ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު (ވ) މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
24 އެޕްރީލް 2025 - 11:40
ޒުވާން އަންހެނަކު ގުދަނެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ އޭނާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ އެންމެންގެ ބަޔާން ނަގާފައި ކަމަށާއި އެ އެންމެން ފުރުން މަނާކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އެ މީހުން އެރޭ ވަދެފައިވާ ގެތައް ވެސް ފާސްކުރަން ކޯޓު އަމުރު މިހާރު ލިބިފައިވާ ކަމަށެވެ. އަދި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މއ. މާންދޫގޭ ދެކުނުގެ ޓެރަސް އާއި ދެ ވަނަ އަދި ހަތަރު ވަނަ ފްލޯގެ އިތުރުން ގ. ކަށިވެލިގެ ފާސްކުރުމުގެ އަމުރު ތަންފީޒުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ނަވީން ވިދާޅުވީ ކުއްޖާ ވެއްޓުނު ކަމަށް ބެލެވޭ ފެންލައިޓްގެ އެލުމިނިއަމް ފްރޭމުން ފޮރެންސިކް ސާމްޕަލްތައް ނަގައި، އެހެން މީހެއްގެ ބައިވެރިވުމެއް އޮތްތޯ ވެސް ބަލާނެ ކަމަށެވެ. އަދި ފެންލައިޓުން ވެއްޓުނުކަމާ މެދު އުފައްދާ ސުވާލުތަކާ އެކު، ތަހުގީގުގައި އެކަން ވެސް އިތުރަށް ކަށަވަރުކުރަން ސީން ރިކޮންސްޓްރަކްޓްކޮށްގެން ވެސް ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
ޕްރެސް ކޮންފަރެންސްގައި، މީގެ ކުރިން ނޫސްވެރިންނަށް ވަކިން ދެއްކި ވީޑިއޯ ފުޓޭޖްތައް އާންމުކޮށް ދައްކާފައި ވާއިރު ފުލުހުން ބުނި ގޮތުގައި އެ ވީޑިއޯތަކުން ވެސް ފެންނަ ގޮތަށް، ހާދިސާ ހިނގި ވަގުތު އެ ދެ ޒުވާނުން ނޫން މީހަކު ގޭތެރެއަކުން ނުފެނެ އެވެ. އޭގައި ފެންނަނީ އަންހެން ކުއްޖާ އާއި ފިރިހެން ކުއްޖާ ގޭތެރޭގައި ސިޑިން މައްޗަށް އަރައި ފައިބައި އުޅެނިކޮށާއި ގައިގޯޅިކޮށް އުޅުނު ބައެއް މަންޒަރުތަކެވެ.
ފުލުހުން ބުނި ގޮތުގައި މި ދެ މީހުންނާ އެކު ދެން އުޅުނު މީހުންނަކީ ކޮބައިތޯ ބެލި އިރު، އިތުރު ހަތް މީހަކު މި މީހުންނާ އެކު އެ ރޭ 12:00 ހާއިރު މާންދޫގެ ދެކުނު ބަޔަކަށް ވަންނަތަން ފެންނަ ކަމަށާއި އެ އެންމެން ދެނެގަނެ މިހާރު ބަޔާން ވަނީ ނަގައިފަ އެވެ. އަދި އެ އެންމެންގެ މައްސަލަ ބަލާނެ ކަމަށް ޕޮލިސް ކޮމިޝަނަރު ޝުޖާއު ވިދާޅުވި އެވެ.
ވެއްޓިފައި އޮއްވައި ފެނުނު ޒުވާނާއާ އެކު އެ ރޭ އުޅުނު ބައެއް މީހުން
ޕޮލިސް ކޮމިޝަަނަރު ވިދާޅުވީ ކުއްޖަކު ވެއްޓިފައި އޮއްވައި ރިޕޯޓް ލިބުނީ ހުކުރު ދުވަހު 7:30 ހާއިރު ކަމަށާއި ހޮސްޕިޓަލަށް ގެންދެވުނީ 8:00 ހާއިރު ކަމަށެވެ. އަދި ވެއްޓިފައި އޮތީ ކާކުކަން ދެނެގަތުމަށް ވެސް ވަގުތުތަކަށް ހޭދަވި ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.
އެތަނަށް މީހަކު ވެއްޓޭނީ ކޮން އިމާރާތަކުންތޯ ބަލައި، އެ ގޭގެ ފުޓޭޖްތައް ހޯދައިގެން ބެލި އިރު ވެއްޓުނު މީހާ އާއި ރައުދު އަހްމަދު ޒިލާލް، 21، އެ ގޭތެރޭ އުޅޭތަން ފެނުނު ކަމަށެވެ. އޭނާ ހައްޔަރު ނުކުރި ނަމަވެސް ފޯނާއި ޕާސްޕޯޓް ވެސް ހިފަހައްޓާފައިވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު ޕްރެސްގައި ނަވީން ވިދާޅުވީ ޒިލާލްގެ ވާހަކަތަކުގައި ފުށުއެރުންތަކެއް ހުރުމުން، އޭނާ ހައްޔަރުކުރަން ނިންމައި ކޯޓު އަމުރު މިހާރު ހޯދާފައިވާ ކަމަށެވެ.
ސިޔާސީ ބޭފުޅުންނާ ގުޅުން އޮތް ބަޔަކު މި މައްސަލައިގެ ތެރެއިން ސަލާމަތްކުރަން މަސައްކަތްކުރާ ކަމުގެ ބޮޑެތި ތުހުމަތެއް އަމާޒުވެފައި ވާއިރު ކޮމިޝަނަރު ތަކުރާރުކޮށް ވިދާޅުވީ ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑޫ.
25 April 2025
ޑަމީ އެއް ގެންގޮސް ވައްޓާލާފަ ވީޑިޔޯ ނަގާފަ ދައްކަބަލަ އެންމެނަށް
މޮހޮޖު
25 April 2025
ޓިހާދިސާއަށް 1 ހަފުތާ މާދަމާ ހަމަވާއިރު ފުލުހުން އެކަށީގެންވާ މަސައްކަތެއް ނުކުރީކަމައް ރައްޔިތުން ގަބޫލުކުރޭ މިއަދަކުނޫން އެމީހުންގެ ވަނަވަރު ހާމަކުރަންޖެހޭކީ އަދި އެމީހުން ފުރުން މަނާކަރާނީ ކީވެސް މިއަދަކުނޫން އަނެއްކޯޅުން މީޑިޔާތަކަށް އެކުއްޖާ ވައްޓުނުގެއްށް ވަންނަނަ ޙުއްދަޔައް އެޑެނަ ވާހަކަވެސް ބުނާނީކީ މިއަދަކުނޫންފުލިހުން އަމިއްލަޔަށް ހޭހުނު އިލޮށިގަޑު ހެރުނީ ފުލުހުންގެ ލޮލައް
މަބުނީ
24 April 2025
އެއްވެސް ބޭފުޅަކު އެބަހުރިތޯ އަންބަރާ އައިލެންޑް މަތިން؟؟ ހަމަ އެހެން މިކަން ނިމޭނީ.. ބަލަންތިބޭ..
ވީވޯންޓްޖަސްޓިސްތައް
24 April 2025
އަޅެ ޖަސްޓިސް ހޯދަން އުޅޭ ކުދިން އެއްފަހަރުވެސް ނިކުމެބަލަ ޒުވާންކުދިން ޕާޓީކުރުމާ، ބުއިމާ މަސްތުވުމާ، ބަދުއަޚުލާގީ އަމަލު ހިންގުމާ ދެކޮޅަށް. ތިޔަ ކުދިން ނިކުމެބަލަ ތިކުދިން ދަންނަ އެތައް ތިކަހަލަ ޒުވާނުން އުޅޭ ނުބައި ނުލަފާ ދިރިއުޅުން ރަގަޅުކުރަން ގޮވާލައި ހޭލުންތެރިކުރުމަށް
މަ ބުނީ
24 April 2025
ނާގާބިލް ކޮމިޝަނާރ ތި މަޤާމުން އިސްތިޢުފާ ދޭނީ މި ޤަޢުމު ކިހާވަރަކަށް ތި މުއައްސަސާއަށް އިތުބާރު ގެއްލުނުކަބަށް ބުނީމަތޯ ؟
ދޮގުމައްޗަށް ދޮގު
24 April 2025
1 ދޮގު ފޮރުވަން 1000 ދޮގު ހަދަން ޖެހޭނެ. ދޮގު މައްޗަށް ދެންވެސް ދޮގު. މަސްތު ވެގެން އުޅުމަކީ ކުށަކަށް ނުވަނީތަ؟ ކުށެއް ކުރީމާ އެކަމަށް އަދަބު ދޭން ޖެހިލުންވާތަން މިފެންނަނީ. ވަކިބަޔަކަށްވީމާތަ؟
ހިންނު
24 April 2025
ތީގެ ތެރެއިން ބައެއް މީހުން ފުރައިފި. ކުޅި ގަނޑު ކުޅެ ނިންމާފަ 7 ދުވަސް ފަހުން ކޮން ވާހަކައެއް ދައްކާ ކަށް. ލަދެއްގެ ކަންފުޅެއްވެސް ނެތޭ. އިސްތިއުފާ.
ޝިއުނާޒް
24 April 2025
ދާއޫދު ވަޒީފާއިން ވަކި ކުރޭ
އަފްރާސިޔާބު
24 April 2025
ދިވެހީންގެ ރާއްޖޭގެ މީހުން މާދަމާ ހަނދާން ނެތޭނެ. އެކަމެއް ހިނގި ކަމެއްވެސް ނޭނގޭނެ. ފުރަތަމަދުވަހު ވަރަށް ފޮނުއަރުވާނެ.
ދޫލަ
24 April 2025
ރައްޔިތުން ނުކުމެ ކަންބޮޑުވުން ފާޅުކުރި ވަރަކަށް މައްސަލަ ކުރިޔަށް ދާނީ، ރައްޔިތުން ބޭނުންވާ އިންސާފު ހޯދަން، ދައުލަތުގެ މުވައްސަސާތަކުން ބޭނުން ނުވޭ.
އެއްކަލަ މީހާ ދޯ
24 April 2025
ފުލުހުން މައްސަލާގަ ހިމެނޭތަންތަން ބަލައި ފާސްކުރުމަށް ތިޔަ ނިންމީ ހާދިސާ ހިނގިތާ 6 ދުވަސް ފަހުން. މިހަަރު ތިޔަ ބުނާ ގިނަ ގޭގޭ ތަޅު އަދި ދޮރުތައްވެސް ބަދަލުކޮށްފި. ނުވިތާކަށް ކުއްޖާ ވެއްޓުނު ފުރާޅުވެސް ބަދަލުކޮށްފި. ފޯނު ހިފަހަށްޓަންބުނިއިރު އެއިގެ ތެރެއިން އެކަކުގެ ފޯނު ހެފެހެއްޓީ. ކޮބާ ދެންތިބި މީހުންގެ ފޯނު؟ ގްރޫޕް ރާވައިގެން ކުރިކަމެއްކަމަށް ޝައްކުއުފެދޭއިރު އެންމެގެ ފޯނު ހިފަހަށްޓައި ފޮރެންޒިކް ތަހުލީލުކޮށް ނެހެދީ ކީއްވެ؟