ޝަހީދު ހުސެއިން އާދަމް ބިލްޑިންގް: މިދިޔަ މަހު ސްކޭމްގެ 136 މައްސަލައެއް ހުށަހެޅި ކަމަށް ފުލުހުން ބުނޭ --- ފޮޓޯ/މިހާރު
01 ޖޫން 2025 - 16:31
އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކުގައި މިދިޔަ މަހު އެކަނި ވެސް 1.4 މިލިއަން ރުފިޔާ އޮޅުވާލައިގެން ހޯދާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ މަހުގެ 6 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހު 30 ވަނަ ދުވަހު ނިޔަލަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ 136 މައްސަލަ ރިޕޯޓުކޮށްފައިވެ އެވެ.
- 6 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހަށް: 39 މައްސަލަ
- 13 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހަށް: 45 މައްސަލަ
- 20 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހަށް: 44 މައްސަލަ
- 26 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް: 8 މައްސަލަ
އެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ އަދަދަކީ 1،380،869ރ. ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން އަނބުރާ ހޯދިފައިވަނީ 530،742ރ. ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭގެ ތެރެއިން އެންމެ ގިނައީ އީކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ނަމުގައި ހިންގާފައިވާ ސްކޭމްތަކާއި ފޭސްބުކް މާކެޓްޕްލޭސްގައި ހިންގާފައިވާ ސްކޭމްތަކެވެ.
- ބޭރު ފައިސާ މާރުކުރުމުގެ ސްކޭމް
- ފޯނު މެދުވެރިކޮށް ހިންގާ ސްކޭމް
- ފިޝިން ލިންކް ބޭނުންކޮށްގެން
ސްކޭމް ކުރަން ބޭނުން ކޮށްފައިވާ އިތުރު ގޮތްތަކަކީ ވައިބާ އާއި ފޯނުން ގުޅައިގެންނާއި އައިބޭ މެދުވެރިކޮށް އަދި މެސެންޖާ އާއި ޓެލެގްރާމުގެ އިތުރުން އިންސްޓަގްރާމް މެދުވެރިކޮށެވެ.
ސްކޭމްތަކުން ރައްކާތެރިވާން އެންޓި ސްކޭމް ސެންޓަރުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެއްވެސް ލިންކަކަށް ނުފިތުމާއި ވެރިފިކޭޝަން ކޯޑު ހިއްސާ ނުކުރުމާއި ދަންނަ މީހެއްގެ ފަރާތުން އަންނަ މެސެޖެއް ކަމުގައި ވިޔަސް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ސްކޭމްގެ މައްސަލަތައް އިތުރުވުމުން އެކަމަށް ހާއްސަ ވަކި ސެންޓަރެއް ހެދީ މިދިޔަ މާޗް މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްކޭމަރު
01 June 2025
ދިވެހިންނަށް އެންމެ ފައްކާ ވިޔަފާރި ދެއްތޯ މީ މިހާރު. ސަރުކާރުން ވެސް މި ސްކޭމު ތަކުގަ ޖެހެނީ ހަމަ ހަބޭސް ކޮން.
އަލީންނ
01 June 2025
5 ލައްކަ އާބަދީއެއްގައި މި ވަރަށް ސްކޭމް ގިނަވެގެން ދާއިރު ނޫސަންދަ ދީފަ ތިބޭ ފުލުހުން އޭ ކީކުރާ ބައެއް. ރާއްޖޭގެ ޕޮލިސް ޓު ސިވިލިއަން ރޭޝިއޯ.އަކީ ކޮބާ. އޮންލައިން ސްކޭމް ޓްރެންޑް ޕޮލުހުންނަށް ނޭންގެ؟
ގެދާނޯމޮސް
01 June 2025
މިހީވަނީ ކަންކަން ދިރާސާ ކުރަން ސަރުކާރުން މުސާރަ ދީފަ ތިބޭ ބަޔެއްހެނެވެ. ގެންދާނެ ދޫކޮށްލާނެ ސާބިތެއްނުވޭ! އެކަމަކު ފްލެޓާއި މުސާރަ ބަރާބަރަށް އާދެއެވެ! އެއްތަނަށް މިކިޔަނީ ފެމެލީ ޕްރޮޓެކްޝަން އެއީ އެބަޔެއްގެ ކަމެއްވީމާ ބޭރުން އެތެރެ ނުފެންނަ ގޮތަށް ފިއްލަވައިގެން ތިބީމާ ރައީސްއެބުނުއްވާ އިޚްލާސްތެރިކަން އޮތީއެބަޔެއްގެ އަމިއްލަ ގޮތަށެވެ.