ފުލުހުންގެ މައި މަރުކަޒު--
28 މެއި 2025 - 12:46
މިދިޔަ ހޯމަ ދުވަހު ތ. ކަނޑޫދޫ ސްކޫލުގެ ބިދޭސީ ޓީޗަރެއް ދަރިވަރެއްގެ އިނގިލި އަނބުރާލި ކަމަށް ބުނި ނަމަވެސް އެއީ ދަރިވަރު ޓީޗަރު ގައިގައި އިސްވެ ޖެހުމުން ހިނގި ހާދިސާއެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ ދުވަހު ފުލުހުން ބުނީ ޓީޗަރަކު ދަރިވަރެއްގެ އިނގިލި އަނބުރާލައި ހުޅުން ނައްޓާލި ކަމަށް ބުނާ މައްސަލައެއް ރިޕޯޓުކުރި ކަމަށެވެ. އަނިޔާ ލިބުނު ކުއްޖާއަށް އެ އަތޮޅު ވޭމަންޑޫ ހޮސްޕިޓަލުގައި ވަނީ ފަރުވާ ދިން ކަމަށް ވެސް ބުންޏެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ކިޔަވައިދެމުން ދަނިކޮށް އެ ދަރިވަރު ޓީޗަރުގެ ބުރަކަށީގައި ފެން ފުޅިއަކުން ޖެހި ކަމަށެވެ.
"ޖެހުނީމަ ކުލިއަކަށް އެނބުރިފައި މި ހިފުނީ އެ ދަރިވަރުގެ އިނގިލީގައި އެ ޓީޗަރަށް. އެއީ ވީގޮތަކީ،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ މި ހާދިސާއަށް ފަހު ދަރިވަރުގެ ބެލެނިވެރިން ވަނީ ދަރިވަރުން ސްކޫލްގައި ކިޔަވަން ތިއްބައި ސްކޫލަށް ވަދެ، ވަރަށް ހަޑިހުތުރު ބަހުން "ޒުވާބު ކޮށްފައި" ކަމަށެވެ. އެހެންވެ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލަ މިނިސްޓްރީ އާއި ޕޮލިހުން ބަލަމުން އަންނައިރު، އައްޑޫ ސްކޫލެއްގައި ޓީޗަރަކު ދަރިވަރެއްގެ ބޮލުގައި ދަގަނޑު ފުޅިއަކުން ޖެހި ކަމަށް ބުނާ މައްސަލައެއް ވެސް މި ފަހުން ވަނީ ފެންމަތިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަރުބަސް
29 May 2025
އަޅުގަނޑުމެން އެންމެންވެސް ދަރިންދެކެ ލޯބިވަމުއެވެ އަދި އެކުދިންނަށް ރަނގަޅު ކުރިމަގެއް ހޯދައިދިނުމަށް ގަދައަޅައި މަސައްކަވެސް ކުރަމުއެވެ އެހެންނަމަވެސް އެކަންކަމުގެ ތެރެއިން ކުދިންނަށް ކުރެވޭ އިހްސާސް އެއީ އެކުދިން ކުށްކުރަން މަގުފަހިވާފަދަ ކަންކަމަށް ވިއަދީގެން ނުވާނެއެވެ
އަލީލާން
29 May 2025
ރާއްޖޭގެ ތަޢުލީމީ ދާއިރާ މިހާރު ވަރަށް "ކޫސަނި" އިހު ގެންގުޅުނު ޤަވާއިދެއް ނެތް. އެ އުސޫލެއް ނެތް. އެ ހަރުކަށި ކަމެއް ނެތް. ސަބަބަކީ ސޯ ކޯލްޑް 'ކުޑަކުދިންގެ ހައްޤު" އަދި އެއަށް ވަކާލާތު ކުރާ ޖަމިއްޔާ ޖަމާޢަތް ތައް. އެއިރު ދަރިވަރުން ތަރުބިއްޔަތު ކުރި ގޮތަށް މިހާރު ނުކުރެވޭ. ސްކޫލް ނިންމާލާފަ ވަޒީފާ އަށް ދާކަށް ބޭނުމެއް ނުވޭ. މައިންބަފައިން ޚަރަދު ކުރާތީ އަމިއްލަ ފައިމައްޗަށް ތެދުވާ ބުއްދިވެސް ނުހުރޭ. އެހެންވީމަ ތިފަދަ ޢަމަލުތައް ފެންނާނެ.
ފެހި
29 May 2025
ޓީޗަރުންގެވެސް ހައްގެއް އޮންނަވާނެ ދަރިވަރު އެއްވެސް ގޮތަކަށް ޓީޗަރަކަށަ ހަމަލާއެއް ނިދެވޭނެ
ނަމަލީ
29 May 2025
"ސެލްފް ޑިފެންސް" ނުވަތަ އަމިއްލަ ނަފްސު ދިފާއުކުރުމަކީ ބައިނަލް އަގްވާމީ ގާނޫނުގައިވެސް އިންސާނީ ހައްގެއް!
އަލިކާ ދިއްދޫ
29 May 2025
ކުއްވެރިވީމަ ހާލަތައް ބަލާފަ ކުޑަކުއްޖަކަސް ބޮޑުމީހަކައްވިއަސް އެބަޖެހޭ އަދަބުދޭން ނޫންނަމަ އިސްލާހެއްނުވާނެ. ކުއްވެރިޔާއަށް ކުށެއްކުރެވުނުކަން އިހުސާސްވެގެންނޫނީ އިސްލާހެއްނުވާނެ މިކަމުގެ ހެއްކަކައް މިގައުމު ފުދޭނެ. އަހަރެމެން ކިޔެވިއިރު ސުކޫލުގަ މަޑުކުރުވާފަ އެބަހުރި 100ފޮޅުވައް އެކުރިކުއް ދެން ނުކުރާނެކަމައްބުނެ. މިހާރު ވަރައްބޮޑައް ގަބޫލުކުރަން އިލޮށިފައްޗާއި ގޭބަންދުކުރުން މީ އޭރު ތަރުބިއްޔަތުގެ މުހިއްމު އަސާސެއްކަން އެކަން ޖީލުންފެންނާނެ.
ދެރަ
29 May 2025
ޤައުމިއްޔަތު އިހަށް ބާއްވާފަ ދުރޫސުލް އަޚްލާޤު (އަޚްލާޤު ފިލާވަޅުތައް) ކިޔަވައިދީ ޢަމަލީ ޕްރެކްޓިސް ކުރުވަންވީ ފުރަތަމަ ބެލެނިވެރިންނަށް... ދެން ދަރިވަރުން.... އުޅުމަށް އަޚްލާޤެއް ހުރެގެން ދޯ އެހެން އެއްޗެއް ދަސްވާނީ.. މިފާޑު ބެލެނިވެރިންނާ ހެދި ޤައުމު ހަލާކުވެއްޖެ، ރަނގަޅު އަޚްލާޤެއްގެ ކުއްޖަކު އިސްވެ ޓީޗަރުގައިގައި ނުޖަހާނެ، ނުވަތަ ފުޅިއަނބުރަމުން މުޅި ކްލާހުގައި ހިގާ ދުވެވެސް ނަހަދާނެ، ކުއްޖާ ބަހައްޓައިގެން ތި ހަޅޭލެވުމުގެ ނަތީޖާވެސް ފެންނާނެ.
ފެންފުޅި
29 May 2025
ކްލާސްތައް އޭސީ ކުރުމުގެ ބަދަލުގައި އަހަންނަށް ހީވަނީ ކްލާސްތަކުގައި ކެމެރާ ހަރުކުރުން މާ މުހިންމުހެން..
ކޮމެންޓު
29 May 2025
އާއިލާގެ ބަސް ވެސް އާޓިކަލްގައި ހިމަނާލިނަމަ އާއްމުންނަށް ވިސްނާލާ މިނެކިރާލަން އިތުރައް ފަސޭހަ ވީސް ތިހާދިސާއާ މެދު.
ރާއްޖެ
29 May 2025
ކްލާހަށް ވަދެ ހަޑި ހުތުރު ބަހުން ޒުވާބު ކުރީމާ އާއިލާގެ ބަސް އެއޮތީ އިއްވިފަ.
ކޮންވަތަރުމީހާ
30 May 2025
ހަމަޖެހޭ އާއިލާއެއް ނޫން. ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ނުކުރެވުނު ކަމުގެ ހެއްކި އިތުރަށް ޔަޤީންވީ މިއައިލާގަނޑު ކްލާސްތެރޭ ހަޑިހުތުރުބަހުން ޒުވާބުކުރަންފެށިމަ. މިމީހުންގެ ދަރިން ކިހާވަރެއްވާނެ. ދަރި ޓީޗަރު ގަޔަށް ބޮލަށް އެރީމަށް ތިބެންވީ ހެވިފަ ދަރީގެ ދަށުވެގެންނޭތަ މި އައިލާ މީހުން ހީކުރަނީ. ދަރި އިސްލާހުނުވާނީ ތިވައްތަރަށް އުޅޭތީ. އަދި ބޯވެސް ފަޅައިގެންދާ މީހުންގެ ގަޔަށް ބޮލައް އަރާ ހިސާބަށް ދިޔައީމަ
ތަރުބިއްޔަތު ހުރި ހިސާބު މީ ..
29 May 2025
“ މި ހާދިސާއަށް ފަހު ދަރިވަރުގެ ބެލެނިވެރިން ވަނީ ދަރިވަރުން ސްކޫލްގައި ކިޔަވަން ތިއްބައި ސްކޫލަށް ވަދެ، ވަރަށް ހަޑިހުތުރު ބަހުން "ޒުވާބު ކޮށްފައި" ކަމަށެވެ.” … ދަރިވަރާ ބެލެނިވެރިޔާ ވެސް ރިހެބިލިޓޭޓު ކުރަން ޖެހޭނު އެބަ. ކުއްޖާ ކުރި ކުށެއް ބެލެނިވެރިޔާއަކަށް ނުފެނުނު. ނުވިތާކަށް ސްކޫލުތެރެއަށް ވަދެ ދެން ގޮވީ އަވަހުރާނަ.
ވަލުކޮތަރު
29 May 2025
ބްރިންގް ބެކް އިސްލާހިއްޔާ!!!