ބްރިޖުގައި އެކްސިޑެންޓެއް ހިނގާފައި.
22 މެއި 2025 - 12:00
ސިނަމާލޭ ބްރިޖުމަތީ ހުއްޓިފައި އޮތް ކާރެއްގެ ފަހަތުގައި ދެ ސައިކަލް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓަކަށް ފަހު ޓްރެފިކް ތޮއްޖެހުނު ވަގުތު ހިނގި އެހެން އެކްސިޑެންޓެއްގައި މީހެއްގެ ފައިގެ ފަލަމަސްގަނޑުން ބިނދިއްޖެ އެވެ.
ފުލުހުން ބުނީ ބްރިޖުގައި "މަޑުކޮށްގެން އޮތް" ކާރެއްގެ ފަހަތުގައި ދެ ސައިކަލު ޖެހިގެން އެކްސިޑެންޓުވި މައްސަލައެއް ރިޕޯޓުކުރީ ރޭ 9:48 ހާއިރު ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ކާރު މަޑުކޮށްގެން އޮތީ ހަތަރު ސިގްނަލް ޖައްސަައިގެންނެވެ. އެއީ ވެހިކަލްތަކަށް މައްސަލައެއް ދިމާވުމުން ނުވަތަ އިމަޖެންސީ ހާލަތުގައި ޖައްސާ ސިގްނަލެވެ.
އެކްސިޑެންޓުވީ ހުއްޓާފައި އޮތް ކާރުގެ ފަހަތުން ސައިކަލެއް މަޑުކުރި ވަގުތު އޭގެ ފަހަތުން އައި އެހެން ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވި އެވެ.
ފައި ބިނދުނީ މި އެކްސިޑެންޓު ހިނގުމުން ޓްރެފިކް ތޮއްޖެހިފައި އޮތް ވަގުތު އެހެން ކާރެއްގެ ފަހަތުގައި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގަ އެވެ. ފައި ބިނދުނީ އެކްސިޑެންޓުވި ސައިކަލް ދުއްވަން އިން މީހާ އެވެ. ފައި ބިނދުމުގެ އިތުރުން ވެސް އެ މީހާއަށް އިތުރު އަނިޔާތައް ވެފައިވެ އެވެ.
އެ ދެ އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންނަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
އެކްސިޑެންޓުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރަބު ލާކި
22 May 2025
ތިޔަ ކ.މާލެއަކުން މީހުން ބާލަން ވެއްޖެއެއްނު، ނާފަހެ ދުވާލަކު ކަރަޕުސަނެއް، އެކްސިޑެންޓެއް، މާރާމާރީއެއް ނުހިންގާ ދުވަހެއް އެބަދޭތަ.
މަސޮރު
22 May 2025
ތި ހުރިހާ ކަމެއްވެސް ހިނގާނެ ނަމެއްގަ ތިބޭ ފުލުހުން އުޅޭ ގައުމެއްގަ... ދަމަކުން ބަޑިއެއް ޖަހާހެން މަގެއް މަތިން އޭގެން މީހަކު ފެންނަނީ...
ޙަސނުބެ
22 May 2025
ފުލުހުން އެސައިކަލްތަކުގެ ފަތުގަތިއްބަސް އެ އެކްސިޑެންޓުހިގާނެ. ލޮލުގެ މައްސަލަހުރީމަތާ މަޑުކޮއްފަ 4 ސިގުނަލް އަޅާފައިން ކާރެއްގަ ފަހަތުންގޮސް ޖަހޭނީ. ޢަނެއްގޮތަކީ ހަމައިގަނެތީ. ބުރިޖޭ ހައިވޭއޭ ކިޔަސް ތިއީ 2 ކިލޯމީޓަރ ވެސް ހަމަވާތަނެއްނޫން. ދެންހަމަ ދެލޮލަށް ނުފެންނަވަރަށް ދުއްވަންޖެހޭތަ. ފުލުހުން ކުއްވެރިކުރާކަށް ނުޖެހޭ. އަނިޔާވި މީހުނަށް ޝިފާއަށް އެދެން.
ސުވާލެއް ނޫން
22 May 2025
މިހާރުގެ ނޫސްވެރިޔާގެ ކިބައިން ސާފުކޮށްލަން ބޭނުންވަނީ ހުއްޓިފައި އޮތް ކާރަކާ ހެދި އެކްސިޑެންޓުވެ ފައި ބިނދުނީ ކާރުގެ ސަބަބުންކަމަށް ލިޔެފައި އެވަނީ ފުލުހުންގެ ތަހުގީގު މިހާރު ނިމި ފުލުހުން އެގޮތައް ނިންމީމިމަތޯ؟
ޕިސް
23 May 2025
ފައިބިނދިގެން އުޅެނީ ހުއްޓިފަ އޮތް ކާރުގަ ޖެހިގެނެއް ނޫނޭ! ކަލޯގަޔާ ކޮމެންޓެއް ކޮއްލާ ހިތުން ރަނގަޅަށް ކިޔާވެސް ނުލެވޭ ދޯ؟!؟؟؟
ޝަޕް
22 May 2025
އެކްސިޑެންޓް ވަނީ ނުބަލައި ދުއްވައިގެން. ގަވައިދާ ހިލާފަށް ދުއްވައިގެން. ޢެކަންކަން ބަލާނެ ބަޔަކު ނެތް. ބްރިޖުގައިވެސް ވާތްފަރާތުގައި ފޫޓެއް ނެތަސް ވައިސޫރިއެއްހެން އަރަން ބޭނުންވޭ. ޚާއްސަކޮށް ޒުވާނުންނާއި ބަންގާޅީންގެ ކަންތައް ވަކިން ބޮޑު މިކަމުގައި.
ޥާނުވާ
24 May 2025
ޒުވާނުން ކުއްވެރިނުކުރޭ..މުސްކުޅިންވެސް ދުއްވަނީ ހަމަ ދެލޯ ދުންމާރިއަރައިގެންދާ ހިބަރެއް ދާހެން..ވަކިބަޔަކަށް އިނގިލި ދިއްނުކޮށް މުޅި މުޖުތަމައުގެ ހާލަތުމި..
އެއްލަކިން ލައިސަންސް
22 May 2025
އެއްލަކިން ލައިސަންސް ދިނީމައި 4 ސިގްނަލް ޖެއްސުމުގެ މާނައެއް ނޭނގޭ. މިއީ 2016-2018 އަށް ރައީސް ޔާމީން ވެރިކަމުގައި ލައިސަންސް ބެހީމައި އޭގެ ނަތީޖާ!
ޙަސަނުބެ
22 May 2025
މާނަނޭގުމަށްވުރެ ކުޑަކަމެއްތަ މަޑުކޮށްފަ އޮތް ކާރެއް ލޮލަށްނުފެނިގޮސް އޭގަ ޖެހުނު ޖެހުން.
ސުރުހީ
22 May 2025
ކޮމެންޓްތަކާއިއި ރިއެކްޝަންގެ ނިސްބަތް ވަރަށް ބޮޑަށް ސުރުހީ އަށް ބަރޯސާ އެބަވޭ.
ކޮރަލް
22 May 2025
ބްރިޖް ހައިވޭ ގަ އެމްބިއުލެންސް އެއް ނުބާއްވަނީ ކީއްވެ ހެއްޔެވެ؟ ބޭރު ގައުމުތަކުން ބައިވަރު ހަދިޔާ ކޮށްފި އެވެ. ހަދިޔާ ކުރި އެއްޗެހި ހުރީ ފޮރުވާފަ އެވެ. ނުރައްކާ އެކްސިޑެންޓް ވެ މާލެއިން އެމްބިއުލެންސް އަންނަ އިރު އޮންނަނީ ވ ގަގުތު ފާއިތު ވެފަ އެެވެ. ރެޑްކްރެސެންޓް އެމްބިއުލެންސް ތައް ކޮބާ ހެއްޔެވެ؟
ޢެޑްމުންޑޯ
22 May 2025
ބުރިޖް އަރިމަތީ ކުޑަ އެމެޖެންސީ ހޮސްޕިޓަލެއް ހަދަންވެސް ކޮމެންޓް ކޮއްލިނަމަ ،،،
ތެސްޓު
22 May 2025
ސަންދޯ ބަހައްޓަންވީ ކޮންމެ ސަތޭކަ ފޫޓަކުން
ރާއްޖެ
23 May 2025
ކަލޭމެން ގަވާއިދާއި އެއްގޮތަށް ދުއްވިއްޔާ ކިހިނެއްވާނެ.؟ އެތާ އެމްބިއުލަންސްއަކާއި ޓްރޯމާ ސެންޓަރެއް ހެދިޔަސް އެކްސިޑެންޓް މަދެއް ނުވާނެ.
ކަކުނިބޯ
22 May 2025
ޢެހެންވީމާ ބްރިޖަށްހުއްޓުކާރުތާ މި ކުއްވެރިވީ. ޢެކަތި އަނެކަތި ފަހަތުން ދުއްވަންޖެހޭނީ ކުރީގައި އޮތް އެތި ކޮންމެފަދަ ވަގުތެއްގައިވެސް ހުއްޓާފާނެ ކަމަށް ބަލާގެން ތިމާ ދުއްވަން އިން ވެހިކަލް ބުރަކިޖެހޭނެ ދުރުމިން ބަހައްޓާގެން
ބުޅާގޯނި
22 May 2025
ސައިކަލަށް އެރީމާ 2 ލޮ މެރޭ މީހުނަށް ލައިސަންސް ދިނީމާ ވާނީ މިހެން މަތަނުވާވަރަށް ބާރު ދުވެލީގައި ގޮސް ކުރީގައިހުއްޓިފަ އޮތް ކާރުގައި ޖެހުނީމަ ގޯސްވީ ކާރުތަ.؟ ސައިކަލް ދުއްވި މީހާގެ ލޮލަށް ނުފެނުނީމަ ކުއްވެރި ވާނީ ސައިކަލް ދުއްވިމީހާ.؟ ހައިވޭމައްޗައް ސައިކަލްގަ އެރުނީމަ ތިމާއަށް ހީވަނީ މިއެރެނީ ހަނގުރާމަ މަތީބޮންއަޅަ ޖެޓްފައިޓާ އަކަށް ހެން ހައްޓަކުހެޔެއް ނުހުރޭ އަރާމުއްގަޑު ފެލާލަނީ ސައިކަލްތައް ދުއްވަނީގަވާއިދެއް ނެތިފުލުހުން މިކަންހުއްޓުވާ
ޙަސަނުބެ
22 May 2025
ތިކަންއޮތީ ތިހެން. އެކަމަކު އެކާރު އެމީހުނަށް ނުފެންނަންޏާ ދެން ޖެހޭނީނުން. ފެނުނުނަމަ ގަސްތުގަ ޖެހިއެއްނުގަންނާނެ. ނުފެނުނީ ކީއްވެގެންކަން ނޭގިގެން މިއުޅެނީ.
މަފް
22 May 2025
ބާރު ސްޕީޑުގައި ދުއްފާފައި ދިޔައީމަ ކޮންޓްރޯލް ނުވީ
ޔަތީނޭ
22 May 2025
ކާރަކާ ހެދި އެއްނޫން. ހަތަރު ސިގްނަލް ޖައްސާފަ އޮތީ. ސުރުހީ އިންމީހުންނައް ހީވަނީކާރު މައްސަލަހެން.