ރިޔާސީ ކޮމިޝަންގެ ރައީސް މުނައްވަރު: އެ ކޮމިޝަންގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން މިއަދު ބާއްވަން ވަނީ ނިންމާފައި - ފޮޓޯ: މިހާރު
30 އެޕްރީލް 2025 - 09:09
މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ހާއްސަ ކޮމިޝަންގެ ފުރަތަމަ މީޑިއާ ބްރީފިން މިއަދުގެ މެންދުރަށް ތާވަލުކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން ބާއްވަން ނިންމާފައިވަނީ މެންދުުރު 1:00 ގަ އެވެ. އެ ކޮމިޝަންގެ އޮފީސް ވެސް މިހާރު ވަނީ ރާއްޖޭގައި ހުންނަ ސައޫދީ އެމްބަސީ ކުރިން ހިންގި އިމާރާތުގައި ގާއިމްކޮށްފަ އެވެ.
ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް މި މަހުގެ 18 ވަނަ ދުވަހު ގ. ރަނައުރާގޭއާގޭ ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރަން ރައީސް މުއިއްޒު ހާއްސަ ކޮމިޝަނެއް އުފެއްދެވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.
ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި އެ ކޮމިޝަންގެ ރައީސަކީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ.
ރައީސް އުފެއްދެވި ހާއްސަ ކޮމިޝަންގެ ފަސް މެމްބަރުން:
1- ޑރ. މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
2- ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހުމަދު މުހައްމަދު، ވ. އަލްމާން
3- ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
4- ޖަބީން މުހައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
5- އާމިނަތު އީނާސް، ހ. ހަބަރުގެ
ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި ވިދާޅުވެފައިވަނީ، ކޮމިޝަންގެ ބޭނުމަކީ މާލޭގެ ގެއެއްގެ ފުރާޅުމަތީގައި 21 އަހަރުގެ ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިތޯ ބެލުމާއި އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، ކަން ހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކު ކުރުން ކަމަށެވެ.
ރައީސްގެ ހާއްސަ ގަރާރުގައި އެ ކޮމިޝަނަށް ވަނީ ބޮޑެތި ބާރުތަކެއް ދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
1- ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގަ އާއި ތަހުގީގުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން.
2- ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގަ އާއި ތަހުގީގުތަކަށް އެހީތެރިވުމަށް ރާއްޖެ އިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި ރާއްޖެ އިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން؛
3- ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރުގެ ބޭނުންކުރުން. 4- ހައްޔަރު އަމުރާއި ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން؛
5- ހާޒިރުކުރަންޖެހޭ ކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރު ކޮށްގެން ސުވާލުކުރުމާއި މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެ ނޫން ވެސް ހެކި ހޯދުމާއި އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން.
6- ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައި ވާ ނަމަ އެ ތަހުގީގަކަށް ނުވަތަ އެ ނޫން ވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި ހެއްކާއި ގަރީނާތަކާއި އެ ނޫން ވެސް މައުލޫމާތު ހޯދުން.
ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް މުއިއްޒު ހާއްސަ ކޮމިޝަނެއް އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުންނެވެ. ޔުމްނު ވެއްޓުމުން ލިބުނު އަނިޔާތަކަށް ފަރުވާ ދޭން އެންމެ ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށެވެ. އެ އަށް ފަހު، އިތުރު ފަރުވާއަށް މެލޭޝިއާ އަށް ފުރުވާލީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހދހދހދހ
30 April 2025
މިދޭތެރެއަކުން ތުއްތު ކުއްޖަކު ގަޔަށް ރަށެއްގެ ހޮސްޕޮޓަލަކުން އިންޖެކްޝަން އެއް ޖަހައިގެން މަރުވި މައްސަލައިގައި އެއް ރިއެކްޝަނެއްނައިސް، މަސްތުވެ އޮރިޔާންވެ އަމިއްލައަށް ވެއްޓުނުކަމަށް ބޮޑަށް ބެލެވޭ މި މައްސަލައިގައި ދައުލަތުގެ ބަޖެޓުން ހާދަފައިސާއެކޭ ތަޅާ ބުރުވޅަނީ. ބޭސްފަރުވާގެ އެހެން މައްސަލަތަކާ ޚިލާފަށް އާއިލާގެ 12 މީހަކަށް ސަރުކާރުގެ ހަރަދުގަ ޓިކެޓްދީ ކޮމިޝަން އުފައްދާ. މައްސަލަ ނިމޭއިރު ވެއްޓުނީ އަމިއްލައަށްކަން ކުއްޖާ ބުނެފިއްޔާ ދެނޯ
ފުރޭތަ1
30 April 2025
ރަނގަޅު ވާހަކައެއް އެކަމު 12 ސީޓް ނެގީ ސްޓެރެޗަރުގެ ޖާގަޔަށް. ބަޔަކު ޕްރެޝަރު ކިރިއޭ ކިޔާފަ ރަށްޔިތުން މެދުގަ ތަފާތު ކުރެވިގެން ނުވާނެ
ކާކު
30 April 2025
ތިކަމައްވެސް ދާނެ މިލިއަނެއްހާ ރުފިޔާ
ސުވާދީބު ބޯއި.
30 April 2025
ނޫސް ކޮންފަރެންސެއް ބާއްވާ ވާހަކައަކީ ގައުމުގެ މިއަދުގެ ބޮޑު ޚަބަރުތޯ. ބްރޭކިން ނިއުސްތޯ. އެވެސް ކޮމިޝަން ހަދާ އަދި މަސައްކަތް ނުފެށިގެން އުޅެނިކޮށް؟ ތިއީ ރައްޔަތުން ގުބޯ ހައްދަން، އަމިއްލަ މެޑަލް ޖަހަން ބާއްވާ އެއްޗެއް ކަމަށް ފެންނަނީ. ކިޔާނީ، ހޯދާނަމޭ، ބަލާނަމޭ، ބިރެއް ނުގަންނާނެއޭ، ނުފޫޒެއް ނުފޯރާނެއޭ، ނުފޮރަޅާނެ އެންމެ ގަލެއް ވެސް ނުބާއްވާނަމޭ. މިބަނދިވަރު ކިޔާފައި ނިންމާލާނެ. އުޑުން ތަރިބާލަދޭ ނޫސް ކޮންފަރެންސް
މުޒީރު
30 April 2025
ތީ ކަނޑު ހޯދި މީހިން. މިހާރު އެތަން ލިބިގެން ދިވެހިން ފޯޅަވަހިން ބިން ދޫކުރަނީ
ކަހެރުވައް
30 April 2025
ރިޔާސީ ކޮމިޝަނުގެ ބޭނުމަކީ ފުލުހުން މިކަމުގަ އިހުމާލުވެފަ އޮތް މިންވަރު ބަލާ ފިޔަވަޅު އެޅުން ކަމުގައިވާނަމަ އެއީ ނުރަނގަޅު މެސެޖެއް. އެހެނީ މައްސަލައިގެ އަސްލު އޮތްތާ ބާއްވާފަ ފުލުހުންގެ ގައިގަ ހިފާ ދެމުމަކުން އަސްލު މައްސަލަ ހައްލުނުވާނެތީ.
ފުރޭތަ1
30 April 2025
މިމައްސަލަ ގައުމީ މައްސަލައަކަށްވީ ފުލުހުން ނުފޫޒުގަދަ ބައެއްގެ ދަރީންވީމަ މައްސަލަ ގެންދަން އުޅުނު ގޮތުން. ކޮމިޝަނުން އެކަން ބަލާ އުޞޫލުން ބޭރުން މަސައްކަތް ކުރި ފުލުހުންނަށް ފިޔަވަޅު އަޅާ ދެން އެހެން ކަންވިޔަ ނުދޭން މަސައްކަތް ކުރަންޖެހޭ
7676554
30 April 2025
ދަންވަރު އެކެއް ޖަހާއިރުތަ!
ނާޑުވާ
30 April 2025
މުނައްވަރު ލީ ހިސާބުން ޔަޤީންވެއްޖެ ފެއިލް ވެއްޖެކަން. ކަނޑުހޯދާށޭ ކިޔައިގެން ސްޓަންޓްޖެއްސި ކަލޭގެ.
ދަލޭކަ.
30 April 2025
ކަލޭ ފޭލް ނުވެ ހުރިމީހާ ހުރިކަން އިގޭ ދިވެއްސަކު ނުވެސް ނެތް. އެހެންވެ އަދިވެސް މުނައްވަރު މިޖެހެނީ މިފަދަ ކަންކަމާއި ޙަވާލުވާން.
ހައްޖަ.
30 April 2025
ކިހާވަރަކުން ދާނެބާ.ބޮނޑު ނިގުލަށް ބާ.ދާނީ.މާޒީ އިން ލިބުނު އިބްރަތް ތަކުން.
އެކްސްް
30 April 2025
ކަނޑުން ވިއްލާކިބައި ހޯދިއްޖެތަ؟
އިބުރާހިމް.
30 April 2025
ކަނޑު ވިއްކާލީ މުނައްވަރެއްނޫން. އަދި މުނައްވަރު ހުރީ ކަނޑު ހޯދަންޖެހޭ މަޤާމެއްގައިވެސް ނޫން.
ޖެންޒީ
30 April 2025
ހާތްޓެރީ