ގޭގެ ވެރިމީހާއަށް އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި މީހުން--
12 މާޗް 2025 - 12:42
މާލޭގެ ގެއެއްގައި ގްރޫޕަކުން އަނިޔާކުރި މީހާ އޭނާގެ އެޕާޓްމަންޓް ކުއްޔަށް ދޭން އެއްބަސްވުމުގައި ސޮއިކުރީ ވެސް އޭނާ އަށް ބިރު ދައްކައި ގަދަކަމުން ކަމަށް ބުނެފި އެވެ.
ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިމީހާއަށް ބިރު ދައްކައި، އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައި ވާއިރު އެކަމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އެ މައްސަލާގައި ކުށުގެ ވެށިން ހައްޔަރުކޮށްފައިވަނީ އަލީ ނަވާފު، 21، ފަޒާ، ތ. ގުރައިދޫ، މުހައްމަދު އަޒާން، 23، ހަވޭލީ، ނ. މަނަދޫ، އިބްރާހިމް އަހުނަފް، 21، އެލަސް، ނ. ވެލިދޫ އަދި މުހައްމަދު އަފްލާހު، 23، ރީތިހިޔާ، އއ. މާޅޮސް އެވެ.
މި ހަތަރު މީހުންގެ ބަންދާ ގޮތެއް ނިންމަން އާދިއްތަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ވަނީ ދީފަ އެވެ.
ކޯޓުގައި އެ މީހުން ބުނި ގޮތުގައި އެ މީހުން ދިޔަ އެޕާޓްމެންޓަކީ އަތޫފް ނަމަކަށް ކިޔާ އެ މީހުންގެ ރައްޓެއްސަކު ކުއްޔަށް ނަގައިގެން އުޅޭ ތަނެކެވެ.
އެ ތަން ކުއްޔަށް ނަގާފައިވާ ކަން ހާމަވާ ލިޔުމެއް އޮތް ކަމަށް އެ މީހުން ބުނި ނަމަވެސް، އެފަދަ ކަމެއް އެނގޭނެ އެއްވެސް ލިޔުމެއް ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ.
ނަމަވެސް ގޭގެ ވެރިފަރާތާ ހަވާލާދީ ފުލުހުން ކޯޓުގައި ބުނި ގޮތުގައި އެ ތަން ކުއްޔަށް ދީފައިވަނީ އަލީ ޝިމާން ރަޝީދު ކިޔާ މީހަކަށެވެ. އޭނާއަށް އެ ތަން ކުއްޔަށް ދޭން ޖެހުނީ ވެސް ބިރު ދައްކައި، ގަދަކަމުން އެއްބަސްވުމުގައި ސޮއިކުރުވައިގެން ކަމަށް ގޭގެ ވެރިފަރާތުން ބުނެފައިވާ ކަމަށް ފުލުހުން ކޯޓުގައި ވަނީ ބުނެފަ އެވެ.
ބިރު ދެއްކި ކަމަށް ތުހުމަތުވާ އެޕާޓްމެންޓްގެ ތެރެއިން ހައްޔަރުކުރި ހަތަރު މީހުން ވެސް ކޯޓުގައި އެ މީހުން އެ އެޕާޓްމެންޓަށް ދިޔައީ ފައިސާ ދީގެން، އެ ތަން ސާފުކޮށްދޭން އަތޫފް އެދުމުން ކަމަށް ވަނީ ބުނެފަ އެވެ.
ހަތަރު މީހުން ވެސް ވަނީ އެ ތަނަށް ގެއްލުންދީ، އަދި ތަޅައިފޮޅައި މާރާމާރީ ހިންގާފައިނުވާނެ ކަމަށް ބުނެފަ އެވެ.
ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި އެޕާޓްމެންޓެއްގެ ތެރޭގައި އެ ގޭގެ ވެރިފަރާތުގެ އަނގައިގައި ޓޭޕު އަޅައި ބަންދުކޮށް، އިތުރު މީހަކު އޭނާގެ ގައިގައި ހިފަހައްޓައިގެން ހުރެ އެވެ. ދެން ހުރި މީހާ މަސައްކަތް ކުރަނީ ރޯކޮށްފައި އޮތް ސިނގިރޭޓެއް އެ މީހާގެ ގައިގައި ޖައްސާށެވެ. އަދި އިތުރު މީހަކު ބޮޑު ހީރަސް ދައްޗަކުން އެ މީހާގެ ގަޔަށް ޖަހަން ވެސް މަސައްކަތްކުރާ ތަން ވީޑިއޯއިން ފެނެ އެވެ. މިއީ އެ ތަން ކުއްޔަށް ދޭން އެއްބަސްކުރުވުމަށް ނުވަތަ އޭގެ ފަހުން އަނިޔާކުރަމުން ނަގާފައިވާ ވީޑިއޯއެއް ކަން އަދި ސާފެއްނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިސްޓަރ ވާން އައިއޯ
14 March 2025
މާލަސްތަކެއް ނުވެ ކޯޓު ތަކާއި ސަރުކާރުގެ މަދަދުގައި މިއެންމެން ތިބޭނީ ކުއްސާބިތު ނުވެ މިނިވަން ކަމާއި އެކު ހަމަ އެމަސައްކަތުގައި.............. ބަލަންތިބެމާ!!!!1
އުމަރު
13 March 2025
ކުރިންވެސް ބުނީމެއްނު މަށަށްނޫނީ ތިކަހަލަ ކަންކަމެއް ނުވާނޭ.... ދެންވެސް މަހޮވާބަލަ ގޭންގުތައް ފުނޑާ ހުސްކޮށްލާނަން 8 މަސްތެރޭގަ.
ޢާދަނުބެ
13 March 2025
މި ގޭންގުތަކުގެ މީހުން މައިތިރި ކުރެވޭވަރު ވެރިޔަކު ހަމަ މިގައުމަށް ނަޔޭދޯ ދެން މީ ކުރެވޭނެ ވަރުކަމެތްހެން ހީނުވޭ ވަގުތު މާ ބޮޑައްވެސް ފާއިތުވެއްޖެ މިހާރު އެ ރެޑީކުރަނީ ހުރިހާ ގޭންގުތަކުގެ ނަމުގަ ގޭންގުތައް ޕޮރޮމޯޓުކުރަން ބައިބަލާ މުބާރާތްބާއްވަން ވެރިން ދައްކާ ވާހަކަޔާ ބަހާ އަމަލާދިމާނުވޭ .
އައްޔޫބީ
13 March 2025
މިފަހަ ހާލަތުގައި 'އޯނަރުން' ގެ ވާހަކަވެސް ދައްކަން ޖެހޭ، ދައުލަތުން ޓެކްސް އިންވެސް މެއިންޓަނަންސް ގެ ނަމުގައި 20% އެލަވަންސް ކަނޑާލަދޭ އިރު ވެސް ތަނުގެ މައިންޓެނަންސް ވެސް ކޮށް ދޭ އެކަކުވެސް ނުހުރޭ، ހުރިހާ ކަމެއް ބޮލަށް ޖަހާލަނީ ޓެނެންޓްގެ ބޮލަށް، ގިނަ އޯނަރުން ފައިސާ ބަލައިގަންނަނީ ޓެކްސް އިން ރެކެން ނަގުދު ފައިސާ އިން. މި ކަޑަ ދޯ؟
ސަދޫމު ސިޓީ
13 March 2025
މީ މިހާރު ގޭންގުތަކުން ވަރަށްގިނައިން ކުރާކަމެތް ވަރަށްގިނަ މީހުންނަށް މި ލަނޑު ލިބިފައެބަތިބި ގޭންގުތަކުން ބިރުދައްކާތީ އެވާހަކަ ދައްކަންނުކެރެނީ ގޭންގުތަކުން ހަދާ ގޮތަކީ ތަނެތް ކުއްޔައްދޭން ޖަހާފަ އިނީމަ ހަމަ ރަނގަޅު ރީތިކޮށް ތިބޭމީހުން ފޮނުވަނީ ފުރަތަމަ ތަން ކުއްޔައްނަގަން ފަހުން ގޭންގު މީހުންވަދެގަނެ ގޭ ވެރިންނަށް ބިރުދައްކަނީ ކަލޭމެން ތި ހީކުރާވަރަށް ވުރެން ގޭންގުތަށް ބިރުވެރި
ާއމވއޑ
13 March 2025
ތިމީހުންނަށް ނުވާނެ "ތޫނު އެއްޗަކުން ހަމަލާ ދިންކަމުގެ" ދައުވާ ކޮއްގެން. ސީދާ ހަމަ ޓެރަރިޒަމްގެ ދައުވާ ޖެހޭނީ ކުރަން
ކޯޓު
13 March 2025
ތިއެންމެން ވެއްދިދޮރުންނެރެ ދޫކޮށްލާނެ. މަސްދުވަސްވެސް ނުވާނެ. ކުށްކުރުން ހައްދުންނައްޓނީ ތަންފީޒު ކުރަންޖެހޭ ކަންކަން ނުކުރާތީ. ކުއްވެރިންގެ ދަށުވެފަ ތިބޭތީ
އަލިމަނިކުފާނު
12 March 2025
ތިފަދަ މީހުންނަށް ޤާނޫނީ ގޮތުން ދޭންޖެހޭ އަދަބެއް ނުދެވޭނަމަ، ރައްޔިތުންނަށް ސަލާމަތެއްނެތް. ތިޔަފަދަ ޖަރީމާތަކަށް ޤާނޫނުގައި ދޭންހުރި އަދަބުތައް، އަލުން މުރާޖަޢާކޮށް، އަދަބު ބޮޑުކުރަންޖެހޭ. ޝަރުޢީ މަރުޙަލާ ދިގުނުދަންމައި އަވަހަށް އަދަބު ދެވެންޖެހޭ.
ގެގެ ވެރިފަރަތް
12 March 2025
ތި އެންމެން މަރާލާ. ތަޅާ އަނިޔާކޮށް ޓެރަރިޱަމްގެ އަމަލު ހިންގަން ދުނިޔޭގަ ބައިތިއްބާނެ ކަމެއްނެތް. މައިންބަފައިންނަށްވެސް ހުރި ބޮޱު ލަދެއް ތިފާޱަށް ގައްޱާވެގެން އުޅޭ ލަޓޯފަޓޯތަކާހެދި. އާންމުންނާ ހަވާލުކޮށްލަބަ ހަދާއެތި ތި ގުރޫޕްތަކަށް ފެންނާނެ. ރަނގަޅަށް ޓޭޕް އަޅާލަދޭނެ ހަމަޔަގީނުންވެސް
އާންމު
13 March 2025
އާންމުން ތިބޭނެ ސްނެޕްކުރަން. ކޮން ހަވާލުކޮށްބަލާށޭ ކިޔާކަށް. ޓޭޕް އަޅާލަން ކެރޭނަމަ މަގުމަތީ ހިންގާ ކަންކަން ހުއްޓުވާނެ. ދެން ނުފެންނަތާ ހިނގިކަމެއްގަ ކޮން ފޮންޏެއް ދައްކާކަށް. އާންމުންނަށް ކެރޭނީ ދެންވެސް މިގޭންގުތައް ހިމާޔަތްކުރާ ސިޔާސީވެރިންނަށް ވޯޓުދީގެން އެމީހުންނަށް މަގާމުތައްދޭން.
ބަބަސް
12 March 2025
ތަކުރާރުކޮށް މާރާމާރީއާއި މިކަހަލަ އަމަލުތަށް ކުރާމީހުން ފުލުހުންނަށާއި ، ޕީޖީ އަދި ކޯޓުތަކުގެ ފަނޑިޔާރުންނަށް އެނގޭ. މިމީހުން ދޫކޮއްފަ ތިބެނީ ރަށްޔިތުން ބިރުވެރިކަމުގެ ތެރޭގައި ބައިތިއްބަން ގަސްތުގައޭ ބުނެވޭ ހިސާބަށްގޮއްސި. ހީރަސްޖަހަށްދެން ބަލަހައްޓައިގެން ބޮޑެތި އާއިލާތަކެއް ނުތިބޭނެ. މީހެެއްގެ ފުރާނަ ދުއްވާލީމަ ބުނާނެ ، ކީއްވެހޭ ވަޅިހެރީ ...