ގުޅިފަޅު--
17 މެއި 2025 - 19:06
ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން، ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތިތައް، މިހާރު ހިއްކާފައިވާ ސަރަހައްދުން ލިބޭ ގޮތަށް ބަދަލުކޮށް، އާ ލޭންޑް ޔޫސް ޕްލޭން އާންމުކޮށްފި އެވެ.
ގުޅިފަޅުން ހިއްކާފައިވާ ސަރަހައްދުންނާއި ނުހިއްކާ އޮތް ބައިން ވެސް މާލޭގެ ރައްޔިތުންނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ގޯތިތައް ދޫކޮށްފަ އެވެ. އެކަމަކު، އެ ފަޅުގައި އޮތް ފުން ސަރަހައްދު ހިއްކުމުގައި ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.
އޭގެ ފަހުން މި ސަރުކާރުން ވަނީ ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކަން ނިންމައި، އެތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސްފަ އެވެ.
މި ސަރުކާރުން ލޭންޑް ޔޫސް ޕްލޭނަށް މީގެ ކުރިން ގެނައި ބަދަލުގައި ގުޅިފަޅުން 3،520 ގޯތި ދޫކުރަން ނިންމާފައިވެ އެވެ.
ގުޅިފަޅު އާ ލޭންޑް ޔޫޒް ޕްލޭން--
ދެވަނަ ފަހަރަށް ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލު ޕްލޭނިން މިނިސްޓްރީން މިއަދު އާންމުކޮށްފައިވާއިރު، އެ ޕްލޭނުގައި ގޯތިތައް ދޫކުރާ ސަރަހައްދު ވަކިން ފާހަގަ ކޮށްފައިވާ ނަމަވެސް އެ ގޯތިތައް ދޫކުރަނީ ކިހާ ހިސާބަކުން ކަމެއް ނޭނގެ އެވެ.
އޭގެ ތެރޭގައި ހައުސިން ޔުނިޓާއި ރެސިޑެންޝަން ޕްލޮޓްސް ވެސް ހިމެނެ އެވެ. ސަރުކާރު އޮފީސްތަކާއި އެކި ބޭނުންތަކަށް ހާއްސަކޮށްފައިވާ ޒޯނަކާއި ކޮމާޝަލް ޒޯނެއް ވެސް ހިމެނެ އެވެ.
ނަމަވެސް އެ ޕްލޭންގައި ވިޔަފާރިތަކަށް ހާއްސަ ސަރަހައްދުތަކާއި ޓޫރިޒަމަށް ހާއްސަ ސަރަހައްދުތަކުގެ އިތުރުން ސްކޫލުތަކާއި މިސްކިތްތައް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލެ ނޫންގޮތެއް
18 May 2025
ދިވެހި ރާއްޖޭގެ މުއްސަދި ކަމަކީ ހުރިހާދިވެގިންގެ މުއްސަދިކަން، މާލެއާއި އަތޮޅުތެރޭގެ ފަރަގު ކިތައްމެހާވެސް ބޮޑު، އަޅެފަހެ މިކަމުގެވަކާލާތު ކުރާނެމީހެއް ހަމަނެތީބާ،
ލޭންޑްޔޫސް ޕްލޭން ކަމަކުނުދޭ!
18 May 2025
ދެވަނަ މާލެއަށް ތިތަން ވާނީ. ބަލާތި. ފެހިކަމެއް ނެތް އެއްވެސް ކޮޅަކުން. ހަޑިހާވާފަ ތިހިރީ. ކިހާ ދެރަކަމެެއް. ނުވާވަރުން ގިރައިވަރުން ލިބުނު މީހުންނަށްވެސް މިތަނުން ދީފިޔޭ. މާލެއިން ފިލާވަޅެެއް ނުލިބުނީތަ އަޅެ؟ ފުނިޖަހާފަ ހުރި ލެގޯތަކެއްހެން ހީވަނީ.
ސޮލިއުޝަން
18 May 2025
މަގުތައް ކުޑަކޮށް ޕާކުތައް ކުޑަކޮށް ޕާކިން އަށް ނުވިސްނާ ހަމައެކަނި ހިއްކުމަށް ދާނެ ޚަރަދު ސަލާމަތްކުރުމުގެ ބޭނުމުގައި ތިކުރަނީ ވަރަށް ދެރަކަމެއް. ތިތަނަށް މީހުން ފުނިޖެހޭގޮތް ތިހެދީ. ދެންހަމަ އަނެއްކާވެސް ވާނީ މާލެއަށް ވީގޮތް. ރައްޔިތުންނަށް ހެޔޮއެދިގެން ކުރިކަމެއްނޫން ތިއީކީ. ތިސިޔާސީ މީހުނަށް މުސާރަނުދީ އެލާރިން ތިތަން ހިއްކާފަ ފުރަތަމަ ހެދި ޕްލޭނަށް ތިކަން ކޮށްބަލަ. އާދޭސްކުރަން.
އަކްސަމްް
18 May 2025
ދެވަނަ ފަހަރަށް ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު ގުޅީ ފަޅުން ހުރިހާގޯއްޗެއް ހަމަކުރާކަމީ އަސްލު މާނާއިގައިނ މިކަން ކުރަންޖެހޭ ގޮތް. މާދުރު ގިރާވަރު ފަޅު އާބާދުވާން ދުވަސްނަގާނެ. އަދި އެއީ އާބާދުވާ މީހުންނަށް ބަލާކަމުގައިވާނަމަ ވަރަށް ޒަމާނުން އާބާދުވާނެ ތަނެއް.
މުޝްފިޤާ
18 May 2025
މިއީ ވަރަށް ރަނގަޅު ނިންމުމެއް. މާލެއާ މާ ދުރުނޫންގޮތަކަށް މިކަން ވެގެން ދިޔުމަކީ ވަރަށް ހިންހަމަޖެހުން ލިބޭ ކަމެއް.
ބޯހިޔާ
18 May 2025
އަހަރެން ބޭނުމީ ގޯއްޗެއްނޫން. ގަނޑުވަރެއް. ލިބޭނެބާ؟
އައިމިނާރާނީ
18 May 2025
މީ މަޖާކަމެއް ނޫން.. ވެލިކޮޅެއްލިބެން އޮތަސް ބޭނުން މީހުން މިރާއްޖޭގަ އެބައުޅޭ.. ވަންނާނެ އަމިއްލަ ތަނެއްނެތުމުން ވަރަށް ހާލުގަ އެތަބަޔަކު އެބައުޅޭ.. އަމިއްލަ ރަށުގަ ކުއްޔަށް ދިރި އުޅެން ޖެހުމަކީ ކިހާ ހިއްދަތިކަމެއްކަން އެގޭނީ އެހެން އުޅެން ޖެހުނީމަ..
ޓިނު
18 May 2025
ކުރިންބުނިއެތި ކެންސަލު
ފާފު
18 May 2025
ތިޔަ ބަދަލު ގެނެސްގެން ވެސް އަވަހަށް ދެވޭތޯ ބަލާ! މިސަރުކާރުން އުޅުނީ އެތަނުގައި ހިއްކަން އޮތްބައި ހިއްކަން، މިހާތަނަށް ވެސް އެކަމެއް ނުވެ އޮތީ، ރައްތިޔުން ތިބީ ވާނުވާ ނޭނގިފައި.
ސަނާރު
18 May 2025
ކޮންއިރަކު ގުޅީފަޅު ހިއްކަނީ، މިސަރުކާރު އައިސް ކުރިން ހިއްކަން ފަށާފައި އޮތް ބައި ނިންމާނެ ވާހަކަ ބުނެފައި އޮތީ.
ފފފސ2
18 May 2025
އެކަން ނިމިއްޖެ. ކޮން ދުވަހެއް. ހަބަރު ކިޔަންވާނީ ހުރިހާ މައުލޫމަތެއް ލިބޭގޮތަށް. ހެޑިންގ އެކަނި ކީމަ މައުލޫމާތުގެ ބައިކުޅަބައި ލިބޭނީ.
ލލލލލ
18 May 2025
ކުރީ ސަރުކާރުން ހުޅުމާލެ، ގުޅީފަޅު ހިއްކި ސަރަހައްދާ ކަނޑުގެ ސަރަހައްދުން އަދި ގިރާވަރު ފަޅުގެ ފުން ފަޅުން ދިން ގޯތި ތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އިންސާފުވަނީ ގެއްލިފައި. ގޯތި ލިބުމުގެ ޝަރުތުގައިވެސް އިންސާފެއް ނެތް. އަދި ގޯތި ހަވާލު ކުރުމުގައިވެސް އިންސާފެއްނެތް. ހުޅުމާލެ އިން ގޯތި ލިބުނު މީހުން މިހާރު ގޯތި ހަދައިގެންނާ ނުހަދާ ކުއްޔަށް ދީގެން ފައިސާނަގާއިރު، ގިރާވަރުފޅުގެ މީހުންނަށް ގޯތި ލިބޭނެ ދުވަހެއް ނޭނގެ. އަދުލުވެރިކަން ގެއްލިފަ.