ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ކޮމިޝަންގެ ބޭފުޅުން: (ކ-ވ) ޖަބީން މުހައްމަދު، އާމިނަތު އީނާސް، ޑރ. މޫސާ މުރާދު، ޑރ. މުހައްމަދު މުނައްވަރު އަދި އަހްމަދު މުހައްމަދު.-- ފޮޓޯ: މިހާރު
28 އެޕްރީލް 2025 - 17:22
މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ހާއްސަ ކޮމިޝަނަށް އިތުރު ތިން ބޭފުޅަކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފި އެވެ.
އެ ކޮމިޝަނަށް އަލަށް އައްޔަން ކުރެއްވީ ދަފްތަރު ނަންބަރު ރސ 641، ޑރ. މޫސާ މުރާދު އާއި ތ. ވޭމަންޑޫ، މޫނިމާގޭ، ޖަބީން މުހައްމަދު އަދި ހ. ހަބަރުގެ، އާމިނަތު އީނާސް އެވެ.
މީގެ ތެރެއިން އީނާސްއަކީ އެޗްއާރުސީއެމްގެ ކުރީގެ ރައީސެވެ. ޖަބީންއަކީ ހުޅުމާލެ ހޮސްޕިޓަލްގެ ނާސިން ޑިރެކްޓަރެވެ. ޑރ. މުރާދަކީ އައިޖީއެމްއެޗުގެ ސީނިއާ ފިޒީޝަނެކެވެ.
މި ތިން ބޭފުޅުންނާ އެކު އެ ކޮމިޝަނުގައި ޖުމްލަ ފަސް މެމްބަރުން ތިއްބަވާނެ އެވެ. ދެން ތިއްބަވާ ދެ މެމްބަރުންނަކީ އެންމެ ފުރަތަމަ އައްޔަންކުރެއްވި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު މުހައްމަދެވެ.
ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރަން ރައީސް އެންމެ ފުރަތަމަ ކޮމިޝަނަށް މެމްބަރުން އައްޔަން ކުރެއްވިއިރު، އަންހެން ބޭފުޅަކު ހިމަނާފައި ނެތުމުން ބައެއް މީހުންގެ ކަންބޮޑުވުންތައް ހުއްޓެވެ. އެކަމަކު، ފަހުން މި ވަނީ ދެ އަންހެން ބޭފުޅަކު އެ ކޮމިޝނަށް އައްޔަން ކުރައްވައިފަ އެވެ.
1- ޑރ. މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
2- ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހުމަދު މުހައްމަދު، ވ. އަލްމާން
3- ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
4- ޖަބީން މުހައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
5- އާމިނަތު އީނާސް، ހ. ހަބަރުގެ
ރައީސް އެ ކޮމިޝަނަށް އިތުރު ތިން ބޭފުޅަކު މިއަދު އައްޔަންކުރެއްވި އިރު، ކޮމިޝަން އުފައްދަވައި، މެމްބަރުންގެ ގޮތުގައި އެންމެ ފުރަތަމަ އައްޔަންކުރެއްވި ތިން ބޭފުޅުންގެ ތެރޭގައި ހިމެނޭ ކަށީގެ ޑޮކްޓަރު މުހައްމަދު ހަބީބު ވަނީ އިއްޔެ އެ ކޮމިޝަނުން ވަކިވެވަޑައިގެންފަ އެވެ. ޑރ. ހަބީބް ކޮމިޝަނުން ވަކިވެވަޑައިގަތީ، ޔުމްނު ވެއްޓުނު މައްސަލާގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް އާއިލީ ގުޅުން އޮންނާތީ އެވެ.
ޔުމްނު ވެއްޓުނު ރޭ އޭނާއާ އެކު އެންމެ ފަހުން އުޅުނު ރައުދުގެ މަންމައަކީ އައްޑޫ ހިތަދޫގެ މީހެއް ކަމަށް ވާއިރު އޭނާ އާއި ހަބީބުއާ އާއިލީ ގޮތުން ގުޅުން އޮންނަ ކަމަށް އެނގިފައިވެ އެވެ. ހަބީބަކީ ވެސް ހިތަދު އަަށް އުފަން ބޭފުޅެކެވެ. ޔުމްނު ވެއްޓުނު މައްސަލާގައި ޕާސްޕޯޓާއި ފޯނު ހިފަހައްޓާފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ. މީނާޒް، ޔޫސުފް ޔައްސާރު އަބްދުއްޣަފޫރުގެ މަންމަ ހާލާ ހަމީދާއި ޑރ. ހަބީބަކީ ވެސް ކްލާސްމޭޓުންނެވެ.
ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް މި މަހުގެ 18 ވަނަ ދުވަހު ގ. ރަނައުރާގޭއާގޭ ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރަން ރައީސް މުއިއްޒު ހާއްސަ ކޮމިޝަނެއް އުފެއްދެވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.
ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި އެ ކޮމިޝަންގެ ރައީސަކީ ޑރ. މުނައްވަރެވެ.
ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި ވިދާޅުވީ، ކޮމިޝަންގެ ބޭނުމަކީ މާލޭގެ ގެއެއްގެ ފުރާޅުމަތީގައި 21 އަހަރުގެ ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިތޯ ބެލުމާއި އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، ކަން ހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކު ކުރުން ކަމަށެވެ.
ރައީސްގެ ހާއްސަ ގަރާރުގައި އެ ކޮމިޝަނަށް ވަނީ ބޮޑެތި ބާރުތަކެއް ދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
1- ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގަ އާއި ތަހުގީގުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން.
2- ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގަ އާއި ތަހުގީގުތަކަށް އެހީތެރިވުމަށް ރާއްޖެ އިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި ރާއްޖެ އިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން؛
3- ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރުގެ ބޭނުންކުރުން.
4- ހައްޔަރު އަމުރާއި ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން؛
5- ހާޒިރުކުރަންޖެހޭ ކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރު ކޮށްގެން ސުވާލުކުރުމާއި މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެ ނޫން ވެސް ހެކި ހޯދުމާއި އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން.
6- ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައި ވާ ނަމަ އެ ތަހުގީގަކަށް ނުވަތަ އެ ނޫން ވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި ހެއްކާއި ގަރީނާތަކާއި އެ ނޫން ވެސް މައުލޫމާތު ހޯދުން.
ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް މުއިއްޒު ހާއްސަ ކޮމިޝަނެއް އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުންނެވެ. ޔުމްނު ވެއްޓުމުން ލިބުނު އަނިޔާތަކަށް ފަރުވާ ދޭން އެންމެ ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށެވެ. އެ އަށް ފަހު، އިތުރު ފަރުވާއަށް މެލޭޝިއާ އަށް ފުރުވާލީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.
އޭނާގެ ފަރުވާއަށް އެންސްޕާއިން 25،000 ޑޮލަރު (385،500ރ.) ހަމަޖައްސައިދިނެވެ. އޭގެ ތެރޭގައި ނަރުހަކާއި ޑޮކްޓަރަކާއި އާއިލާ މީހުންގެ އިތުރުން ސްޓްރެޗާ ބަހައްޓަން ނެގި ސީޓުތަކަށްވާ ފައިސާ ހިމެނެ އެވެ. ސޯޝަލް މީޑިއާގައި ހިންގި ކެމްޕެއިންގައި 700،000 އަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފުން
29 April 2025
ކޮމިޝަނެއް ހެދިޔަސް އެހެން ކަމެއް ކުރިޔަސް ދިވެހިންނަށް ހަމަ ހެޔޮ އެއްގޮތެއް ނޯންނާނެއެވެ. ދިވެހިން މޮޅުވާނީ ފަރުދީ ޒިންމާ އަދާނުކޮށްތިބެ ފާޑުކިޔުމަށާއި ހައްގު، ހައްގު ގޮވާށެވެ. ނޯ ޒިންމާ.
ޒަވިޔަނި
29 April 2025
ތިކޮމިޝަން ތަކުން ކުރާމަސައްކަތް ވަރަށް ރަނގަޅައް އަޅުގަނޑުމެންނައް އެގިހާމަވޭ. ތީހަމަ ބަޔަކައް ބޭކާރު ގޮތުގަ ލާރިދޭން ކުރާކަމެއް. ތިކޮމިޝަންގެ މަސައްކަތުން ކުރާއެއްވެސްކަމެއް ހިގައިނުގަންނާނެކަމީ އެއްވެސް ޝައްކެއްހުރި ކަމެއްނޫން. ކޮބާ މީގެކުރިންހެދި ކޮމިޝަންތަކުގެ މަސައްކަތް؟ މަރްޙޫމް އަފްރާޝީމްގެ ކޭސްއައްވެސް ކިހިނެއްވީ؟މަރްޙޫމް ރިލްވާންގެ ކޭސް ކޮބާ؟ ވީތަ ކަމެއް؟ ތިހުރިހާކަމެއްވެސްބެލެވޭނެ ދުވަހެއް އެބައޮތް. އެދުވަހަކުން ތިމައްސަލަތައްބެލެވޭނެ
އަހްމަދް
29 April 2025
ޒަކިއްޔާ އަކީ ރާއްޖެތެރޭ މީހެއް ވީމަތޯ ނޫނީ ނިކަމެއްޗެއް ވީމަތީ ކޮމެޓީ ނަހަދަނީ...
ސިޓިޒަން. ޢޮފް މޯލްޑިވްސް
29 April 2025
ޖިނާއީ ކުށުގެ ތަހުގީގެއް އިދާރާޢަކުން ހިންގައި ނިމުމުން މިފަދަ ކޮމިޝަނަކަށް ދިރާސާ ކުރުން އެންމެ ރަގަޅު! ފުލުހުންގެ ޒިންމާދާރުކޮށް، ތަހުގީގު އަވަސް ކުރުމުގެ ދުސްތޫރު ހަމަޖެހިފައި އެބައޮތް! ބޭނުންވަނީ އިދާރާތަކުން ޒިއްމާ އުފުލުން!
ވަތޯށްޑޮ
29 April 2025
މިޔަ ނިމިގެން ދާނީ ޗޯލިހު އުފެއްދި ކޮމިޝަން ގޮތަށް ކޮޅެއްގަ ނުޖެހި، ކޮމިސަން އެންމެން މަހަކު 80000 ރުފިޔާ ހިފައިގެން ގޭގަ ނިދަން އޮވެގެން.
ނޯބަލް
29 April 2025
ތިޔަ ކޮމިޝަނަކީ ގާނޫނީ ކިހާ ބުރަދަނެއްހުރި ކޮމިޝަނެއްތޯ؟ ތިޔަ ކޮމިޝަނުން ނިންމަ ނިންމުމެއްގެ މައްޗަށް ބަލައި ޕީޖީއަށް ދައުވާ ކުރެވިދާނެތޯ؟ އަދި ފުލުހުންގެ ތަހުގީގާއި ތިޔަ ކޮމިޝަނުގެ ތަހުގީގުގައި ދެ ނަތީޖާއެއް ނުކުމެއްޖެނަމަ، އެތަނުން ޕީޖީ އަމަލު ކުރަންޖެހެނީ ކޮން ނަތީޖާއަކަށްތޯ؟ މިހިރީ އާއްމު ރައޔިތުންގެ ހިތުގައި އުފެދޭ ސުވާލު، ސިޔާސީ ބޭނުމެއްގައި ކޮމިޝަނެއް އުފައްދައި އެއްވެސް ބަޔަކު އަމަލުކުރަންނުޖެހޭ ނިންމުންތަކެއް އެތަނުން ނިންމީމާ ކީއްތޯވާނީ
އޮނަރަބްލް ނިދަން މިޔަރު ކޮމިޝަން
29 April 2025
ރިޔާސީ ކޮމިޝަނު ގަޑި އެމެރިކާ ގެ ރަސްމީގަޑިޔަށް ހަމަކުރާތި ރާއްޖެއަށް ދަންވަރުގެ ވަގުތުގައި .
ބަލަންތިބެންވީ
28 April 2025
ކޮމިޝަން ކޮމިޝަނުން ކުރާކަންތައް ވަރަށް ގިނައިން ފެނިއްޖެ. ވެއްޓިފައޮތްކަންއެނގި ފުލުހުންނަށް ހުށަހެޅި ތަހުގީގުފެށި އެންމެމުހިންމުވަގުތު ހޯދަންވާ ހޯދުންތަކަށް ފުލުހުން އިހުމާލުވެފަވާމިންވަރާއި ކަންތައްތައް ނުއޮޅޭވަރަށް މިއޮތީ އެނގިފަ. ތިކޮމިޝަނުގައި ގިނައީ ދުނިޔަވީކަންތައް އެނގުން ލާޒިމް ދިރިއުޅުން ތަޖުރިބާ ކޮށްފައިވާ ތަންދޮރުފިލާ މައްސޫލިއްޔަތަކީ ކޯޗެއްކަމާއި ޖަވާބުދާރީވާންޖެހޭދުވަހެއް އަންނާނެކަން ދަންނާނެ ތަޢުލީމީ ބޭފުޅުން. ވާގޮތް އެނގިދާނެ.
އިލްތިމާސް
28 April 2025
ތިޔަ ކޮމިޝަނުން ކުރާ ތަހުގީގުގައި ދަންވަރު ނުނިދައި އެއްގެއިން އަނެއް ގެޔަށް ދުވިއިރު ޒިންމާ އުފުލަންޖެހޭ ބެލެނިވެރިން ޒިންމާ ނޫފުލި ސަބަބެއް ބަލައި، ކުރިޔަށް އޮތްތަނުގައި ތިމާމެންގެ ބެލުމުގެ ދަށުގައި ތިބޭ ޒުވާނުން ނުބަލަހައްޓާނަމަ ދޭންވީ އަދަބެއް ހިމަނުންވައިދެއްވުން އެދި ދަންނަވަން. އަދި މި ކުއްޖާއަށް އިހުމާލުވެރިން ބަލައި އާންމުކޮށް ހާމަކޮށްދެއްވުން އެދި ދަންނަވަން.
ގެޓު ވެބަ
29 April 2025
ތި ދައްކަނީ 18 އަހަރު ވެފަ ތިބި ބައެއްގެ ވާހަކަ. އެއީ ދީނީ ގޮތުންވެސް ގާނޫނީ ގޮތުން ވެސް ކުޑަ ކުދިންނެެއް ނޫން
ސަކީނާ40
29 April 2025
ބަލަގަ ބެލެނިވެރިން ގެ ޒިންމާ ކިޔަން 18 އަހަރު ނުވާ ކުޑަކުދިންތަ؟ ތިހެން ތިކަން އޮތްނަމަ މަތީފަޑީގައި ތިބެ ވައްކަން ކުރާ މީހުންގެ ބެލެނިވެރިން ޒިންމާ ވާން ނުޖެހެނީ ކީއްވޭ.
ރައްދު
29 April 2025
ތިޔަގޮތަށް ތިޔަ ކޮމެންޓު ނުކުރީސް އެއީ ތިބާގެ ދަރި ނަމަ. އައިލާ ކުއްޖެއް ނަމަ. ކޮންމެ ގޮތަކަށް އުޅުނަސް، މަރަށް އޮތް ހާލުގަ މީހަކު ދޫކޮއްލާފަ ދިޔުން ގޯސް. ކޮންމެ ގޮތަކަށް އުޅުގެންވި ކަމެއް ކަމުގައިވިޔަސް، މިވަގުތު އާއިލާ އެތިބީ ވަރަށް ބޮޑު ހިތާމައެއް ތެރޭގަ. ވަރަށް ބައިވަރު ހިތާމައިގެ ތެރޭގަ. ދަރިފުޅުގެ ފުރާނަޔާއި މެދު އުފެދޭ ސުވާލުގެ ހިތާމަ. ދަރިފުޅުގެ ވީޑިއޯ އާއްމުކުރުމުން ލިބުނު ލަދުވެތި ކަމުގެ ހިތާމަ. ހިތުގައި އެއްވެސް ރަހުމެއް ނެތީތޯ؟
އޮަޓޯ
29 April 2025
ގާނޫނީ ގޮތުން ކުޑަކުދިންނެއް ނޫނޭތަ! އެކަމަކު ތިޔަ ބުނާ އުމުރަކަށް އެކުދިން ދިޔައިރު އަޚުލާޤެއް ނެތް ގޮތެއް ފޮތެއް ނެތް ހެއްދެވިހައި ފާހިޝް ޢަމަލެއް ކުރާވަރަށް ތަރުބިއްޔަތު ކުރީ ކޮންބައެއްތަ! އެ މައިންބަފައިންގެ ޒިންމާއެއް ނެތްތަ! ގާނޫނަކާ އަރާހަމުވުމުގެ ކުރިން ތިމާމެންގެ ދަރިން އިސްލާހުކޮށް ރީތި ގޮތުގައި އުޅެން ދަސްކޮށްދިންނަމަ 18 އަހަރު ކީއްކުރަން ހެއްޔެވެ؟ 50 އަހަރު ވިޔަސް ތިބޭނީ ހަމައިގައި. ގެޓު ވެފައި ތިބެގެން މިވާހަކަ މިދައްކަނީ.
ތަލްހާ
28 April 2025
މިނިވަން ތަހުގީގެެއް ހިންގަން ނެގި ކޮމިޓީއަކަށް ޑޮކްޓަރުންނާއި ނަރުހުން ލުމުގެ ބަދަލުގައި، ޓެކްނިކަލް ލަފާއެއް ބޭނުންވީމަ އެމީހުން ކޮމިޓީއަށް ގެނެވިދާނެދޯ. އޭސީސީ އަދި ޕޮލިސްފަދަ މުއައްސަސާތަކުގެ ރިޓަޔާރޑް ނުލާހިކު ކަމުގެ ތަޖުރިބާހުރި މޮޅެތި ބޭފުޅުން ތިބޭނެ. ކީކޭ ދެން ބުނާނީ.
ހާދަ ފުލުހުން ނުލެވިގެން ތިޔަ އުޅެނީ؟
29 April 2025
ތިބުނާ އޭސީސީ އާ ޕޮލިސް އިން މިހާތަނަށް ކޮން ކަމެއް ވެފަ އޮތީ؟ އީނާސް އަކީ އެޗްއާރުސީއެމްގެ ކުރީގެ ރައީސް. އެއީ ތަހުގީގު ކުރާ ތަނެއް. މުނައްވަރަކީ ކުރީ ގެ ބަންޑާރަ ނައިބު.