ޔުމްނު ވެއްޓުނު މައްސަލާގައި ހައްޔަރުކޮށްފައިވާ ރައުދު.
12 މެއި 2025 - 13:10
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި އޭނާއާ އެކު އެ ވަގުތު ހުރި ރައުދު އަހުމަދު ޒިލާލުއާ ބައްދަލުކޮށް ސުވާލު ކޮށްފައިވާ ކަމަށް އެ ހާދިސާގެ ތަހުގީގު ހިންގަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން މިއަދު ބުނެފި އެވެ.
އުމުރުން 21 އަހަރުގެ ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގުކުރަން މިދިޔަ މަހުގެ 28 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދި، ފަސް މެމްބަރުންގެ އެ ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު ރައުދުއާ ބައްދަލުކޮށް، އޭނާއާ ސުވާލު ކޮށްފައިވާ ކަމަށެވެ. މިއީ ކޮމިޝަން އުފެއްދި ފަހުން އެ ކޮމިޝަންގެ މެމްބަރުން ރައުދުއާ ސުވާލުކުރި ފުރަތަމަ ފަހަރެވެ. އެ ކަމާ ގުޅޭ ތަފުސީލެއް އަދި ނުދެ އެވެ.
ފުލުުހުންގެ ތަހުގީގުގެ ބޭނުމަށް ރައުދު މި ވަގުތު ބަހައްޓާފައި ވަނީ ދޫނިދޫ ޖަލުގަ އެވެ.
ކޮމިޝަނުން ކުރިން ބުނި ގޮތުގައި އިއްޔެއާ ހަމައަށް ވެސް އެ މައްސަލައާ ގުޅުން ހުރި ތަންތަނަށް ޒިޔާރާތްކޮށް، ކަމާ ގުޅޭ އިދާރާތަކުގެ މުވައްޒަފުންނާ ބައްދަލުކޮށްފައިވެ އެވެ. އޭގެ ތަފުސީލެއް ވެސް އަދި އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.
ޔުމްނު ވެއްޓުމުގެ ހާދިސާއާ ރައުދަށް ބޮޑެތި ތުހުމަތުތަކެއް ކުރާއިރު އޭނާ ހައްޔަރުކުރީ އެ ހާދިސާއަށް ހަފުތާއެއްހާ ދުވަސް ފަހުން މިދިޔަ މަހުގެ 24 ގަ އެވެ. ތަހުގީގުގެ ބޭނުމަށް ފުރަތަމަ ކޯޓުން ދިނީ ފަސް ދުވަހުގެ ބަދެކެވެ. އެ މުއްދަތު ހަމަވުމުން 10 ދުވަސް އަދި އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު ވަނީ އިތުރު ފަސް ދުވަހަށް އުމުރުން 21 އަހަރުގެ ރައުދު ފުލުހުންގެ ބަންދުގައި ބަހައްޓަން ކޯޓުން ހުއްދަ ދީފަ އެވެ.
ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް މުއިއްޒު، ފަސް މެމްބަރުންގެ ކޮމިޝަނެއް އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވެގެންނެވެ.
އެ ހާދިސާގައި ޔުމްނުއަށް ލިބުނު އަނިޔާތަކަށް އޭނާއަށް މިހާރު ފަރުވާ ދެމުން އަންނަނީ މެލޭޝިއާގެ ހޮސްޕިޓަލެއްގަ އެވެ. އާއިލާއިން ބުނީ ސާޖަރީތަކަށް ފަހު ޔުމްނުގެ ހާލު މަޑުމަޑުން އަންނަނީ ރަނގަޅުވަމުން އަންނަ ކަމަށެވެ.
ޔުމްނު، އާއިލާއަށް ކިޔައިދީފައިވާ ގޮތުގައި އޭނާ ވެއްޓުނީ އަމިއްލައަކަށް ނޫނެވެ. އާއިލާއިން ޔުމްނުއާ ހަވާލާދީ ބުނެފައިވަނީ ރައުދުގެ އިތުރުން އެހެން ބަޔަކު ވެސް ޔުމްނުއާ އެކު އުޅުނު ކަމަށެވެ.
"އެންމެ ފަހުގެ ބަހަކަށް ޔުމްނު އަޅުގަނޑުމެން ގާތު ބުނެފައިވަނީ އިންސާފު ލިބޭނެހޭ. ޔަގީންހޭ އިންސާފު ލިބޭނެކަން. މިއީ އަމިއްލަ އަށް ކުރި ކަމެއް ނޫނޭ. މިއީ ބަޔަކު ކުރި ކަމެކޭ،" ރާއްޖެ ޓީވީ އާއި ޗެނަލް 13 މެދުވެރިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން އިންޓަވިއުއެއްގައި ޔުމްނުގެ ދައްތަ ބުންޏެވެ.
ޔުމްނު ވެއްޓުނު ރޭ މއ. މާންދޫގޭދެކުނު ގޭގައި ޔުމްނުއާ އެއްކޮށް އުޅުނު ކަމަށް ފުލުހުން ބުނެފައިވާ މީހުންނަކީ:
- ރައުދު އަހުމަދު ޒިލާލް، ގ. އެރިއަދޫ
- އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
- އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
- ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ
- ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު
- އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު
- ހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހި
- އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް
ޔުމްނުގެ ދައްތަ ބުނީ، ޔުމްނު އާއި އޭނާއާ އެކު ހަރަކާތްތެރިވި ގ. އެރިއަދޫ، ރައުދު އެ ރޭ ދިޔަ ހ. ފެންޓެނޯއީ ގެއަކީ ފުލުހުންގެ ތަހުގީގުގައި ބުނި ގޮތަށް "ރެންޑަމް" ގެއެއް ނޫން ކަމަށާއި އެއީ ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް ޔުމްނު ބުނެފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބިންސުލައިމާން
12 May 2025
މުޅިން ވެސް ތަހުގީގު ކުރާ މީހުން. ހުރިހާ އެންމެން މަސްތުވާ ތަކެތިން ދަރިންނާއި މުޖުތަމައަ ސަލާމަތް ކުރަން މަސައްކަތް ކޮށްބަލަ. މަސްތުވުގެން އަމިއްލައަށް ވެއްޓުމުގެ ޗާންސް ވެސް އޮންނާނެ. ހުރިހާ ނުބައެއްގެ ފެށުން މަސްތުވާތަކެތި.
ޖޱހޱހޱ
12 May 2025
އަންހެންމީހާ ވެއްޓުނީތޯ ވައްޓާލީތޯ ސާފުކޮށްދީބަލަ
ފެންނަގޮތް
12 May 2025
މި ދާވަރުން، އެ ނުވަމީހުންނައި ސުވާލުކުރަން ކޮންފަރަންސެއް ބާއްވަންވީ.. އަސްލު މީހާ ކައިރިން ޖަވާބު އައީމަ ނުޏީ ގަބޫލު ނުކުރެވޭ ހިސާބަށް ގޮސްފަ މިއޮތީ
އޮނަރަބްލް އަފީފު ދީދީ
12 May 2025
ޔުމްނު އާއި ސުވާލުކުރުމުގެ ފުރުސަތު ނުލިބޭކަމަށް މިހާރު ފުލުހުން ބުނާއިރު 18 އެޕްރީލް ގައި ވެއްޓުނު ނުވަތަ "ވައްޓާލި" ޔުމްނުގެ މައްސަލަ ފުލުހުންވަނީ ބަލާ ތަޚްޤީގުކޮށް ގާތް ގަނޑަކަށް "މައްސަލަ ނިންމާފައި" ނޫންތޯ؟ މިކަން އެހެންގޮތަކަށް ބަދަލުވެގެން ދިޔައީ ސޯޝަލް މީޑިއާގައި ރައްޔިތުންގެ ސަމާލުކަމަށް ބަޔަކު މިމައްސަލަ ގެނައި ހިސާބުން. އޭރު ފުލުހުންވެސް ބުނެފައިވަނީ ޔުމްނު އެތަނުން ވެއްޓުނީ ކަމަށް. އިތުރު މީހަކުގެ ބައިވެރިވުން އޮތްކަމަކަށްވެސް ނުބުނޭ.
ރަދީފު ގޯތި އަލީ
12 May 2025
އެރު މަގާތައް އެންމެ ރުޅި އައީ ޔުމްނު ވެޓިފަ އޮތް އިރު ރައުދު އޭނަ މަރަށް ބާއްވާފަ ދިޔަކަމަށް ހީކޮށް؟ ނަމަވެސް އިއްޔެ އަދަދު ނޫހުން ޔޫޓިއުބަށް ދޫކޮށްލި ސީސީ ކެމެރާ ފޫޓޭޖުން ހާމަވީ، ރައުދުއަށް ޔުމްނު ވީތަނެއް ނޭންގިގެން ފަތިސް ވަންދެން މަގުގެ ދެކޮޅަށް ހޯދާ ބަލަމުން ހިނގާތަން. ދެން އުފެދުނު ސުވާލަކީ ޓެރަސް މައްޗަށް ވަދެވޭނަމަ ރައުދު އަށް ޔުމްނު ވެއްޓިފަ އޮތްތަން ފެނުނީހޭ؟ ދެން އުފެދޭ ސުވަލަކީ ޔުމްނު ވެއްޓުނު ގޮތެއް! އަނެއްކާ ސުއިސައިޑެއް ބާ؟
އެނަލިސްޓް.
12 May 2025
އަނެއްކާ ވަކީލުން މިމައްސަލަ އެހެން ދިމާލަކަށް އަބުރާލަން އުޅެނީތަ ؟ އެންމެފަހުން ނިމޭނީ ތިހެންކަމަށް ވެދާނެ. މިއޮތީވާ ޤައުމެއް.
ބަބްސް
12 May 2025
ބަހައްޓާފައި ހުރީ ދޫނިދޫ ޖަލުގަ އެއް ނޫން. ބަހައްޓާފަ ހުރީ ދޫނިދޫ ގައި ހުންނަ ސިޔާސީ މީހުން ބައިތިއްބާ އޭސީ ކޮޓަރީގައި. ގެންގޮސް ގެނެސް ހަދަނީވެސް އެހެން ކުއްވެރީންނާއި ތަފާތުކޮށް ސްޕީޑްބޯޓުގަ. މީގެ ދެދުވަސް ކުރީން ދޫކޮއްލަން އޮތީ ، މުޒާހަރާ ކުރާވަރުން ދޫނުކޮއްލެވުނީ.
ބޭކާރު ކޮމިޝަން
12 May 2025
އަސްލު އެއްކަމެއްވެސް ރަގަޅަށް އެބަދޭތަ/ ނުދާނެ ކްރިމިނަލް ކަންތައްތަކެއްގެތެރެއިން އަނިޔާ ލިބުނު މީހަކަށް އަނިޔާ ލިބިފައިވަނީ އެހެންވީމަ އެކަކުވެސް މިމައްސަލައިގެ ހަޤީޤަތަށް ފިނިއަކަ ނުދޭނެ / މެތް ޑްރަގްސް / ރެޕް / ގޭންގް ރެޕް/ ބަނގުރާ / ޕރޓީ/ އެވިޑެންސް / ޕޮލިޓިކްސް ހިމެނޭ މީގަ އެބަ
9009000
12 May 2025
ނުދިޔާމަ ބުނާނީ ނުދެޔޭ. ކަލޯމެން ދުވަހަކުވެސް ތި ވިއްކާ ބަޔަކާ ދެކޮޅަށް މުޒާހަރާ ކުރިންތަ؟ ހުރިހާ ނުބައެއްގެ ފެށުމަކީ އެއީ. އެބައިގަޑު ހުރަގެ ކުރަންދެން ކުރަންވީނު. ކކުރަންވީ ކަންތައް ނުކޮށް ސްޓަންޓް ޖެއްސީމަ އެއްކަމެއްވެސް ރަނގަޅެއް ނުވާނެ. އަސްލު ސަުރކާރަށްވެސ ްބާރަކަށް ވާނެ އޭރުން ފެމުނު ހިފަން. ސޮޜީ ފެނުމު ޝުޑް ނޮޓް އިންސަލްޓް ޔާ
ލަވަޕާޓީ
12 May 2025
ރާއްޖެއަށް އެންމެ ބޭނުންވަނީ މިއުޅޭ މަހުޖަނުން ނުދައްކާ ހުރި 4ބިލިއަނ ްސަުރުކާރަށް ހޯދާ ކޮމިޝަނެއް. ދެން ބޭނުންވަނީ އެމެން ކެއި ވަރު އެމްއެމްޕީއާރުސީ ވެސް ހޯދާ ކޮމިޝަނެއް. މި 2 ކޮމިޝަން 1 ކަމިޝަނަކަށް ނަމަވެސް. މިއަކަށް އެއްވެސްޕާޓީއަކުން ލަވަ ޕާޓީއަކުން ވިޔަސް މުޒާހަރާ ކޮށްލަވައެް ނުހަދާނެ ވިއްޔަ. ދެން ކޮންކަމެއް ރަގަޅު ވާނީ. އެއްބަޔަކަށް ގާނޫނު ނުހިންގާ. ސަރުކާރަށް ދައްކަން ޖެހޭ ކުޑަ ލޯނެއް ނަމަ މިހާރު. ހުސް ފޭކް
ޒިޔާރަތް
12 May 2025
އަނެއްކާ އެސޮރުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ނޫންބާ ކުރެއްވީ؟