ހުޅުމާލެ: ހުޅުމާލޭ ބީޗް ސައިޑާއި ބީޗް ފްރަންޓުން އިތުރު އަށް ބިން ވިއްކުމަށް ވަނީ ހުޅުވާލާފައި --
30 އެޕްރީލް 2025 - 22:45
ގްރޭޑު އެކެއްގެ ދަރިވަރަކު ސްކޫލު ގަޑީގައި ސްކޫލުގެ ގޭޓުން އެކަނި ނިކުމެގެން ދިޔަ މައްސަލައެއް އެޑިޔުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި އެވެ.
އެއީ ހުޅުމާލޭ ސްކޫލެއްގައި ކީ-ސްޓޭޖް 1ގެ ދަރިވަރަކު ސްކޫލު ގަޑީގައި، ޓީޗަރުން ބޭނުންކުރާ ގޭޓުން ނުކުމެގެން ދިޔަ މައްސަލައެކެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މައްސަލަ މިނިސްޓްރީގެ ސަމާލު ކަމަށް އައީ މިއަދު ހަވީރު 3:11 ގައި ކަމަށެވެ.
މިނިސްޓްރީ އާއި އެ ސްކޫލުން ފުލުހުންގެ އެހީތެރިކަމާއެކު ކުރި މަސައްކަތުން 3:30 ހާއިރު އެ ކުއްޖާ ފެނިފައިވާ ކަމަށާއި އަދި އެ ކުއްޖާއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު މިވާހަކަ މިދަންނަވާލީ ދެ ބޭނުމެއްގައި. އެންމެ ފުރަތަމަ ކަމަކީ މިފަދަ ކަމެއް ހިނގީމާ، އެކަމެއް ނުފޮރުވާ ނިޒާމު ހަރުދަނާ ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ބޭނުންތެރިކަން ފާހަގަކުރުން،" އެ ޕޯސްޓުގައިވެ އެވެ.
"މި ސްކޫލުގައި މުދައްރިސުން ބޭނުންކުރާ ގޭޓަކީ ތަޅުލެވިފައިވާ ނުވަތަ ފާރަވެރިއަކު ހުންނަންޖެހޭގޮތަށް ނިންމާފައިވާ ގޭޓަކަށް ވީހިނދު، ދަރިވަރަށް ގޭޓުން ނުކުމެވުނީ ކީއްވެގެންތޯ ދެނެގަނެ އެފަދަ ކަމެއް ތަކުރާރު ނުވާނެފަދަ ގޮތަށް ފިޔަވަޅު އަޅާނެ."
އެކުއްޖާއަށް ގޭޓުން ބޭރަށް ދާން ފުރުސަތު ލިބުނު ގޮތް ބަލައި ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންގްރޫވް
01 May 2025
ތިޔަކުއްޖާ ބޭރަށްދަނިކޮށް ސްކޫލް މީހަކަށް ފެނިގެން ހުއްޓުވިނަމަ އެމީހަކަށް ފިޔަވަޅު އަޅާނެ. ހިއުމަން އާ ކުޑަކުދިން ރައިޓްސް ހޭލާނެކަން ޔަޤީން.
ޒިންމާ
01 May 2025
ސްކޫލް ނިމޭގަޑިގައި ބައިގަޑު ހަދާފަ ތިބޭތި ކާޑުކާޑު ކިޔާލަކިޔާލަ ބޮލަންއުދަގުކުރަން. އެންމެ ބެލެނިވެރިއެއްގެ ކާޑުބަލަން ހުއްޓާ 20 ސަކަށް މީހުން ކާޑުނުދައްކާ ވަންނައިރުވެސް އޯކޭ. ދިވެހިން ކޮންމެ ކަމެއްވެސް ކުރާނީ ނަމެއްގަ.
ޕީ އެން ސީ ލޮޖިކް
01 May 2025
ކުއަޖާގެ މައިންބަފައިންނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލަން. މައިންބަފައިންގެ އިހުމާލު. 100%
ޥާވާ
01 May 2025
އާއެކޭ. ކޮންމެ ކަމެއް މައިންބަފައިންގެ ބޮލަށް ޖެހީމަ އެނިމުނީ. ސްކޫލުތަކުން ކުދިންނަށް ދުރޫސުލް އަޚުލާޤު ކިޔަވާދީބަލަ. ޤައިމު އޭރުން ކޮންމެސް މަންފާއެއް ކުރާނެ. މިހާރު މިކިޔަވާދޭ އެއްޗެހިން ވާ އެއްކަމެއްވެސްނެތް. އެންމެ ކުޑަމިނުން ދިވެހިބަސް ކިޔަވާދޭންވެސް ނުކުޅެދިފައި އެތިބީ
ޛޖދހ
01 May 2025
ކޮން ސްކޫލެއް. ހިންޓެއް ދީބަލަ!
ކުތުބުއްދީނު
01 May 2025
ބޮޑު އަގުދީފައި ގޭޓު ހުރުމުގެ ބޭނުން މި އޮތީ ވަރަށް ރީއްޗަށް ކެނޑިފައި! އަނެއްކާ ކޮމިޝަނެއް ހަދަން ޖެހިފައި މި އޮތީ؟ އެފުބީ ގައި މި ވާހަކަ ޖެހި މީހާ އަށް ބުނެލަން އޮތީ އިސްތިއުފާ ދޭން ޖެހޭވަރުގެ ބޮޑު ކަމެކޭ ހިގާއިގެން އުޅެނީ؟
މޫނު 2
01 May 2025
ކޮންމެ ކަމެއް ސިޔާސީ ކުރުން. ސިޔާސީ ބައްޔަކީ ފަރުވާއެއް ނެތް ބައްޔެއް
ރަދީފްއޮފިޝަލް
01 May 2025
ޓީޗަރުން ހަރުދަނާވާން ޖެހޭ.އިމާދުއްދީން ސްކޫލް ގރ1ގަ ކިޔަވާ ދަރިފުޅު ބަލާ ކްލާހަށް ގޮސް މީޓިން ނިންމާފަ ކްލާހުގެ ބިންމައްޗަށް ނަޒަރު ހިންގާލިއިރު ކޮންމެ ކުއްޖެއްގެ މޭޒު ދަށުގަ ފަތިގަނޑެއް، ފަންސުރެއް،ރަބަރެއް،ފަންސުރު ދައްޗެއް ނެތް ހަމަ އެންމެ މޭޒެއް ވެސް ނެތް.ކުޑަކުދީން ވީމަ އެކުދިންގެ ދަބަސް ޕެކްކުރާ ވަގުތު ޓީޗަރު ބުނަން ޖޭހެނެ އެކުއްޖެއްގެ އެއްޗެއް ބިންމަތީގަ އޮތްނަމަ ނަގަން.ނަމަވެސް އެވަރުނުވޭ.ނޫރާނީ ސްކޫލްގެ އަލިބޭބެ އެއީ 1 ވަނަ.ވ.ވެދުން
ނޫރާނީ އަލިބޭބެ
01 May 2025
މަންމަ ނުވަތަ ބައްޕަ ގޭގަ ހުރެ ކުރަންބުނާ ކަންކަން ގޭގަ ތިބޭ 1 ނުވަތަ 2 ދަރިން ނުކޮށްގެން މިއުޅެނީ. ކޮންމެ ކުލާހެއްގަ 28-30 ކުދިންތެރޭގަ މިހާރު ގިނައީ މައްސަހުންނަ ކުދިން. އެއް ޓީޗަރުހުރެ މިވަރުވާތީ ސެލިއުޓް ކުރަންޖެހޭ އެބަ އެ ޓީޗަރުންނަށް. މާދަމާ ވެސް ކުލާސްތެރެ ސާފުކުރުވައިފިޔާ ބުނާނެ މަ ފޮނުވަނީ އެތަނަށް ކިޔަވާދޭށޭ ކުނިކަހާ ސާފުކުރާކަށް ނޫނޭ. ހަމަ މި މަންމަ އެހެން ބުނާނީވެސް. ވަރަށް ސަލާމް.
ހިތަދޫ
01 May 2025
ނޫރާނީ ސްކޫލްގެ އަލީ ބޭބެ އެއީ 1 ވަނަ ވެއްޖެޔާ ރަށުގަ ހުރެ ކިޔަވަދޭންވީނު. އޭރަށް ހުރިހާ އެއްޗެއް ހަމަކޮށްގެނެއްނުދާނީ.
ޜަދީފްއޮފިޝަލް
01 May 2025
@ނޫރާނީއަލިބޭބެ އަށް. ޢަހަރުމެން ޕްރައިމަރީ މަރުހަލާ ފުރިހަމަކުރިއިރު ކްލާހުގަ 35 ކުދިން ތިބި.30 މިނިޓްގަ ޓީޗަރުން ކިތަންމެ ރަނގަޅަށް ވެސް ކުދިން ގައިޑްކޮށް ނަސޭހަތްދިން.އޭގެ ފައިދާ މިއަދުވެސް އަހަރުމެންނަށް ކުރޭ.
ރަދީފްއޮފިޝަލް.
01 May 2025
@ހިތަދޫ އަށް.އަލިބޭބޭ ކަހަލަ ޕްރިންސިޕަލުން ނެތީމަ ދޯ މިއަދުގެ ކިޔަވާ ކުދިންގެ އަހްލާގެއް ނެތީ.އަހަރުމެންނަަށް ސޯޝަލް ސްޓަޒީސް މާއްދާ ކިޔަވަދިނީ ވެސް އަލިބޭބޭ.އަލިބޭބެގެ ފުރާނައަށް ހެޔޮ ރަހްމަތް ލައްވާށި.އާމީން
މަންދޫބެއް
02 May 2025
ވަރަށް ރީތިކޮށް އެއްޗެތި ހަމަކުރާ ކުދިންވެސް އުޅޭ ވެއްޓުނަސް ނަގާ ޕާހަށްލާނެ، މިހެން ޕެކްުކުރާ ކުދިންގެ ބެލެނިވެރިޔާވެސް އެކަމަށް ބާރުއަޅާ، ހުރިހާ އެއްޗެއްގަ ނަންވެސް ޖަހާފަ ހުންނަނީ، ވެއްޓުނީމަ ނަންނުހުންނާތީ ވެރިއަކު ނުވޭ، ނަގާނެ ކުއްޖަކު ނުވަނީ، އަނެެއްބައި ކުދިން ބުނަނީ ގޭގަ ބައިވަރު އެބަހުއްޓޭ، އެކަމަކު ބެލެނިވެރިޔާ ބަލައިނުލާތީ އަނެއް ދުވަހު އަންނައިރު ފަންސުރެއް ނުގެނޭ، 2 ފަންސޫރު ގެންނަކުއްޖާ ޝެއަރ ކުރީމަ އެވެސް ދަތްލާ ހެފުމާ ބުރިކޮށްލާ
ސެން ޓީޗަރުން ގިނަކޮށްބަލަ
01 May 2025
ދިރާސާއެއް ހަދާކަށް ނުވޭތަ، މިހާރު މި ބޮޑުވާކުދިންގެ ނަފްސާނީ މައްސަަލަތައް ގިނަކަމުން، ކްލާހެއްގަ30 ކުދިން ތެރެއިން 10 ވަރަކަށް ކުދިން އުމުރާ އެއްވަރަށަ ކަންކަން ތަރައްޤީވަނީ، ބާކީ 20 ކުދިން ކޮންމެވެސް މައްސަލައެއް ހުރޭ، 10 ވަރަކަށް ކުދިންގެނަކީ ވަރަށް ބޮޑަށް ބަލައިގެން ގެންގުޅެވޭވަރު ކުދިން. މިހެން އުޅެނިކޮށް މިހާރު ގްރޭޑް ލެވެލްއަށް ހަދާފަ ހުރި ފޮތުން ޕުޝްޑް ޕާސްޑް ކުދިންނޭ ކިޔާ ކުދިބަޔަކު ހޮވާފަ ވަކިން ވަރކްޝީޓް ހަދައިގެން، އެބަކިޔަވައިދޭ.
5002
01 May 2025
ކުއްޖާ އަދަބުވެރިކުރުވަންވާނެ މިނިސްޓްރީ އިސްވެ އޮވެ. އަދަބަކީ ހުރިހާ ދުނިޔެއެއްގައިވެސް ލިބޭ ދެވޭ އެއްޗެއް.
ރޭމްޕް ޖަންގަލި، ސްކޫލެއް
01 May 2025
ސްކޫލްތައް ބިނާކުރާއިރު ކުދިން ބެލެހެއްޓޭނެ ފަސޭހަ ގޮތަކަށް ހަދާބަލަ، އަޅުގަޑު ދަރި ޖަމާލުއްދީން ސްކޫލުން ހުރަވީ ސްކޫލަށް ބަދަލުކުރީއިރު އެކަން ވަރަށްބޮޑަށް ފާހަގަވި، ހުރަވީގަ އޮފީހަށް އެކިކަންކަމު އަންނަ ޢާންމުން ޓީޗަރުންނާ ނުރަސްމީގަޑީގަ އަންނަ ކުދިންވެސް ވަންނަނީ ކުޑަ ގޭޓުން، ޖުމްލަ 3 ގޭޓުން އަނެއް 2 ގޭޓުން، ވަންނަ ގޭޓަކީ ހުޅުވާ ބަންދު ކުރާ ބަޔަކަށްވެސް ބުރައެއް، ލިފްޓްބޭކާރު 3 އުސްމިނުގެ 3 އިމާރާތް، ޕޭރަންޓްކާޑު އަދި އަލަށްވެސް ނުގެންގުޅެޔޯ
ޑެބީ
01 May 2025
ހަނދާނަށް އަންނަނީ 1980ގެ ކުރީކޮޅު އަޅުގަނޑުވެސް ތިހާކަށް އުމުރުގައި އެކަނި ސްކޫލުން (މާލެގައި ނޫކުލައިގެ ސްކޫލެއް) ނިކުމެގެން މަގުމަތީ ހުއްޓާ ފެނިގެން ސްކޫލަށް ވައްދާފަ ކުލާހަށް ގެނެސް 2 ޕީރިއަޑް ނިމެންދެން ކޮޅަށް ބެހެއްޓީ. ކުށްވެރިވީ ހަމަ އަޅުގަނޑު. ޒަމާން މުޅިން ބަދަލުވެއްޖެދެއްތޯ.
ކިއްލާ2222
01 May 2025
މިހާރު ކުއްޖަކު ކުށްވެރި އެއް ނުވާނެ! އަދި ކުއްޖަކަށް އަދަބެއް ވެސް ނުދެވޭނެ! އެހެންވީމަ އެއްނުން މިހާރުގެ ކުދިން އހާ ރަގަޅީ ހެދުމުން ނާ ތުބުޅިން ކިޔަވާ ކުއްޖާ މި ދީންވެރި ވެސް ވަނީ އަމަލު ވަރިހަމަ ކޮންމެ ގޮތެއް ހުއޓަސް! ކުރިން ވިއޔާ ކިޔަވާ ކުދިން ތިބޭނީ ތުބުޅި ބާލުވާފަ