މީގެ ކުރިން ހިނގި މައްސަލައަކާ ގުޅިގެން ފުލުހުން މާލޭގެ މަގެއްގައި ހަރަކާތްތެރިވަނީ: ހެންވޭރުގައި ހުންނަ ގެއަކުން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން އަންނަނީ އެ މައްސަލަ ބަލަމުން.-- ފޮޓޯ: މިހާރު
07 މެއި 2025 - 21:30
ކުނިވަސް ދުވާތީ ބެލި އިރު މަރުވެ ކުނިވެފައި އޮތް މީހަކު ހެންވޭރުގެ ގެއަކުން މިރޭ ފެނިއްޖެ އެވެ.
ފުލުހުން ދެންމެ ބުނީ ހެންވޭރުގައި ހުންނަ ގެއެއްގެ ހަތަރުވަނަ ފުލޯގެ ފާހާނާއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން އެތަނުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނީ ގ. ލަންކާ، އަބްދުﷲ މުފީދު، 46 ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ފުލުހުން އަދި އިތުރު ތަފުސީލެއް ނުދެ އެވެ.
އެނގިފައިވާ ގޮތުގައި، އޭނާ މަރުވެފައި އޮއްވައި ފެނުނީ އެ ގެ ހުންނަ ސަރަހައްދުން ކުނިވަސް ދުވާތާ ހަތަރު ވަރަކަށް ދުވަސްވުމުން ބަޔަކު އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމުން، ފުލުހުން އެތަނަށް ވަދެ ބެލުމުންނެވެ.
ގޮތް ނޭނގޭ މަރުތަކާއި މަރުވެފައި އޮއްވައި މީހުން ފެނުމުގެ މައްސަލަތައް މިފަހުން އިތުރުވެފައިވާއިރު، މާލޭ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު މިދިޔަ ހަފުތާގައި ވެސް ފެނިފައިވެ އެވެ.
މި ކަހަލަ ބައެއް މަރުތަކުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ފުލުހުން ހަދާފައި ވިޔަސް މި ކަހަލަ މަރުތައް ގިނަވި ސަބަބެއް ނުވަތަ އެ މީހުން މަރުވި ސަބަބެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑްމުންޑޯ
08 May 2025
މިރާއްޖޭގައި ޕޯސްޓް މޯޓަމް ހެދޭނެ ވަސީލަތް ގާއިމް ކުރުމަކީ ވަރަށް މުހިއްމު ކަމަކަށް ދެކެން ، ގޮތްނޭގޭ މަރުތަށް އިންތިހާ އަށް އިތުރުވަމުން މިދަނީ ، ބަޔަކު މަރަނީކަމެއް ، ޑްރަގުގެ މަސްތުގައި ނެތިދަނީކަމެއް ވާނުވާ އެއްނޭގި ، މަރުވެ ކުނިވެފައިވާތަން ފެންނަނީ
ޖުއްބާ
08 May 2025
ސަރުކާރަކައް ނުކެރޭނެ ރާއްޖޭގަ ޑުރަގުގެ ބޮޑެތި ޝިޕްޕަންޓުތައް ފަސޭހަކަމާއެކީ ރަށުތެރޭ ދައުރުވާކަމައް އެއްބަސްވާކައް.
އިއްސެ
08 May 2025
ފުލުހުން ހަމަ އިންވެސްޓިގޭޓް ކުރަނީ ދުވަހަކު އެއްޗެއް ފެންނަ ބައެއް ނޫން.
ޙަބީބު.
07 May 2025
މައްޔިތާގެ ފާފަ ފުއްސަވާ ހެޔޮރަހުމަތް ލައްވާށި