ކުރީގެ ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު.--
22 މާޗް 2025 - 23:32
ފުލުހުން ރޭ ހައްޔަރުކުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން މިރޭ ޖަހައިފި އެވެ.
ކޯޓު އަމުރެއްގެ ދަށުން ރޭ އޭނާ ހައްޔަރު ކުރީ އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ މީހާގެ އަތުން ފައިސާތަކެއް ހޯދި ކަމަށް ތުހުމަތު ކުރާ މައްސަލައިގެ ތަހުގީގަށެވެ.
އޭނާ 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކުރީ މިރޭ އޭނާގެ ބަަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުންނެވެ.
ޝަމްއާންއަށް ބަންދު މުއްދަތު ޖަހާފައި ވާއިރު، ބިދޭސީމީހާ ދޫކޮށްލުމާއި އެ މީހާގެ އަތުން ފެނުނު 530،000ރ. ނެގި މައްސަލައިގެ ތަހުގީގަށް މިހާތަނަށް ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އަދި ޝަމްއާންގެ ގެ ބަލައި ފާސްކޮށް، އެ ގެއިން ފައިސާތަކަކާއި އިލެކްޓްރޯނިކް ސާމާނުތަކެއް ވެސް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން
ފުލުހުން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީމީހާ ދޫކޮށްލުމަށް ފަހު، އޭނާގެ އަތުން ފެނުނު 530،000ރ. ހިފައިގެން އިމިގްރޭޝަންގެ އޮފިސަރުން ދިޔައީ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާންގެ ގެއަށް ކަމަށް ތަހުގީގުން އެނގޭ ކަމަށެވެ.
ޝަމްއާނަށް "ރިޝްވަތުގެ" އިނގިލި ދިއްކުރެވުނީ އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ބިދޭސީންތަކެއް އުޅޭ ގެއެއް ބަލައި ފާސްކޮށް ނަގުދު ފައިސާއާ އެކު، އެ ބިދޭސީންތައް ގެންދިޔަކަމުގެ މައުލޫމާތު ތަހުގީގަށް ލިބިފައިވާތީ އެވެ.
އެ އޮޕަރޭޝަން ހިންގީ ވެސް ފުލުހުން ބުނިގޮތުގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑިޓެއިން ކުރުމުގެ ޒިންމާ އިމިގްރޭޝަނުން އަދާކުރާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމަންޓްގެ މުވައްޒަފުން ނޫން އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެކެވެ. އެއީ އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.
ފުލުހުން ބުނީ، 530،000ރ. އާ އެކު ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލި ކަމަށެވެ. އަދި އިމިގްރޭޝަންގެ މުވައްޒަފުން، ދޫކޮށްލި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، އެ ފައިސާ ހިފައިގެން އެ އޮފިސަރުން ގޮސް ވަނީ ޝަމްއާން ދިރިއުޅޭ އިމާރާތަށް ކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގިޔާސްް
23 March 2025
ކޮންމެ މީހަކަސް. ކިތަންމެ ބޮޑަކަސް ބާރުގަދަޔަސް. ވައްކަމާ ކޮރަޕްޝަން ހިންގާނަމަ ހަމަ ޖަހާ ކަނޑާ ވައްޓާލާނަން. މިއީ އަދު ރައީސް މުއިއްޒުގެ އިންޒާރު މިފަދަ ކަންކަން ކުރައްވާ މީހުންނަށް.
ޖޭމްސް ކުކީ
23 March 2025
ބިދޭސި މީހާ ކޮންތާކުން 530،000 ރުފިޔާ ހޯދީ؟
އަދީބު
23 March 2025
އެކްސްޕީރިއަންސުން މިބުނަނީ މިއުޅެނީ ފޮތިފޮތިކުރުމުގެ މައްސަލައެއް
އެހެންޏާ
23 March 2025
އަބަދު ވެސް ގެއިން ލާރި ފެނުން. ބަޑި ފެނުން. މީ ޕޮލިސް ބަޔަކު ފްރޭމް ކުރަން ކުރާ ކަމަކާ ވައްތަރީ
ތާރިގް
23 March 2025
ކޮބާތޯ ފޔިވަޅު އެޅި ފަޒުލް؟
ޙަސީ
23 March 2025
މަކަރާ ހީލަތާ ދޮގާ ކޮރަޕްޓަޝަނާ މިފަދަ ކަންކަން ވެފައި މިވަނީ ގައުމިއްޔަތުގެ ބަޔަކަށް ތޯއްޗެއް! ޢެހެންޏާ މި ނޫންކަމެއް މިގައުމުގައި އެބައޮތްތަ؟
ހޮޓްކިންގ
23 March 2025
ވޯކްޕާމިޓް އެކްސްޕްރެސް ނަމުގަ ހޯމްލޭންޑްގެ ވެރިން ކޮންމެ ބަންގާޅީއަކަށް އޭޖެންޓުންއަތުން އަތުލާ 180000 ރުފިޔާގެ މައްސަލަ ބަލައިދީ.
ބާބް
23 March 2025
ތިއުޅެނީ އެންމެ 5 ލައްކަ ރުފިޔާއެއްގެ މައްސަލައެއް ނޫން. ގަވައިދާ ޚިލާފަށް އުޅޭ ބޭރުމީހަކި ކާރީގައި ތިވަރުގެ އަދަދެއް ދޭށޭ ބުންޏަސް ދޭނެ. ތިއީ މީހަކު ތިގޮތަށް ސިއްރުކުރާންޖެހޭ ވަރުގެ ކަމެއްނޫން. ފަޒުލްއާއި އޭނަގެ ފްރެންޑުންނާ ގުޅުވައި ދެއްކީ ތިއަށްގުރެން މާމަތީ ވާހަކަތަކެއް. އެކަމަކު މިއަދު ކޮބާ އެވާހަކަތައް
ވިދާހާ އެއްޗަކީ ރަނެއްވެސް ނޫން
23 March 2025
ދިވެހިންގެ އާއްމު އުސޫލުން މިހާރު އެކަންތައްތައް ހަދާން ނެތިއްޖެ، 2028 ފަޒުލް ރައީސްކަމަށް ވާދަ ކުރިއަސް ޕާޓީ ޕަޕެޓުން ފަޒުލްއަަށްވެސް ވޯޓްދީ ހޮވާފާނެ، އެއީ ދިވެހިންގެ ފެންވަރަކީ، ކެމްޕެއިންގައި ދައްކާ ވާހަކައާ ބަހާ ލާރި އެކަނި ހަދާން ހުންނާނީ،
އަކްމަލް ސިއްދީގް
23 March 2025
މިދިޔަ އެއްވެސް ވެރިޔަކަށް ނުކުރެނު ކަމެއް ގައިމު މުއިއްޒް މިކުރީ. މިބުނީ އަމިއްލަ ދައުލަތުގެ މީހަކަށް ދައުވާކޮށް ފިޔަވަޅު އަޅައިފިޔޭ. މުހިއްމު ރަނގަޅު ކަމެކޭ އެއީ
މހއމ
23 March 2025
ޔާމީން އިރުގަ އަދީބަށް ވެސް ދައުވާކޮށް ފިޔަވަޅު އަޅާ ޖަލަށްލި. އެކަމު އެވެސް އަމިއްލަ މަސްލަހަތު ފުށުއެރީމާ. އަލަކަށް ނޫން ރައީސް އައްޔަންކުރާ ވެރިން މަގާމުތަކުން ދުރުކުރަނީކީ. މުއިއްޒަށް ވެސް ވެގެން އެއުޅެނީ އެހެން. ތީގަ އޮންނާނެ ކޮންމެސް ކަންތައްގަނޑެއް، އަދި ތިލަ ނުވެ.
ތަމްހީދު.
23 March 2025
މިހެން ވާންޖެހޭނެ. ޕާޓީ މީހަކަށް ކުށެއް ކުރުމުން ފިޔަވަޅު އަޅަން ވާނެ