ހާފިޒުންނަށް މި ފަހުން ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވި ދަރިވަރުންތަކެއް.-- ފޮޓޯ: ރައީސް އޮފީސް
30 އެޕްރީލް 2025 - 18:03
ކ. ހުރާގައި ހާފިޒަކަށްވާ ކޮންމެ މީހަކަށް 150،000ރ. ދޭން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.
އެ ރަށު ކައުންސިލް މެމްބަރު ހަސަން ފިރާޝް "މިހާރު" އަށް ވިދާޅުވީ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ޒުވާން ހާފިޒުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމް ބޭއްވުމަށް ނިންމީ ރަށުގައި މިހާތަނަށް ހާފިޒަކު ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސްކިތުގައި އިމާމުވެ ނަމާދު ކުރާނެ ހާފިޒަކު ނެތް. ކައުންސިލުން ގުރުއާން ޓީޗަރެއް ގެނަންން ވެގެން މި އުޅެނީ މިހާރު. ސްކޫލު ކުދިންނަށް ގުރުއާން ކިޔަވައިދޭން ދަސްކުރުމާއި ހިފްޒު ކުރުމުގެ ކްލާސްތަކެއް ގެންދަން. އެއްވެސް ފީއެއް ނުނަގާނެ، ހަމަ ހިލޭ ހިންގަނީ. ކައުންސިލުން ހަރަދު ކުރާނީ،" އޭނާ ވިދާޅުވި އެވެ.
އެ ގުރުއާން ކްލާސް ހިންގުމަށް ބޭނުންވާ ހުއްދަ ލިބިފައިވާ ކަމަށާއި މިހާރު ކުރަނީ ކިޔަވައިދޭނެ ޓީޗަރަކު ގެނައުމުގެ މަސައްކަތް ކަމަށް ވެސް ފިރާޝް ވިދާޅުވި އެވެ.
އެ ޕްރޮގްރާމްގައި ބައިވެރިވެ ސަނަދު ހާސިލުކުރާ އެރަށު ކޮންމެ ހާފިޒަކަށާއި އަމިއްލަ ގޮތުން ހާފިޒަކަށްވާ ހުރާގެ ކޮންމެ މީހަކަށް ވެސް 150،000ރ. ދިނުމަށް ކައުންސިލުން ނިންމާފައިވާ ކަމަށް ފިރާޝް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ރަށުގައި ގިނަ ހާފިޒުން އުފެއްދުން. އަހަރަކު ތިން ކުދިން ވިޔަސް، ހާފިޒުން އުފެއްދުން މަގުސަދަކީ،" ފިރާޝް ވިދާޅުވި އެވެ.
ޒުވާން ހާފިޒުން ތަމްރީނު ކުރުމަށް ސަރުކާރުން އިސް ނަގައިގެން ވެސް މަސައްކަތްތަކެއް ގެންދަނީ ކުރަމުންނެވެ. މިހާތަނަށް 250 ކުދިންނަށް ހާފިޒުކަމުގެ ސަނަދު ހާސިލް ކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ ފަސް އަހަރު ތެރޭގައި ހާފިޒުކަމުގެ ސަނަދު ހާސިލްކުރާ ކުދިންގެ އަދަދު 1،000 އަށް އިތުރު ކުރުމެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން އެންމެ ފަހުން ދީފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ރާއްޖޭގައި މި ވަގުތު 266 ހާފިޒުން އެބަތިއްބެވެ. އެއީ 126 އަންހެނުންނާއި 140 ފިރިހެނުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންޑޭ
03 May 2025
ކައުންސިލުން ކުރާނެ ކަމެއް ނޭނގިގެންތަ ތިއުޅެނީ. ކައުންސިލް ބަޖެޓުން ކައުންސިލްގެ މޭންޑޭޓުގައި ނެތް ކަމަކަށް ޚަރަދު ކުރެވިގެން ނުވާނެ.
ތފހޖ
01 May 2025
މިއީ ކައުންސިލުގެ މަސައްކަތެއް ނޫން. ކައުންސިލުގެ މަސައްކަތަކީ ރަށުގެ އިންފްރާސްޓްރަކްޗަރ ބަލަހައްޓައި، ސަރުކާރާއިއެކު ރަށަށް ތަރައްގީ ގެނައުމަށް އިދާރީގޮތުން ކުރާންޖެހޭ މަސައްކަތްތައް ކޮށް، އިންވެސްޓަރުންނާއި ވިޔަފާރިތައް ރަށަށް ގެނައުން. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން. އެކަމަކު މިހެން ބުނާ މީހާ "ލާދީނީ" ވާނީ.
ގޮނުއަނގަ
01 May 2025
ރަށެއްގެ ކައުންސިލުން ބެހޭން ނުޖެހޭ އެއްވެސް ކަމެއް އެރަށެއްގައި ނޯންނާނެ. ކައުންސިލަކީ ހުރިހާ ދާއިރާއަކުން ކަންކަން ކުރަމުން ގެންދާގޮތްބަލާ އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅަން އެންމެ ބާރަށް މަސައްކަތް ކުރަންޖެހޭތަން. ކަމެއް ގޯސްކޮށް ހިނގާނަމަ އެކަމެއް ދައުލަތުގެ ކަމާ ބެހޭ ތަނަކަށް އަންގަންޖެހޭނެ. ރަނގަޅުކަންކަމަށް ހިތްވަރުދީ އެކްނަކަމަށް ރައްޔިތުން ހޭލައްވައި އިނާމުތައް ދޭން ޖެހޭނެ. ސާބަސް ކައުންސިލް.
ށުކުން
01 May 2025
ފައިސާއާ މާއްދިއްޔަތައް މިކަންވެސް ވިއްކާލަނީ ދޯ! ސާބަހޭ ދިވެހިންނޭ!
ހުރާ މީހާ
30 April 2025
ހާފިޒުންނަށް ފައިސާ ދިނުމަކީ އޭގެ ޒާތުގައި ގޯސްކަމެއް ނޫން. އެކަމަކު ކައުންސިލްގެ ބަޖެޓު މިހެން ހިތަށްއެރި ބަޔަކަށް ބަހާ ނުލެވޭނެ. ކޮބާ މާލިއްޔަތު ގަވާއިދު؟؟؟ އެލް.ޖީ.އޭ ނިދާފަތަ؟
ހޯރަކުރުސީ
30 April 2025
ހޯރަފުށީ ކައުންސިލަށާއި ޑަބްލިއުޑީސީއަށް ކޮންމެވެސް މީހަަކު މި ހަބަރު ޓެގްކޮށްލައިފަ ޝެއާކޮށްލަބަލަ! ލާރި ގިނަވެގެން އަބަދުވެސް ކޮންމެވެސް ނާޗަރަނގީއެއް ޒުވާނުން ބައިވެރި ނުކުރެވިގެން އުޅެނީ! މިހާރުވެސް 700000ރ ހަރަދުކޮށްގެން ވޮލީ މުބާރާތެއް ބާއްވަން ފަތުއަޑުގޮށްވާލާފަ މަސައްކަތްކުރަނީ އެއޮށް! ކީއްވާނި މިކަހަލަ ކަމަކަށް ޒުވާނުންނާއި ޅައުމުރުފުރައިގެ ކުދިން ލޯބިޖެއްސުމަށް ބައިރުފިޔާއެއްވެސް ހަރަދުކޮށްލިއްޔާ! ގައިމު ދުނިޔެއާއި އާޚިރަތްވެސް އަލިވާނެ
ރަދީފްއޮފިޝަލް / ހުރާ ކައުންސިލަށް މަރުހަބާ
30 April 2025
ވަރަށް ރަނގަޅު ކަމެއް.ގުޑް ލަކް.
ބ. ފަސްދޭތެރެ
30 April 2025
މިރަށު ކައުންސިލު ނިދާފަ. މަގުތައް އަޑިގުޑަންވެ ޗަކަވެ ހިނގާލެވޭވަރެއްވެސް ނޫން.