ޚަބަރު / ފުލުހުން

ފަރުހާދުގެ ބަދަލުގައި އެކްޓިން ސީޕީއަކަށް ނަވީން ހަމަޖައްސައިފި

ނަވީން: ފުލުހުންގެ އިދާރާ ހިންގުން އޭނާއާ މިރޭ ވަނީ ހަވާލުކޮށްފައި --- ފޮޓޯ/މިހާރު

26 އެޕްރީލް 2025 - 21:14

35 comments

ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ ހަވާލުކުރަން ނިންމި ނިންމުން ބަދަލުކޮށް، ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީންއާ ފުލުހުންގެ އިދާރާ ހިންގުން ހަވާލު ކުރައްވައިފި އެވެ.

މާލޭގެ އިމާރާތަކުން ދާދިފަހުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގެ ތަހުގީގު ހިންގި ގޮތާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިރޭ މަގާމުން އިސްތިއުފާ ދެއްވުމުން ފުލުހުންގެ އިދާރާ ހިންގުން ހޯމް މިނިސްޓަަރު އަލީ އިހްސާން ފުރަތަމަ ހަވާލުކުރެއްވީ ޑީސީޕީ ފަރުހާދުއާ އެވެ.

ނަމަވެސް މިނިސްޓަރު އިހްސާން ސޯޝަލް މީޑިއާގައި ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ނިންމުން ބަދަލުކޮށް، ޑީސީޕީ ނަވީންއާ ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ހަވާލު ކުރެއްވީ ފުލުހުންގެ މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރާ މަސައްކަތަކީ ޔުމްނު ވެއްޓުނު މައްސަލާގެ ތަހުގީގު ކަމަށްވާތީ އާއި އެ ތަހުގީގުގައި މިހާތަނަށް އިސްކޮށް ހަރަކާތްތެރިވެފައިވަނީ ޑީސީޕީ ނަވީން ކަމަށްވާތީ ކަމަށެވެ.

ޔުމްނުގެ މައްސަލާގެ ތަހުގީގުގައި ފުލުހުންނަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް، އެ ހާދިސާ ހިނގިރޭ ޔުމްނުއާ އެކު އެންމެ ފަހުން ހަރަކާތްތެރިވި ރައުދު އަހުމަދު ޒިލާލް ފަހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެރޭ ޔުމްނުއާ އެކު އުޅުނު މީހުން ފުރުން މަނާކޮށް، އެ މީހުންގެ ފޯނު ވަނީ ހިފަހައްޓައިފަ އެވެ.

ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށާއި އެކަމުގައި އެހެން މީހެއްގެ ބައިވެރިވުން ނެތް ކަމަށް ފުލުހުން ފުރަތަމަ ބުނި ނަމަވެސް ފަހުން ފުލުހުން ބުނެފައިވަނީ އެރޭ ޔުމްނު އާއި ރައުދުއާ ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށެވެ.

35 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 0%
icon angry icon angry 65%
icon wow icon wow 6%
icon inlove icon inlove 12%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދެން ޝުޖާއު އިހުލާސްތެރި ވާނެ ކަމަށް ޤަބޫލްކުރެވޭނީ ކިހިނެތް

27 April 2025

ފުލުހުންގެ ވަޒީފާއާ ޝުޖާއު ގުޅުނީ 2006 ގައި، ޚިދުމަތުގައި 20 އަހަރުވެސް ނުވާއިރު މިޚިދުމަތުގައި އިހުލާސްތެރިކަމާއެކު މަސައްކަތުގައި 30 އަހަރަށްވުރެ ގިނަދުވަސް ވީމީހުންނަށް ނުލިބޭ ކުލަ ޝުޖާއުގެ މޭމަތީގައި ޖަހާފައި އެބަހުރި. އަދި ސުނާމީ ކުލަ އަކީ 2004 ވަނަ އަހަރުގެ ސުނާމީ އާއި ގުޅިގެން ފުލުހުންގެ ތެރޭގައި ހާއްޞަ މަސައްކަތްތަކެއް ކުރި ވަކި ބަޔަކަށް ދިން ކުލައެއް ނަމަވެސް އޭރު ފުލުސް އޮފީހުގެ ވަޒީފާގަވެސް ނެތް ޝުޖާޢު އަށް އެކުލަވެސް ލިބިފަ އެބައިން

The name is already taken The name is available. Register?

ޖުލައި2021

27 April 2025

ފުލުހުންގެ ބޮޑުންތެރޭގައިވެސް އަމަލުވާ ތަކެތި ބޭނުންކޮށް އުޅޭ ބަޔަކު އުޅޭކަމަށް އަބަދުވެސް އަޑުތަށް އަރާ. ކެސުއަލް ކޮށް ބަނގުރާ ބުއިމަކީ ރާއްޖޭގެ އިސްވެރިން ލެވެލްގެ ގިނަބަޔަކު ކުރާކަމެއްކަމަށް އަބަދުވެސް އަޑުއަރާ ، އަދި އެކަން ކުރާކަން ގިނަބަޔަކަށް އެނގޭ އެތަށްބަޔަކު ބޮޑެތީ ސިޔާސީ މަގާމުތަކުގަ އެތިބެނީ.މިކަންކަން މިހެން ހިނގާހާދުވަހކު ކިހިނެއް އެމީހުން އިންސާފަށް ކަމެއްކުރާނީ އަދި މުޖުތަމަުން ބަލައިގަންނާނީ

The name is already taken The name is available. Register?

ކުޑޭ2

27 April 2025

އެއީ ނަވީންތަ؟

The name is already taken The name is available. Register?

ކޮލަމާހުއްޓާ

27 April 2025

ތީ ބޮޑުތަނުން ފަހަތައް އެޅިފިޔަވަޅެއް. އިތުބާރުހިފޭ އެކަކުވެސް ތިތަކުނެތް.

The name is already taken The name is available. Register?

ބޭނެ

27 April 2025

ކޮންތާކު އިތުބާރު ހިފޭ މީހުން ތިބީ! އަމިއްލަ ގޭގައިވެސް މިހާރު ތިބުނާ މީހަކު ނުހުރޭ! ރައިސް މުއިއްޒު ކުރައްވަންޖެހޭކަމެއް އެބައޮތް! ޕޮލިސް ބޯޑުން ފުލުހުންގެ ސީނިއަރ މީހުންގެ މައްސަލަތައް ބަލާ ފުލުހުންގެތެރެއިން ވަކިކުރަން ނިންމި އެންމެން އެތަނުން ވަކިކުރުން! 2 މީހަކު ބޭރުކުރިއޭރު! ބާކީ ތިބި މީހުންނަށް އެންމެ ބާރުގަދަ މަގާމުތައްދީފަ އެތިބީ ބައިތިއްބާފަ! މިކަން ގާބުލުކުރަން އުނދަގޫ އެތައްބަޔަކު އުޅޭނެ! އެހެންނޫނީ ބޭރުކުރި ދެ މީހުންވެސް ވައްދާ!

The name is already taken The name is available. Register?

އުނބުށޭމު

27 April 2025

ސީޕީކަން ލިބުނީމާ މޮޔަމީހަކު ނޫނީ އެކަމުގައި މާގިނަދުވަހު ދެމިނުހުންނާނެކަމަށް އަހުރެންދަންނަ މީހަކު ބުންޏެވެ. އެހެންނުވާނީ ކީއްވެހެއްްޔެވެ. މަގާމުން އިސްތިއުފާ ދިނުމަށްފަހުވެސް ފައިސާއާއި ކާރާއި އެހެންވެސް ހުރިހާ ޢިނާޔަތެއް އުމުރަށް ލިބޭކަމަށްވަންޏާ ވަޒީފާގެ މަސްއޫލިއްޔަތު އުފުލުމުގައި ދެމިހުންނާނީ އެހެންގޮތެއް ނެތިގެންތާއެވެ. އެއްވެސް ބަހަނާއެއް ދެއްކޭނެ ފުރުޞަތެއް ލިބޭއިރަށް އިސްތިއުފާ ދޭނެތާއެވެ.

The name is already taken The name is available. Register?

ހައްޖަ.

27 April 2025

ތީ ހަމަ އެކއްޗެއް.ހަމަ އެއްކަމެއް ކުރާނީ.ރައްޔިތުން ނަށް ދޮގާ މަކަރު ހެދުން ނޫން ކަމެއް.ވަޒީފާ ގައި ބަގުޑި ބައްދަން ވެގެން.

The name is already taken The name is available. Register?

ހާމަ333

27 April 2025

ގައުމުގެ ހާލަތާމެދު ލަދުން ބޯހަލާކު..ޒުވާނުންނޭ ކިޔާފަ އެއްބަޔަކު މަގުމައްޗަށް ނިކުމެ އަވަގުރާނަގޮވަނީ...އަނެއް ބަޔަކު ބޮއެގެން ޒިނޭ ފާޅުގަކޮށް ފާހިޝް އަމަލުގަ ކެމެރާކުރިމަތީ...ދެންތިބި ބަޔަކު އެކަމަށް ހިއްވަރުދެނީ...ފުލުހުން ތަހުގީގަށް ނުފޫޒުފޯރުވާފަ އެމީހުންވެސް އޮޅުވާލަނީ...ފަހަތުގަ ސިޔާސީ ބޮޑެތިން ތިބިކަމަށްވަނީ.....ކުރުކޮށް ބުނާނަމަ ގައުމުގަ ނެތޭ ލަދުހަޔާތެއް އެއްވެސް ދިމާލަކު..ސިޔާސީ މީހުން ބޮޑެތި މުސާރަ ނަގައިގެންތިބެ ގައުމު ހަލާކުކުރަނީ....އެމީހުންގެ ދަރިން ޕާޓީކުރުމުގަ އެންމެ ކުރީގަވެސް އުޅެނީ...މީގަ ވަކިސިޔާސީ ފިކުރެއްނެތް...ކޮންމެ ތާކުވެސް މިކަހަލަ މީހުން އެބައުޅޭ

The name is already taken The name is available. Register?

މެސީ1

27 April 2025

ސިޔާސީ ފިކުރު އެބައޮތް، މިތަން ޑިމޮކްރަސީ ނަމުގަ ގަޑުބަޑު ކުރީ ކުރިންވެސް ވެރިކަމާ ތޮޅުނު ކެރަފާ އާއިލާ ގަންޖާބޯ އިސްވެ ހުރެ، މުޒާހަރާއައް ރައްޔިތުން ނެރެ ސަލާމަތީ ބާރުތަކުގެ އަގު ވައްޓާލީ ގަންޖާބޯ،

The name is already taken The name is available. Register?

ވެންގަބޯ

27 April 2025

މިހާރު ތިލަނީ މަތިން ފައިބާހުރިމީހެއްތޯ.؟3 ބާރު ވަކިވެފައި އޮންނައިރު އެ އިދާރާތަކަށް ބާރު ފޮރުވަނީ ސަރުކާރުގެ ނުފޫޒު ބޭނުން ކޮށްގެން މަތި މައްޗަށް މީހުން ލިޔަސް ހަމަ އެއްތާކު ޖެހޭނީ ލަނޑަޔާވާނީ ހަމަ ލަނޑަޔާ އަށް ރައްޔިތުގެ އިތުބާރެއް ނެތް މިހާރަކު ވަރަށް ބޮޑަށް ސޮރީ

The name is already taken The name is available. Register?

އިހްސާސް

27 April 2025

އިހުސާނު ޅައެއްޗެއް އަޅައިފި. ޔުމްނުގެ މައްސަލައިގެ ތަހުގީގުގަ އިސްކޮށް އުޅުނީ ނަވީނުވީމަ އޭނައާ ހަވާލުކުރީއޯ. ނަވީނު އިސްވެހުރެ އެހާ ގޯސްކޮށް ތިޔަ މައްސަލަ މީހާތަނަށްވެސް އެބެލީ. މަށަށް މިހާރުވައްތަރީ ސުޖާއު ބުރުވާލަން ނަވީނު ކުރިކަމެއްހެން.

The name is already taken The name is available. Register?

ޗޫޤީ

26 April 2025

ދިވެހިންގެ ހުރިހާވެސް މައްސަލައަކީ މިގައުމުގެ ވެރިކަން ހަވާލުކުރާށޭ ބުނާމީހާއަށް ވެރިކަން ހަވާލުނުކޮށް ވެރިކަން ބޭނުމެއްނޫނޭ ބުނާ މީހުންނަށް ވެރިކަން ހަވާލުކުރުން. ކަމުގެ ޝައުގުވެރިކަން ނެތް ބަޔަކާ މަސައްކަތްތައް ހަވާލުކުރީމާ ވާނެ ހައެތި މިގައުމަށް ވަމުން މިދަނީ. މިހާރު ސަރުކާރު ހީވަނީ އޮޅުން ސުވާއްޔެއްހެން.

The name is already taken The name is available. Register?

މާކޮސް

27 April 2025

ދަހިވެތި ކަމުގެ ފޭރާމުން ހައިސިއްޔަތު އޮޅުވާލައިގެން ތިބި ހައިވާނީ ވިސްނުމުގެ ޣައްދާރުންތަކެެއް މިރާއްޖެއަށް ގެނައި ހަރާމް ބަޣާވާތަށް ފަހު ދިމާވަމުންދާ ހިތްދަތި ކުރަނިވި މުސީބާތް ތަކެއްމީ

The name is already taken The name is available. Register?

ދޮޮންދީދީދީދީ

26 April 2025

މި އެމްޑީޕީ އާއީ ޕީއެންސީވެސް މުޅި އުމުރު މުޒާހާރާކޮށްގެންވެސް ނުވާވަރު މި ޒެންޒީ ގްރޫޕް ދެތިން ދުވަހުން ކޮށްލީ. ސަރުކާރު ގުޑުވާލައިފި. ބިރުން ތުރުތުރު އަޅަންފަށައިފި ޒެންޒީގެ ކުދިންކޮޅެއް މަގަށް ނުކުމެގެން. މާދަމަ އިރުއަރާއިރު ދެން ފެންނާނީ ޒެންޒީ ގްރޫޕް ވެރިކަން ކުރާތަން ކަންނޭންގެ

The name is already taken The name is available. Register?

ރަގަޅު ގޮތަކީ

27 April 2025

ޖެންޒީ

The name is already taken The name is available. Register?

ޗޫޤީ

27 April 2025

މިހާރު ކުރިޔަށް ގެންދާ ސިލްސިލާ މުޒާހަރާތަކުން އެންމެ ބޮޑު ފައިދާއެއްވާނީ އެމްޑީޕީއަށް. ދެން ފެންނާނީ ކޮކަޑިކޭމީދާ ވާރޭފެން ބޮއިގެން ގަދަވާހެން އެމްޑީޕީ ގަދަވެގެން އުޅޭތަން. ވީމާ ޒުވާނުންނަށް އޮތް އިލްތިމާސަކީ ތިކުރާ މަސައްކަތުގައި ސިޔާސީޕާޓީތަކުން ނާޖާއިޒު ފައިދާ ނެގިޔަ ދިނުމަށް ފުރުސަތު ނުދޭށޭ. އެގޮތަށް ފުރުސަތު ދީފިނަމަ އަނެއްކާވެސް ޒުވާނުންނަށް ކުރިޔަށްއޮތީ ހިތްދަތި ދުވަސްތަކޭ. މިގައުމުގެ ކުރިމަގަށް ޕާޓީތަކަށް ގެނެސްދެވޭނެ އިސްލާހެއް ނެތޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454