމުގެ ނަމުގައި ހިޔާލު ފާޅުކުރުން ނިގުޅައިގަތުމަށް ފާސްކުރި ބިލާއި ކޮމަންވެލްތުގެ މެމްބަރު ކަމުން ވަކިވާން ނެގި ވޯޓުގައި ވެސް ސަރުކާރާ ދެކޮޅަށް އޭނާ ވޯޓު ދެއްވި އެވެ.
އަރީފަކީ މިހާރު ދެފަޅިވެފައިވާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވާކަން ހާމަކޮށް، މައުމޫން ބާއްވަވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. ފަހަކަށް އައިސް މަޖިލީހުގައި ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވާ އަރީފް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ހުށަހެޅުމަށް ސޮއި ވެސް ކުރައްވާފަ އެވެ.
އެމްޑީއޭގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާލެމެންޓްރީ ކައުންސިލުން ނިންމާ ނިންމުން ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީ އަށް ހުށަހަޅަން ޖެހޭއިރު، އެ ކޮމެޓީ އަށް ނަސޭހަތްތެރިވުމާއި، އިންޒާރު ދިނުމާއި ޕާޓީން ވަކި ކުރުމުގެ ބާރު ކޮމެޓީ އަށް ލިބެ އެވެ. ނަމަވެސް ކޮމެޓީން ނިންމާ ނިންމުން ތަންފީޒު ވާނީ ގައުމީ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ނިންމާ ގޮތެއްގެ މަތިންނެވެ.
އަރީފަކީ މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލިސް ގޮނޑި އަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅެކެވެ. ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުމަށްފަހު، އޭނާ ޕީޕީއެމަށް ވެސް ސޮއިކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެމާ
09 March 2017
އާރިފުގެ ނިންމުން މިސަލަކަށް ބަލައި ދެންތިބި މެންބަރުންވެސް ގައުމާއި ރައީތުން އިސްކުރުމަށް ގޮވާލަން، އާރިފް ފަދައިން އެހެން މެންބަރުންވެސް ތިމާއަށްވުރެ ގައުމު ބޮޑުކަން ވިސްނާލާ، ރައީތުންގެ ހާދިމުންކަން ވިސްނާލާ، ރައީތުންގެ އިހުސާސްތަކާއި އެއްގޮތަށް ވޯޓްދެއްވާ
މަރިޔަމްނާޒިހާ ހަމީދު
09 March 2017
އަރީފު ތިޔައީ މާތްﷲ މިދިވިފަސް ގަނޑައްފޮނުއްވި ހިތްވަރުގަދަ ބަޠަލެއް. އަޅުގަނޑުމީ އޮކުސްފޯރޑު ޔުނިވަރސިޓީގައި މާސްޓަރސް އިން ޕޮލިޓިކަލް ސައިސްގެ ރޮނުގުން ކިޔަވާ އައްޑޫ ސިޓީ ހިތަދޫ ކުއްޖަކީމެވެ. މިއަހަރަކީ މިޑިގުރީގެ އެއްމެ ފަހު އަހަރެވެ. މާތްﷲގެ އިރާދަ ފުޅާއި މިންވަރުފުޅުން އަޅުގަނޑުގެ ޗުއްޓީ ހަމަޖެހިގެންދާނީ ދެންއޮންނަ ރައްޔަތުންގެ މަޖިލީސް އެލެކުޝަން ދުވަސް ވަރުކަމއް ވަރައްބޮޑައް ލަފާކުރެވެއެވެ. އަޅުގަނޑު ދަންނަވަން މިއުޅެނީ ތިބޭފުޅާ ތިޔަ މަޖިލީހައް ހޮވުމައްޓަކައި ދިވެހިރާއްޖޭގެ ދުރުވިސްނޭ އަމިއްލަ އެދުންތަކުން ފޯނުވެ އުޅޭ ކޮންމެ މީހެއެްގެ ފަރުޒީވާޖިބެއްކަމައް ދެކި ރާއްޖޭގެ ވަކި ސަރަހައްދެއްނެތި ތިބޭފުޅާ %100 އަޢުލަބިއްޔަތުން ހޮވަންޖެހޭނެ ކަމީ އޮޅުމެއް އޮތްކަމެއްނޫން... އަޅުގަނޑުމެން ދުނިޔޭގައި ތިއްބައި މަނިކުފާނު މިދުނިޔެދޫކޮށް އާޚިރަތުގެ އާދެ ސުވަރުގޭގެ ނިއުމަތައް ވަޑައިގެންފިނަމަ މަނިކުފާނުގެ ހަނދާނުގައި އަޅުގަނޑުމެން އައްޑޫގެ ޒުވާނުން މިސްކިތެއް ބިނާކުރުމައްވެސް ވައުދުވަމެވެ. ﷲ ގެ އިރާދަ ފުޅުން މުޅި މަޖިލީހަށާއި ދިވެހި ގައުމައް ތިޔަ ދެއްކެވި ލާމަސީލު މިސާލަކީ ދުވަހަކުވެސް ދިވެހި ރައްޔަތުންގެ ތެރޭގައި ތިބި ތަޢުލީމީ ވިސްނުންތެރި އެކަކުވެސް ހަނދާންނެތޭނެކަންތައްތަކެއްނޫނެވެ.
އަމަދުރޭ
09 March 2017
ތި ޚަބަރުވާނީ އަރީފަށް ވަރަށް އުފާވެރި ޚާބަރަކަށް، ތި ޕާރޓީން ފިޔަވަޅު އެޅުމުގެ ކުރިން އަރީފް އެހެރީ ފިޔަވަޅު އަޅާއިގެން. އަރީފް މާކުރިން ތިޕާރޓީ ދޫކޮއްލައިފި.
ހުކުމްމޭން
09 March 2017
މެމްބަރު އަރީފަށް ފިޔަވަޅު އަޅަން ހުށަހަޅައިފި. ހުށައެޅި މައްސަލަ ވަރަށް ފާޅު ކަން ބޮޑު ކޮށް ވަނީ ސާބިތު ވެފައި ޕާރޓީ ގެ އުސޫލު ތަކާއި ތަކުރާރު ކޮށް ޚިލާފު ވެފައިވާ ކަމަށް. ކަންޓްރީ ސައިޑް ތިއަރީ ބޭނުން ކޮށް ގެން ސުޕާރީ ފަހަތުން ދުވާކަމަށް ބެލެވޭތީވެ އޭނާ މިއަދުން ފެށިގެން ޕާރޓީން ވަކި ކުރަން ނިންމާ އެގޮތަށް ހުކުމް ކޮށް އެހުކުމް ކޮންފާރމް ކުރީމެވެ. ދެން ހުރިހާ ކުދިން ވެސް ސައި ކޮޓަރި އަށް ވަދެ ސައި ބޯން ވީއެވެ.
އެޕްލައިޑް
09 March 2017
އެމްޑީއޭ ގެ މެމްބަރެއްގެ ގޮތުގައި އަރީފް ހުރެގެން އެމްޑީއޭގެ ގޯތީގެ ދޮރު ތަކަށް އަރުވާފައިވާ ބިއްލޫރި ތައް ތަޅާ ފުނޑާލާނަމަ އަރީފް ޖެހޭނީ ބޭރުކޮށް ލަން ގޯތިން. އެއްވެސް ހާލެއްގައި ގޯތީގައި ބައިންދައިގެން ނުވާނެއެވެ. މަމެން ބޭނުންވަނީ ސިިވިއަރ ޕަނިޝްމެންޓް އަދި ސިވިއަރ އިކޮން ސެންކްޝަންސް ތައް އެޕްލައި ކުރަން. ޔޭއް ޔޭއް..
ކަނޑާލާ
09 March 2017
މެމްބަރު އަރީފް އަކީ އެނބުރޭ ގަލެކެވެ. އެއަކު ފެހި ނުޖަހާނެއެވެ. ދެން އަނެއްކޮޅުން ވަރަށް ލޯ ޕްރޮފައިލްޑް ކޮންސިޓިޓު އެންސީ އެއް ދޯ. ކަނޑާލާ އެމްޑީއޭ އިން. އެއިރުން ހުންނާނެ އަލާފިލާފައި ދޯ.