މިނިސްޓަރު އަމީން މަޖިލީހަށް ޖަވާބުދާރީވަނީ: އޭނާ ދިރިއުޅޭ ގެ ބަލާފާސްކުރަން ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށް ދަންނަވަން ސީޕީއަށް ގުޅުއްވި ކަމަށް ވިދާޅުވި
15 މެއި 2025 - 14:36
މާލޭގެ އިމާރާތަކުން ޒުވާން އަންހެނަކު ވެއްޓުނު މައްސަލާގައި، އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއަށް ގުޅުއްވި ކަމަށާއި އެއީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދިރިއުޅުއްވާ ގެ ބަލައި ފާސްކުރަން ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށް ދަންނަވަން ކަމަށް އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ޓްރާސްޕޯޓް މިނިސްޓަރު އަމީން ނުފޫޒު ފޯރުވި ކަމަށް ބުނެ އެމްޑީޕީން ވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައިފަ އެވެ.
އެ މައްސަލާގައި ކޮށްފައިވާ އެއް ތުހުމަތަކީ ތަހުގީގަށް ނުފޫޒު ފޯރުވުމަށް އޭރުގެ ސީޕީއަށް މިނިސްޓަރު އަމީން ގުޅުއްވި ކަމުގެ ތުހުމަތެވެ. ޔުމްނުގެ މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ފުލުހުން ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ދިޔައިރު، މިނިސްޓަރު އަމީން ސީޕީއަށް ގުޅުއްވި ކަމަށް އޭނާ ވިދާޅުވާ އަޑު އިވެ އެވެ.
އެކަމާ ގުޅޭގޮތުން މިއަދު މަޖިލީހުގައި ޖަވާބުދާރީވަމުން އަމީން ވިދާޅުވީ ފުލުހުންގެ އެއްވެސް ކަމަކަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން ބައެއް ތަންތަން ބަލާފާސްކުރަން އަމުރު ނެރޭ ވާހަކަ އާއި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ނޫސްވެރިން އޭނާ ދިރިއުޅޭ ގޭގެ ނަން ކިޔަމުންދާތީ، އެ ގެއަށް ފުލުހުން ވަނުމަށް އެއްވެސް އަމުރެއް ބޭނުން ނުވާނެ ކަން ދަންނަވަން ސީޕީއަށް ގުޅުއްވި ކަމަށް އަމީން ވިދާޅުވި އެވެ.
"އަޅުގަނޑު ދިރިއުޅޭ ގޭގެ އެހެން އޯނަރުންނާ ވާހަކަ ދެއްކުމަށް ފަހު އަޅުގަނޑުމެންގެ ގެއަށް ފުލުހުން ވަނުމަށް ކޯޓު އަމުރެއް ބޭނުން ނުވާނެ ކަން ދަންނަވަން އޭރުގެ ކޮމިޝަނާ އޮފް ޕޮލިސްއަށް ދެންނެވުމަށް ގުޅާފައިވާނެ. އެކަމަކު އެމަނިކުފާނު ފޯނަށް ޖަވާބު ދެއްވާފައެއް ނުވޭ،" އަމީން ވިދާޅުވި އެވެ.
"އެހެނީ އަޅުގަނޑަކީ ކެބިނެޓް މިނިސްޓަރަކަށް ވެފައި ދައުލަތުގެ އިދާރާތަކަށް ފަސޭހަކޮށް ދިނުމަކީ އަޅުގަނޑުގެ ޒިންމާއެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން."
މިނިސްޓަރު އަމީން މަޖިލީހަށް ޖަވާބުދާރީވަނީ: އޭނާ ދިރިއުޅޭ ގެ ބަލާފާސްކުރަން ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށް ދަންނަވަން ސީޕީއަށް ގުޅުއްވި ކަމަށް ވިދާޅުވި
އަމީން ވިދާޅުވީ މައްސަލައާ ގުޅިގެން ވަކި ކަމެއް ކުރަން ނުވަތަ ނުކުރަން އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާނެ ކަމަށާއި ފޯރުވަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ. އަދި އޭނާ ވިދާޅުވީ ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކޮށްފައިވާއިރު، އެއީ ކޮން ނުފޫޒެއް ކަމެއް ވެސް ބުނެދެވިފައިނުވާ ކަމަށެވެ.
އަމީން ވިދާޅުވީ އަންހެން ކުއްޖާ ވެއްޓުނު މައްސަލައާ އޭނާގެ އާއިލާ މީހަކާ ގުޅުމެއް އޮތް ކަމަށް ބަހުސްގެ ބޭނުމަށް ބެލި ނަމަވެސް، އޭނާ ނުފޫޒު ފޯރުވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އެއީ އޭނާގެ ދަރިއެއް، އަންބެއް ނުވަތަ މައިންބަފައިން ނޫން ކަމަށާއި އެއީ އަމިއްލަ ޒިންމާ ނެގޭ ވަރުގެ މީހުން ކަމަށް އަމީން ވިދާޅުވި އެވެ.
ޔުމްނު ވެއްޓުނު ރޭ އެންމެ ފުރަތަމަ ޒުވާނުންތަކެއް ޕާޓީކޮށްފައިވަނީ އަމީން ދިރިއުޅޭ ގޭގެ ޓެރެސްގައި ކަމަށް މިހާރު ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކުން އެނގެ އެވެ. އެ ގެ ފުލުހުން ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ބަލައި ފާސްކޮށްފައި ވާއިރު އެ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައެއް ނުވެ އެވެ. އަދި އެ ގޭގެ ސީސީޓީވީ ފުޓޭޖް ވެސް ލިބިފައެއް ނުވެ އެވެ.
އެ މައްސަލަ ފެންމަތިވުމާ އެކު އަމީންއާ އާއިލީ ގުޅުން އޮންނަ މީހެއް ކަމަށްވާ އިޒްދިޔާން މުހައްމަދު މައުމޫން ވަނީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުން ވަކިކޮށްފަ އެވެ.
ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ހެންވޭރު ޕޮލިސް ސްޓޭޝަން ސަރަހައްދުގައި ކޮންމެ ރެޔަކު ސިލްސިލާ އެއްވުންތައް ބާއްވަމުންދާއިރު، އަމީންގެ އިސްތިއުފާއަކީ އެ އެއްވުމުގެ ބައިވެރިންގެ ޑިމާންޑެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗާލާކް މަންތިރީ
17 May 2025
އަމިއްލަ ބާރު ނުހިގާ ބައެއްގަ ހިނިގި ކަމަކާ ގުޅޭ ގޮތުން ކީއްކުރަން ބާ ފުލުހުންނަށް ގުޅަނީ! އަމިއްލަޔަށްދޯ ބުނީ އެ ކަން ހިންގި ތަނަކީ ތިމްންނަ އާ ބެހޭ ތަނެއް ނޫނޭ ! އެހެންވީރު ކޯރޓް އަމަުރު ބޭނުން ވިޔަސް ނުވިޔަސް އެތަނެއް ގަ ބާރު ހިންގާގެން އުޅޭ ބަޔަކަށް ދޯ އެކާމާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުލުހުން ނަށް ގުޅާނީ! ތި ވަހަކަ ގަބޫލް ކުރާނީ މޮޔައިން!
ދިމަލެއްނުވޭ
17 May 2025
ގޭތެރޭގައި ހިނގާ ޕާޓީކުރުން މަނާ ނުކުރެވެނީ ގެއަކީ އިތުރުން އެހެން ބޭފުޅުންގެވެސް ގެއެއް ކަމަށްވާތީޔޯ. އެކަމަކު ކޯޓުއަމުރަކާނުލައި ގެ ފާސްކުރެވޭނެ ކަމަށް ސީޕީއަށް ދެންނެވުމުގެ ބާރާއި އިޚުތިޔާރު އެކަނިއެކަންޏަށް ލިބިގެންވެޔޯ. ހާދަ ދިމާނުވެޔޭ ދެވާހަކަ.
ހައްޖަ.
17 May 2025
އަމާ ކައިރިޔައް ވަންމީހާ ވެސް ބުނި ހުނިގުރާބު ބަލައޭ ވަނީ.
ސަލާމު
16 May 2025
ތިޔަހެން މެސެޖަކުން ބުނެލިނަމަ މާ ސަޅިވީސް. ކީއްކުރަން ގުޅަންވީކީ. ތިމަންނަގެ ގެ ފުލުހުން ބަލާފާސްކޮއްދެއްވާށޭ މެސެޖަކުން ފޮނުވިނަމަ ޕީސީ ސުޖާވެސް މައިކަށް އަޑުއަރާވަރަކަށް ގުޅަނީއޭ ބުނާކަށް ނުޖެހުނީސް. އަދި އޭރުވެސް މިހާރުވެސް ދެެއްކެންއޮންނާނެ ލިޔުމުން. މިހާރުދެން ތިމަންނަ ގުޅީ އެމީހުންގެ ޔުރިންވެސް ނަގާށޭ، ގެ ރޫޅަލަގެން ބަލާށޭ، އެމީހުން އުޅުނީ މިހެނޭ ބުނާށޭ ކިޔާނެކަމެއްނެތް. އިހިލާސްތެރިކަމަކު ގުޅިނަމަ ލިޔުމުން މިއަދު އޮންނާނެ ފެންނަން.
ވެލްކަމްހޯމްއަމީން
16 May 2025
ދެރަ ކަމެއްނު! ޕްރެސްގައި ރިޓަޔަރޑް ސީޕީ ޝުޖާ އިންދާ ހޭބަލިވާ ވަރަށް ގުޅިކަން ފަޅާއެރީމަ ކޮސްވާހަކަ ނުދައްކާ. ދިވެހީންނަކީ ތި ހީކުރާހާ ގަޅި އަދި ތަނެެއް ދޮރެއް ނޭނގޭ ބައެއްނޫން. ދޮގުހެދިޔަސް ހަދަންވާނީ ސިކުނޑިތަކަށް ކުޅަދާނަ މިންވަރަށް.
ރާއްޖެ
16 May 2025
ބޮލެއް ހުރި މީހެއް ނަމަ ތިވާހަކަ ބުނަން ގުޅާނީ އެ ގަޑިއަކު ނޫން. އެކަން ސީޕީއަށް އެންގި ޕޮލިސް އޮފިސަރުގެ ވެސް އެއްވެސް ވިސްނުމެއް ހުރި ނަމަ އެހެން ބަޔަކަށް އެގަޑީގަ އެކަން ނޯޓިސް ކުރެވޭ ވަރަށް އެހެން ނުބުނީސް.
ހުސް ޑްރާމާ- ޕްރޮފެޝަނަލިޒަމް ނެތީ
16 May 2025
ބަލަގަ އިއްޒަތްތެރި ވަޒީރު ތިހެން ވިދާޅުވިއަސް އަދި ވެލްކަމް ބޯރޑު އަޅުވާފަހުއްޓަސް ފުލުހުން ވަންނަބްޖެހޭނީ އެމީހުން ފުރިހަމަ ކުރަންޖެހޭ އިޖްރާއަތްތައް ފުރިހަމަކޮށްފަ. ޕްރެސް ކުރިއަށް ދަނިކޮށް ފޯނުކުރުން އަދި އެ ފޯނު އަައަިވާހަކަ ޕްރެސްތެރޭ ގަ ބުނުން، މި ދެކަމަކީވެސް ޕްރޮފެޝަނަލް ނޫންވީމަވީ ދެކަން. އެކަކު އިސްތިޢުފާދިނީ. އަނެކަކު އެއަށްވުރެ މަޤާމުގަ ހުންނަން ބޭނުންވީމަ މޮޅެތި ވާހަކަ ދައްކަނީ
މާކޮސް
16 May 2025
ތަޢުލީމް ލިބި ތަންދޮރުދަންނަ ބުއްދީގެ ހަމަތަކުގެ މަތިން ވިސްނާ ފިކުރު ކުރާ ބައެއްގެ ސިކުނޑި އޭގެ ޒާތުގައި ހަމައިން ނެއްޓިގެންދާ ޒާތުގެ ބުނުމެކެވެ
ޖަގޭ
16 May 2025
ތަހުޒީބު މުޖުތަމަޢެއްނަމަ މުޑުދާރު ޢަމަލު ހިންގި މިނިސްޓަރު ހުންނާންޖެހޭނީ ގޭގައި ...
ޢަމީނު
16 May 2025
ބަލަ ކޯޓްއަމުރެއްނެތަސް ބަލާފާސްކުރަން ހުއްދަ ދީފިން ކަމަށް އެތާތިބި ފުލުހުން ކައިރީގައޭ ބުނަންޖެހެނީ، ސީޕީ ކައިރިއަކު ނޫން.
މިނިސްޓަރެއް ވީމަ ވަކި ހިފެހެއްޓޭތަ؟
16 May 2025
އަމުރު ހޯދައިފަ އޮއްވަ ޕޮލިހުން އިތުރަށް ހޯދަންޖެހޭ ހުއްދައެއް އޮންނާކަށް ނުޖެހޭނެ، ރީތިކަމެއް ތިމަންނަމެން މިތަން ފާސްކުރަން އައިވާހަކަ ބުނެލުން.