ފުލުހުން ބުނީ ރައުދު ހައްޔަރުކުރުމުގެ އިތުރުން، ޔުމްނު ހިމެނޭހެން ހަތް މީހެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށް.
ރައުދު އަހުމަދު ޒިލާލް.
24 އެޕްރީލް 2025 - 19:22
މާލޭގެ ގެއެއް ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު އަހްމަދު ޒިލާލް މިރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒްގޭގެ (ގުދަން ހުރި ގެ) މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް، 21 މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ރައުދު ހައްޔަރުކުރުމުގެ އިތުރުން، ވެއްޓުނު 21 އަހަރުގެ އަންހެން މީހާ ކަމަށްވާ ހައްވާ ޔުމްނު ރަޝީދު ހިމެނޭހެން ހަތް މީހެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މއ. މާންދޫގެ ދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފުލޯ ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، ޔުމްނު ވެއްޓުނީ ހ. ފެންޓެނޯއީގޭގެ 9 ވަނަ ފުލޯގެ ސިޑިގޮޅީގައި ހުރި ފެންލައިޓުންނެވެ.
ޔުމްނު އާއި ރައުދުގެ ހަރަކާތްތައް އެ ރޭ ހުރި ގޮތް ފެންނަ ސީސީޓީވީ ވީޑިއޯ ފުޓޭޖުތައް ވެސް ފުލުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ.
ފެންޓޯނިއާގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މި މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ އޭނާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ އެންމެންގެ ބަޔާން ނަގައި، އެ އެންމެން ފުރުން ވެސް މަނާކޮށްފަ އެވެ. އަދި ފުލުހުން ވަނީ އެ އެންމެންގެ ވަނަވަރު ވެސް އާންމުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޭހާދީ
25 April 2025
ވީޑިއޯ އިން ފެންނަނީ އަންހެން ކުއްޖާ ސަލާމަތްވާން އުޅޭ މަންޒަރު. ފިރަމަ ގޮސް އެގެޔަށް އެ ވަންނަނީ ފިލަން. މީހުން ދިޔައީކަމަށް ބަލާފަ، ކޯސްޓް އިޒް ކްލިޔަރ ކަމަށް ބަލާފަ ނުކުންނަ ތަނުން އެއްކަލަ މީހުންކަން އެތިބީ އެނގިގެން އަވަހަށް އެނބުރި އެ ވަންނަނީ އެގެޔަށް. ވަންނަތަން ފެނިގެން މިސޮރު އަވަހަށް ފަހަތު އަޅުވާލަނީ. މިހާރުހުންނަ މަސްތުވާ އެއްޗިހިން އެކިކަހަލަ އެކުސްޓަސީ އުފައްދައި ދެންއެވީ ކަމެއްއެވީ. އެ މަންޖެޔަށް ޕާޓީން އެދިން އެއްޗެއް ބަލަންޖެހޭ.
މާފިޔަަ ޑޮން އެއްތަ
25 April 2025
ހައްޔަރު ކޮށް މުޅި ރާއްޖެ އަށް ފަލީހަަތް ވެ ފުލުސް ބޮޑު ފޮޓޯ ގަޑަށް އެރީމަވެސް ހާދަ ފުއްޕާ ފަ އޭ މިހިރީ . ކޮންދުނިޔެ އެއްގަތަމިއުޅެނީ ނޫނީ އޭތިމީތިބޮއެގެން އަބަދު ދުނިޔެ ރަންވެފަތަ؟މިހެންއުޅުނީމަ ތިމާގެ އަގު ފާރުބުޑު މިއޯ މިއޯ ގޮވަން އޮންނަ ބުޅާގަޑަކަށް ވުރެވެސް ދައްވާނެ ކަން ނޭގެނީތަ ؟
ދިމާނުވޭ
25 April 2025
ރައުދުގެ އަމަލުތައް ހުރި ގޮތް އެކުއްޖާ ކޮއްޕާލިކަމަށް ބުނާ ބުނުމަކާ ދިމަލެއްނުވޭ. ރައުދު އެކުއްޖާ ކޮއްޕާ ވައްޓާލިނަމަ އުޅޭނެ ގޮތަކަށް ނޫން ފުޓޭޖްގަ އެހެރީ އުޅެފަ. އެ ކުއްޖާ އަމިއްލައަށް ނުވެއްޓޭނަމަ އިތުރު މީހެއްގެ އަތެއް ތިކަމުގައި އެބައުޅޭ. ފުޓޭޖުން ރަގަޅަށް އެނގޭ ރައުދަށް ނޭނގޭކަން އެކުއްޖާ އެގެއަށް ވަތްކަން އަދި ވަދެދާނެކަންވެސް. އޭނަ އެގެ ނުދަންނާތީ އެ ގެ ފަހަނައަޅާ ދިއައީ. އެކަމު އަންހެން ކުއްޖާ ދަންނަ ގެއެއްވީމަ އެހެން ފަރިތަކޮށް ގޮސް ވަނީ
މަސްތީމަސްތީ
25 April 2025
އަޑުުއަހަން ހަދީސްއެއްގެވާ ވާހަކަ "މަސްތުވުމުކީ އެހެން ކުށްތަކުގެ މަންމަ"ކަމަށް. މި ނުބައިކޮށް އޮތިއްޔާ ކޮމެންޓު ކިޔާ މީހުން ރަނގަޅުކޮށްލަދީ
ކެނެޑީ
25 April 2025
މިސޮރު އެންމެ 21 އެކަމަކު ދެން ހާދަވެފަޔޭދޯ މިހުންނަނީ
ކުދުބެއްޔާ
25 April 2025
މައްސަލައިގެ އަސްލު މަސްތުވާ ތަކެއްޗާ ގުޅިފައިވާ މި މައްސައިގައި ހަފްތާއެއްގެ ފަހުން މީހަކު ހައްޔަރު ކުރުމުން ތަހުގީގާމެދު ވަރަށް ފުންކޮށް ވިސްނާން ބޭފުޅުންވެސް ތިބޭނެކަންނޭގެއެވެ. ބެއްޔާވެސް އެއްޗެއް ވިސްނޭތޯ ބަލާނަމެވެ.
ފާފު
25 April 2025
އެހެން މީހުން ފިލްމު ބަލާ ނިމުމުން ފުލުން ފިލްމު ސެންސަރު ކޮއްފައި އެޅުވީމާ ބަލާމީހުން ފޫހިވެއްޖެ.
ފުރާޅު
25 April 2025
މިކަން ނިމޭއިރު ގޯސްވާނީ ފުރާޅުހެން ވަރަށް ހީވޭ.
އިބިލީހު މަޖިލިސް
25 April 2025
އެހެންޏަ. ކާކު ބުނީ އެތަނުގަ އެހާ ތިރިކޮށް ރާނާފަ ހަރު ފުރާޅެއް އަޅަން، މަސްތުވާ އެއްޗިހި ބޭނުންކޮށް އުޅޭ އިރު "ކުދިން"؟ އެ ކުށުގެ އަދަބު ވަރަށް ބޮޑުކޮށްލާފަ ޖެހޭ ޤާނޫނެއް ހަދަން.
ޖެންޒ
25 April 2025
މިހާރު ސސޓވ ފުޓޭޖް ބަލާފަ ކީކޭ ބުނަނީ؟
ވަޓްދިސް
25 April 2025
މި ވީޑިއޯއިން ފުލުހުންނަށާ އާންމު ރައްޔިތުންނަށް އެނގުނީ ކޯއްޗެއް އެ އަންހެން ކުއްޖާ އާ ފިރިހެނަކު ބަދުއަހުލާގީ އަމަލު ހިންގިކަން އެހެންވީމައި މިހާރުދެން ދެން ނެތް ސުވާލުކުރަން ޖެހޭ ކަމެއް ވެސް މުޒާހަރާ ކުރަން ޖެހޭ ކަމެއް ރައްޔިތުންނަށް ފެނިއްޖެ އެކުއްޖާގެ އުޅުން ހުރި ގޮތް އެހެންވީމައި މުޒާހަރާ ނުކޮށް ބަސްއަހައިގެން ގޭގައި ތިބިއްޔާ މާރަނގަޅުވާނެ މިފަދަ ހާދިސާތަކުން އިބުރަތް ލިބިގަންނަން ޖެހޭ
ކުޅިވަރެއް
25 April 2025
އެއީ ފުލުހުން ދައްކަން ބޭނުންވި އެއްޗަކީ.. އޭރުން ފުލުހުން އަންހެން ކުއްޖާގެ މައްސަލަ އެކަނި ބަލާފަ ނިންނާލަން. އެމީހުން މަސްތުވާ އެއްޗިހި ބޭނުންކުރި ތަނާ، ޕާޓީ ކުރި މައްސަލަ ފޮރުވާފަ ދެންތިބި މީހުން ސަލާމަތް ކުރުން