ހޮސްޕިޓަލް އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރު ނާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ
13 މާޗް 2025 - 11:33
ނުވަ ރަށެއްގައި، ސިއްހީ ހިދުމަތްދޭ މަރުކަޒުތައް އަޅަން ސަރުކާރުގެ ތިން ކުންފުންޏަކާ ރޭ ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި 627،957،964ރ. ގެ މަޝްރޫއުތައް ހަވާލުކުރީ އެމްޓީސީސީ އާއި އާރުޑީސީ އަދި ފެނަކައާ އެވެ.
އެމްޓީސީސީއާ ހަވާލުކުރީ ހަތަރު ރަށެއްގައި އިމާރާތް އަޅާށެވެ. އެއީ؛
- ނ. ފޮއްދޫ ސިއްހީ މަރުކަޒު: 26,878,072.40ރ
- ށ. މާއުނގޫދޫ ސިއްހީ މަރުކަޒު: 27,219,325.40ރ
- ވ. ފެލިދޫ ހޮސްޕިޓަލް: 105,360,655.93ރ
- ތ. ވިލުފުށީ ހޮސްޕިޓަލް: 105,132,701.20ރ
އެ ރަށްރަށުގައި ހޮސްޕިޓަލާއި ސިއްހީ މަރުކަޒު އިމާރާތް އެޅުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އަދި ހެލްތުގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ ވަނީ ސޮއިކުރައްވައިފަ އެވެ.
އާރުޑީސީއާ ހަވާލުކުރީ ހަތަރު ރަށެއްގައި ހޮސްޕިޓަލް އަޅާށެވެ.
- ކ. ގާފަރު ސިއްހީ މަރުކަޒު: 26,819,434.82ރ
- ހދ. ކުޅުދުއްފުށީގައި ދަމަނަވެށި އިމާރަތްކުރަން: 23,113,061.08ރ
- ހދ. ހަނިމާދޫ ހޮސްޕިޓަލް: 104,834,778.55ރ
- އދ. މާމިގިލީ ހޮސްޕިޓަލް: 105,004,634.47ރ
އެ އެއްބަސްވުމުގައި އާރުޑީސީގެ މެނޭޖިންގް ޑިރެކްޓަރު އަލީ ޒުހެއިރު އަދި ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފް ސޮއިކުރެއްވި އެވެ.
ހދ. މަކުނުދޫގައި ސިއްހީ މަރުކަޒު އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އަދި ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ. އެ މަޝްރޫއު ހަވާލުކުރީ 103,595,304.83ރ. އަށެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އިތުރު ރަށްރަށުގައި ސިއްހީ ހިދުމަތްދޭ ތަންތަން އަޅަން އަވަހަށް ވަރަށް އަވަހަށް ހަވާލުކުރާނެ ކަމަށެވެ. އެއާއެކު، ސަރުކާރުގެ ވައުދާ އެއްގޮތަށް ސިއްހީ ދާއިރާގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިވަރެއްނެތް
14 March 2025
އިމާރާތްބޮޑުވުމުން ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުވާނެ ނަމަ 3-2 ބުރީގެ އައިޖީއެމްޗް ގެ ބަދަލުގައި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓާ އެޅުމުން ދިވެހިންގެ ސިއްހީކަންކަން 800 ޕަސެންޓް ރަނގަޅުވާނެދޯ؟ އެހެނެއްނުވި ދޯ؟ އަބަދު އަޑުއިވެނީ އެއިން ބޮޑެތި ކަޓުނެގިވާހަކަ ދޯ؟ ބަލަގަ ބަލިތަކާއި ބަލިތަކުން ދުރުވުމަށާއި އަދި ދުޅަހެއުސިއްހަތެއްގައި އުޅުމުގެ ހޭލުންތެރިކަމަށް ހޭދަކުރާ ކޮންމެ ޑޮލަރަކުން 3 ޑޮލަރު ސޭވްވާއިރު އެކަންނުކުރަނީ ކީއްވެބާއޭ މަގޭ ހިތައްއަރާ
އަލިފު.
14 March 2025
ކޮންމެ ރަގަޅު ކަމެއްވެސް ފައިދަށުލާ ޗިސްކޮށްލަނީ ވެރިކަމާ ދެކޮޅު ސިޔާސަތު. ޔާމީން އިބޫ އަށް ވެސް މިއުދަނގޫ ޖެހުނު. ގައުމު މާލީ ގޮތުން އޮތް ދަތި ޙާލަށް ނުބަލައި މުޢިއްޒަށްވެސް އެއުނދަގޫ އެބަޖައްސާ. ނަތީޖާ އަކީ ގައުމު ކުރިޔަށް ނުގޮސް އިނދަޖެހުން. މާމޮޅުވެ އަދި މާމޮޅުކަމަށް ރައްޔިތުންނަށް ދައްކާ ވެރިކަމަށް ދިޔުމުން ޒީރޯ ނަތީޖާ އާއި ކުރިމަތިލާން ޖެހުން.
ނާޑުވާ
14 March 2025
ހަމައެކަނި ޢިމާރާތުގެ މަސައްކަތަށް ހާދަ ބޮޑު އަގުތަކެކޭ. 2000 އަކަފޫޓު ބިމެއްގަ 10 ބުރި އިމާރާތެއް އަޅާ ނިންމަން 30 ހަކަށް މިލިއަން ފުދޭ
ޕިކްސް
13 March 2025
ތި 627 މިލަޔަނަށް 9 ރަށުގެ މީހުން އެއްފަސްކުރިއަސް މާ ރަނގަޅުވާނެ. ދެން އެއްފަސް ކުރާ ރަށުގަ ބޮޑު އެއް ހޮސްޕިޓަލް އަޅާނީ.
ކަނބިލި
13 March 2025
ސަރުކާރުގެ ކުންފުނިތަކަށް މަޝްރޫޢުތައް ހަވާލުކުރުމުން އަމިއްލަ ކުންފުނިތައް ކަފުންކޮށްވަޅުލީ. ސަރުކާރު ކުންފުނިތަކަށް ހަވާލުކުރުމުން މަސައްކަތުގެ އަގު ބޮޑުވެ ދައްވެ މަސައްކަތް ނިންމުން ލަސްވާނެ. އިގުސާދީ އިތުރު އަޑިއަޅާލުމަކަށް ދާންވީ. ސަރުކާރު ކުންފުނިތަކަށް ސަރުކާރުން ދައްކަށް ޖެހޭ އެތަށް ބިލިޔަން ރުފިޔާއެއް އެބަހުރި.
އަލިފު.
14 March 2025
ވިސްނުމަށް ގެންނަން ރަގަނޅު ޚިޔާލެއް. އެކަމަކު ވޭތުވެދިޔަ ތަނުގައި ކުންފުނިތަކަށް ސަރުކާރުން ބި؛ލިޔަން ބިލިޔަނަށް ދަރާ އޮތް އިރު ކުންފުނިތައް ހިންގަން މާލީ މަގެއްވެސް ސަރުކާރުން ދައްކަންޖެހޭ. ބުނާތީ އިވޭގޮތުން ބަލަދުއެރި ދަރަނި ދެއްކޭހާ ގާބިލްކަމެއް މާލިއްޔަތުގައި ނެތް.
123321
13 March 2025
ސިއްހީ ޙިދުމަތްދޭ އިމާރާތްތައް މަދުވެގެނެއްނޫން ، އެކަށީގެންވާގޮތައް ސިއްހީ ޙިދުމަތްނުދެވިގެން މިއުޅެނީކީ، މިހާރު ހުރި ހޮސްޕިޓަލްތަކާ ، މަރުކަޒުތައް އެންމެ ފުރިހަމަގޮތުގަ ފަންކްޝަން ކުރުވޭތޯބަލާބަލަ، މިއުޅެނީކީ ރަތްޔަތަކައް ހެޔޮހިތުން ކަމެއްކޮށްދޭކަށެއްނޫން، ޕްރޮޖެކްޓޭކިޔާފަ މިބައިގަޑުގެ ޖީބައް އެއްޗެއްލެވޭތޯ، މެއިންހޮސްޕިޓަލްގަވެސް ސާރވިސްދިނުމައްބޭނުންވާ ދޭތިންއެކަތި ނުހުރޭ، ޓެސްޓްތައްވެސް ގިނައެއްޗެހި ނެހެދޭ
ތަމެންދޯ
13 March 2025
މިހުރިހާ މަސައްކަތް ތައް ހަވާލު ކުރަން ޖެހޭނީ އެމްޓީސީސީ އާއި ފެނަކަ އާއި ތިޔާ މަސައްކަތް ހަވާލު ކުރިގޮތެއް އެއްގޮތަކަށް ވެސް ނޭގުނޭ އެމެންނަކީ އެއީ ކޮންސްޓްރަކްޝަން މެތޮޑޮލޮޖީ އަދި ސިވިލް އިންޖނިއަރިންގް ދާއިރާގައި މަސައްކަތް ނުކުރާ ބަޔަކަށް ވެފައި އެމެން އަތުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާނެ އިންފްރާސްޓްރަކްޗަރ ނެތުމުން އެމެޝިނެރީޒް އެމެން ގަނެގެން މިމަސައްކަތް ކުރާނަމަ ޕްރޮޖެކްޓް ފީސްބްްލް ނުވާނެއޭ މީ ކިހިނެއް ވެގެންތޭ މިކަން މިގޮތަށް
ލޮއްލަ
13 March 2025
ނަމަކުން ހޮސްޕިޓާ ކިތަންމެވަރަކަށް އެޅިޔަސްް ހެޔޮވަރުގެ ކަމެއްދިވާ ވާއިރަށް މާލެ ދާންޖެހޭނީ. އޭގެންވެސް ގިނަވާނީ ރާއްޖޭން ބޭރަށް ދާންޖެހޭ ކޭސްތަށް. މިހާރު ހުރި ތަންތަން އިތުރަށް ތަރައްގީ ކުރުންވެސް މާބުއްދިވެރި ކަންނޭނގެ.
އަފްރާސިޔާބު
13 March 2025
ތީ ހަމަ ނަމަކަށް ކުރިކަމެއް. މި ދައުރުގާ އެއްވެސް ތަނެއްގެ ޚިދުމަތެއް ނުފެށޭނެ ކަމުގެ ގެރެންޓީ ދެން. ރައްޔިތުންގެ ލޮލުގައި ޕްރޮޖެކްޓުގެ އަދުން އަޅުވަނީ. ތިއިން އެއްވެސް ތަނެއްގައިނެތް މިހާރަކު ތިފަދަ ކަމެއް ކުރުމުގެ ހަކަތައެއް. ފައިނޭންޝިއަލީ.
މަބުނީ
13 March 2025
ދެންނެތްތަ ތިޔަ މޭޒުކައިރީގަ ބައިދާނެ މީހެއް..
ހާސަރު
13 March 2025
އަމިއްލަ ކުންފުނިތައްލައްވާ ހަބޭހަށް މަސައްކަތްކޮށްފަ އެތައް ސަތޭކަ މިލިއަން ދޭންއެބައޮތް ރޯދައިގެ ކުރިން ފައިސާ ދޭނަމޭ ރައީސް ވެސް ވިދާޅުވި، އެކަމަކު އަދި ނުދޭ! އެފައިސާ ނުދީ އަނެއްކާ މަސައްކަތެއްވެސް ނުދީ ހުސް ސަރުކާރު ކުންފުނިތަކާ މިހަވާލުކުރީ؟ ސަރުކާރު ކުންފުނިތަކުގައިވެސް ފައިސާއެއް މީހުނެއްނެތް!