މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ޕީއެންސީގެ 64 މެންބަރުންގެ ވޯޓާ އެކު ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރާ ބިލް ވަނީ ބަލައިގެންފައި
22 އެޕްރީލް 2025 - 11:15
މި ހަފުތާގައި އިއްޔެ އާއި މިއަދު ވެސް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ނުބާއްވަނީ މަޖިލިހުގެ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތުމުން ކަމަށް މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން ކޮންމެ ހަފުތާއަކު މަދުވެގެން ތިން ޖަލްސާ ބާއްވަން ޖެހެ އެވެ. ނަމަވެސް މި ހަފުތާގައި އަދި ޖަލްސާއެއް ނުބާއްވަ އެވެ. އެންމެ ފަހުން ޖަލްސާއެއް ބާއްވާފައި ވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އެވެ.
ވަކި ސަބަބެއް އެންގުމެއް ނެތި ޖަލްސާތައް ނުބާއްވާތީ ސުވާލުކުރުމުން، މަޖިލީހުގެ ނައިބު ރައީސް ނާޒިމް "މިހާރު" އަށް ވިދާޅުވީ، މަޖިލިހުގައި ތަޅުމުގައި ކުރާނެ ކަމެއް ނެތުމުން ޖަލްސާތައް ނުބާއްވަނީ ކަމަށެވެ.
މަޖިލީހުގެ ނައިބު ރައީސް ނާޒިމް: އޭނާ ވިދާޅުވީ ޖަލްސާތައް ނުބާއްވަނީ ކުރާނެ މަސައްކަތެއް ނެތުމުން ކަމަށް
ނަމަވެސް، މަޖިލީހަށް އާ ބިލްތަކެއް މިއަދު ލިބިފައިވުމާ އެކު، މާދަމާގެ ޖަލްސާ އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖަލްސާ ނެތަސް މަސައްކަތްތައް ކޮމިޓީތަކުން ނިންމުމުގެ ކަންކަން ވަރަށް ބާރަށް ކުރިއަށް ގެންދޭ. އިއްޔެ ވެސް އޭގެ މަސައްކަތްތައް ކޮމިޓީތަކުން ކުރިއަށް ގެންދިޔަ،" ނާޒިމް ވިދާޅުވި އެވެ.
މި ހަފުތާގެ ޖަލްސާތައް ކެންސަލް ކޮށްފައިވާއިރު، މިދިޔަ އީދު ބަންދަށް ފަހު، މި މަހުގެ ހަތް ވަނަ ދުވަހު ޖަލްސާތައް އަލުން ފެށި ފަހުން މިހާތަނަށް ބާއްވާފައިވަނީ އެންމެެ ހަތަރު ޖަލްސާ އެވެ.
ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތް ކަމަށް ބުންޏަސް، ބައެއް މިނިސްޓަރުންނާ ކުރުމަށް އިދިކޮޅު މެންބަރުން ހުށަހަޅާފައި ސުވާލުތަކަށް ޖަވާބު ދިނުމުގެ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ވެސް އެ ބޭފުޅުން ހާޒިރުކޮށްފައި ނުވާތީ އެ މެންބަރުންގެ ކަންބޮޑުވުން އެބައޮތެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެފައިވާ ގޮތުގައި މި ހަފުތާގެ ހޯމަ ދުވަހުގެ ޖަލްސާ ކެންސަލް ކޮށްފައިވަނީ އޭގެ ތެރެއިން ހޯމް މިނިސްޓަރު އަލީ އިހުސާނާ ކުރުމަށް ހުށަހަޅާފައިވާ ސުވާލަށް ޖަވާބު ދިނުމަށް އެޖެންޑާ ކޮށްފައި ވަނިކޮށެވެ. އެކަމަކު، އެ ޖަލްސާ ކެންސަލްކުރި ވަކި ސަބަބެއް އަންގާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީކާއިލް ވަނީ މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ނުބާއްވާތީ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށިއެތެރެ މީހާ
22 April 2025
ނޯޕޭ ނެގީމަ ރައްޔިތުންގެ ތިޖޫރީއިން ބަނޑު މުސާރަ ނުލިބޭނެތާ!
މުޙަންމަދު ރ
22 April 2025
ކުރާނެކަމެއް ނެތިއްޔާ ނޯޕޭ ލީވުގަ ގެއަށް ދޭ!! މަސްކަތެށް ލިބުނީމަ އަންގާލާނަން. މެމްބަރުން އަދަތު މަދުކުރޭ 50 އަށް!! ބޭކާރުބައެށް!
ފުރަތަމަ ކަމަކަށް
22 April 2025
ތިތަނަށް ތިވަންނަ ގްރޫޕް އުމުރަށް ބަލަހައްޓަން ޖެހޭ ޖެހުން ނިންމަންވީ، އަދި ރައީސްކަން ކުރި މީހުންވެސް އުމުރަށް ބެލެހެއްޓުން ހުއްޓުވަންވީ، އޭރަށް އާދައިގެ މީހުނަށް ރަނގަޅަށް ކަންކުރަންދަސްވާނެކަމަށް ގަބޫލްކުރަން.
ރާވެރިބެ
22 April 2025
ތަޅުމުގަ ކުރާނެ ކަމެއް އަނެއްހެން މިހާރަކު ނޯންނާނެތާ ކުރަންޖެހޭހާ ވެސް ކަމަކީ މަތިން އަންގާގޮތަށް ބަޓަނަށް ފިތުން ވިއްޔާ. ވޯޓަށް އަހަން ދެން ބިލް ހުށަހަޅަން ޖަލްސާ ބޭއްވިއްޔާ ކަރަންޓް ބިލުން ކޮންމެވެސް ވަރެއް ކުޑަވާނެ.
މަހާރަދުން
22 April 2025
ދެން މުސާރަ ބޮޑު ކުރުމުގެ ޖލްސާއެއް ބާއްވާފަ އެކަން ކޮއްބަ އަދިވެސް...ދިވެހިންނަށް ހަލާކު ހުރި!!
ސިމެންތިގަށަން އާދޭ.
22 April 2025
ބްރިޖްގެ މަސައްކަތް އަވަސްކުރަން އެތަނަށް ނެރެމާ، އެއަރޕޯރޓް އަދި ޕޯރޓް މަސައްކަތްވެސް އެބަހުރި.
އަސރަފަ
22 April 2025
މުސާރަ ހަލާލެއް ނުވާނެ. އިސްތިއުފާ ދީފަ ގެޔަށް
ކިއްލާމ
22 April 2025
ބިލެއް ހުށައަޅާ މުސާރަ ބޮޑު ކުރަން،ދައުރު ނިމެން ވާއިރަށް 60 އަހަރު ވަންދެން މުސާރައިގެ 90 ޕަސެންޓް ލިބޭ ގޮތަށް ވެސް ވާނެ ފާސްކުރަން،އޭރުން ކަމެއް ކުރެވުނު ކަމަށް ވާނީ،އަދި ވާނެ ފަގީރުންގެ ދަފްތަރުގައިވެސް ޖައްސަން،އެއިންވެސް ބައިކުޅަ ބައި ހޯދޭނެ މަޖިލީހުގައި ތިބި އިއްޒަތް ތެރި ފަޤީރުންނަށް،
ޖާމިނު
22 April 2025
މިހާރު އޮތީކީ ވެސް ރައްޔިތުންގެ މަޖިލިސް. އެމްޑީޕީ އާއި ބައެއް އެހެން މަދު މެމްބަރުންކޮޅެއް ފިޔަވާ، ދެން ތިބީ މުޢިއްޒުގެ މެމްބަރުން. ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮތުމުން އޭނާގެ މަޖިލިސް. ރައްޔިތުންގެ މަޖިލިހެއް ނޫން.
ހޮޓްކިންގ
22 April 2025
ދައުލަތުގެ އެތައް މުއައްސަސާއެއްގެ ޝަކުވާއަކީ އެތަންތަނުން އިސްލާހުކުރަން މަޖިލީހަށް ހުށަހެޅި ގާނޫނު އިސްލާހުވެގެން ނައިސްގެން މަސައްކަތަށް ބުރޫއަރާވާހަކަ. ކޯޓުތަކުގެވެސް ޝަކުވާއެއީ. ދާދިފަހުން ރައީސްވަނީ މަޖިލިސް ހުޅުވުމުން އިމިގްރޭޝަންވެސް މިނިވަން މުއައްސަސާއަކަށް ހެދުމަށް ގާނޫނު އިސްލާހުކޮށްދޭނެ ކަމަށް ބުނެފަ. މަޖިލީހުން އަބަދުވެސް ބުނަނީ ފާސްކުރަން ޖެހޭ ގާނޫނުތައް ގިނަކަމުން ނުނިދޭވާހަކަ. އެކަމަކު މިއިވުނީ ކުރާނެ މަސައްކަތެއްނެތްވާހަކަ.