ރައީސް ޔާމީން ދަތުރުފުޅު ކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމުން ޒަހަމްވި، ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ލޯންޗުކޮޅުން ބާލަނީ. -- ފޮޓޯ: ރޮއިޓާސް
14 ޖޫން 2016 - 13:20
ރިޔާސީ ލޯންޗުކޮޅު ގޮއްވާލަން ބޭނުން ކުރި ބޮން ހެދި ސިފައިންގެ މީހާ ވިޓްނަސް ޕްރޮޓެކްޝަންގެ ދަށުން ދޫކޮށްލާފައިވާކަން ހާމަވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ދަތުރުފުޅުކުރެއްވި ލޯންޗްކޮޅު "ފިނިފެންމާ"ގައި އައިއީޑީއެއް ގޮއްވާލުމުގެ އަޑީގައި ހުންނެވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށް ސާބިތުވެ އޭނާ 15 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ އައިއީޑީ ތައްޔާރު ކުރި ސިފައިންގެ މީހާ ވަނީ އަދީބާ ދެކޮޅަށް ޝަރީއަތުގައި ހެކިބަސް ވެސް ދީފަ އެވެ. އަދީބާ ދެކޮޅަށް އެ ސިފައިންގެ މީހާ ހެކިބަސް ދިނީ ކާކުކަން ނޭނގޭ ގޮތަށެވެ.
ލޯންޗުކޮޅު ގޮއްވާލި މައްސަލައިގައި އަދީބަށް އިއްވި 15 އަހަރުގެ ޖަލު ހުކުމަށް ފަހު އޭނާ ކޯޓުން ނެރެނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އަދީބަށް ބޮން ތައްޔާރު ކޮށްދިނީ ސިފައިންގެ އެކްސްޕްލޯސިވް އޯޑަނެންސް ޑިސްޕޯސަލް ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުން ދިޔަ މުހައްމަދު ޖަވާޒެވެ. އޭނާ ވަޒީފާ އިން ކަނޑާލިކަން ނުވަތަ ނޫންކަން އަދި ޔަގީނެއް ނުވެ އެވެ.
ލޯންޗުކޮޅުގައި އައިއީޑީއެއް ގޮއްވާލުމަށް ފަހު، ތަހުގީގު ފަށައި ޖަވާޒް އެންމެ ފުރަތަމަ ބަންދުކޮށްފައި ހުރީ، އެނގިފައިވާ ގޮތުގައި، ސިފައިންގެ މައި މަރުކަޒުގަ އެވެ. އޭނާ އަކީ އޭރު ސިފައިންގެ ތެރޭގައި ހިފަހައްޓާފައި ތިބި ފަސް މީހުންގެ ތެރެއިން އެކަކު ކަމަށްވެ އެވެ. އޭގެ ފަހުން، ސިފައިންގެ ބަންދުން ދޫކޮށްލުމުން، ފުލުހުން ވަނީ، އެނގިފައިވާ ގޮތުގައި، ޖަވާޒް ހައްޔަރުކޮށްފަ އެވެ.
އިތުބާރު ހުރި ފަރާތަކުން ބުނި ގޮތުގައި ފުލުހުންގެ ތަހުގީގަށް ޖަވާޒް އެއްބާރުލުން ދީ، ބޮމުގެ ކަންތައް ރޭވިގެން އައި ގޮތާއި އެކަން ކުރި ގޮތް ވަނީ ކިޔައިދީފަ އެވެ. ލޯންޗުކޮޅު ގޮއްވާލި މައްސަލައިގައި ދައުވާ ކުރަން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވި ލިސްޓުގައި އަދީބާއި އޭނާގެ ދެ ބޮޑީގާޑުންގެ އިތުރުން ޖަވާޒް ވެސް ހިމެނޭ ކަމަށްވެ އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަަލަ ކޯޓަށް ފޮނުވައި ޝަރީއަތް ފެށުމާ އެކު، އަދީބާ ދެކޮޅަށް ހެކިބަސް ދޭން ޖަވާޒް އެއްބަސްވި އެވެ. ޕީޖީގެ އެދުމުގެ މަތިން އޭނާ އެ ކަމަށް އެއްބަސްވީ، އޭނާގެ ދައުވާ ނުކުރާނެ ކަމާއި އޭނާ އަށް ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދައުލަތުން ދިނުމުންނެވެ. އެއާ އެކު، ޖަވާޒް ފުލުހުންގެ ބަންދުން ދޫކޮށްލިކަން "މިހާރު" އަށް ވަނީ ކަށަވަރު ވެފަ އެވެ. އެއީ މިދިޔަ މާޗު މަހުގެ ތެރޭގައި ކަމަށްވެ އެވެ.
ޖަވާޒަށް މިހާރު ވެސް ފުލުހުން ހިމާޔަތް ދޭ ކަމަށްވެ އެވެ. އެނގިފައިވާ ގޮތުގައި އޭނާ އަށް ކަމެއް ވެދާނެތީ ބޮޑީގާޑެއް ވެސް ހަމަޖައްސައި ދީފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
ޝަރީއަތުގައި ޖަވާޒް ވަނީ އަދީބުގެ އެދިވަޑައިގަތުމަކަށް އައިއީޑީ ތައްޔާރުކުރި ކަމަށް އިއުތިރާފުވެ، އެކަން ކުރި ގޮތުގެ ތަފްސީލު ވެސް ކިޔައިދީފަ އެވެ. އެގޮތުން ބޭނުންކުރި ކެމިކަލްތަކާއި އެކަމަށް ގަތް އާލާތްތައް ވެސް ޝަރީއަތުގައި ކިޔައިދިނެވެ. އަދި "ފިނިފެންމާ" ގައި ގޮއްވާލީ އޭނާ ތައްޔާރުކުރި ގޮވާ އެތި ކަމަށް އަދީބު ފަހުން ވިދާޅުވި ކަމަށް ވެސް އޭނާ ހެކިބަސް ދެމުން ބުންޏެވެ.
ކުށެއް ކުރުމުގައި ހިމެނޭ މީހަކު ޝަރީއަތުގައި ދައުލަތާ އެއްކޮޅަށް ހެކިބަސް ދޭ ނަމަ އޭނާ އަށް އަދަބު ކުޑަކޮށްދިނުމުގެ އުސޫލުތަކެއް ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް ގެންގުޅެ އެވެ. އެއީ ކުށް ކުރުމުގެ އެންމެ އަޑީގައި ތިބި މީހުންގެ މައްޗަށް ކުށް ސާބިތުކުރުމުގެ ބޭނުމުގަ އެވެ.
ރާއްޖޭގައި ވެސް މިއީ އާ ކަމެއް ނޫނެވެ. މީގެ ކުރިން މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކުގައި ވެސް އެތެރެކުރި މީހުންނަށް ދައުވާ ނުކޮށް އެ މީހުންގެ ހެކިބަސް އެކަމުގެ އަޑީގައި ތިބި މީހުންނާ ދެކޮޅަށް ބޭނުންކޮށްފައިވެ އެވެ. މީގެ އިތުރުން، މަކަރާއި ހީލަތުން ސަރުކާރުގެ ޕްރޮޖެކްޓެއް ކާމިޔާބު ކުރިކަން ސާބިތުވެގެން އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމްގެ މައްސަލާގައި ވެސް އެގޮތަށް އަމަލުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޫ
16 June 2016
ޕީޕީއެމްއަށް ނުވަތަ ރައީސް ޔާމީނަށް ތާއީދުކުރީމާ ކުށުން ބަރީއަވާނެއެވެ. ވިލާއިން ދައްކަންޖެހުނު 100މިލިޔަން ޑްލަރުގެ ޓެކްސްއަށް ވީގޮތް ހަނދުމަފުޅު އެބަހުރިތޯއެވެ.
ޑިމޮކްރަސީ-ޒީރޯ
16 June 2016
ހުމާމްއަށް އެ ފުރުސަތު ނުދިނީ ދައުލަތުން އެގޮތަށް ބޭނުން ނުވީމަތޯ؟ އެކަމުގައި ފަހަތުގައި މީހަކުވާނެ! ހުމާމު އަފުރާޝީމު މަރާލަންޖެހޭ އެއްވެސް ސަބަބެއް ނެތް! އެމައްސަލަ އެގޮތަށް މި މައްސަލަ މިގޮތަށް ނިންމީމާ ޕީޖީގެ މުސްތަޤިއްލުކަމާމެދު ސުވާލު އުފެދޭ!!!
saail
16 June 2016
ޔާމީން ބުނެގެން އަދީބް ލައްކަ ގޯސްކަންތަކެއް ކޮށްފިއެވެ. ވީމާ ޔާމީނާއި ދެކޮޅަށް އަދީބް ހެކިބަސް ދޭ ދުވަހަކީ އަދީބަށްވެސް މިނިވަންކަން ލިބި ބޮަޑީ ގާޑެއް ލިބޭނެ ދުވަސްތާއެވެ.
ޤައުމުގެ ހާލަތު
15 June 2016
މޭޑޭގަ 35000 ދިވެހި ރައްޔިތުން މާލޭ މަގުމައްޗަށް ނުކުތްވަގުތު އެހުރިހާ ދިވެހި ރައްޔިތުން މަރަން ބޮންހަދާ އެގޮއްވާލަން ރޭވުން އެއީ އެއްވެސް މައްސަލައެއް ކަމަކަށް ނުވިއެވެ.ރައީސް އަކު މަރާލަން ބޮންހެދުމުންވެސް ، އެބޮން ސަރުކާރަށް އޭރުގެ ވެރިން އެދިގެން ހަދައިދިން މއ.އުއްމީދު ، ޖަވާޒަށް އެއްވެސް ފިޔަވަޅެއް އެޅުމެއް ނެތުމާއި، ޓެރަރިޒަމްގެ އަމަލަކަށް ނުވަނީ ނަމަ ، ޕޮލިހުން މީގެ އަހަރުތަކެއްގެ ކުރިން އެއްކޮށްފައިވާ ، ކުށުގެ ވެށިން ހޯދާފައިވާ ތަކެއްޗާއި ، ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމުން ނޫނީ ހަތިޔާރަކަށް ނުވާ ، މިހާރު ހަތިޔާރަކަށް ވެފައި ރިކޯޑްގައި ހުރި ވާގަނޑު ގަނޑާއި، ބުރާ ،ޖަނގިޔަލާއި ،ކަތިވަޅިފަދަ ، ތަކެތި ރައްކާކޮށްފައި ބެހެއްޓުމުގެ މާނައެއްނެތެވެ..ޤައުމުގެ ހާލަތާއި މެދު ހައިރާންވެ އަންތަރީސްވާ ހާލަތުގައި ، ޤައުމަށްޓަކައި ކުރެވޭނެކަމެއް ނެއްބާއޭ ހިތައްއަރައެވެ!!!!!!!!!!!!!!!!!!!!!!!!!!!
ފައިހާ
15 June 2016
ސިފައިންގެ މީހެއްކައިރި އަދީބު ބޮމެއްހަދާދޭށޭބުނީމަ އެވާހަކަ އޭނަގެ ވެރިންނަށް ރިޕޯޓްނުކޮށް ދެފަހަރުމަތިން ބޮންހަދާދީ އެއްބޮންގޮއްވާލީމަވެސް ސަލާމަތްކޮށްދިނީ. އައްނި އަބްދުއްﷲ ގާޒީ ހައްޔަރުކުރިއޭކިޔާފަ ޖަލުހުކުމެއްއައިއިރު އެކަން ފިޒިކަލީ ކުރި އެއްވެސްމީހަކަށް އަދަބެއް ނުލިބޭ. ސިފައިންގެ ގާނޫނުގަވެސް އޮވޭ ގާނޫނާއި ޚިލާފު އަމުރަށް ކިޔަމަންވާން ނުޖެހޭނެކަމަށާއި ކިޔަމަންވެއްޖެނަމަ އަދަބު ލިބޭނެކަމަށް. އެކަމަކު ރާއްޖޭގެ ކޯޓުތަކުން މިކުރާ ހުކުމްތަކުން ހީވަނީ ސިފައިން ލައްވާ ކޮންމެފަދަ ނުލަފާކަމެއްވެސ ކުރުމަންވީހެން. ކޮންކަމެއް. އެމީހުނަށް ސަލާމަތްވެވޭނެ ވިއްޔަ. މާދަމާ ތިޖަވާޒަށް ލާރިކޮޅެއްދޭއިރަށް ނޭގެ ކިތައްބޮންކަމެއް ހަދާނީކީވެސް. ލަދުންބޯހަލާކު.
ކޫކާ
15 June 2016
ބަޑި ޖެހި ޙާދިޘާގައި ބަޑި ޖެހި މީހުން ކުށްވެރިވެ އެމީހުނަށް ޙުކުމް ކުރި. އެކަމަށް އަމުރު ކުރި މީހާ ކުށްވެރިއެއް ނުވޭ! ސަރުކާރާއި ޕީޖީ ބޭނުންވާ ބަޔަކަށް ޙުކުމް ކުރުމަކީ އިންސާފެއްނޫން.
ޒަބީބު
15 June 2016
ބޮންގޮއްވި މައްސަލައިގައި މީގެކުރިން އަދީބުގެ މައްޗަށް ކޮންމެވެސްވަރަކަށް ޝައްކު ކުރެވުނެވެ. އެކަމަކު އެއިރު ވެސް ބޮޑަށް ބުރަވީ އަދީބު ނޫން ފަރާތެއްގެ ކަމެއްކަމަށެވެ. އެކަމަކު މިހާރު އަދީބު ކުރިކަމެއް ނޫންކަން ސައްތައިން ސައްތަ ކަށަވަރުވެއްޖެއެވެ.
މޯޑުޓޫ
15 June 2016
މޯޑްވަން އަށް ތި ވިސްނެނީ ކިހިނެއްހެއްޔެވެ؟ މި ލިޔުމުގައި ޖަވާޒްގެ ނަން ހާމަ ކުރީމައި އޭނަގެ ފުރާނަޔަށް ނުރައްކާވެދާނެތީ މޯޑްވަން ކަންބޮޑު ވަނީ ހެއްޔެވެ؟ ނިކަން ވިސްނާލަބަލާށެވެ! އެތައް ބައެއްގެ ފުރާނަ ހިނގައިދާނެފަދަ ބޮމެއް ތައްޔާރު ކޮށްދިން މީހެއްގެ ފުރާނައިގެ އޮތީ ކޮން އަގެއް ހެއްޔެވެ؟ ޖަވާޒްގެ ނަން ހާމަ ކުރުމުން ނުރައްކަލެއް ވިޔަސް ވާނީ އޭނާ އަށް އެކަންޏެވެ. އެކަމަކު އޭނަ ތައްޔާރު ކޮށްދިން ބޮމުން ނުރައްކާވީ ކިތައް މީހުންނަށް ހެއްޔެވެ؟ ﷲގެ ރަޙްމަތްފުޅުން މީހެއްގެ ފުރާނަ ނުދިޔަ ކަމި އޭނައަށް ވެސް ޤާތިލެއްގެ ލަގަބު ނުލިބި ތައުބާވާން ލިބުނު ފުރުޞަތެކެވެ. ކޮންމެ މީހަކު ބުންޏަސް އެފަދަ ބޮމެއް ތައްޔާރު ކުރާނީ އިންސާނިއްޔަތު ކަމެއް ނެތީމައެވެ. އެފަދަ މިހަކު މަޢާފަށް އެދި ތައުބާ ނުވަނީސް ޙަމްދަރުދީ ވުމަކީ މުޅި އިންސާނިއްޔަތަށްވެސް ހުތުރު އެރުވުން ފަދަ ކަމެކެވެ.
ރިޔާޒު01
15 June 2016
ހުމާމު އައް ވެސް ތިހެން ހެދީ ހަމަ. ހުމާމު އާ އެކީ އެކަން ކުރި ކަމައް އެއްބަސް ވެ ހުމާމު އާ ދެކޮޅައް ހެބިސް ދިން ކުޑަކުއްޖާ ނަންގި އަދި އަދައް ދާން ދެންވެސް ވީ ތަނެއް ނޭންގޭ
މޯޑްވަން
14 June 2016
މިހާރުން ކަން ތި ކުރި ގޮތާމެދު އަޅުގަނޑު ހިތްހަމަ ނުޖެހޭކަން ހާމަކޮށްލަން... ކަންކަމުގެ ހަގީގަތް ހާމަކުރުމަކީ ނޫސްވެރިކަމުގައި ވަރަށް މުހިންމު ކަމެއް... ނަމަވެސް މިފަހަރު ކަން ކޮށްފައިތިވަނީ ޒިންމާދާރު ގޮތެއްގައި ކަމާމެދު ސުވާލު އުފެދޭ... މިއީ ވަރަށް ނުރައްކާތެރި މައްސަލައެއްގައި ހެއްކެއްގެ ގޮތުގައި ހުރި މީހެއްގެ ފުރާނައަށް ނުރައްކާވާ ޒާތުގެ އަމަލެއް ތިކުރެއްވީ އޭނާގެ މަޢުލޫމާތު ހާމަކުރުމަކީ... އޭނާ އެކުރިކަންތަކަމެދު ހިތްހަމަ ނުޖެހޭ މީހުންވެސް އުޅޭނެ... ރާއްޖެ ކަހަލަ މީސްކޮޅު މަދު ޤައުމެެއްގައި ތިކަހަލަ މަޢުލޫމާތު ހާކަކުރުމަކީ ވަރަށް ނުރައްކާތެރިކަމެއް... މި ހަބަރުގެ ސަބަބުން ޖަވާޒުގެ ފުރާނައަށް ނުރައްކަލެއް ދިމާވެއްޖެ ނަމަ ކީއްތޯ ކުރާނީ... ރާއްޖޭގެ ހާލަތު އަޅުގަނޑަށް ވުރެ ބޮޑަށް ނާފިޒަށް އެނގި ލައްވާނެ...
ޚަދުރު ފާތުމާ
15 June 2016
ބަލަ ޖަވާޒް އެއީ ކާކު ކަން ނޭގެ މީހެއް މިގައުމުގަ ނޫޅެ އޭނަ ގެ ފުރާނަ އޭ ޖަވާގެ ދޮގުހެކިބަހުން ކިތައް މީހުން ނައް ޖަލުގެ ތޭރި ތަކުގަ އެތިބީ އެއްވެސް ކުށެއް ނުކުރާ 2 ބޮޑީ ގާޑުން އެތިބީ އެއްވެސް ހެއްކެއް ނެތް ދެމީހުންގެ މައްޗަށް އެކަމު އެތިބީ ތާ ޖަވާ ދުކޮއްލިޔަސް ޖަވާގެ ދުވަސް ދުއްވާލާނެ ކަމުގެ ޔަގީން ކަން އެބޮތް ޔާމީން ބޭނުނެއް ނުވާނެ އޭނަ ހެދި ޑީލް ތައް ފަޅާ އަރުވާކައް އޭގެ ކުރިން ގޮތެއް ހަދާނެ ކަން ޔަގީން ހަދާފަ ބުރޯ ބޮލުގަ އަޅުވާނީ އެއީ ހަދަން އުޅޭ ގޮތް ބަލަން ތިބެމާ ދޯ