މިއީ އާދަޔާ ހިލާފު ބޮޑު ހާދިސާއެއް އަދި ގިނަ ބައެއްގެ ކަންބޮޑުވުންތަކާ ގުޅިގެން އުފެއްދި ރިޔާސީ ކޮމިޝަނެއްގެ ރިޕޯޓު ސެންސަރު ކުރުމެއް ނެތި އާންމުކުރާ ފުރަތަމަ ފަހަރު.
ރައީސް ޑރ. މުހައްމަދު މުއިއްޒު: ޔުމްނު މައްސަލާގައި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް އާންމުކުރަން އެމަނިކުފާނު ވަނީ އަންގަވައިފައި.-- ފޮޓޯ: ރައީސް އޮފީސް
17 ޖޫން 2025 - 13:02
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި އުފެއްދެވި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް އެ އޮތްގޮތަށް އާންމުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަންގަވައިފި އެވެ.
ރައީސް ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް މިހާރު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ރިޕޯޓް އެއްކޮށް، އޮތްގޮތަށް އާންމުކުރަން މިހާރު އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މިއީ އާދަޔާ ހިލާފު ބޮޑު ހާދިސާއެއް އަދި ގިނަ ބައެއްގެ ކަންބޮޑުވުންތަކާ ގުޅިގެން އުފެއްދި ރިޔާސީ ކޮމިޝަނެއްގެ ރިޕޯޓު، ސެންސަރު ކުރުމެއް ނެތި އާންމު ކުރަން ރައީސަކު ނިންމެވި ފުރަތަމަ ފަހަރެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓި، އަނިޔާވި ޔުމްނުގެ މައްސަލާގައި ފުލުހުންގެ ތަހުގީގާ މެދު އާންމުންގެ ފާޑުކިޔުންތައް ބޮޑުވުމުން އެ މައްސަލަ ބެލުމަށްޓަކައި ހާއްސަ ރިޔާސީ ކޮމިޝަނެއް ރައީސް މުއިއްޒު އުފެއްދެވީ އެ މަހުގެ ފަހުކޮޅު އެވެ. ގާތްގަނޑަކަށް ދެ މަސްދުވަހު އެ ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު ތައްޔާރުކުރި ރިޕޯޓް ރައީސަށް ފޮނުވީ މިއަދެވެ.
ޔުމްނު ވެއްޓުނު މައްސަލާގައި ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުން ރައީސް އުފެއްދެވި ކޮމިޝަންގައި ތިއްބަވަނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި ޑރ. މޫސާ މުރާދާއި ޖަބީން މުހައްމަދާއި އައިމިނަތު އީނާސް އެވެ. ކޮމިޝަންގެ ރައީސަކީ މުނައްވަރެވެ.
އެ ކޮމިޝަނުން ބޭއްވި ހަމައެކަނި މީޑިއާ ބްރީފިންގައި މުނައްވަރު ވިދާޅުވީ ކޮމިޝަންގެ މެންޑޭޓުގައި އޮތީ ހާދިސާ ހިނގި ސަބަބު ތަހުގީގުކޮށްފި ތޯ ނުވަތަ ނޫންތޯ ބެލުން ކަމަށާއި އެކަން ކޮށްފައި ނެތް ނަމަ ކޮމިޝަނުން ތަހުގީގު ކުރަން ޖެހޭނެ ކަމަށެވެ.
ޔުމްނުގެ މައްސަލާގައި ރިޔާސީ ކޮމިޝަންގެ ތަހުގީގު ނިމި، ރައީސަށް ރިޕޯޓް ފޮނުވައިފި https://t.co/UM9ZzVfWX4
— Mihaaru (@Mihaarunews) June 17, 2025
ޔުމްނު ވެއްޓުނީ ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށެވެ. ޔުމްނު ވެއްޓުމުގެ ކުރިން އޭނާއާ އެކު އެންމެ ފަހުން އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް ހައްޔަރު ވެސް ކުރި އެވެ. އެކަމަކު، ވަކި ހިސާބަކުން ޕްރޮސިކިއުޓާ ޖެނެރަލްގެ އިރުޝާދުގެ ދަށުން އޭނާ ބަންދުން ދޫކޮށްލި އެވެ. އޭގެ ފަހުން މި މަހުގެ ހަތަރު ވަނަ ދުވަހު ޕީޖީ އޮފީހުން ވަނީ ރައުދުގެ މައްޗަށް ދައުވާ އުފުލައިފަ އެވެ.
ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި ރައުދަށް ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާ އެވެ. އޭގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
ރައުދަށް އެ ދައުވާކުރަނީ ޔުމްނު ވެއްޓުނުކަން އެނގި ހުރެ، އޭނާއަށް އެހީތެރިކަންދީފައި ނުވާތީ އާއި އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުން ހުރި އެއްވެސް އިދާރާއަކަށް ވެސް ރިޕޯޓު ކޮށްފައި ނުވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް ނިންމައި ރައީސް މުއިއްޒަށް އެ ކޮމިޝަންގެ ރިޕޯޓު ފޮނުވިއިރު، ފުލުހުން އެންމެ ފަހުން ވެސް ބުނެފައި ވަނީ މިހާރު މެލޭޝިއާގައި ފަރުވާ ހޯދަމުން އަންނަ ޔުމްނުގެ ބަޔާން ތަހުގީގަށް ނުލިބޭ ކަމަށެވެ. އެކަމަކު، ކޮމިޝަނުން ވަނީ ރައުދުއާ ސުވާލު ކޮށްފަ އެވެ. .
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮއްބޭ
17 June 2025
ބަރާބަރު ނިއްމުމެއް.
ޖެލްވީސް
17 June 2025
ރައީސް ދެގޮތެއް ނުވާނެ، ފަހެއް ނުޖެހޭނެ.
ޖައިލަމު
17 June 2025
ބަރާބަރު ރައީސް
މުއްބެ
17 June 2025
ރައީސް މުއީޒުގެ ނިންމުން އެއްވަނައިގެ ނިންމުމެއް
ޖައިޝަމުު
17 June 2025
ބަރާބަރު ނިންމެވުމެއް
2 އަހަރު ފޮރުވައިގެން
17 June 2025
ގޮވާބަލަ ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރަން. ކެރޭނެތަ؟
ބުނެލީ އޯކޭ ބައި
17 June 2025
ގަރާރެއް ކޮމިޝަނެއް ނޫނި މާލޫދު ޕާޓީއަކުން ވިޔަސް ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކޮއްބެލޭ
ޓިކްޓޮކް ޕޮލިސް
17 June 2025
ރިޔާސީ ކޮމިޝަނެއް އުފައްދައި ބަލަންޖޭހެ ކަންކަން އަދިވެސް އެބަހުރި. މިސާލަކަށް ތި ޕޮލިހުން އުޅޭގޮތް ރެޔާދުވާ އެއުޅެނީ ހަބޭހަށް ޓެކުސީ ކުރުމުގަ. ވާވަރަށް މުސާަރަ ނުލިބެނީތަ. ދެން ކިހިނެއް ރަސްމީ ޑިއުޓީ ފުރިހަމައަށް އަދާކުރާނީ. ތަންތަނިގައި ފޯރިއަށް ތިބޭ ފުލުހުން ފެނުނީމަވެސް އެގޭ މީ ވަރަށް ކެޝުއަލްކޮށް އުޅޭބައެއްކަން. ބޮޑީލެންގުއެޖުން އުފުލާ ޒިންމާގެ އޮތޯރިޓީއެއްނުފެނޭ. ފެންނަނީ ފޯނާ ކުޅެންތިއްބާ.
ޕލސ
17 June 2025
އެވަރަށް ޖަރީމާތަކުގައި ވެސް ތިބުނި މުވައްސަސާގެ މީހުން އުޅޭ ރަށުތެރޭ ކިޔާ
ވަހީދުގެ މޯހިރުން ކޯނީ
17 June 2025
ކޯނީ ރިޕޯޓު 2.0 ލޮލް
ލަޓޯފަޓޯ
17 June 2025
ކަމިޝަނެއް ހަދައިގެން ވިޔަސް ތިރީގައިވާ މައުލޫމާތު އާއްމުންނަށް އެގޭނެ ގޮތެއް ހަދަންވެއްޖެ!!! 1.މުއިއްޒު ސަރުކާރުގެ ސިޔާސީ ވަޒީފާތަކުގައި ތިބި މީހުންގެ އަދަދާ އެމީހުންގެ މުސާރަ. 2. އެމީހުން ތިބި ތަންތަން (ބައެއް މިނިސްޓުރީތަކާ ސަރުކާރު އޮފީސްތަކުގައި ސިވިލު ސާވެންޓުންނަށް ވުރެ މަތީ ތައުލީމުގެ އެއްވެސް ފާހެއް ނެތް ލަޓޯފަޓޯ ސިޔާސީ މީހުން ގިނަކަމަށް ހަބަރު ލިބޭ). 3. ސިޔާސީ މީހުންގެ މުސާރައަށް ދައުލަތުގެ ބަޖެޓުން މަހަކު ހަރަދު ކުރާ ވަރު.
ފސދފ
17 June 2025
ސަރުކާރު ހިންގުމަށް، ގައުމުގެ ވެރިމީހާއަށް ސިޔާސީ މީހުން މަގާމުތަކަށް ލުމާއި މުސާރަ ކަނޑައެޅުމުގެ ބާރު ގާނޫނު އަސާސީން ދީފައިވަނީ. މިގައުމުގައި 2008 އިން ފެށިގެން އޮތް ގާނޫނު އަސާސީގެ ދަށުން ވެރިކަން ހިންގާނަމަ ތިޔަ ބުނި ކަންކަމަކީ ތިޔަ ބޭފުޅާއާ ބެހޭ ކަމެއްވެސް ނޫން. ރައްޔިތުންނަށް ދިނުމަށް ގާނޫނު އަސާސީއާއި ގާނޫނުގައި ބުނެފައިވާ ހައްގެއް ނުލިބޭނަމަ އެކަމައިގެން އުޅުން ރަނގަޅުވާނެ.
ރައްޔިތުގެ ހައްގެއް
17 June 2025
ފސދފ، ބާރު އޮތީ މަގާމަށް މީހުން ލުމުގެ. އެވެސް ތިމާ ހިތުހުރި ގޮތަކަށް ނޫން!!!! އެމައުލުމާތު ފޮރުވާ ސިއްރެއް ނުކުރެވޭނެ. މުސާރަ ދެނީ ރައްޔިތުންގެ ޓެކުސް ފައިސާއިން. އެކަމަށް ބިލިއަނުން ހަރަދު ކުރާތީ އަހަރުމެން ކާ ބޭސް ގެންނާނެ ވަރުވެސް މި ސަރުކާރުގައި ނެތް. އެހައްގު ގެެއްލޭ އެބަ ކަލޯ! ދެނޯ؟؟؟
ޖޖޖޖޖ
17 June 2025
ރައްޔިތުންގެ ޓެކްސް ފައިސާ ހޯދަނީ ގައުމުގެ ވެރިން. ރައްޔިތުން ޑުރަގުބޯން ތިއްބަސް އެމީހުނަށްވެސް އަސާސީ ހުރިހާ ޚިދުމަތެއް ފޯރުކޮށްދެނީ ހަމަ ސަރުކާރުން.
ބޭއިންސާފު
17 June 2025
"ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި ރައުދަށް ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާ އެވެ. އޭގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ." މީދެން ކިހާ މަޖާކަމެއް. ރިހާކުރުފުޅި ވަގަށްނެގީމަވެސް އެއްމަސް އަމަލުވެފައިވާ ހާލަތުގައި ހުރެ ބަދުއަޚުލާގު ހިންގާ ކުއްޖަކަށް މަރުގެ އެތިފަހަރެއް ލިބުނު އިހުމާލުގައިވެސް އެއްމަސް.
85658
17 June 2025
ބަލަގަ، އައްވައްޓެރިޔާއަށް ގެވެށި އަނިޔާ ކުރާ އަޑު އިވޭ މީހާގެ މައްޗަށް ދައުވާ ކުރެވޭނެ ހަމައެއް އުސޫލެއް ގާނޫނެއް ހެދިދާނެތަ؟ ޔުމްނުއަކީ ބާލިޣުވެ ބުއްދި ފުރިހަމަވެފަ ހުރި ކުއްޖެއް. އޭނާއަށް ދިމާވި ކަމަކާގުޅިގެން އެހެން މީހަކަށް އަދަބެއް ލިބޭނީ އޭނާ އޭގައި ބައިވެރިވި މިންވަރެއްގެ މައްޗަށްނޫންތަ؟ ރައުދު ވިޔަސް ކާސިމުވިއަސް އޭނާއަށް ލާޒިމް ނުވާކަމެއް ކުރާނީ އިންސާނިއްޔަތަށް. އިންސާނިއްޔަތަށް ކަމެއް ނުކޮށްދީގެން އަދަބެއް ލިބޭނެގޮތެއް އެބައޮތްތަ؟