އަންހެން މީހާ ވެއްޓުމާ ހަމައަށް އޭނާ އާއެކުގައި އުޅުނު ކަމަށް ފާހަގަވި ރައުދު އަހުމަދު ޒިލާލް: އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް ވަނީ އެދިފައި -- ފޮޓޯ: ފުލުހުން
24 އެޕްރީލް 2025 - 13:00
ޒުވާން އަންހެނަކު ގުދަނެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގަށް، އޭނާއާ އެކު އެންމެ ފަހު ވަގުތާ ހަމައަށް އުޅުނު ޒުވާނާ ހައްޔަރު ކުރުމުގެ އަމުރެއް ކޯޓުން ނެރެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅުމައްޗަށް 21 އަހަރުގެ އަންހެނަކު ވެއްޓުނު މައްސަލާގައި ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެ ރޭގެ އެއްވުމުގައި އުޅުނު އެންމެންގެ ވަނަވަރާއި ސިއްރު ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ސީސީޓީވީ ފޫޓޭޖުތައް ވެސް އާންމުކޮށްފަ އެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި އަންހެން ކުއްޖާ ވެއްޓުމާ ހަމައަށް އޭނާއާ އެކު އެންމެ ގާތުގައި އުޅުނީ ގ. އެރިއަދޫ، ރައުދު އަހްމަދު ޒިލާލެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ، އަންހެން މީހާ ވެއްޓުނު މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމުން "ކޮރޮބޮރޭޓް ކުރުމުގައި" މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށެވެ.
ރައުދުގެ ވާހަކަތަކުގައި ފުށުއެރުންތައް ހުރުމުން އޭނާ ހައްޔަރު ކުރުމުގެ އަމުރު މިހާރު ލިބިފައިވާ ކަމަށް ނަވީން ވިދާޅުވި އެވެ. އަދި އޭނާގެ ފޯނާއި ޕާސްޕޯޓް ވެސް މިހާރު ހިފަހައްޓާފައިވާ ކަމަށް ވިދާޅުވި އެވެ.
ޕްރެސް ކޮންފަރެންސްގައި، މީގެ ކުރިން ނޫސްވެރިންނަށް ވަކިން ދެއްކި ވީޑިއޯ ފުޓޭޖްތައް އާންމުކޮށް ދައްކާފައި ވާއިރު ފުލުހުން ބުނި ގޮތުގައި އެ ވީޑިއޯތަކުން ވެސް ފެންނަ ގޮތަށް، ހާދިސާ ހިނގި ވަގުތު އެ ދެ ޒުވާނުން ނޫން މީހަކު ގޭތެރެއަކުން ނުފެނެ އެވެ. އޭގައި ފެންނަނީ އަންހެން ކުއްޖާ އާއި ފިރިހެން ކުއްޖާ ގޭތެރޭގައި ސިޑިން މައްޗަށް އަރައި ފައިބައި އުޅެނިކޮށާއި ގައިގޯޅިކޮށް އުޅުނު ބައެއް މަންޒަރުތަކެވެ.
ފުލުހުން ބުނި ގޮތުގައި މި ދެ މީހުންނާ އެކު ދެން އުޅުނު މީހުންނަކީ ކޮބައިތޯ ބެލި އިރު، އިތުރު ހަތް މީހަކު މި މީހުންނާ އެކު އެ ރޭ 12:00 ހާއިރު މާންދޫގެ ދެކުނު ބަޔަކަށް ވަންނަތަން ފެނެ އެވެ. އެ އެންމެން ދެނެގަނެ މިހާރު ބަޔާން ވަނީ ނަގާފައި ކަމަށާއި އެ އެންމެންގެ މައްސަލަ ބަލާނެ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވި އެވެ.
ފުލުހުން ބުނި ގޮތުގައި ރައުދުގެ ފޯނާއި މި އެންމެންގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާންޗޯ
25 April 2025
ބާކީ މީހުން ކޮބާ ދެން؟
އަރަތެއްތަ
24 April 2025
ޔުމްނުއާ އަޅާލި ހަމައެކަނި ފިރިހެން ކުއްޖާ އަދިވެސް ތި ގޯސްވަނީ. ޕާޓީކުރި އެންމެންގެ ތެރެއިން ޔުމްނުއާ އަޅާލައި އޭނަ ފަހަތުން ހޯދަން ދިއަ ކުއްޖާ އަދި އޭނަ ނުފެނިގެން އުޅުނު ކުއްޖާތަ އެންމެ ގޯސްވަނީ؟ އެއްކޮށް ޕާޓީކުރި އެހެން މީހުންގެ ޒިންމާ ކޮބާ؟
ށސ11
24 April 2025
ކުއްޖާއޭ ނުކިޔާ. ބޮޑެތިވެފަތިބި މީހުންހަމަ. ޕްރޮފެޝަނަލްކަމެއްނެތް ޕޮލިހުންވެސް ނޫސްވެރިންވެސް. އަދުލުއިންސާފެއް، ބިރުވެތިވުމެއް ލަދުވެތިކަމެއްނެތް.
ބަގީ
24 April 2025
ބޭފުޅުންގެ ގޭގޭގަ ރަލާ މަސްތުވާތަކެތި ބޭނުންކުރުމަކީ ރާއްޖޭގަ މިއަދު އެކަނި ވާކަމެއް ނޫން. އެކުދިން ނުވާނެ އެކަމު ޕާޓޭންނަކަށް. ޢެއަށްވުރެ ދަރަޖަ މަތިވެރިވާނެ
ޙައިރާ
24 April 2025
ފުރަތަމަ ސުވާލުކުރި ދުވަހުވެސް އޭނާ މަސްތުވާތަކެއްޗަށް ޕޮސިޓިވްވި. ދެންވެސް އޭނައަށް ގެޔަށް ދެވުން. އާދައިގެ ބޭފުޅެއްނޫންކަން އެބަ އެނގޭތާ. މިއަދު އާންމުކުރި ވީޑިއޯ ކުރިން ސިއްރުކުރަން އުޅުނީވެސް މިބޭފުޅާގެ ކަރާމާތަށް އުނިކަމެއް އައިސްފާނެތީ.
ކުދުބެއްޔާ
24 April 2025
"ކުއްޖާ ވެއްޓުނު މައްސަލައިގެ ތަހުގީގަށް ރައުދު ހައްޔަރުކުރަނީ"......ހަބަރުގެ ޝުރުހީ ބެއްޔާވެސް ކިޔައިފީމެވެ. އެކަމަކު މިތަހުގީގު ނުނިމެނީސް ކުއްޖާ ވައްޓާލީ ނޫންކަމަށާއި ކުއްޖާވެއްޓުނީ އަމިއްލައަށްކަން ދޭހަވާފަދަ ގޮތަކަށް ހުރި ބައެއް ހަބަރުތައް ތިބޭފުޅުންނަށް ފެނުނު ހެއްޔެވެ؟ ތަހުގީގު ނިމުމުގެކުރިން މިފަދަ ހަބަރުތައް ފެތުރޭނަމަމަ ތަހުގީގާމެދު ކިހާވަރަކަށް އިތުބާރު ކުރެވިދާނެހެއްޔެވެ؟
އަސްލުގަ
24 April 2025
ރައުދު ހުރި މަސްތުގެ ހާލަށް ބަލާފަ ވަަރަށް ޒިންމާ އުފުލިކަމަށް ވީޑިއޯއިން ބެލެވެނީ. ޔުމްނުއަށް ވަރަށް އަޅާލިކަމަށް އޭނަގެ އަމަލުތަކުން ދޭހަވަނީ. ޔުމްނު ނުފެނުމުން މަގުމަތީ އެތައް އިރަކު ހުސްގަޔާ ހުރެ، ޔުމްނުއަށް ގޮވާ އެ ގޭ ދޮށުގަ އިނދެ ޔުމްނު ހޯދަން އޭނައަށް ވީވަރެއް ކުރިކަމަށް ވީޑިއޯއިން ފެންނަނީ. އަމިއްލަ ޓީޝާރޓް ޔުމްނު ލާން ދީ ޔުމްނުއަށް އަޅާލި އޭނަ. ފުރަތަމަ އެގެއަށް ވަންނަން ޖެހިލުންވެގެންވެސް އުޅުނު.
ސަފިއްޔާ
24 April 2025
ހާދަ ވަރަކަށް އަޑުގަދަ ކޮށްގެން މިރާއްޖޭގަ ފުލުހުން އަދާކުރަންޖެހޭ ވާޖިބްތަކުގެ ބައިކުޅަ ބައި ވެސް އަދާކުރީ؟ ދެން ހުރީ ކޯޓް ތައް، ފުލުހުން އެއީ އަމިއްލަޔަށް އެކުއްޖާ ފުންމާލީ ކަމަށް ބުނެ މައްސަލަ އޮތީ ނިންމާފަ، އެވިޑެންސް ގޮސް ކުރިމަތީ ބާއްވާފަ މީހާ އަމިއްލަޔަށް އިއުތިރާފް ވުމުން ވެސް ހެކި ހުރި ކަމަކަށް ނުވާ ކޯޓްތައް ކިހިނެއްބާ ހަދާނީ. ވިކްޓިމް ބްލޭމް ކުރާ ގަމާރުންނަށް ސަލާމް.
ދޮންބޭސް
24 April 2025
މި ކޭސްގެ ވާހަކަތަށް ކިޔާފަ މިހާރު މިގެއްލެމުންދާ ޖީލާމެދު ވަރަށްދެރަވޭ. ތީގެން އެއްކުއްޖެއްގެ ބައްޕައަކީ މަސްތުވާތަކެތީގައި އޯވަޑޯޒްވެ މަރުވި މީހެއް. މިހާރު އޭނަގެ ދަރިފުޅު އެދަނީ ހަމައެމަގަށް.
ބަބްސް
24 April 2025
ފުލުހުންނޭ ކަލޭމެން ގައިގާ ލަދުގެ ކަންފުޅެއްވެސް ނެތީތަ. އަހަރުމެންގެ ލާރިން ބޮޑުމުސާރަޔާ ކޮޅުމަތިވެސް ނުފެންފަ ނޫސަންދަ ދީގެން ގެންގުޅޭއިރު މިއީ ތަންކޮޅެއް ބޮޑުވަރު.