ރައުދު: އޭނާގެ މައްޗަށް އިއްވީ 27 ދުވަހުގެ ޖަލު ހުކުމެއް --- ފޮޓޯ/ޕޮލިސް
26 ނޮވެމްބަރ 2025 - 14:03
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި، އޭނާއާ އެކު އުޅުނު ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ކުރި ދައުވާ ސާބިތުވެ، އޭނާ 27 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މިދިޔަ އޭޕްރީލް މަހު ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުގެ މައްޗަށް ކުރީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީ ނުވުމުގެ ދައުވާ އެވެ. އެއީ ޔުމްނު ވެއްޓުނުކަން އެނގިހުރެ، އެހީ ނުވެ އެތަނުން ގޮސްފައިވާތީ އެވެ.
އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް، ރައުދުގެ މައްޗަށް 27 ދުވަހުގެ ޖަލު ހުކުމެއް އިއްވީ އޭނާ ކޯޓުގައި އެ ކުށަށް އެއްބަސްވެފައިވާތީ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. އަދި އަދަބުގެ މިންވަރު މަތިކުރަން ދައުލަތުން އެދިފައިނުވާ ކަމަށް ވެސް ކޯޓުން ބުންޏެވެ.
ކްރިމިނަލް ކޯޓުން ބުނީ ރައުދުގެ މައްޗަށް 27 ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ތަހުގީގު މަރުހަލާގައި އޭނާ ބަންދުގައި އެ މުއްދަތު ހޭދަ ކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލާގައި އޭނާ ދެން ތަންފީޒު ކުރަންޖެހޭ އަދަބެއް ނެތެވެ.
އެ ހާދިސާއަށް ޔުމްނުއަށް ބޮޑެތި އަނިޔާތަކެއް ލިބުނުއިރު، ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި މާލޭގައި ކުރި ސިލްސިލާ މުޒާހަރާތަކާ ގުޅިގެން ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ހާއްސަ ރިޔާސީ ކޮމިޝަނެއް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި އެވެ.
އެ ކޮމިޝަނުން މައްސަލަ ބެލުމަށްފަހު ނިންމީ އެ އިމާރާތުން ޔުމްނު ވައްޓާލީ ކަމަށް ބެލެވޭނެ ހެއްކެއް ނެތް ކަމަށެވެ. ނަމަވެސް އެ ތަހުގީގުގައި ފުލުހުންގެ އިހުމާލުތަކެއް ހުރިކަން ފާހަގަވާތީ އެކަންކަމަށް ފިޔަވަޅު އަޅަން އެ ކޮމިޝަނުން އެދިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބޫ
27 November 2025
މި މައްސާލާގައި ކުށްވެރިޔާ ތަންފީޛް ކުރަންޖެހޭ ޙުކުމެއް ނެތުމަކީ މައްސަލައެއް ނޫނެވެވެ. މައްސަލައަކީ އެ ވަރުގެ ކުށަކަށް ޤާނޫނުގައި ކަނޑައަޅާފައި އޮންނަ އަދަބެވެ. ވަލު ޖަނަވަރާރަކަށް ނުވަރަ ވެލާ ކަހަނބުފަދަ އެއްޗަށް ގޯނާއެއް ކުރީމަ ދޭ އަދަބަށްވުރެ އިންސާނަކަށް ކުރި ބޮޑު ގޯނާއަކަށް ދޭން ޤާނޫނުގައި ކަނޑައަޅާފައިއޮތް އަދަބު ކުޑަވީމަ ދޭހަވަނީ އެފަދަ ޖަނަވާރުންނަށް ވުރެ އިންސާނާގެ ދަރަޖަ ދިވެހިން ހަދާފައިވާ ވަޟާޢީ ޤާނޫނުތަކުގެ ކުރިމަތީގައި ދަށްކަމެވެ.
ދަލޭކަ ދައިތަ
26 November 2025
އެހެންވީމާ މަސްތުގެ ހާލުގައި ކުށް ނުކުރާނެކަމަށް ބަލައިގެން އެންމެން މަސްތުވާނީކީއެއްނޫން ކުށްކުރަން. ކީކޭ ބުނާނީ ދޯ!! އެސޮރަށް ކިހިނެއްހޭ އިގޭނީ ވީއެއް ނުވީއެއް. އެެހެންވީމަ އެވާހަކަ ދައްކާ އެސޮރަށް އަމާޒުކޮށް ނޭދެވޭ ކޮމެންޓްކުރި ކޮމެންޓޭޓަރުންނަކަށް ނޫންތަ ދެން އަދަބުދޭންވީ. އާދެ! އެއީ ހިގި އެކަމަކުވެސް ނުހިގާ ކަމެކެވެ. ވާހަކަ ނިމުނީ. ޝުކުރިއްޔާ!!
އަލީި
26 November 2025
މިމައްސަލަ ޕީއެންސީ ބޮޓުން އޮޅުވާލި ގޮތުން ހަމަ އަޖައިބުވޭ. މުޒާހަރާކުރީ އިންސާފުވެރިކޮށް ޝަރިޢަތް ނުގެންދިޔައީމަ. މަސްތުވާތަކެތީގެ ދިފާއުގައެއް ނޫން. mihaaru މިއޮތީ މައްސަލް އޮއްބާލާފަ
މިލޮސްކް
26 November 2025
ޔުމްނު އަދިވެސް ބޭސްކޮށް ނުނިމެނީތޯ،
ކާލޮސް
27 November 2025
ހަބޭސްތަ؟.
ބޮކި
26 November 2025
އަދުލު އިންސާފު މެކުހަށް.......
ސިއްކަ
26 November 2025
މަސްތުވެގެން ހުރި ކަން އެގޭއިރުވެސް ކުށެއްނެއް މީހެއް ތަހުގީގައް ބަންދުކޮށް މަސްދުވަސް ގެންގުޅުނީތީ ހިތާމަކުރަން. އަދި ކުށެއްނެއް ފަރާތެއް ގަދަކަމުން ރައްޔިތުން ހިއްހަމަޖައްސަދޭން ސަރުކާރުން އެއްބަސްވުން ހެދުމަށް މަޖުބޫރުކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫން. މަސްތުވެގެން ހުރި ފަރާތެއް އަމިއްލައަށް ވެއްޓުމަކީ، ދެންވެސް މަސްތުވެގެން ހުރި ފަރާތެއް ޒިންމާނަގަން ޖެހޭކަމަކައް ގަބޫލެއް ނުކުރެވޭ.
ހައްޖަ.
26 November 2025
ކިހިނެއްމިވީ؟.ކޮބާ ެކަންތަކުގަ ޝާމިލް ވި އެހެން މިހުން.ހާދަ އިންސާފު ވެރިއޭ ދޯ މިސަރުކާރު.މޮޅު މީހުނަށް މޮޅު ގޮއި .
ގިނިހިލަ
26 November 2025
އަދިވެސް ކިޔާނީ މީ %100 އިސްލާމީގައުމެކޭ އަދި އިސްލާމީ ތަރަހާއިގެ ތެރޭ އޭ ހުކުމް ކުރަނީ ސާބަހޭ ވަލިއްޔުލް އަމުރު
ޢީޅި
26 November 2025
މީ އަދުލު އިންސާފުގެ ޒައްރެއްގެ މިނަވަރުވެސް ނެތް ގައުމެއް
1828
26 November 2025
ފުލުހުން ކީއްވެބާ ހުކުމްގެ މުއްދަތަށްވުރެއް ގިނަ ދުވަހު، ތަހުޤީޤަތަށް ރައުދު ހައްޔަރުކޮށްގެން ގެންގުޅުނީ؟ މިހިރީ ފުލުހުންގެ ތަހުޤީޤުގެ ކަންކަން ހުރި ފެންވަރު. ޝުކުރިއްޔާ ދިވެހި ފުލުހުންގެ ޚިދުމަތް