މާލޭގެ ގެއެއް ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދާއި ރައުދު އަހްމަދު ޒިލާލް.
25 އެޕްރީލް 2025 - 08:22
ހައްވާ ޔުމްނު ރަޝީދު އިމާރާތަކުން ވެއްޓުމުގައި ރައުދު އަހްމަދު ޒިލާލްގެ ބައި ބައިވެރިވުން އޮވެދާނެ ކަމަށް ފުލުހުން ތުހުމަތުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން ރައުދު ހައްޔަރުކުރުމަށް ކޯޓުގައި އަމުރަކަށް އެދުނު އިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒްގޭގައި ހުރި ގުދަނެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، އުމުރުން 21 އަހަރުގެ ރައުދު ހައްޔަރުކުރި ކަމަށް ފުލުހުން ބުނި ނަމަވެސް ތުހުމަތުތައް ހާމައެއް ނުކުރެ އެވެ.
ރައުދުގެ ބަންދުގެ އަމުރަށް އެދުމުގައި ފުލުހުން މިގޮތަށް ތުހުމަތުކުރި ނަމަވެސް، ފުލުހުން ކުރިން ބުނެފައި ވަނީ ޔުމްނު ވެއްޓުމުގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.
ރައުދު ހައްޔަރުކުރުމުގެ އިތުރުން، ޔުމްނު ހިމެނޭހެން ހަތް މީހެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ވަނީ ހިފަހައްޓައިފަ އެވެ.
މި މައްސަލައާ ގުޅިގެން މއ. މާންދޫގެ ދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފްލޯ ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި، ޔުމްނު ވެއްޓުނީ ހ. ފެންޓެނޯއީގޭގެ 9 ވަނަ ފްލޯގެ ސިޑިގޮޅީގައި ހުރި ފެންލައިޓުންނެވެ.
ޔުމްނު އާއި ރައުދުގެ ހަރަކާތްތައް އެ ރޭ ހުރި ގޮތް ފެންނަ ސީސީޓީވީ ވީޑިއޯ ފުޓޭޖުތައް ވެސް ފުލުހުން ވަނީ އިއްޔެ އާންމުކޮށްފަ އެވެ.
ފެންޓެނޯއީގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މި މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ އޭނާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ އެންމެންގެ ބަޔާން ނަގައި، އެ އެންމެން ފުރުން ވެސް މަނާކޮށްފަ އެވެ. އަދި ފުލުހުން ވަނީ އެ އެންމެންގެ ވަނަވަރު ވެސް އާންމުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުއިއްޒު
25 April 2025
ފުލުހުން ހާދަ ރަނގަޅޭ
ކަޓްވާ
25 April 2025
މީގެ ކުރިން މީހެއްގެ އަންހެން ދަރިޔަކު ކަރުބުރިކޮށްލާ ކުދިކޮށް ކޮށާލިތަންވެސް ފެނުނު. މިތެޅޭ ފަތްބޯ ގްރޫޕްގެ މުޒާހަރާއެއް ނުފެނޭ. ވާނީ އެހެންތާ. އަމިއްލަ ޕާޓީގެ ވެރިން ރޭޕްކުރުމާ ކަރުބުރިކުރިޔަސް ކަމަކަށް ނުވާނެ ވިއްޔާ.
ލައިން
25 April 2025
ވަރަށް އިނޮސެންޓް ކުއްޖެއް !!!
އިހްސާސް
25 April 2025
ފެންނަނީ ދެމީހުން އެކަކު އަނެކަކާ ރުހިގެން އެކުރިކަމެއް ކުރާތަން. ދެމީހުން ހަމައިގަނެތްކަންވެސް ފެނޭ. އެރިފޯރީގައި ކުޑަދޮރުން ބޭރުވުމަކީ އެކަށީގެންވާ ކަމެއް. މަންޖެގެ ބަހެއް އަދި ލިބޭވަރު ނުވޭބާ؟
އެއްކަލަ މީހާ ދޯ
25 April 2025
އަންހެން ކުއްޖަކު މަސްތުގެ ހާލަތުގައި ހުއްޓާ އެކުއްޖާއާއި އެކު ފިރިހެނަކު ޖިންސީ ގުޅުން ހިންގީމާ ދިވެހި ފުލުހުން ގައުމީޓީވީއަށް އަރާ "ފެންނަ ފެނުމަށް ކުރިކަމެއް ކުރީ ރުހުމުގައޭ އަދި ނުރުހުންތެރިކަމެއް ނުފެނެއޭ" ބުނީމަ މުއައްސަސާގެ ތަހުގީގު ފެންވަރު ހާމައެބަވޭ. ހަމަ ބުއްދި ފިލައިގޮސް ހުރި ކުއްޖެއްގެ ކޮންސެންޓް ތިޔަ ޖަޖް ކުރީ ސީސީޓީ ފުޓޭޖުން؟
ޑްރާމާ11
25 April 2025
ކަންތައްތަކެއް ފޮރުވަން އުޅެނިކޮށް އަތަށް ގޮވާފާނެހެން ހީވީމާ، އެކަމުން ރެކެންވެގެން ސްކްރިޕްޓް ލިޔެ ނިންމާފައި އޮތް ޑްރާމާއެއް މިހާރު ތިޔައީ.
ފުޓޭޖު
25 April 2025
ވީޑިއޯ ފުޓޭޖުން ވަރަށް ބާރަށް އަޑުއިވޭ، އެގޭތެރޭގައި އެދެމީހުން އުޅުނުއިރު އެލާމް އަޅާއަޑު. އެހާ އަޑުގަދައިރު އެއިން އެޕާޓުމަންޓަކުން މީހަކަށް ހޭވެސް ނުލެވެނީބާއޭ ހިތަށްއަރާ.
ްޤައުމުގެ ޙާލަތު
25 April 2025
މިކަމުން އެނގުނީ ކޮން ކަމެއް: 1. ފުލުހުންގެ މުއައްސަސާގެ އަންޕްރޮފެޝަނަލް ކަމަް ކޮރަޕްޓްކަން. 2. ޤައުމުގެ ޒުވާން ޖީލު އޮތް ޙާލަތު 3. މައިންބަފައިނަށް އެމީހުންގެ ޒިއްމާ އަދާ ނުކުރެވުމުގެ ހިތިނަތީޖާ. 4.ޤައުމުގެ ކަންކަން އިސްލާހުކުރުމަށް ނޫސްވެރިންގެ ދައުރު. 5.ސިޔާސީ މީހުންނަކީ އެއްވެސް ގޮތަކަށް ޒިއްމާދާރު ބައެއް ނޫންކަން. 6. މީގެކުރިން ވެސް މިފަދަ ކަންކަން ވެގެން ގޮސް ބޮޑު ނަގުލަށް ނިމިގޮސްފައިވާ ކަން (ދިވެހިންނަކީ ވަރަށް ހަނދާން ބަލި ބައެއް ކަން)
އމވއޑ
25 April 2025
އެ އެޕާޓްމަންޓް ތަކުގައި އޭރު އުޅުނީ ކޮންބައެއްތޯ ހޯދަންޖެހޭ އެބަ. ސިޑިމައްޗަށް ވެއްޓިފައޮތް ޓީޝާޓު ފަހުން ނެގީ ކާކުތޯވެސް ހޯދަބަލަ. ހެނދުނުވުމުން އެ އެޕާޓްމަންޓް ތަކުން ނުކުތީ ކޮންބައެއްތޯ ބަލާބަ.
ދޮހޮއްތު
25 April 2025
ދެމީހުން ހަމަހަމަ ދެމީހުން ތިބީ ބޮއެގެން އެއީ ބޮޑު ކުށެއް.