03 މެއި 2025 - 11:38
މުޅި ރާއްޖެ އަށް ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، ޓޫރިޒަމް ކުރިއަރާފައި ނުވާ ފަސް އަތޮޅަކަށް ހާއްސަ ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ޓޫރިޒަމް ދާއިރާއިން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާ ކުރައްވަމުން، ރައީސް ވިދާޅުވީ މިހާތަނަށް ޓޫރިޒަމް ކުރިއަރާފައި ނުވާ ރަށްތަކަށް ޓޫރިޒަމް ގެންދިޔުމަށް ވިސްނުންތަކެއް ގެންގުޅޭ ކަމަށެވެ.
މިގޮތުން، ހއ. ހދ. ށ. ތ. އަދި ލ. އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމަށްޓަކައި އިންވެސްޓަރުން ޝައުގުވެރިވާނެ ފަދަ ލުއިތައް ދިނުމަށް ނިންމާފައިވާ ކަން ހާމަކުރައްވައި، އެ މަނިކުފާނު ވަނީ ލޭންޑް އެކުއިޒިޝަން ކޮސްޓާއި އިމްޕޯޓް ޑިއުޓީ އިން ހާއްސަ ލުއިތަކެއް ދިނުމަށް ކަމާ ބެހޭ ގަވާއިދަށް ބަދަލުގެނެސް މި މަހު ތެރޭގައި ހުޅުވާލެވޭނެ ކަން އިއުލާނު ކުރައްވައިފަ އެވެ.
ރައީސް މުއިއްޒު މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.
"ފަސް އަތޮޅަށް އެކަނި ސަންސެޓް ކްލޯޒެއް ލާފައި ހުޅުވާލުމަށް. އެކުއިޒިޝަން ކޮސްޓަށް ލުއިތަކެއް ލާނެ، އިމްޕޯޓުކުރާ ތަކެއްޗަށް ނަގާ ޑިއުޓީއަށް ލުއިތަކެއް ދޭނެ. މި އާއެކު މި އަތޮޅުތަކަށް އިންވެސްޓުކުރާނެ ފަރާތްތައް ލިބިގެންދާނެ ކަމަށް މި ބަލަނީ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ވަކި މުއްދަތަކަށް ދެވޭ މި ލުއިތައް، މި ފަސް އަތޮޅުން ވެސް އާންމު އަދަދުތަކުން ޑިޔުޓީ އާއި ޓެކްސް ނަގަން ފެށޭނެ އެވެ.
މި ފަސް އަތޮޅުގެ އިތުރުން، އައްޑޫއަށް ވެސް ކްރޮސް ސަބްސިޑީގެ އުސޫލުން ޓޫރިޒަމްގެ ބިޔަ މަޝްރޫއުއެއް އިއުލާނުކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެވަނަ ވިސްނުން
04 May 2025
އިމްޕޯރޓް ޑިއުޓީން ލުއިދިނުމަކީ ފެންނަކަމެއް ނޫން. މިގޮތަށް ލުއިދިނުމުން އޭގެ ނާޖާއިޒް ފައިދާ ނަގައި އެތައް ވިޔަފާރިތަކަށް ބޭނުންވާ މުދާ ރިސޯރޓް ހެދުމަށް ބޭނުންވާތަކެތީގެ ގޮތުގައި އިމްޕޯރޓްކޮށްފައިވޭ.
އިސްމާލި
04 May 2025
ސަޅިއޭ ސުރުހީ. ލުއި ދެނީ އަތޮޅަށޯ، ދެން އަހަރެމެން ގުނބޯ މެނަށް ހީވާނެ ދޯ ރައްޔިތުންނަށް ލުއި ތަކެއް ލިބެނީ އޭ. ހަގީގަތަކީ ލުއި ދެނީ ވިޔަފާރި މަހުޖަނު ރިސޯޓު ހަދަން. އެ ލުއި ބޭނުންކޮއްގެން ރިސޯޓު ހަދައި، އެއާ އެކީ ޑިއުޓީ ނުނަގާ މުދަލުން އިތުރު އެތައް ތަނެއް ހަދައި، އެ މުދާ ވިއްކައި، ރިސޯޓު ހަދާފައި، ރިސޯޓު ކައިރީ ހުރިއްޔާ ހުރި ފިނޮޅަކާ، ފަޅުރަށެއް ޕަކަޅާ ކޮއްލާނެ. އެއްކަލަ ރައްޔިތުން ހަމަ އެ ގޮތުގައި.
އެޓޯލް
04 May 2025
ސ ، ހއ ، ހދ ގެ ރަށްތަކަ %50 ޓެކްސް ކުޑަކޮއްބަލަ! އޭރުންތިކަމައް ބަޔަކުފައިނަގާފާނެ. ތިޑިއުޓީމާފްކުރާ ސްކީމުގަ ގިނަވާނީ ވައްކަންކުރަން ކުރިމަތިލާމީހުން!
2025
04 May 2025
ތިބުނާ ގެސްޓުންތައް 2 ޕީސްގަ ރަށްރަށުގަ.....ބޮއިހަލަކި
އޮނަރަބްލް އަފީފު ދީދީ
03 May 2025
ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތަށާއި ރައްޔިތުނަށް ސީދާގޮތުން އާމްދަނީ ލިބޭނެގޮތް ހަދަން ހަނިމާދުއާއި އައްޑޫ އެއަރޕޯޓްގައި ތިރީގައި ދެންނެވިފަދަ އެއަރޕޯޓް ޓްރާންސިޓް ހޮޓާތައް ތަރައްޤީ ކޮށް ހިންގާން ފެއްޓުމަށްފަހު، ޑޮމެސްޓިކް އެއަރޕޯޓް ހަދާފައިވާ ކޮންމެރަށެއް ނުވަތަ އެފަދަ ރަށްރަށާއި ކައިރީގައިހުރި ރަށްރަށުގައި އިންވެސްޓަރ ފައިނޭންސް އުސޫލުން ސިޓީހޮޓާ ތަރައްޤީކުރުމަށް ރިއަލްއެސްޓޭޓް އިންވެސްޓަރުން ހޯދަން ބައިނަލްއަޤުވާމީ ބިޑަށް ހުޅުވާ ލެވިދާނެ.
އޮނަރަބްލް އަފީފު ދީދީ
03 May 2025
ޑޮމެސްޓިކް އެއަރޕޯޓެއް ހިމެނޭ ކޮންމެ ރަށެއް ނުވަތަ އެފަދަ އެއަރޕޯޓެއްގެ ކައިރީގައި ސިޓީހޮޓަލެއް ތަރައްޤީ ކުރުމަށްފަހު (މަދުވެގެން 100 ކޮޓަރީގެ ހޮޓާތައް) ހޮޓާ ތަރައްޤީ ކުރަން ހޭދަކުރި ފައިސާ އެއްފަހަރާ ދައްކާ ފަރާތަކަށް 50 އަހަރަށް ކޮންޓްރެކްޓް އުސޫލުން ހޮޓާ ވިއްކައިގެން އިންވެސްޓްމަންޓްގެ އަގު އެއްފަހަރާ ދައުލަތަށް ހޯދިދާނެ. އަދި މިފަދަ ހުރިހާ ސިޓީ ހޮޓާތަކެއްވެސް ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމާއި އެކު MTDC ގެ ޕްރޮޕަޓިކަމަށް ކަޑައަޅާން ވާނެ.
މަ ބުނީ
03 May 2025
ލޮބުވެތި ރައީސްއެވެ ހއ. ދިއްދޫ އެއާރޕޯޓު ހުޅުވުމަށް މިއަހަރު މަނިކުފާނު ވަޑައިގަންނަވާ ފުލައިޓުން އަޅުގަނޑު ގެންދެވުންއެދެމެވެ. އަދި ދިއްދޫ އެއާރ ޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ބިލެއްމީރުކޮއްލުމަކަށް ގަރުދިޔަ އާއި ބަތް ފަރިކުޅުވުން އަޅުގަނޑު އިންތިޒާމު ކުރާނަމެވެ !
އޖސޖ
03 May 2025
ބަލަ މުއިޒަ ތިޔަ ލުއި ދެެން ވި ވ އަތޮޅު ގެ ރައް ތަކަވެސް އެންމެ ކުރިއަރަމުން ދާ
ދެކުނު1
03 May 2025
ރާއްޖޭގެ ޓޫރިޒަމް އެންމެދައްކޮށް އޮތް ދެކުނުގެ 4 އަތޮޅައް ތިޔަ އިނާޔަތުން މަހުރޫމުކޮރުމުގެ ވިސްނުން ނެރުނުގޮތެއް އެބަ ބުނެދޭންޖެހޭ.
09090909
04 May 2025
ފޯކް ލޭންޑް އެދަނީ ބާރަށް ކުރިއަށް. ވަޓްސް މިސނ އިނ އައްޑޫ؟ ބްރޯމެން ހަަމ މާލޭގަިއ އުޅޭހިތްވަނީ. ދެން ލަވަނީ ހަޅޭއް މާލޭން ތަންތަން ގަންނަމުން
ރަންނަމާރި.
04 May 2025
އައްޑޫގައި 24 ގަނޑި އިރު ކަރަންޓް ނުލިބޭކަން 09090909 އަކަށް ނޭގޭދޯ ؟ އަދިވެސް އައްޑޫގެ ހުރިހާ އަވަށްތަކަށް ފެނާއި ނަރުދަމާގެ ހިދުމަތެއް ނުލިބޭ. އައްޑޫގެ މަގުތަކުގެ ހާލަތު ބަލާލަން ދޭބަލަ. މާލޭގައި އައްޑޫ މީހުން އުލެނީ ސަބަބެއް ނެތިއެއްނޫން.
ކުރީ ސަރުކާރު
03 May 2025
ބައްލަވާ ރައީސް. މާވަށު އެއާޕޯޓް ކޮބައިތޯ؟ ދަތުރު ފަތުރަށް ލުޔެއް ނުދީ ލާހިކެއްނޫން ޓޫރިޒަމް ފުޅާކުރާކަށް. ޢާރްޓީއެލް ވެސް ފެށީކީ ނޫނޭ