ފުލުހުންގެ ރަސްމިއްޔާތެއްގައި ރައީސްގެ ދެކަނބަލުންނާއި ހޯމް މިނިސްޓަރު ބައިވެރިވެ ވަޑައިގަންނަވަނީ: ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ވަނީ ހުޅުވާލާފައި --- ފޮޓޯ/ރައީސް އޮފީސް
27 މެއި 2025 - 16:34
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހޯމް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ޝައުގުވެރިވާ މީހުން އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރު 12 ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށެވެ.
ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު ކަނޑައަޅަނީ އެ މަގާމަށް ކުރިމަތިލާ މީހުންގެ ފެންވަރު ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް ނުވަތަ އިންޓަވިއު ކުރުމަށް ފަހު، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އަލީ ޝުޖާއު މިދިޔަ މަހުގެ 26 ގައި މަގާމުން އިސްތިއުފާ ދެއްވައި އަދި ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މާލޭގެ އިމާރާތެއް މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގެ ތަހުގީގާ ގުޅިގެން ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.
ޝުޖާއު އިސްތިއުފާ ދެއްވުމުން ޕޮލިސް ކޮމިޝަނަރުގެ މަގާމު ވަގުތީ ގޮތުން ފުރަތަމަ ހަވާލު ކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީއާ އެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ހޯމް މިނިސްޓްރީން ވަނީ އެ ނިންމުން ބަދަލުކޮށް، ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީންއާ މަގާމު ވަގުތީ ގޮތުން ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހާ
28 May 2025
އެއްކަމެއްވެސްވާ ބައެއްނޫން. ތިތަނުގެ ބޭނުމެއްނެތް. އަވަހަށް އުވާލާ
ޖޭމްސް މިލްނާ
28 May 2025
ތިކަމަށްވެސް ބޭރު ދޮންމީހަކު ހޯދަން އިއުލާންކުރޭ..
ޕޮލިޓިކަލް ޕޮލިސް
28 May 2025
މިވަގުތު މިހާރު ޕޮލްކޯގެ ޚިޔާނާތުގައި ނުޖެހޭ އޭސީޕީއެއް ތިތަނުގައި ނެތް އަދި އެމްއެމްޕީއާރސީ އަދި ސިގިރެޓާއި ސެންޓްގެ ވައްކަމުގައި ބަިވެރިވެފައިތިބިމީހުން ތިތަނުގައި މަތިފަޑީގައި ތިބީ ޤާބިލް މީހުންތިބިތަނެތްތީ އެކަމަކު އެމީހުންނަށް ފުރުސަތު ނުލިބެނީ ތިމަރަފުށީ ކުރީގެ މެންބަރ އަދި މާޅޮހު ކަތީބާއިހެދި
ޕޮލްކީ
28 May 2025
މިޑް ލެވަލުން ފެށިގެން ޓޮޕް އަށް ވެސް ކަން އޮތީ ތިހެން. އޭގެ ގިނަ މީހުންނަކީ ވަޒީފާގެ އިތުރުން ކޮންމެސް ޖަރީމާއެއްގައި އުޅޭ ބައެއް. ސިގިރެޓާ ޑުރަގު ވިޔަފާރި، މަނީ ލޯންޑުރިން، މަކަރާ ހީލަތް ހުރިހާ ބާވަތެއްގެ ޖަރީމާ
ރާމިޒް
28 May 2025
ކީއްކުރާ ޕޮލިސް ކޮމިޝަނަރެއް ހޭ. ބޭކާރު މަގާމެކޭ.
ކޯޕްރަލް
27 May 2025
ފުލުހެއް ނޫން މީހަކު ޕޮލިސް ކޮމިޝަނަރަށް ލާންފެނޭ. ސިފައިންގެ ތެރޭގައު އެބަތިބި ވަރަށް ގަދަ މީހުން.
އޮނަރަބްލް އަފީފު ދީދީ
27 May 2025
ފުލުހުންގެ އިދާރީ އޮނިގަނޑު ބަދަލު ކުރުމަށްޓަކާ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު ރީޖަން، ކ.އަތޮޅުން (މާލެހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަންކަމުގައި ކަޑައަޅާ ކޮންމެ ރީޖަނެއްގައި ކޮމިޝަނަރ އަކު ބަހައްޓާ 3 ރީޖަންގެ ކޮނިޝަނަރ ރިޕޯޓް ކުރައްވާންޖެހޭ ފަރާތަކީ Director General of Police އަށް ކަމަށް ޤާނޫނާއި ފުލުހުންގެ ޤަވާއިދުގައި ކަޑައަޅާ މިބަދަލު ގެނައުމަށް ޕޮލިސް ބޯޑަށާއި މަޖިލީހަށް ހުށަހަޅާ ޤާނޫނު އިސްލާޙް ކުރޭ.
އޮނަރަބްލް އަފީފު ދީދީ
27 May 2025
ޕޮލިސް ކޮމިޝަނަރ ކަމުގެ މަޤާމަކީ ތިހެން ލިބޭ މަޤާމެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި މަތީގައިދެންނެވި ގޮތަށް ފުލުހުންގެ އިދާރީ މަސައްކަތްވެސް 3 ރީޖަނަކަށް ލާމަރުކަޒުކޮށް ކޮންމެ ރީޖަނެއްގައިވެސް ކޮމިޝަނަރ އާއި އެސިންޓެންޓް ކޮމިޝަނަރުން ބައިތިއްބާ ފައި ފުލުހުންގެ އެންމެ އިސް ވެރިޔާ އަކީ ޑައިރެކްޓަރ ޖެނެރަލް އޮފް ޕޮލިސް ކަމަށް ކަޑައަޅާ މިމަޤާމަށް އާދެވޭނީ 3 ރީޖަންގެ ކޮމިޝަނަރ ނުވަތަ އެސިސްޓެންޓް ކޮކިޝަނަރުންގެ ތެރެއިން މީހަކަށްކަމަށް ކަޑައަޅުއްވާ.
އޮނަރަބްލް އަފީފު ދީދީ
27 May 2025
މިފަދަ ބަދަލުތައް ގެނައުމުން "ފުލުހުންގެތެރޭގައި އޮތް މަޤާމްގެ ނާޖާއިޒު ބޭނުންކުރުމާއި އެފަދަ އެތައްކަމެއްގެ ހައްލުހޯދަން" ފުރުސަތުލިބޭނެ. އަދި 3 ރީޖަންގެ ޔުނިޓްތަކުގެ އިސްވެރިން އެއް ރީޖަނުން އަނެއްރީޖަނަށް ބަދަލުކުރުމާއި، އުތުރުގައި ހިންގާ ބައެއް ސިއްރު އޮޕަރޭޝަންތަކަށް ދެކުނުގެ ޑިވިޝަން އަދި ސެންޓްރަލް ގައި ހިގާ ހަމަނުޖެހުން ހުއްޓުވަން އުތުރުގެ ފުލުސް ފައުޖު ބޭނުންކުރުންފަދަ ކަންކަން ކުރެވޭގޮތް ހަމަޖެހި އެތައްކަމެއް ރަނގަޅު ކުރެވިދާނެ.
އޮނަރަބްލް އަފީފު ދީދީ
27 May 2025
ފުލުހުންގެ ހިންގުން ހަރުދަނާކުރުމަށް 4 އަހަރަށް ކަނޑައެޅި ސްޓްރެޓެޖިކް ޕްލޭނާއި، މަސްތުވާ ތަކެއްޗާއި، ގޭންގް ކުށްތަކާ ދެކޮޅަށް މަސައްކަތްކުރަން ކަޑައެޅި ގައުމީ ސްޓްރެޓެޖީ އާއި އެހެން ކުށްތަކާދެކޮޅަށް މަސައްކަތްކުރާނެ ބަހާއެއް ގާއިމްކުރާނެ ކަމަށާއި، ރައްޔިތުން ސްކޭމްގެ ޝިކާރައަކަށްވުން ހުއްޓުވަން ހަދާންބުނި އެންޓި ސްކޭމް ސެންޓަރު ފަދަ ކަންކަން ކުރިކަމަށް ވިޔަސް އޭގެ ފައިދާ ރައްޔިތުނަށް ލިބޭނީ ތިތަނުގެ ތެރޭގައި އޮތް ޤަދީމީ ފިކުރު ބަދަލުވެގެން.
އޮނަރަބްލް އަފީފު ދީދީ
27 May 2025
ފުލުހުންގެ މުއައްސަސާ ތެރޭގައި ހަރުލާ އަށަގެންގައިވާ ބޯދާވިސްނުމާއި ފިކުރުތަކުގެ އިތުރުން "ވެރިން ކޮންމެ ފަދަކަމެއް ކުރާން އަމުރު ކުރިކަމަށްވިޔަސް" ޤާނޫނާއި ޤަވާއިދަށް އަދި ތިމާމެން ކޮށްގެން ތިބި ހުވައަށް ވެސް ފަރުވާލެއް ނުބަހައްޓާ ބުނި ކޮންމެކަމެއް ކޮންމެގޮތަކަށް ކުރުމުގެ އުސޫލު ބަދަލުކުރުމައްޓަކާ ފުލުހުންގެ އިދާރާއަށް ވަރަށް ބޮޑެތި އިސްލާޙީ ބަދަލުތައްގެނެސް މުޅި އިދާރާގެހިންގުން ރިފޯމް ކުރާންޖެހޭ. މިއީ މިހާރު ވަގުތުނަގާނުލާ ކުރަންވެއްޖެކަމެއް.