ނޮޅިވަރަމް ދާއިރާގެ އެމްޑީއޭ މެމްބަރު ހުސެއިން އަރީފް. އޭނާއަކީ ތަކުރާރުކޮށް ކޯލިޝަންގެ ވިޕާ ހިލާފުވެވަޑައިގަންނަވާ މެމްބަރެއް. - ފޮޓޯ: މަޖިލިސް
09 މާޗް 2017 - 20:02
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ވަކި ކުރަން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން މިއަދު ނިންމައިފި އެވެ.
އެމްޑީއޭގެ ފިޔަވަޅު އަޅާ ކޮމެޓީން ބުނީ އެމްޑީއޭގެ އަސާސީ ގަވާއިދުގައި ޕާޓީ ތަމްސީލް ކުރެއްވުމާއި ޕާޓީގެ ސިޔާސަތުތައް ދިފާއުކޮށް އެ ސިޔާސަތުތައް ކުރިއަރުވައި ވޯޓު ދިނުމަށް އޮންނައިރު، އެމްޑީއޭގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ ތަކުރާރުކޮށް އަރީފް އެކަންކަމާ ހިލާފުވެވަޑައިގެންފައިވާ ކަމަށެވެ.
މީގެ ކުރިން ސަރުކާރު ކޯލިޝަނުން ނެރޭ ވިޕްލައިންތަކާ ތަކުރާރުކޮށް ހިލާފުވެވަޑައިގަތުމުން އެމްޑީއޭއިން ވަނީ އޭނާއަށް ނަސޭހަތްތެރިވެ، އިތުރަށް އެފަދަ ކަމެއް ނުކުރެއްވުމަށް އަންގަވައިފަ އެވެ.
މަޖިލީހުގައި ޕާޓީ ތަމްސީލު ކުރުމާއި ޕާޓީގެ ހިޔަލުފާޅު ކުރުމާއި ޕާޓީގެ ސިޔާސަތުތައް ދިފާޢްކޮށް އެސިޔާސަތުތައް ކުރިއަރުވައި އަދި ވޯޓް ދިނުމުގައި ޕާޓީގެ ސިޔާސަތު ތަކަށްމީގެ ކުރިން އޭނާއަށް ނަސޭހަތްތެރިވެ، އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް ޕާޓީން އެންގި އެވެ.
އަރީފަކީ މަޖިލީހުގައި ނެގޭ ވޯޓުތަކުގައި ކޯލިޝަނުން ނެރޭ ވިޕްލައިނާ ތަކުރާރުކޮށް ހިލާފުވެވަޑައިގަންނަވާ އެމްޑީއޭގެ ހަމައެކަނި މެމްބަރެވެ. އަދި އޭނާއަކީ ދެ ފަޅިވެފައިވާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރެވެ.
މަޖިލީހުގައި ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވާ އަރީފް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ހުށަހެޅުމަށް ސޮއި ވެސް ކުރައްވާފަ އެވެ.
އެމްޑީއޭގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާލެމެންޓްރީ ކައުންސިލުން ނިންމާ ނިންމުން ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީ އަށް ހުށަހަޅަން ޖެހޭއިރު، އެ ކޮމެޓީ އަށް ނަސޭހަތްތެރިވުމާއި، އިންޒާރު ދިނުމާއި ޕާޓީން ވަކި ކުރުމުގެ ބާރު ކޮމެޓީ އަށް ލިބެ އެވެ. ނަމަވެސް ކޮމެޓީން ނިންމާ ނިންމުން ތަންފީޒު ވާނީ ގައުމީ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ނިންމާ ގޮތެއްގެ މަތިންނެވެ. އަރީފަކީ މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލިސް ގޮނޑި އަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅެކެވެ. ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުމަށްފަހު، އޭނާ ޕީޕީއެމަށް ވެސް ސޮއިކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ
10 March 2017
ރީކޯ އަލްހާން ފަދަ ބޭފުޅުންނާ ދޭތެރެ ތިބޭފުޅުން އެގޮތަށް ފިޔަވަޅުތައް އެޅީ އެމީހުން ހޮވި މީހުން "ރައްޔިތުންނަށް" ނުވާތީތަ؟ ކޮބާ ލަދް
އެވްރިވަން
10 March 2017
އޮޅިއްޖެ. ރައްޔިތުންގެ މަޖިލިސްތަ؟ ނޫނީ ޕާޓީގެ މަޖިލިސްތަ ކިޔަނީ؟ ރައްޔިތުންގެ މަޖިލީހުގައި މިވެނި ޖަމިއްޔާއެއްގެ ބަޔަކު ބުނާ ގޮތަށް ކަންކުރަން ޖެހޭނެ ކަމަށް ބުނާއިރު ވެސް ރައްޔިތުންގެ މަޖިލީހުން އެކަން ދީލާލައިގެން ތިބޭކަމީ ހައިރާންވާ ކަމެއް. ބަލަ އެއީ ރައްޔިތުން ތަމްސީލުކުރާ މެމްބަރެކޭ. އެތަނަށް ވަންނަން ކޮންމެހެން ޕާޓީއެއް ވެސް މުހިއްމެއް ނޫނޭ. ދެން ކޮން ޕާޓީގެ ވިޕްލައިނެއް، ފިޝިންގ ލައިނެއް ކިޔާކަށް. ރައްޔިތުންގެ ކޮންމެވެސް ލައިނެކޭ ކީނަމަ ހަމަޖެހުނީސް.
ދައްތަ ދެއްވި އިރުޝާދު
10 March 2017
އަރީފު ތިޔައީ މާތްﷲ މިދިވިފަސް ގަނޑައްފޮނުއްވި ހިތްވަރުގަދަ ބަޠަލެއް. އަޅުގަނޑުމީ އޮކުސްފޯރޑު ޔުނިވަރސިޓީގައި މާސްޓަރސް އިން ޕޮލިޓިކަލް ސައިސްގެ ރޮނުގުން ކިޔަވާ އައްޑޫ ސިޓީ ހިތަދޫ ކުއްޖަކީމެވެ. މިއަހަރަކީ މިޑިގުރީގެ އެއްމެ ފަހު އަހަރެވެ. މާތްﷲގެ އިރާދަ ފުޅާއި މިންވަރުފުޅުން އަޅުގަނޑުގެ ޗުއްޓީ ހަމަޖެހިގެންދާނީ ދެންއޮންނަ ރައްޔަތުންގެ މަޖިލީސް އެލެކުޝަން ދުވަސް ވަރުކަމއް ވަރައްބޮޑައް ލަފާކުރެވެއެވެ. އަޅުގަނޑު ދަންނަވަން މިއުޅެނީ ތިބޭފުޅާ ތިޔަ މަޖިލީހައް ހޮވުމައްޓަކައި ދިވެހިރާއްޖޭގެ ދުރުވިސްނޭ އަމިއްލަ އެދުންތަކުން ފޯނުވެ އުޅޭ ކޮންމެ މީހެއެްގެ ފަރުޒީވާޖިބެއްކަމައް ދެކި ރާއްޖޭގެ ވަކި ސަރަހައްދެއްނެތި ތިބޭފުޅާ %100 އަޢުލަބިއްޔަތުން ހޮވަންޖެހޭނެ ކަމީ އޮޅުމެއް އޮތްކަމެއްނޫން... އަޅުގަނޑުމެން ދުނިޔޭގައި ތިއްބައި މަނިކުފާނު މިދުނިޔެދޫކޮށް އާޚިރަތުގެ އާދެ ސުވަރުގޭގެ ނިއުމަތައް ވަޑައިގެންފިނަމަ މަނިކުފާނުގެ ހަނދާނުގައި އަޅުގަނޑުމެން އައްޑޫގެ ޒުވާނުން މިސްކިތެއް ބިނާކުރުމައްވެސް ވައުދުވަމެވެ. ﷲ ގެ އިރާދަ ފުޅުން މުޅި މަޖިލީހަށާއި ދިވެހި ގައުމައް ތިޔަ ދެއްކެވި ލާމަސީލު މިސާލަކީ ދުވަހަކުވެސް ދިވެހި ރައްޔަތުންގެ ތެރޭގައި ތިބި ތަޢުލީމީ ވިސްނުންތެރި އެކަކުވެސް ހަނދާންނެތޭނެކަންތައްތަކެއްނޫނެވެ.
ބަލްކު އެންޑް ބަލަކް
09 March 2017
ވެދާނެ އަރީފް ބޭނުންވާވަރަށް "ޓިޕްސް" ނުލިބުނީކަމަށް.
ފެންވަރު
09 March 2017
ޕާޓީގެ ސިޔާސަތުތަކާ ނިންމުންތަކޭ؟؟ ރައްޔިތުންނަށް ޚިދުމަތްކުރަން ރައްޔިތުން ހޮވާފަތިބި ބައެކޭ ތީ. ރައްޔިތުންގެ މަސްލަހަތަށް ވިސްނަންޖެހޭނީ. ކޮން ޕާޓީއެއްތަ؟؟؟!!!!
އަމާދުރޭ
09 March 2017
ހެޔޮނުވާނެ ތިހެން މެމްބަރުން ވަކިކުރަންނުވިސްނާ، ސަރުކާރުން ބޭނުންވާހާގޮތަކަށް ވޯޓްދޭން މެމްބަރުން އަބަދަކު ނުތިބޭނެ. ހަށިފޮޅާލާފަ ތެދުވާދުވަސް އަންނާނެ. ބިރު ފަހަނައަޅާ އެއްމެމްބަރެއްގެ ކިބައިން އަނެއް މެމްބަރަކު އެދަނީ ހިއްވަރު ހޯޯދަނުން. ތިގޮތައް މެމްބަރުން ކަނޑަންވެއްޖެއްޔާ އެމްޑީއޭ އާއި ޕީޕީއެމްގެ ހުރިހާ މެމްބަރުން ހުސްވާތަން އަތުވެދާނެ.
ހަޖަމް
09 March 2017
ސާބަސް ޢަރީފް. ހައްޤުބަސް ވިދާޅުވުމުގާ ދެމިހުންނަވާ. ރައީސް މައުމޫނާއެކު ސާބިތުވެ ހުންނަވާ.
އަލީޝާކިރު
09 March 2017
ހައްގުބަސް ބުނެގެން ﷲ ގަންދީކުރި ހުވާގެ މަތީގަ ހުރެވޭތޯ ކޮންމެ މެމްބަރެއްވެސް ގަދައަޅާ މަސައްކަތްކުރަންޖެހޭ. އަރީފް އަށް ހެޔޮވިސްނުނީތީ އުފާކުރަން.
ވެކްސިން
09 March 2017
ވަރިހަމަ އެމްޑީއޭ ތިޔައުޅެނީ ސައިޒައްވުރެ ބޮޑު ބޫޓަކައް އެރިގެން އިރާދަ ކުރެއްވިއްޔާ ހެޔޮވަރު ސައިޒެއް ލިބޭނެ އެދުވަހުން ބޭޒާރުވާނެ މިބުނި ބަހުގެ މާނަ
އަމާދުރޭ
09 March 2017
އަވަހަށް ވަކިކޮއްބަލަ، އަރީފް އެހެރީ މާކުރިން ވަކިވެގެނޭ. އަދިވެސް ވަކިކުރަން ނިންމީތަ.
އަފިހުން ގޮއްޔެ
09 March 2017
ދެން ޕާޓީން ވަކިކުރީމަ ސަރުކާރުގެ ނިންމުންތަކާ ދެކޮޅަށް ބަހުސް ކޮށް ވޯޓެއް ނުދޭނެ ދެއްތޮ، ހީހީހީ.