ޚަބަރު / ކުށްކުރުން

ރައުދުގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

ރައުދު: އޭނާގެ ބަންދަށް ކޯޓުން ވަނީ އިތުރު 10 ދުވަސް އިތުރުކޮށްފައި --- ފޮޓޯ/ޕޮލިސް

މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްގެ ބަންދަށް އިތުރު 10 ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.

ގ. އެރިޔަދޫ، ރައުދު، 21 އަށް ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކުރީ މިދިޔަ ހަފުތާގައި އޭނާ ހައްޔަރުކޮށް، ކުރިން ދީފައިވާ ފަސް ދުވަހުގެ ބަންދުގެ މުއްދަތު މިއަދަށް ހަމަވުމުންނެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން މި މަހުގެ 24 ވަނަ ދުވަހު އެވެ.

ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ. ރައުދުގެ ބަންދުކުރަން އެދުމުގައި ފުލުހުން މިގޮތަށް ތުހުމަތުކުރި ނަމަވެސް، ފުލުހުން ކުރިން ބުނެފައިވަނީ ޔުމްނު ވެއްޓުމުގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.

ޔުމްނު ވެއްޓުމުގެ ކުރިން އެ ރޭ އޭނާއާ އެކު އުޅުނު އިތުރު ހަތް މީހެއްގެ ވަނަވަރު ވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. ރައުދު ފިޔަވައި ދެން ތިބި އެންމެން ވަނީ ފުލުހުންނަށް ކުޑަކަމުދާތަކެތީގެ ސާމްޕަލް ދިނުމަށް ދެކޮޅު ހަދައިފަ އެވެ. އެމީހުންނާ ގުޅޭ ގޮތުން ފުލުހުން ކުރާ ތަހުގީގުގެ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނުވާއިރު، އެމީހުންގެ ތެރޭގައި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ވެސް ހިމެނެ އެވެ.

އެ އެންމެންގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން މިނިސްޓަރު އަމީން އާއި އޭނާގެ އެއްބަނޑުއެއްބަފާ ދެބެއިންގެ ގެ، މއ. މާންދޫގެދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފްލޯ ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ. ނަމަވެސް، އެ ތަންތަނުން އެ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. މާންދޫގެދެކުނުގޭގެ ސީސީޓީވީ ފުޓޭޖު ވެސް ފުލުހުންނަށް ނުލިބުނެވެ.

ޔުމްނު މިހާރު ވަނީ އިތުރު ފަރުވާއަށް އާއިލާއިން މެލޭޝިއާއަށް ގެންގޮސްފަ އެވެ. އުމުރުން 21 އަހަރުގެ ޔުމްނުގެ އެންމެ ނާޒުކު އަދި އެންމެ އުނދަގޫ ސާޖަރީ އިއްޔެ ކޮށްފައިވާ ކަމަށާއި އެ ސާޖަރީ ކާމިޔާބު ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ އާއިލާއިން ރޭ ބުނެފައިވެ އެވެ.

ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް އާންމުން ތުހުމަތު ކުރަމުން ދަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޮނިހިރު ދުވަހު ވަނީ އެ މައްސަލަ ތަހުގީގުކުރުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައިފަ އެވެ. އަދި އެ ކޮމިޝަނުގެ ރައީސަކަށް ކުރީގެ ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލު ޑރ. މުހައްމަދު މުނައްވަރު އައްޔަން ކުރައްވައި، އިތުރު ހަތަރު ބޭފުޅަކު ވަނީ އެ ކޮމިޝަނަށް އައްޔަން ކުރައްވައިފަ އެވެ.

އެ ކޮމިޝަންގެ ފަރާތުން މިއަދު ބޭއްވި ކޮމިޝަންގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުނައްވަރު ވިދާޅުވީ ކޮމިޝަންގެ މަސައްކަތަށް މާ ގިނަ ދުވަސްވާނެ ކަމަށް ނުބެލެވޭ ކަމަށާއި އުންމީދަކީ "ފިސާރި އަވަހަށް" މަސައްކަތް ނިންމާލުން ކަމަށެވެ. އަދި އެ ކޮމިޝަންގެ މަސައްކަތް ކުރިއަށް ގެންދާނީ އާންމުންގެ "ސެންޓިމެންޓަށް" ބަލައިގެން ކަމަށާއި މިނިވަންކަމާ އެކު ކޮމިޝަންގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

24 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 20%
icon angry icon angry 0%
icon wow icon wow 60%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހައްމަދު 2

30 April 2025

125 ވަނަ މާއްދާ - ކުޑަކަމުދާއެއްޗެހި ދިނުމަށް އިންކާރުކުރުން (ހ)މަސްތުވާއެއްޗެއް ބޭނުންކުރިކަމުގެ ތުހުމަތުކުރެވިގެން މީހެއްގެ ކުޑަކަމުދާއެއްޗެހި ޓެސްޓްކުރުމަށްޓަކައި، ކުޑަކަމުދާ އެއްޗެހި ދިނުމަށް މި ގާނޫނުގެ 161ވަނަ މާއްދާގެ (ހ)ގެދަށުން ފުލުހުންގެ އޮފިސަރަކު އެދުމުން، ކުޑަކަމުދާއެއްޗެހި ދިނުމަށް އިންކާރުކުރާމީހާ އެކުރަނީ ކުށެކެވެ. (ށ)މިމާއްދާގެ (ހ)ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 1(އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

The name is already taken The name is available. Register?

ޖަމަލު

01 May 2025

އެ ސޮރު ކުޑަ ކަމުދާ އެއްޗެހި ދިނެއް ނޫންތަ؟ މިއީ މި ހަބަރާއި ގުޅުމެއް ވެސް ނެތް ކޮމެންޓެއް

The name is already taken The name is available. Register?

ހހހހހ

30 April 2025

ގަސްތުގަ މަރާލަން އުޅުނު ކަމުގެ މޮޓިވްއެއް ނުފެނޭ. ވެއްޓުނީ ނޫނީ ފުންމާލީ ކަމަށް ބޮޑަށް ބެލެވެނީ މި މައްސަލަ މާ ބޮޑުކޮށްގެން އުޅެނީ ސިޔާސީ މީހުންގެ އާއިލާ މީހުން ހިމެނޭތީ ސިޔާސީ ބޭނުމަށް.

The name is already taken The name is available. Register?

އަސްލުބެ

30 April 2025

ރައުދުގެ ހަރަކާތްތައް ހުރީކީ އޭނާ އެކުއްޖާ ކޮއްޕާ ވައްޓާލި މީހެއްގެ ހަރަކާތްތައް ހުންނާނެ ގޮތަކަށް ނޫން. އޭނަ ގަސްތުގަ އެކަން ކުރިނަމަ އެތަން ދޫކޮށް އަވަހަށް ދުވެ ފިލާނެ. އެކި މީހުން ކައިރިން އެހީއަށް އެދެމުން އެހެން ދުވެ ނުހަދާނެކަމަށް ބުއްދިއަށް ގަބޫލުކުރެވެނީ. އެގޭ ދޮށުގެ ފުރަތަމަ ފުޓޭޖްތަކުން ފެށިގެން ބެލީމަ ފެނުނީ ރައުދު އެކުއްޖާއާ އަޅާލިކަން. ފުލުހުން ފަހުން ބުނިހެން ދެބަސްވުމެއް ހިނގިކަމަށްވިއަސް ގަސްތުގަ ކޮއްޕާ ވައްޓާލާނެ ވައްތަރެއްނުޖަހާ

The name is already taken The name is available. Register?

987554

01 May 2025

ޢެކަމްވެސް އަރައިގަނެފަ ހުރި ކުށްތައް މަދެއްނޫން. ބޮއެގެން ގޮސް ބަދުއަހުލާގީ އަމަލު ހިންގުން ނޯމަލައިޒް އެއް ނުކުރެވޭނެ. ބަލަން ޖެހޭނެ. ފިޔަވަޅު އަޅަން ޖެހޭނެ.

The name is already taken The name is available. Register?

ޖެންޒީ

30 April 2025

ޕޮލިހުންގެ އިހުމާލެއް އޮތްތޯ ބެލުމުގެ ކުރިން އެދެ ޒުވާނުންގެ ބެލެނިވެރިންގެ އިހުމާލުބަލާ ފިޔަވަޅު އެޅުމަކީ މިފަދަ ކަންކަން ކުރިމަގުގަ ހިނގާ ނުދިޔުމައް ބާރެއް. މައިންބަފައިން ޒިންމާކުރުވަން ޖެހޭ.

The name is already taken The name is available. Register?

ހައުލާ.

30 April 2025

ކަލެއަށް ކިހިނެއް ވެގެން ތިއުޅެނީ؟ އެއީ ކުޑަކުދިންނެއްނޫން. ބޮޑު ސިންގާ މީހުން ކުރާ ކަންކަމަށް ބެލެނިވެރިން ޒިންމާ ވާކަށް ނުޖެހޭނެ.

The name is already taken The name is available. Register?

18ހޖ

30 April 2025

18 ވީމަ މައި ބަފައިންގެ ޒިންމާއިން އެމީހުން ޝަރުއީ ގޮތުން ބޭރުވެއްޖެ އހެންވެ މައިން ބައިންގެ ވާހަޖަ ދޫކޮށއލަން ފެނޭ ބޮޓުން ތައް

The name is already taken The name is available. Register?

އަފްލާތޫން

01 May 2025

18 ވީމަ މައިންބަފައިން ނުބެހެންޏާ 18ވާ ހުރިހާ މީހުން މައިންބަފައިންގެ މުދަލުގަ ނޫޅޭނީ. މައިންބަފައިންގެ ގޭގަ މައިންބަފައިންގެ ފައިސައިގެ އުޅޭ 18 ކީއްކުރަން 30 އަހަރުމީހާވެސް ޕާޓީކޮށްގެން ބެލްކަނިތަކުން ޓެރަސްތްކުން ވާނުވާނޭގޭ ހިސާބު އުޅެންޏާ އެކަމަކުގެ ރޯލެއް މައިންބަފައިންގެ ބޮލުގަ ގާނޫނީގޮތުން ނޭޅުނަސް އެތިކަލީއެޅޭ. އެކަމަކު އެތިކްސްއަކީ ކޯޗެއްކަން ނޭގޭ މުޖުތަމައުއެއް އިސްލާހުވާނީ ކިހިނެއް

The name is already taken The name is available. Register?

ފަރީދާއްތަ

30 April 2025

މިވެރިނައް ލިބިގެން އެވާ ޕާޓީ ޑުރަގްސް އަކީ ހެލޫސިނޭޓްވާ މަސްތެއް (ރިސާޗް) އެނެގީމާ ފެނަނާނީ މުޅިން އެހެން އެޗެއްހި ފަހަރުގަ ބަގީޗާއެއް ފެނި އެއައް ދެމިގަތީ ކަމައްވެސް ވެދާނެ. ދެމީހުންވެސް މަސްތުގަ އުޅުނީ އެހާ ލޯބިން އުޅުނީ. އުޅުނު ގޮތުނަވެސް އެނގޭ މުޅިން އެހެން ދުނިޔެއެއްގަކަން އުޅެވުނީ.. މައްޗައް އަރާނެ ތިރިއައް ފައިބާނެ . އެހެންވެ މަސްތުވާތަކެތިން ދުރުވާން އެއޮންނަނީ.

The name is already taken The name is available. Register?

އެކަމުވެސް

30 April 2025

އެއް ފަހަރު ބިންމައްޗަށް ވެއްޓި ގިނަ ފަހަރު ސީދަލަށް ނުހިނގޭ ހާލަތުގައި ހުރި ކަމަށް ފުޓޭޖުން ފެނުނީ. އެ ހާލުގައި ހުރި މީހަކު ބެލެންސްކޮށްގެން އެ ފެންލައިޓުން ބޭރަށް ދާނެ ގޮތެއް އަމިއްލައަކަށް ނުހެދޭނެ. މަސްތުގައި ތިބެ އަންހެން ކުއްޖާ އެދިދާނެ އޭނަ އުފުލަދޭން ފެންލައިޓު މައްޗަށް އެކަމު އެހާ ހަނި ދޭތެރެއަކުން އެ ފުރާޅަށް އޭނަ ވެއްޓޭނެ ގޮތެއް އެނގޭނީ ހަމަ ކަމާ ބެހޭ މާހިރުންނަށް

The name is already taken The name is available. Register?

ކޮރަލް

30 April 2025

މައްސަލަ ހޫނު ވެފަ އޮތް އިރު ރައުދު އަށް އިތުރު 10 ދުވަހުގެ ސެކިއުރިޓީ ލިބުނީ އެވެ. މާލެ ގެނައި އިރު ނަގާފަ ވާ ފޮޓޯގަ ހުރީ ވ ހިނި އައިސްފަ އެވެ.

The name is already taken The name is available. Register?

ސައިކަޔަޓްރިސްޓް

30 April 2025

އެ ޢުމުރުގެ ކުދިން ބައެއްފަހަރު ދެރަވިޔަސް އެކަން ނުދެއްކުމަށް ހެވިފައި ހުރެދާނެ އެވެ. އަމްދުން ފިރިހެން ކުދިންގެ އެގޮތް ބޮޑުވާނެ އެވެ. އެއްޗެހި ގޮވައިގެން މުޖުތަމަޢު އިޞްލާޙެއް ނުވާނެ އެވެ. ދަރިން ރަނގަޅަށް ތަރުބިއްޔަތު ކުރުމަށް ބެލެނިވެރިންނާއި އެހެންމީހުންގެ އެއްބާރުލުން ވެސް މުހިންމެވެ.

The name is already taken The name is available. Register?

ދޮހޮއްތު

30 April 2025

ރައުދުގެ ކުށަކީ ކޮބާ... އެންމެނައް ކަންހިނގިގޮތް ފެންނަން އެއޮތީ..

The name is already taken The name is available. Register?

އައްލާ.

30 April 2025

ކަލޭގެ ލޮލޮގެ މައްސަލައެއް އުޅޭނަމަ އާސަންދަ ބޭނުން ކޮށްގެންވެސް ފަރުވާ ލިބޭތޯ ބަލާބަލަ.

The name is already taken The name is available. Register?

ނުވާނެތަ

30 April 2025

ރައުދު މަސްތުވެގެން ހުރުމާ، ޔުމްނު ވެއްޓުނުކަން އެނގުމުން ޕޮލިހަށް ނުގުޅުން އެއީ މައްސަލައެއް ނޫންތަ؟

The name is already taken The name is available. Register?

ރަބުދަބު

30 April 2025

ހިޔެއްނުވޭ މިސޮރު އެ މަންޖެއަށް ގަސްތުގަ އަނިޔަލެއް އެރޭ ދިންހެނެއް. އަސްލު މަށަކަށް ނޭންގޭ. މޮޅަށް ދެނެވޮޑިގެންވާނީ މާތް ރަސްކަލާންގެ.

The name is already taken The name is available. Register?

މަގޭ ހިތަށް ވަރަށް އަސަރުކުރޭ ހުވާމިބުނީ!

30 April 2025

އިހުމާލެއް އޮވެދާނެ އެވެ. އެކަމަކު ޤަޞްތުގައި ވައްޓާލަފާނެ ކަމަކަށް އަދި ޤަބޫލެއް ނުކުރެވެ އެވެ. އެހެން މީހެއްގެ ކައިރީގައި އޭނަ ވެއްޓުނީ ކަމަށް ބެލެވޭ ވާހަކަ ބުނެފައި އެބައޮތެވެ. ކޮންމެއަކަސް މަގޭ ދުޢާ އަކީ ހުރިހައި ކުދިންނަށް ހެޔޮ ވިސްނުން ދެއްވައި ހެޔޮ ގޮތުގައި އުޅުމަށް ﷲ މިންވަރު ކުރައްވައި، ސާބިޠުކަން ދެއްވެވުމެވެ. އާމީން

The name is already taken The name is available. Register?

ބޮއި ހަލައިކު

30 April 2025

މިއީ ދެން ކާކުތަ؟މި މީހުންގެ ފޮޓޯ ފެނި ފެނި ފޫހިވެއްޖެ މިހާރު! ނޮޓް ދެޓް އިންޓަރެސްޓެޑް އެނީ މޯރ!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454