ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި، އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
13 ޖުލައި 2025 - 21:27
މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ބަލަން އުފެއްދެވި ރިޔާސީ ކޮމިޝަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުވާލައްވައިފި އެވެ.
މިދިޔަ އޭޕްރީލް 18 ވަނަ ދުވަހު ހ. މީޓާޒްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ކޮމިޝަނެއް ރައީސް އުފެއްދެވީ އެ މަހު 27 ވަނަ ދުވަހު އެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ ގަރާރަކުން އެ ކޮމިޝަން މިއަދު އުވާލެއްވީ އެ ކޮމިޝަނާ ހަވާލުކޮށްފައިވާ މަސައްކަތްތައް ފުރިހަމަކުރުމުން ކަމަށެވެ.
ޔުމްނުގެ މައްސަލަ ތަހުގީގުކޮށް ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް އާންމުކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. އެދުވަހު ރައީސް ވަނީ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ހޯމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީއަށް އަންގަވައިފަ އެވެ.
އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަމުގެ ތެރޭގައި:
- ޔުމްނު ހ. މިޓާޒްގެ ފުރާޅުމަތީގައި ވެއްޓިފައި އޮތް ހާދިސާގެ މައުލޫމާތު ލިބުމުން، ފުލުހުންގެ ކޮމާންޑް ސެންޓަރުން އިންވެސްޓިގޭޝަން އޮފިސަރަށް މައުލޫމާތު ދީފައި ވަނީ ގަޑިއެއްހާއިރު ފަހުން ކަމަށް ވާތީ، އިންވެސްޓިގޭޝަން އޮފިސަރަށް ކުށުގެ ވެށްޓަށް ދެވުނީ ކުށުގެ ވެށިން ތަހުގީގަށް ބޭނުންވާނެ ހެއްކާއި ގަރީނާ، ސީން އޮފް ކްރައިމް އޮފިސަރު ނަގައި ނިމުނު ފަހުންކަން.
- ކްރައިމް ސީން ޕްރޮސެސްކޮށް ނިމުނުއިރު ވެސް، މައްސަލަ ތަހުގީގުކުރާ އޮފިސަރަކު ސީންއަށް ހާޒިރުވެފައި ނެތުމުގެ ސަބަބުން، ތަހުގީގަށް ބޭނުންވާ ފުރިހަމަ މައުލޫމާތާއި ހެކިތައް އެ ވަގުތު ހޯދިފައިނުވާކަން.
- ކުށުގެ ވެށްޓަށް ދިޔަ ސީން އޮފް ކްރައިމް އޮފިސަރު، ކްރައިމް ސީން ޕްރޮސެސްކުރި އިރު، ކުށުގެ ވެށީގެ ހުރިހާ ސަރަހައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސްކޮށްފައި ނުވާ ކަމަށާއި ސީން އޮފް ކްރައިމް އޮފިސަރެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ނުކޮށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީން ދޫކޮށްލައިފައިވާކަން.
- މައްސަލައިގައި އެންމެ މުހިންމު އެއްތަން ކަމަށްވާ ޔުމްނު އޮތް މިޓާޒްގޭގެ ފުރާޅުމަތިން އެއްވެސް ހެއްކެއް ލިބޭތޯ މަސައްކަތެއް ކޮށްފައިނުވާ ކަމާއި ކުށުގެ ވެށީގެ ބައުންޑްރީއެއް ކަނޑައެޅިފައި ނެތްކަމާއި ކުށުގެ ވެށި ރައްކާތެރިކުރެވިފައި ނުވާކަން ފާހަގަކުރެވޭކަން.
ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި، ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންގެ މަގާމުގައި އޭރު ހުންނެވި ދާއޫދު އަހުމަދު ދޮގު ބަޔާން ދިން މައްސަލާ ފާހަގަވެ، މިދިޔަ މަހުގެ 19 ވަނަ ދުވަހު ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.
ޔުމްނު ވެއްޓުނު ރޭ އޭނާއާ އެކު އެންމެފަހުން އުޅުނު ރައުދު އަހުމަފު ޒިލާލް ހައްޔަރު ވެސް ކުރި އެވެ. އޭނާ މިހާރު ބަންދުން ދޫކޮށްލާފައި ވިޔަސް، އޭނާގެ މައްޗަށް ވަނީ އެހީ ނުވުމުގެ ދައުވާކޮށްފަ އެވެ.
އެ މައްސަލާގައި ފުލުހުންގެ ތަހުގީގާ މެދު ކަންބޮޑުވުން ފާޅުކޮށް މާލޭގައި ޒުވާނުންތަކެއް ސިލްސިލާ މުޒާހަރާތަކެއް ވެސް ކުރި އެވެ. އެ މުޒާހަރާތަކާ ގުޅިގެން އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު އިސްތިއުފާ ދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަނަވަރޭ
14 July 2025
ތިކޮމިޝަންގަނޑުން ވީ ކަމެއް ޚަރާމުން ޚަރާން... ކުއްވެރިވި މީހެއް އިންސާފު ލިބުނު މީހެއްނެތް!!!
ރމ2028
14 July 2025
މިހާތަނަށް މި ރާއްޖެ ތާރީޙްގައި އުފެދުނު އެންމެ ފުރިހަމަ މަސައްކަތެއް ކޮއްދެއްވި ކޮމިޝަން. ޝުކުރިއްޔާ ރައީސް މުއިއްޒު. ރމ2028-2053
ހާދަ ފަސޭހައޭ ދޯ؟
14 July 2025
ތިގޮތަށް އިސްރާއިލްގެ މުސީބާތުން އިސްލާމީ އުއްމަތް ސަލާމަތް ކޮށްލެވޭނެނަމަ؟ ހައްގުތަށް ދާންޖެހޭ އަދި ލިބެންޖހޭ އެންމެނަށް ލިބިހަމަވީ ދެއްތޮ؟ ވަރަށް ފައްކާ، މަޖާ ކަމެއް؟
އެދުރު1
14 July 2025
ތި ރިރާސީ ކޮމިޝަނަށް ވުރެ އެރޭ މަސްތުވެގެން އުޅުނު ޖެންޒީ އަންހެނާ އާއި އެ އާއިލާގެ ބާރު ގަދަ. ބަޔާން ގަނޑެއް ވެސް ނުނެގުނު
މެލޭސިއާގެ އެޕާރޓްމަންޓް
14 July 2025
ހުސް ނޫސް ހެޑްލައިން އެޅުންނޫންކަމެއްނެތް ފުލުހުންގެ އިސްވެރިން އަޑީގައިތިބެގެން ޕްރެޝަރ ކުރުމުން ކޮމިޝަނަރ އިސްތިއުފާ ދިނުންނޫންކަމެއް އެބަޮތްތަ ކުރެވިފައި ތިމައްސަލާގައި ނެތެއްނޫން ކޮމެންޓް ޖަހައިދޭތި
ހަމްދާ
14 July 2025
ތީހަމަ ހުސް ޖަމަލު ފޮޑި.
ސަސި
14 July 2025
މިހާރު ކިހިނެތްތަމިވީ؟ ގެއްލުނު ކަނޑު ހޯދުން ތިވެރިންނާއި ހަވާލު ކުރިނަމަ އެއްނު
އޮނަރަބްލް އަފީފު ދީދީ
13 July 2025
ކޮމިޝަން އުވާލިއިރު ކޮމިޝަނުން ފުލުހުންގެ މުއައްސަސާގެ ފަރާތުން މައްސަލަ ތަޙްޤީގު ކުރި ފުލުހުން ވެފައިވާ އިހްމާލަށް އަޅާން ލަފާދެއްވި ކަންކަމަށާއި، މައްސަލާއިގައި ހިމެނޭ 2 ޕާޓޭންގެ ބޮޑު ބޭބެއާއި ފުލުސް އޮފީހުގެ ވެެރިޔާ އާއި ދެމީހުންގެ މެދުގައި ހިންގާފައިވާ ނުސިޔާރު މުއާމަލާތަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އެޅުއްވިތޯ؟ މިކަންކަން ނުކުރާނަމަ ތިޔަ ކޮމިޝަނެއް އުފެއްދުމުގެ ބޭނުމެއް އޮތް ކަމަކަށް ނުދެކެން. ކުރިން އޮތްގޮތަށް ކަން ނިންމާލީމާ އޯކޭ ވާނެ.
ހަބީބު.
13 July 2025
އަލީއިހުސާނައް ފިޔަވަޅު އަޅަންޖެހޭ
ޑާޑި
14 July 2025
ބަލަ ކަލެއަށް ކީއްތަ އަލީ އިހުސާނު ކުރީ ؟
ފިޔަވަޅުބެ
14 July 2025
ކޮންކަމަކާ؟ އޭނައަށް މީހަކު މެސެޖް ކުރީމަތަ؟ ނޫނީ ފޮރެންސިކް ކްލިއަރަ ކުރިފަހުން ސީން ބަލާލަން ދިޔައިމަތަ؟ ސީން ބަލާލަން ކަލޭމެން ކިތަށް މީހުން ދިޔައިންތަ؟