ރައީސް މުއިއްޒު މި މަހުގެ ކުރީކޮޅު ގދ. ފިޔޯރީ އަށް ވަޑައިގަތުމުން އެ ރަށުގެ ކުދިންތަކެއް އެ މަނިކުފާނާ އެކު ސެލްފީއެއް ނަގަނީ.---ފޮޓޯ: ރައީސް އޮފީސް
21 ޖެނުއަރީ 2025 - 08:12
ރ. އަތޮޅުގެ 11 ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފުރާވަޑައިގެންފި އެވެ.
ތިން ދުވަހުގެ މި ދަތުރުފުޅުގައި އެ މަނިކުފާނު މިއަދު ވަޑައިގަންނަވާނީ ވާދު އާއި ރަސްގެތީމާއި އަނގޮޅެތީމާއި ހުޅުދުއްފާރާއި އުނގޫފާރަށެވެ.
މާދަމާ ވަޑައިގަންނަވާނީ މާކުރަތާއި މަޑުއްވަރި އާއި ރަސްމާދޫ އަދި އިންނަމާދޫ އަށެވެ.
ދަތުރުފުޅުގެ އެންމެ ފަހު މަންޒިލަކަށް ބުރާސްފަތި ދުވަހު ވަޑައިގަންނަވާނީ ފައިނާއި ކިނޮޅަހަށެވެ.
ރައީސް މުއިއްޒު ރ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތް ކުރެއްވުމަށާއި އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ލޯކަލް ކައުންސިލްތަކާ ބައްދަލުކުރެއްވުމަށް މިދިޔަ އަހަރު ފައްޓަވައިގެން ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނޭ ދަތުރުފުޅެކެވެ. މި ސިލްސިލާގެ ދަތުރުފުޅުތަކުގައި ރައީސް މި މަހުގެ ކުރީކޮޅު އެންމެ ފަހުން ވަޑައިގަތީ ގއ. އާއި ގދ އަތޮޅުގެ ބައެއް ރަށްރަށަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒޫމަލް
22 January 2025
ހުރިހާ ދިމާލަކަށް ގޮސް ގާތުން ކަން ކަން ބަލާ އަމަލު ކުރާ ރައީސް
އަތޮޅޭ412331
21 January 2025
މިއަތޮޅުގައި އުނގޫފާރު އެކަނި އޮވެގެން ވެސް ފުދޭ! ދެން ހުރި ރައްރަށުގެ މީހުން ބާލަންވީ.
އެކަލޯ 1
21 January 2025
ކަލޯ ފައިސާ އިސްރާފްކޮށް ދައްކާލާތި. ތީ ވާ ރައީސެއް.
މުއީ
21 January 2025
އެއަރ ޕޯޓް އަލާ ވާހަކަ ނުދައްކާތި
ބޯޓުޔާޑު
21 January 2025
މަނިކުފާނު، ދަންނަވަންތޯ! ބީއެމްއެލްގެ ކްރެޑިޓްކާޑުތަކުން ކޮވިޑްގައި ކަނޑާލި 80 ޕަސެންޓަށް ވުރެ ބޮޑު ކުރެޑިޓް ލިމިޓް އަދިވެސް އިއާދަކޮށް ނުދޭ! އެކަމަކު އަހަރީ ފީ 100 ޕަސެންޓް ނަގާ! ވީމާ، އަޅުގަނޑުމެންގެ އަލިފުއްޓަށް ވަޑައިގެން ސްޕީޗް ދެއްވާއިރު، ކާޑުތަކުގެ ލިމިޓް ފުރަތަމަ 60 އެއްހާ ޕަސަންޓް ޖައްސާނެކަމުގެ އުފާވެރި ޚަބަރު ދެއްވުމަކީ، ރ. އަތޮޅު ކީއްކުރަންތޯ މުޅި ރާއްޖެ ވެސް އުފާކުރާނެ ކަމެއް! ދާދި ފަހުން ޑޮލަރު ހޯދުމުގައި އެޅުއްވި ހަރުދަނާ ފިޔަވަޅުގެ ސަބަބުން މިހާރު މީ ނުވާ ވަރުގެ ކަމެއް ނޫނެއް ނޫންތޯ!
ޝިދާދު
21 January 2025
ސާބަހޭ ރައީސް. މިއީ އަހަރުން ބޭނުންވާ ކަހަލަ ވެރިންނަކީ، ރައްޔިތުންނާއި ކައިރިން މަސައްކަތްކުރާ ރައްޔިތުންގެ އިހުސާސުތަށް އަޑުއަހާނެ ވެރިއެއް މިއީ.
އަހުމަދު655
21 January 2025
ޝުކުރިއްޔާ ތިކުރަައްވާ މަސައްކަތްތަކައް.. އެކަމު ތިހެންކޮމެންޓކޮއްލަން ޑެޕިއުޓީ މިނިސްޓަރުކަންކަޑަދޯ...
ރަދީފްއޮފިޝަލް
21 January 2025
ކޮބާ މީދޫ؟؟؟ އަނަސްގެ ވާހަކައެއް ނެތް؟؟
ދދ4ރ
21 January 2025
ރިޔާސީ އިންތިހާބު ނިންމާފަ ދިޔައެއްނު
ރަދީފުއްދީން
21 January 2025
އެއްދުވަހުން 24 ގަަޑިއިރު މަސައްކަތްކޮށްގެން 5 ރަށުގެ އެންމެންގެ ހާލުބެލޭނެބާ؟ އަހަރެމެންނަށް ލިބިފާމިހުރީ ގަދަ ރައީސެއް.
ސަލާބް
21 January 2025
ރައްޔިތުންގެ ހާލުބަލަންތަ އެދަނީ؟؟
މަ ބުނޫ
21 January 2025
މަ ބުނީ އިނގުރައިދޫ ރައްގިރާ ވާހަކަ ދައްކާނެތީވެދޯ އިނގުރައިދުއަށް ނުދަނީ
ސަސި.
21 January 2025
ދެން ކޮންހާ ބޭކާރު ދަތުރެއްތަ މި ކުރަނީ. ރ އަތޮޅު ދެކުނުގަ އަޅަންބުނި އެއަރޕޯޓްގެ އަޅާނެ ރަށެއް ފައިނަލް ނުވެގެން އަދިވެސް މި އުޅެނީ
އެއާޕޯޓު ބޭނުމެއް ނޫން
21 January 2025
ރ އިފުރު އެއާޕޯޓްއިން ފުދޭ. ރ ޑޯންނީޑް މޯ އެއަރ ޕޯޓް. ކޮންމެސް ހައްދެއް އޮންނަންވާނެ އެއާޕޯޓުތަކުގެ. ކޮންމެ ދެފައި ދެގޯޅިއެއްގައި ބޭނުން ނޫން ދީ.
ކިކ98
21 January 2025
އެކަމަށް ލަވައެއް ނުހެދިގެން ލަސްވަނީ.ސޮރީ
ނިހާދު މުހައްމަދު
21 January 2025
އެއާޕޯޓުތަކަކީ ސަކަރާތް ޖަހަން އަޅާ ތަންތަނެއް ނޫން. އިފުރުގަ އޮތް އެއާޕޯޓުން އަހަރެމެންނަށްފުދޭ. މި ވަގުތަށް އެއާޕޯޓެއް މުހިންމެއްނޫން