އައިޖީއެމްއެޗް - ފޮޓޯ: މިހާރު
07 މެއި 2025 - 13:23
ދ. ވާނީގައި ފުލުހުންގެ ތަމްރީނު ހަދަމުން ދަނިކޮށް ހާލު ސީރިއަސްވި މީހާ އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
ވާނީގައި ހުންނަ ޓްރެއިނިން ސެންޓަރުގައި ތަމްރީން ހަދަމުންދިޔަ ރެކްރޫޓެއްގެ ހާލު ދެރަވެގެން އާދިއްތަ ދުވަހުގެ ރޭ ފަތިހު، ދ. ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އެވެ. އަދި އިތުރު ފަރުވާ ދިނުމަށް އެ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އައިޖީއެމްއެޗަށް ވަނީ ގެންގޮސްފަ އެވެ.
އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުލުހުންގެ ތަމްރީނުގެ ތެރޭގައި އުޅެނިކޮށް ހާލު ސީރިއަސްވި ޒުވާނާއަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭނާ ނޭވާލަނީ ވެންޓިލޭޓަރުގެ އެހީގަ އެވެ.
ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަފިއްޔު އެސްފިޔަ
07 May 2025
އެސޮރަށް އަވަސް ޝިފާއެއް މިންވަރުކުރައްވާށި. ބޮޑަށް ބެލެވެނީ ހާޓް އެޓޭކެއްހެން. ސްޓުރޯކެއް ވެސް ޖެހިފައި ހުރިކަމަށް މައުލޫމާތުލިބޭ އަދި އޭގެ ސަބަބުން ސިކުނޑިއަށް ގެއްލުންވެފަ އިން ކަމަށް. ގ
އެޑްމުންޑޯ
07 May 2025
ހާދަ ހިތާމަވެރި ޚަބަރަކޭ
ކުރުކި
07 May 2025
ކަލޭމެން ދެން ކީއްކުރަން ހަބަރު ލިޔާ ބައެއްތަ ތީ! ވީގޮތް އެނގުނު ކަމަކަށް ނުވި އަދިވެސް!