މަގުމައްޗަށް ދޫކޮށްލާފައި ދިޔަ ކޮތަޅުތަކަކުން ފެނުނު ސިނގިރެޓްތައް: ފުލުހުން ކޯޓުގައި ބުނި ގޮތުން ނަމަ މިއީ ބޮންޑެޑް ވެއާހައުސް އަކުން ގެއްލިފައިވާ ތަކެތި.
13 މެއި 2025 - 09:00
މަގުމައްޗަށް ދޫކޮށްލާފައި ދިޔަ ކޮތަޅުތަކަކުން މިދިޔަ ހަފްތާގައި ފެނުނު ގިނަ އަދަދެއްގެ ސިނގިރޭޓަކީ ބޮންޑެޑް ވެއާހައުސްއެއްގެ ގޮތުގައި ބޭނުންކުރާ ގުދަނަކުން ގެއްލިފައިވާ ތަކެތި ކަމަށް ފުލުހުން ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލާދޭޝް ތިން މީހުން ކަމަށްވާ ރެޒައުލް ހައްގު، މަންމާން މޮންޑޮލް އަދި މުހައްމަދު ސުލައިމަންގެ ބަންދުގެ މުއްދަތަށް ފަސް ދުވަސް އިތުރުކޮށް ނެރުނު ކޯޓު އަމުރުގައި ފުލުހުންނާ ހަވާލާދީ ބުނީ، މި ތިން މީހުންނަކީ ސީނިއާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގައި ވަޒީފާ އަދާކުރާ މީހުން ކަމަށެވެ. މިއީ ރާއްޖޭގެ ވަރުގަދަ ވިޔަފާރިތަކުގެ ތެރޭގައި ހިމެނޭ ލޮޓަސް ފިހާރަތައް ހިންގާ ކުންފުންޏެވެ.
މި މައްސަލައިގެ އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ވިދާޅުވީ، އަތުލައިގަތް ސިނގިރެޓް ކާޓަންތަކަކީ މި ބިދޭސީން މަސައްކަތްކުރާ ސީނިއާ އިންޓަނޭޝަނަލްގެ ބޮންޑެޑް ވެއާހައުސް ގުދަނަކުން ގެއްލިފައިވާ ތަކެތި ކަމަށާއި އެއީ ބޮންޑެޑް ވެއާހައުސް އަކަށް ވާތީ އެތަނުން ތަކެތި ބޭރުކުރެވޭނީ ވެސް ކަސްޓަމްސް އަށް ޑިއުޓީ ދައްކައިގެން ކަމަށެވެ.
ފުލުހުން ކޯޓުގައި ބުނިގޮތުގައި މިހާރު ލިބިފައިވާ މައުލޫމާތަށް ބަލައި މި މައްސަލަ ތަހުގީގު ކުރަމުންދަނީ ޖިނާއީ ބޮޑު މައްސަލައެއްގެ ގޮތުގަ އެވެ. ހައްޔަރު ކޮށްފައިވާ އެންމެންގެ މައްޗަށް ވެސް ކުރަނީ ވައްކަމުގެ ތުހުމަތެވެ.
ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން ދިފާއުގައި ބުނީ އެ މީހުން ސިނގިރެޓް ކާޓަންތަން ޕިކަޕަކަށް އެރުވީ އެ ޕިކަޕް އޮތް ހިސާބުން ދިމާވި އެހެން ބިދޭސީއަކު އުޖޫރަ ދޭނެ ކަމަށް ބުނުމުން ކަމަށެވެ. އަދި އެ އެންމެން ވެސް ވަނީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ކަމަށް ބުނެފަ އެވެ. މިތަނުން ދެ މީހަކު ވަނީ މިކަން ހަމަޖައްސަން، އެ މީހުން ވަޒީފާ އަދާކުރާ ކުންފުންޏާ ވާހަކަ ދެއްކުމަށް ފޯނުން ވާހަކަ ދެއްކޭނެ ގޮތް ހަމަޖައްސައިދޭން އެދިފަ އެވެ. އަދި ރެޒައުލް ހައްގު އެދުނީ ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސައިދިނުމަށެވެ.
ބަންދަށް ފަސް ދުވަސް ދިނީ ވަކީލުން އައްޔަންކުރަން އެދިފައި ވާތީ އެކަމަށް ރިއާޔަތްކޮށްފަ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި މި ސިނގިރެޓްތައް ފެނުނީ ބޮޑުރަސްގެފާނު މަގުން ފިލައިގެން ދާން އުޅުނު ޕިކަޕަކުން މަގުމައްޗަށް ދޫކޮށްލާފައި ދިޔަ ކަޅު ކޮތަޅުތަކަކުންނެވެ. އޭގައި 221 ފޮށި ސިނގިރެޓް ހުރި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮވެލި
13 May 2025
ދެން ސިނގިރޭޓްތަށް ތިކުދިން ވިއްކާލީމަ ނިމުނީ ނޫންތޯ.
ބޮނގަރަ ބޮނގަރަ
13 May 2025
މިހާރު ތިޔަވީ މާރަނގަޅަކަށްނު. ވަގަށް އެތެރެ ނުކޮށް ހައްޙަ ގޮތުގައި އެތެރެކުރި މުދަލަކަށްވެއްޖެ. އަވަހަށް ތީގެ ވެރިންނާ ހަވާލުކޮށްލަދެއްވާ. ޑިއުޓީވެސް ތިޔައިން ސަލާމަތް ކުރެވިއްޖެ. ވަރަށްބޮޑު ނަފާއެއް ތިޔަ ސޮގިރޭޓުންވެއްޖެ. ވަލްޙަމްދުﷲ. ޝަރީޢަތް ނިމުނީ.
ށިގިރޭޓު
13 May 2025
މީމިހާރު ކުރާބިޒްނަސް. ސިގިރޭޓު ވަގުވިޔަފާރި ، މިކަންބަލަންހަވާލުކޮށްފަތިބިމީހުންނާއި، ސިޔާސީ މީހުންނާ ގުޅިގެން. ޑުރަގަށް ވުރެމަތީގައުޅެނީ. ޢެހެން ދަށުދަރަޖައިގެ މީހަކު ކޮށްފިއްޔާ އަތުލައިގެންފަ ނޫހުގަ ޖަހަނީ. ސިގިރޭޓު ކޮންމެހެންހުއްޓުވަންކުރިކަމެއްނޫންމީކީ. ބުލެކުމާކެޓެއް އުފައްދާ ވަގުވިޔަފާރިއަކަށް ހުޅުވި ދޮރެއްމީ.
އާސާން
13 May 2025
ކަސްޓަމުން ނެރެގެން ބޮޮންޑެޑް ވެއާރހައުސް އަކަށްވިޔަސް އަދި އެހެން ތާކާށްވިޔަސް ގެންދެވެން ޖެހޭނީ އެ މުދަލަކަށް ކަސްޓަމްސްއަށް ދައްކަންޖެހޭ ޑިއުޓީ ދައްކާފަކަމަށް ކަނޑައަޅާ ޤަވާއިދު ބަދަލުކުރާންޖެހޭ ތި ގޮތަށް ތިކަން އޮންނަކަމަށްވާނަމަ ދައިލަތަށް އެއްވެސް ފައިސާއެއްނުލިބި އެތަށް މުދަލެއް ބޭރުވެގެންދާނެ
މީ ވަރަށް ވާހަކަ
13 May 2025
ސީނިއާރ ގެ އޯނަރަކީ އަހަރުތަކެއް ކުރިން ކަސްޓަމްސް އިން ސިނގިރެޓް ކޮންޓެއިނަރުތަކެއް ބޭރުކުރުމުގެ ހިސްޓްރީއެއް އޮތް ފަރާތެއް. ދެން ވިސްނާލާ.
ކޮރަލް
13 May 2025
24 ގަޑި އިރު ތެރޭ ތަކެތި ނައްތާލާފަ ބިދޭސީން ޑިޕޯޓް ކުރަން ވީ އެވެ.
ވަގުންގެ ރާއްޖެ
13 May 2025
ކުންފުނީގެ ގުދަނުން ކުންފުނީގެ މުވައްޒަފުން ކުންފުނީގެ ޕިކަޕަށް. ޑިއުޓި ނުދައްކާ ބޭރުކުރަންއުޅެނިކޮށް ފަޅައެރީމަ ހުސްވަގުންނަށްވީ. ދެންވެސް ކުށްވެރިވާނީ 3 ބިދޭސީން. ކުންފުނިން ބޯކޮށް ވިޔަފާރިކުރީމަ ނިމުނީ.
އަމީނު
13 May 2025
ލޮލް. ހަހަހަ. ފުލުހުންގެ ފެންވަރު
ނައްޓު ހަސަން
13 May 2025
ކޮންމެއަކަސް ނިކަން ފުރިހަމަ ކޮށްތާ ބޮންދުންނަށް އިނގޭ ހިފެހެއްޓީމަ ކިޔަންވީ އެއްޗެހި ވެސް ލޯޔަރުން ނެތި އެއްޗެކޭ ނުބުނަން ވެސް.. ކުންފުނިން ހިނގާ ޖަރީމާ ތީކީ..
ބިންބި ސަހަރު
13 May 2025
ވައްކަން ކޮށްގެންވެސް ކޯޓަށް ގެންދިޔައީމަ އަދި ދައުަލަތުން މި ޖެހެނީ މި މީހުންގެ ދިފާއުގައިވެސް ވަކީލުން ހަމަޖައްސައިދޭން،