ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި، އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
01 ޖޫން 2025 - 10:45
މާލޭގެ އިމާރާތެއްގެ ނުވަނަ ފްލޯ އިން މިދިޔަ އޭޕްރީލް 18 ވަނަ ދުވަހުގެ ރޭ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ހަގީގަތް ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސި ކޮމިޝަނުގެ މަސައްކަތް ނިމެން މިހާރު ގާތް ވެފައިވާ ކަމަށާއި ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ފައިނަލް ރިޕޯޓު އެ މަނިކުފާނަށް އެރުވޭ ވަރުވާނެ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
ރިޔާސީ ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ކޮމިޝަނުގެ ތަހުގީގު ރިޕޯޓު ދެ ހަފުތާގެ ތެރޭގައި ރައީސަށް އެރުވޭ ވަރުވާނެ ކަމަށެވެ.
ރިޔާސީ ކޮމިޝަނަކީ އިމާރާތެއްގެ މަތިން ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލަން ރައީސް މުއިއްޒު މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ އުފެއްދެވި ފަސް މެމްބަރުންގެ ހާއްސަ ކޮމިޝަނެކެވެ.
އެ ކޮމިޝަން އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުންނެވެ. ކޮމިޝަންގައި ތިއްބަވާ މެމްބަރުންނަކީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި ޑރ. މޫސާ މުރާދާއި ޖަބީން މުހައްމަދާއި އައިމިނަތު އީނާސް އެވެ. ކޮމިޝަންގެ ރައީސަކީ މުނައްވަރެވެ.
The Commission is about to complete the task assigned to it.
— Inquiry Commission (@InquiryCom) June 1, 2025
Members of the Commission hope to submit their final report to the President in about two weeks.
ކޮމިޝަނުން ކުރަންޖެހޭ މަސައްކަތުގެ ތެރޭގައި ތަހުގީގުތަކަށް އެހީތެރިވާން ރާއްޖެއިން ބޭރުގެ ކަމާގުޅޭ ފަރާތްތައް ގެނައުމާއި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުން ހިމެނެ އެވެ. އަދި މީހުން ހައްޔަރު ކުރުމާއި ޖިނާއީ ތަހުގީގުތަކާ ގުޅޭ ކޯޓު އަމުރުތަކަށް އެދުމުގެ ބާރު ވެސް ކޮމިޝަނަށް ވަނީ ދީފަ އެވެ.
ހ. ފެންޓޯނިއާގެ އިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި، އޭނާއާ އެކު އެންމެ ފަހުން އުޅުނު ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށް، އޭނާގެ މައްޗަށް ދައުވާ ކޮށްދޭން އެދި މިދިޔަ މަހުގެ 26 ގައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.
ނަމަވެސް ރައުދުގެ މައްޗަށް ދައުވާ ކޮށްދޭން އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވާތީ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގެ އިރުޝާދުގެ ދަށުން އޭނާ ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ބަންދުން ދޫކޮށްލައިފަ އެވެ.
ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ރިޔާސީ ކޮމިޝަނުން ވަނީ މިދިޔަ މޭ މަހުގެ 12 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ރައުދުއާ ބައްދަލުކޮށް ސުވާލު ކޮށްފަ އެވެ. އެކަމަކު، އެ ކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
ރިޔާސީ ކޮމިޝަނުން ކުރާ ތަހުގީގުގެ ބޭނުމަށް އެ ކޮމިޝަނުން ރައުދުއާ ސުވާލުކުރި ނަމަވެސް ފުލުުހުން މިދިޔަ މަހުގެ 9 ގައި ބުނެފައި ވަނީ މެލޭޝިއާގައި މިހާރު ފަރުވާ ހޯދަމުން އަންނަ ޔުމްނުއާ ބައްދަލުކޮށް، މިހާތަނަށް ސުވާލު ކުރުމުގެ ފުރުސަތެއް ނު؛ިބޭ ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ އެ މައްސަލައިގައި ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއް ކަމަށް ދެކިގެން އެ ފުރުސަތު ހޯދަން ފުލުހުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން އެ ކަން މިހާތަނަށް އަދި ނުވާ ކަމަށް ބުންޏެވެ.
"އަންހެން މީހާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާ ހުރެ، އަންހެން މީހާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ވަނީ ނުލިބި އެވެ. އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން އަންހެން މީހާއާ ސުވާލުކުރަން ބޭނުންވެ އެވެ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނެފައި ވަނީ ތަހުގީގު މިހާރު ވެސް ކުރިއަށްދާ ކަމަށާއި އެހެންވެ އެ ކަމާ ގުޅިގެން ސުވާލުކުރަންޖެހޭ މީހުންނާ ސުވާލުކޮށް، އެ މީހުން ތަހުގީގަށްދޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ޔުމްނު އާއި ރައުދު ފެންޓޯނިއާގެއަށް ދިއުމުގެ ކުރިން މއ. މާންދޫގެ ދެކުނުގެ އަށް އެ ރޭ ދަންވަރު ގޮސް އުޅުނެވެ. އޭގެ ފަހުން ފެންޓެނޯއީގެ އަށް ދިއުމުގެ ކުރިން ހ. ކަށިވެއްޔަށް ވެސް ވަދެފައި ވެ އެވެ.
ޔުމްނު މައްސަލާގައި ހައްޔަރުކޮށް، މިހާރު ދޫކޮށްލާފައިވާ ރައުދު---
އެ ރޭ ޔުމްނު އާއި ރައުދުއާ އެއްކޮށް އުޅުނު ކަމަށް ފުލުހުން ބުނާ މީހުންނަކީ ގ. ނޯތުބްރީޒް، އާއިޝަތު ލަޔާލީ އިގުބާލާއި މއ. މާންދޫގެދެކުނުގޭ، އިޒުދިޔާން މުހައްމަދު މައުމޫނާއި މއ. މާންދޫގޭދެކުނުގެ، ޔޫސުފް އަހުމަދު އަކްރަމާއި ހ. މީނާޒް، ޔޫސުފް ޔައްސާރު އަބްދުލްޣަފޫރާއި މ. ތިލަފަޅު، އާމިނަތު ޖުނެއިނާ ޖަމްޝީދާއި ނ. ވެލިދޫ، އަހި، ހުސެއިން ހަމީސް އަލ އަދި ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް، އިޖާޖާ ޖާއިޒު އެވެ.
ޔުމްނު ވެއްޓުނުތާ އެތައް އިރެއް ފަހުން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު އޭޕްރީލް މަހުގެ ފަހުކޮޅު އިތުރު ފަރުވާއަށް މެލޭޝިއާ އަށް ގެންދިޔައީ އެވެ. އެކަމަށް، އެންސްޕާ އިން 25،000 ޑޮލަރު (385،500ރ.) ހަމަޖައްސައިދީފައި ވާއިރު ޓިކްޓޮކް ލައިވެއްގައި ވެސް އާއްމުން ވަނީ ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ޔުމްނުގެ ފަރުވާއަށް ހަދިޔާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުދުފޮތިކޮޅު
01 June 2025
މައްސަލަ ނުނިމެނީސް ދައުވާކޮށް އެސޮރު ދޫވެސް ކޮށްލައިފި. ދެން ތިތަނުން ނިންމާނީ މައްސަލައެއް ނެތްކަމަށް.
ހައްޖަ.
01 June 2025
އޭނަ އެކަނި ތޯ ތިކަމުގަ ސާމިލް ވަނީ .ނިދިން ހޭފުޅު ލެވުނީ ތޯ ކަމިސަން އަށް.ތި ޖެހޭނީ އެއްތާކު .ކޯނީގެ ރިޕޯރޓް އަށް.ބޭފުލުންގެ ދަރިން ވީމަ ނަން ނުކިޔޭ.ތި ދާނީ ޖައްވައް ފަޒާ ޔަށް.ރާއްޖޭގެ އެއްވެސް ކަމެއް ރަގަޅެއް ނުވާނެ .ހުރިހާ ކަމެއް ސިޔާސީ ވެފަ.
ކޮލަމްބޯ
01 June 2025
ހާދިސާ ހިނގި ރޭ ތުހުމަތު ކުރެވޭ މީހުން އުޅުނު ހިސާބު އެމީހުންގެ މޯބައިލް ފޯނުތަކުގެ ޑިޖިޓަލް ފުޓް ޕްރިންޓް އިން ސާފުވާނެދޯ! ކޮންބައެއް ތޯ އަންހެން ކުއްޖާ ފުރާޅު މަތީ އޮތް އިމާރާތް ކައިރީ ހަރަކާތްތެރިވީ ސާފުވާނެދޯ!!!! ރިޕޯޓް އާންމުކޮށް ފިއްޔާ މިމައުލޫމާތުތައް އެނގޭނެ !!!!! މިޒަމާނުގައި ހަމައެކަނި ފިންގަރ ޕްރިންޓެއް ނޫން ކަންކަން ދެނެގަންނަން ބަލަނީ!!! ޑިޖިޓަލް ފުޓް ޕްރިންޓް އެއީ އެންމެ މުހިއްމު އެތި!!!!!
މުޑިސޑ
01 June 2025
ސާބަހޭ ރައީސް