ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު ކަމަށް ބުނާ ފެންލައިޓް.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
11 މެއި 2025 - 12:39
މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ހާއްސަ ކޮމިޝަނުން އެ މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރާތްކޮށް، މައުލޫމާތު އެއްކުރަން ފަށައިފި އެވެ.
އުމުރުން 21 އަހަރުގެ ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގުކުރަން މިދިޔަ މަހުގެ 28 ގައި އުފެއްދި ފަސް މެމްބަރުންގެ އެ ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދާ ހަމައަށް އެ މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރާތްކޮށް، ގުޅުންހުރި އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅުންހުރި ފަރާތްތަކުން މައުލޫމާތު ސާފުކުރަން ފަށާފައިވާ ކަމަށް ވެސް ބުންޏެެވެ.
އެކަމަކު މައުލޫމާތު ނެގި ތަންތަނުގެ އަދަދާއި ނެގީ ކޮން ތަންތަނުން ކަމެއް ހާމަކޮށްފައެއް ނެތެވެ.
މެންބަރުން ވަނީ، މިއަދާހަމައަށް، މި މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކުރައްވައި، ގުޅުންހުރި އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކުރައްވައި، މައްސަލައާ ގުޅުންހުރި ފަރާތްތަކުން މަޢުލޫމާތު ސާފުކުރަން ފައްޓަވައިފައެވެ.
— Inquiry Commission (@InquiryCom) May 11, 2025
ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް މުއިއްޒު ހާއްސަ ކޮމިޝަނެއް އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުންނެވެ.
އެ މައްސަލާގައި ކޮމިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޮމިޝަނުގެ ރައީސް، ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެފައިވަނީ ވަރަށް އަވަހަށް ކޮމިޝަންގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ވެއްޓުނު ހާދިސާގައި ޔުމްނުއަށް ލިބުނު އަނިޔާތަކަށް އޭނާއަށް މިހާރު ފަރުވާ ދެމުންދަނީ މެލޭޝިއާގެ ހޮސްޕިޓަލެއްގަ އެވެ. އާއިލާއިން ބުނެފައިވާ ގޮތުގައި ބައެއް ސާޖަރީތަކަށް ފަހު ޔުމްނުގެ ހާލު މަޑުމަޑުން އަންނަނީ ރަނގަޅުވަމުންނެވެ.
ޔުމްނު، އާއިލާއަށް ކިޔައިދީފައިވާ ގޮތުގައި އޭނާ ވެއްޓުނީ އަމިއްލައަކަށް ނޫނެވެ. ޔުމްނު ވެއްޓުނު އިރު އޭނާއާ އެކު އެވަގުތު ހުރި ރައުދު އަހުމަދު ޒިލާލު ވަނީ ހައްޔަރުކޮށްފަ އެވެ. އާއިލާއިން ޔުމްނުއާ ހަވާލާދީ ބުނެފައިވަނީ ރައުދުގެ އިތުރުން އެހެން ބަޔަކު ވެސް ޔުމްނުއާ އެކު އުޅުނު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެކިފުތާ
12 May 2025
ޔުމްނާއާއިއެކީ އެހީތެރިންގެ ގޮތުގަ ސަރުކާރުގެ ހަރަދުގަ މެލޭސިޔާއައް ދިޔައީ ކިތައްމީހުންތޯ، ޓިކެޓުގެ އިތުރައް ސަރުކާރުން މިއާއިލާއައް ރައްޔިތުންގެ ފައިސާއިން ހަރަދުކުރީ ކިހާވަރެއަތޯއާއި އަދި އަމިއްލަ ފަރާތްތަކުން ދީލަތިއެހީގެގޮތުގަ މިއާއިލާއައް ދިނީކިހާވަރެއްތޯ، އެފައިސާތައް ހަރަދުކުރީ ކޮންކަމަކައްތޯވެސް ބެލުންމުހިންމު
އިތުބާރު
12 May 2025
ފުލުހުންގެ ތަހުގީގަށް އިތުބާރު ނެތުމުން އެއަށްވުރެ އިތުބާރުނެތް ސިޔާސީ ބަޔަކު ލައްވައި ތަހުގީގުކުރުވުމުން ނިކުންނާނީ ކޮން ނަތީޖާއެއް؟ މިއީ ހީވަނީ ނިމުމެއްގެ ފެށުންހެން
ގާސިމ
12 May 2025
މެލޭޝިޔާއަށް ޔުމުން ގެންދެވުނު ބޭނުމަކީ، ދިވެހިރާއްޖޭގެ ޤާނޫނު ނުހިނގާ ސަރަޙައްދެއްގައި އޭނާގެ ބަޔާން ނެގުމަށް ދޮގު މަޢުލޫމާތު ފީޑުކުރުމެވެ. ފުލުހުން މެލޭޝިޔާގައި ޔުމުންގެ ބަޔާން ނެގުމަށް މަސައްކަތް ކުރަމުންދެއެވެ. އަދި ފުލުހުން ،މެލޭޝިޔާގެ ފުލުހުންގެ އެހީތެރިކަން ހޯދައިގެން ޔުމުން މައްސުތވާތަކެތި ބޭނުން ކުރި ކަމުގެ ކުށުގައި އާއި ކުށުގައި ހައްޔަރުކުރުމަށް މަސައްކަތް ކުރަންޖެހެއެވެ.
ދދއސ
12 May 2025
ކުޑަކުދިން ދައްކާ ކަހަލަ މޮޔަވާހަކަ.
ލަޑުކޮބާ
11 May 2025
އެފްބީއައި ގެނެސްގެންވެސް ތަހްޤީގު ނުކުރެވޭ ވަރަށް ފޮރެންސިކް ހެކި ނައްތާލާ ގޭގެ ކުޑަދޮރުތަކަށް ދާންދެން ބަދަލުކޮށް ފާރުގައި ކުލަ ލާ ތަޅުމަށް ބުލީޗުއަޅާ ދޮވެ މުޅިގެ ރިނޮވޭޓްކުރުވޭހާ ދުވަސް ފަހުން މި ފޭކް އިންކިއުރީ ގްރޫޕް މިދަނީ މިގެއަށް ހޮލިޑޭހަދަންތައް؟ އަޅެ އަޖައިބެއް ނުވާނެތަ ކަލޭމެންނަށް ކޯއްޗެއް ފެންނާނީ އެފްބީއައި އޭޖެންޓުން ގެނެސްގެ މުޅިތަން ފުނާއެޅިއަސް ދެން ފެންނާނެ އެއްޗެއް ނޯންނާނެ. ލަދެއް ނުގަނަނޭދޯ މިހާރުދާން.
ބަބޫ
11 May 2025
މަވެސް މައުލޫމާތެއް ދީފާނަން. އަބަދު ގޮސްއުޅޭ ގެޔެއް. އެއްކޮށް ގޮސް ޕާޓީކޮށް އުޅޭ ރައްޓެހިންތަކެއް. ވައްޓާލަންޖެހޭ ވަރުގެ ކަމެއް ހިނގި ކަމަކަށް އަޑެއް ނީވޭ. ސިޔާސީ ބޭނުމުގަ މިލިޔަނުން ފައިސާ ދީގެން ކޮށްމެ އެއްޗެކޭވެސް ބުނެފާނެ. ދެކޮޅަށް ބަލައިގެން ތަހުގީގު ކުރަން ފެނޭ
ގުއިއްޒު
11 May 2025
ކޮމަންވެލްތުން މިހާރު ފަޑިޔާރުގެއަށް ނުފޫޒު ފޯރުވަން ފެށީ. މިތާ މިހިރަ ރައީސަށް ރަގަޅުގޮތަކަށް ދޯ ތިކަން ނިންމާލަންވާނީ. އޭރުންތާ އަހަރެމެންނަށް ފެނުގަ ނުޖެހި އޮންނަ އެއަރޕޯޓެއްވެސް ލިބޭނީ.
ކިމް
11 May 2025
ޔުމްނުވެސް ހިމެނޭހެން މި ކުދިން މަސްތުގެ ހާލުގައި ތިބެ ކުރި ކަންކަން ބަލައި ފިޔަވަޅު އެޅުމުގެ އަޕްޑޭޓްއެއްވެސް ބޭނުން
ފޯޅަވަހި
11 May 2025
ތި މައްސަލައިގެ ތެރެއިންވިޔަސް ރައީސް އިބޫ ވިއްކި ބިންތަކާ، ރަށްތަށް އަނބުރާ އހަރެމެނަށް ހޯދަދޭތި.
ހައްޖަ.
11 May 2025
މައުލޫމާތު ސާފު ކޮށް ކޮށް ތިބޭ.އެއްކަމެއްވެސް ނުވާނެ.ހެކި ނައްތާލާ ހުރިހާ ކަމެއް ނިމުނީމަ ކޮްން ސަކަރާތެއް ޖަހާކަށް. ބޭކާރު ކަމެއް.
ގަރީބު
12 May 2025
ބަލަ ހެކި ނައްތާލީއޭ ބުނާއިރު ހާދިސާ ހިގި ގޭގެ ވީޑިއޯ ތައް އެބަހުރި އަނިޔާ ލިބުނު ކުއްޖާ ދުނިޔޭގަ އެބަ އޮތް ވާހަކަ ދެއްކޭ. ދެން ކޮން ހެއްކެއް ނައްތާލައިގެން ތިޔައުޅެނީ
އަހްމަދު
11 May 2025
ތި ކޮމިސަން އުފެއްދިފަހުން އަދި ކިރިޔާތޯ ތިކުރަން ގަސްތުކުރާ ކަމެއް ފަހުމުވީ. ؟ ރާއްޖޭގައި މިހާތަނައް ހެދި ހުރިހާ ކަމިޝަނެެއްވީ ފެއިލް.