23 އެޕްރީލް 2025 - 21:23
މާލޭގެ އިމާރާތެއްގެ މަތިން ޒުވާން އަންހެނަކު ވެއްޓުނު މައްސަލާގައި މިނިވަން ތަހުގީގެއް ހިންގަން އެމްޑީޕީން މިރޭ ގޮވާލައިފި އެވެ.
ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް 21 އަހަރުގެ އަންހެނަކު މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ އެ ހާދިސާގެ ތަހުގީގު ކުރިއަށް ދަނީ މީގެ ކުރިން އަމަލުކޮށްފައިވާ ބައެއް އުސޫލުތަކާ ހިލާފަށް ކަމަށް އަންހެން މީހާގެ އާއިލާއިން ބުނާ ކަމަށެވެ.
އެ ހާދިސާގެ ތަހުގީގުގައި އާއްމު އުސޫލުން ބޭރުން ހާއްސަ ގޮތަކަށް ފުލުހުން އަމަލުކުރަމުންދާ ކަމުގެ ތުހުމަތުތައް އަމާޒުވެފައިވާތީ އެމްޑީޕީން ވަނީ ފުލުހުންގެ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ތުހުމަތުވާ ފަރާތްތަކާ މެދު އަމަލުކޮށް، މިނިވަން ތަހުގީގެއް ހިންގަން ގޮވާލައިފަ އެވެ.
"ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ފުލުހުންގެ އިދާރާއަށް ގޮވާލަނީ ނުފޫޒުން އެއްކިބާވެފައިވާ އިންސާފުވެރި ތަހުގީގެއް މިކަމުގައި ކުރިއަށް ގެންގޮސް ޝައްކެއް ނުއުފެދޭނެ މިންވަރަށް ކަމުގެ ހަގީގަތް ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމަށެވެ. ހަމަ އެހެންމެ މި ހާދިސާގެ ތަހުގީގުގައި ފުލުހުންގެ ފަރާތުން އެއްވެސް އިހުމާލެއް ވެފައިވާނަމަ އެ މައްސަލައެއް ބަލައި ފިޔަވަޅު އެޅުމަށް ވެސް ގޮވާލަމެވެ." ބަޔާނުގައި ވެ އެވެ.
އެ ހާދިސާގެ މައުލޫމާތު ހިއްސާކުރަން ފުލުހުން ރޭ ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި ބުނީ އިމާރާތުގެ ނުވަ ވަނަ ފަންގިފިލާގެ ފެންލައިޓުން ޖެހިގެން ހުރި އިމާރާތުގެ މައްޗަށް ވެއްޓުނުއިރު އެ ޒުވާނާ ހުރީ މަސްތުގެ ހާލުގައި ކަމަށެވެ. އަދި އޭނާ ރޭޕްކޮށް އިމާރާތުން ބޭރަށް ވައްޓާލި ކަމަށް ތުހުމަތު ކުރިޔަސް، އެފަދަ އެއްވެސް ހެއްކެއް ނެތް ކަމަށް ފުލުހުން ރޭ ބުންޏެވެ. އަދި އެ މައްސަލާގައި ސިޔާސީ ބައެއްގެ ބައިވެރިވުން އޮތް ކަމަށް ބުންޏަސް، އަނިޔާވި ޒުވާނާއާ ބައްދަލުވި މީހުން ދެނެގަނެވުނުއިރު، އޭގެ ތެރޭގައި ސިޔާސީ މީހަކު ނުހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
އެކަމަކު، "ކްލޯޒް ޑޯ" ނިއުސް ކޮންފަރެންސްގައި، އަނިޔާވި ޒުވާނާގެ ވަނަވަރު އާއްމު ކުރިޔަސް، ދެން ތިބި އެންމެންގެ މައުލޫމާތު ސިއްރުކުރުމުން ފުލުހުންނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ.
އެމްޑީޕީގެ ބަޔާނުގައި ވެސް ބުނީ ވަކި ފަރާތަކަށް ނުޖެހި، ޒާތީ ކަންކަމުން ދުރުވެ، ހަމަހަމަ ގޮތުގައި ގާނޫނު ތަންފީޒު ކުރުމަކީ ފުލުހުންގެ ޒިންމާއަކަށް ވިޔަސް، އެ ހާދިސާގެ ބައެއް މައުލޫމާތުތައް ހިފަހައްޓައި ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއްގައި، އަނިޔާ ލިބުނު ޒުވާނާގެ މައުލޫމާތު ހާމަކުރުމަކީ އިންސާފަށް އޮތް ހުރަހެއް ކަމަށެވެ.
ރާއްޖޭގައި މަސްތުވާތަކެތި އާއްމުވެ، އެ ވަބާގައި ޒުވާން އެތައް ބަޔަކު ޖެހި އިޖުތިމާއީ ފޭރާން ވީރާނާވަމުން ދާއިރު މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް ވަރުގަދަކޮށް، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
24 April 2025
މިނިވަން ތަހުގީގެއް ކުރުމުގެ ގާބިލުކަން މި ގައުމަކު މިއަދަކު ނެތް. އިތުބާރު ކުރެވޭ މުއައްސަސާއެއް، އިތުބާރު ކުރެވޭ މީހެއް މިއަދަކު ނެތް..
ސްޓީލް ހާރޑްއެވއަރ
24 April 2025
އަޅުގަނޑޫމެންގެ އިސްތިހާރެއްތޯ ؟
އަބްޑޫޅް +
24 April 2025
ހޫމް. އަހުރެންނަށް އެނގޭ ކަލޭމެންގެ ވަރަށް (ވަރަށް، ވަރަށް. ވަރަށް) ބޮޑު ވެރިޔެއްގެ ދަރިޔަކު މިކަމުގަ ވާކަމަށް.
ހަވާސް
24 April 2025
އެމްޑީޕީ ނޫން އެހެން ބަޔަކު ތިހެން ގޮވާނަމަ ތަންކޮޅެއް ފަސޭހަވާނެ އަޑުއަހާލަން. ފަސްއަހަރު ހުރިހާ ބާރަކާއެކު އޮވެ، ކޮމިޝަންތައް ހަދައިގެން ބެލި މަރުތަކުގެ ހަގީގަތް ކޮބައިތަ؟ ކޮމިންޝަންތަކަށް ލީ ޕާޓީ ކުދިންގެ އެކައުންޓްތަކަށް ޖަމާވި ބޮޑެތި މުސާރަތައް ނޫނީ އެބައޮތްތަ އެ ކޮމިޝަންތަކުން ހާސިލުވިކަމެއް؟ އެމްޑީޕީ އަކީ އަބަދުވެސް މީހުންގެ ޖަޒުބާތާ ކުޅެގެން އޭގެ ނާޖާއިޒު ފައިދާ ނަަގާ ބައެއް.
ޑރ. ރާމީ ޙަސަން ޕީ.އެން.އެފް
24 April 2025
ބަނޑަށް ޖެހި، ރައްޔިތުން މަގޫފަތް ކާން ޖެހިދާނެ ކަމަށް ރައްޔިތުން ނަށް ހީވީމަ އެމް.ޑީ.ޕީ ވެސް ރައްޔިތުންނަށް އޯކޭ!
ޏާއްކޮ
24 April 2025
އަނެއްކާ ރޯޔަލް ރޭޕް ކޭސް ހިންދާލާފަ މާ ތާހިރެއް ނޫން ދޯ މިހާރު އަނގަ ފަޅައިގެން އުޅޭކަށް. މުޅިންވެސް ހިޕޮކްރައިޓްސް!!!
ޝަހުމް އާދަމް
24 April 2025
އެމްޑީޕީއިން މިކަން ސިޔާސީ ކުރަން ނޫޅޭ. މިކަން ބަލަން ޖެހޭ ފަރާތްތަކުން ދަނީ ބަލަމުން. އެމްޑީޕީ މިކަމާ ނޫޅޭ. ނެތް ތާއިދެއް
ޝުނޭނާ މުހައްމަދު
24 April 2025
ރޯޔަލް ރޭޕް ކޭސްގެ މިނިވަން ތަހްގީގެއް ކުރަން ގޮބާލަބަލަ. ލަދު
ފިހުނު ކުކުޅު
24 April 2025
ޕުރޮސެކިއުޓަރު ޖެނެރަލު ކޭސްގައި އެޔޮތީ ރަނގަޅު ފެންވަރުގެ ތަހުގީގުކޮށްފަ. އެކަމު ހަމަ ފަނުފުލުން ދިޔައީ ކޯޓާ ހަމައިން. ހީރޯއަކަށްވީ ގާޒީ. އެސޮރު ނޭނގެ ސުޕުރީމަށް ނޫންކަމެއް "ހޮވެން" އޮތީ. ދެން ފުލުހުން އަނެއްކާވެސް ހަމަ ވަގުތު ނަގާލަންވީތަ، އެ ޒާތަށް ހިނގައިދާނެ ކުލަވަރު ހުރި ކަމެއްގައިވެސް؟ (ޒިންމާގެ ގޮތުން އަސްލު ޖަވާބަކީ "ޔެސް")
ކަޗަތޯ
24 April 2025
ނަބަވީގެ އިމާމު އައި ވަގުތު ރަނގަޅު ކަމެއް މިޔޮތީ ލައްވާލާފަ... ލަދުންވެސް ބޯ ހަލާކު...
ޖޯކް
24 April 2025
މުގުރިހަ ޕާޓީ ރެލެވެންޓްވެވޭ ހަމަ އެކަނި ގޮތް މީ. މިޔަރެއް ކުރިންދުވަހު މީހަކަށް ހަމަލާދިން. އެމިޔަރު ހައްޔަރުކުރަން ޕިކަޕު ގަނޑުގަ ނިކުންނަންވީނުން. ފޭލި ވެފައޮތް ޕާޓީއެއްކަން ގަބޫލުކޮށްފަ އަނގަމަޑުން ތިބެބަލަ.
އެމީހ
24 April 2025
އެ އަންހެންމީހާ ގަސްތުގަ ޑްރަގް ބޭނުންކުރީތަ ނޫނީ ބަޔަކު އޮޅުވާލާގެން ނުވަތަ ގަދަކަމުން އޭނާޔަށް ޑްރަގް ދިނިީތަ؟ ނިކަމެތި މީހަކާ ޖެހުނީމަ ފުލުހުން އުޅެނީ ވަރަށް ފަހަތުގަކަމަށް ޤަބޫލު ކުރެވޭ
ކެނެޑީ
24 April 2025
އެންމެންވެސް ހުރީ ބޮއެގެންކަމަށް ލަފާވަނީ ބުއިމުގެ ކުށް އެބޮތް އެކަމަކު ބުއި ނިކަމެތިމީހާ ވެއްޓި މަނިއްޕުޅުންގެ ދަރިންގެ ގައިގަ ގާނޫނުގެ އެއްކަލަ ދިގުއަތް ނުޖެހިގެން މިއުޅެނީ
ގަދަބެ
24 April 2025
ޢަންހެންމީހާ އެތަނަކަށް ދިޔައީ ގަދަކަމުންތަ ބަޔަކު އެއްޗެއް ގަދަކަމުން ދީ ގަދަ ކަމުން ކަމެއް ކުރަންް؟ ޢޭނާ ރުހުމުގަ ގޮސް ކުރި ކަމެއް ކޮށް ބުއި އެއްޗެއް ބޮއެ ވެއްޓޭ ހިސާބުން އެވެއްޓުނު ތާނގަ ނުވެސް ނެތް ބަޔަކު ގޯސްވެގެން ތިއުޅެނީ ކޮންކަމަކާ؟