28 އޮކްޓޯބަރ

October 28, 2020 2
ތިހާމް މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ރިއާސީ ލޯންޗް "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން ޖަލަށްލި ސިފައިން މީހެއް ކަމަށްވާ އަހްމަދު ތިހާމްގެ މައްސަލައިގެ އަޑުއެހުންތައް، ފަނޑިޔާރުންގެ ވަރުގަދަ ސުވާލުތަކަށް ފަހު ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

14 އޮކްޓޯބަރ

October 14, 2020 64
ފަނޑިޔާރުން ރަތަށް: މިއީ ކުޅިވަރެއް ނޫން!

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގޮއްވައިލި މައްސަލައިގައި ޖަލަށްލި ސިފައިންގެ މީހާއާ ގުޅޭ ކަންތައްތަކުގައި ސުޕްރީމް ކޯޓުގައި ދައުލަތުގެ ސްޓޭންޑް ބަދަލުވުމުން ފަނޑިޔާރުންގެ ހޫނު ސުވާލުތަކެއް ކޮށް، ދައުލަތުން އަމަލުކުރާ ގޮތާ މެދު ފަނޑިޔާރުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެއްޖެ އެވެ.

23 ޖުލައި

July 23, 2019 8
ފަޔާޒް ޖަލަށްލާން ކުރި ދެ ހުކުމް ބާތިލްކޮށްފި

ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގަށް ހުރަސް އެޅި ކަމަށް ބުނެ ސިފައިންގެ އޭރުގެ ކާނަލް އަހުމަދު ފަޔާޒް (ޕާޕާ) ދެ އަހަރާއި ތިން މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށްފި އެވެ.

28 ޖޫން

June 28, 2019 13
އަދީބު ހަ މަސް ފަހުން އިންޑިއާ އަށް ދާން ލަފާ ދީފި

ޖަލު ހުކުމެއްގައި ހުއްޓާ ބޭސްފަރުވާ އަށް އިންޑިއާ އަށް ފޮނުވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހަ މަސް ފަހުން އަލުން ދައްކަން އޭނާގެ ލޮލަށް ފަރުވާ ކުރި ޑޮކްޓަރު ލަފާ ދެއްވައިފި އެވެ.

02 ޖޫން

June 02, 2019 49
އަދީބުގެ 12 އަށްވުރެ ގިނަ މައްސަލަ ޕީޖީއަށް ފޮނުވަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާ ދެކޮޅަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވި 12 އަށް ވުރެ ގިނަ މައްސަލަ އަނބުރާ ފޮނުވާލަން އެ ކޯޓުން ނިންމައިފި އެވެ.

20 މެއި

May 20, 2019 49
ލޯންޗު ގޮއްވާލި މައްސަލާގައި އަދީބުގެ ހުކުމް ބާތިލް!

ރިޔާސީ ލޯންޗްކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލަށް ލާން ކުރި 15 އަހަރުގެ ހުކުމް ބާތިލްކޮށް، އެ މައްސަލާގެ ޝަރީއަތް އަލުން ހިންގަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

30 އެޕްރީލް

April 30, 2019 7
"ފިނިފެންމާ" ގޮއްވާލި މައްސަލައިގެ ހުކުމެއް ބާތިލް

ރިޔާސީ ލޯންޗްކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި، އެ ހާދިސާ އަށް ފަހު އެ ލޯންޗަށް އަރައި އުސޫލުތަކާ ޚިލާފަށް އަމަލުކުރި ކަމަށް ބުނެ ޖަލަށްލި ސިފައިންގެ ކުރީގެ ދެ މީހުންގެ ތެރެއިން އެކަކުގެ ހުކުމަށް ތާއީދުކޮށް، ދެވަނަ މީހާގެ ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

30 ޖެނުއަރީ

January 30, 2019 22
އަޅުގަނޑުގެ މައްސަލަ ނަގަން ވަކީލުން ޖެހިލުންވޭ:އަދީބު

ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން އޭނާގެ ދިފާއީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރައްވަން ބައެއް ވަކީލުން ޖެހިލުންވެ ވަޑައިގަންނަވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.

19 ޖެނުއަރީ

January 19, 2019 31
އަދީބު، ފަރުވާ އަށް ފަހު ޖަލަށް ގެންގޮސްފި

އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މާފުށީ ޖަލަށް މިއަދު ބަދަލުކޮށްފި އެވެ.

09 ޖެނުއަރީ

January 09, 2019 37
މުއާޒަށް މަންފާތަކެއް ލިބުނު ކަމަށް ޔާމީންގެ ތުހުމަތު!

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ސެޕްޓެމްބަރު، 28، 2015 ގައި ދަތުރުފުޅު ކުރެއްވި ފިނިފެންމާ ލޯންޗު ގޮއްވާލުމަކީ ޑްރާމާއެއްގެ ގޮތުގައި ސިފަކުރައްވައި އެމަނިކުފާނުގެ ކުރީގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ތުހުމަތުތައް ޔާމީން ރޭ ދޮގު ކުރައްވައިފި އެވެ.

08 ޖެނުއަރީ

January 08, 2019 8
އަދީބުގެ ކުރީގެ ދެ ބޮޑީގާޑުން ގޭ ބަންދަށް ބަދަލުކޮށްފި

ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލާގައި ޖަލަށްލި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ކުރީގެ ދެ ބޮޑީގާޑުން ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

January 08, 2019 24
އަދީބު ޖަލަށް ބަދަލުކުރީ ލަފަޔާ ހިލާފަށް:އެޗުއާރުސީއެމް

ޓެރަރިޒަމާއި ހިޔާނާތުގެ އެކި ކުށްތައް ސާބިތުވެ، ކްރިމިނަލް ކޯޓުން 33 އަހަރުގެ ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭ ބަންދުން މިދިޔަ ބުދަދުވަހު ޖަލަށް...

06 ޖެނުއަރީ

January 06, 2019 46
އަދީބުގެ ހާލު ސީރިއަސް: އެމްޓީޑީ

އެމްއެމްޕީއާރުސީގެ ބޮޑު ހިނާޔާތް ހިންގުމުގައި އިސްކޮށް ހުރިކަމަށް ބެލެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރޭ ކުއްލި ގޮތަކަށް އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައިވާއިރު، އޭނާ ހާލު ސީރިއަސް ކަމަށް އަދީބު ގޭބަންދުގައި ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އިން މިއަދު ބުނެފި އެވެ.

03 ޖެނުއަރީ

January 03, 2019 40
"ފިނިފެންމާ" ވީޑިއޯ ތަހުގީގުކުރުމާ މެދު ލަފާ ހޯދަނީ

ރައީސްގެ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މަންޒަރު ފެންނަ ވީޑިއޯއާ މެދު ސުވާލު އުފައްދާތީ އޭގެ މައްސަލަ ތަހުގީގުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އާ މަޝްވަރާ ކުރައްވާނެ ކަމަށް އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

January 03, 2019 24
އިމްރާން ކުރެއްވި ޓްވީޓުގެ މައްސަލަ ބަލަން އެދިއްޖެ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގުޅޭގޮތުން ކުރެއްވި ޓްވީޓުގެ މައްސަލަ ބަލައިދޭން، އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ހިއުމަން ރައިޓްސް...

January 03, 2019 46
އަދީބުގެ މައްސަލަތައް އަލުން ބަލަންޖެހޭ: އެމްޓީޑީ

އެމްއެމްޕީއާރުސީގެ ބޮޑު ހިނާޔާތް ހިންގުމުގައި އިސްކޮށް ހުންނެވިކަމަށް ތުހުމަތުކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލަތައް އަލުން ބަލަންޖެހޭ ކަމަށް، އޭނާ އިސްވެ...

02 ޖެނުއަރީ

January 02, 2019 72
އަދީބު އަނބުރާ ޖަލަށް ގެންގޮސްފި

ޓެރަރިޒަމާއި ހިޔާނާތުގެ އެކި ކުށްތައް ސާބިތުވެ، ކްރިމިނަލް ކޯޓުން 33 އަހަރުގެ ހުކުމެއް އިއްވާފައިވާ އެކަމަކު ސިއްހީ ހާލުކޮޅު ހުރި ގޮތުން ގޭ ބަންދުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނބުރާ މިރޭ ޖަލަށް ގެންގޮސްފި އެވެ.

27 ޑިސެމްބަރ

December 27, 2018 37
މުއާޒް ދެއްކީ ރޯބުހުތާން ދޮގު ވާހަކަތަކެއް: ޕީޕީއެމް

"ފިނިފެންމާ" ލޯންޗުކޮޅު ގޮވުމުގެ ހާދިސާއާ ގުޅޭ ގޮތުން ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މީޑިއާގައި މިރޭ ދެއްކެވި ވާހަކަތަކީ ރޯބުހުތާން ދޮގެއް ކަމަށާއި އެ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

26 ޑިސެމްބަރ

December 26, 2018 148
މުއާޒު ކުއްލިއަކަށް ޔާމީނާ ދެކޮޅަށް!

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިފާއުކުރެއްވުމުގައި މިދިއަ ފަސް އަހަރު ހޭދަކުރެއްވުމަށް ފަހު އިބްރާޙިމް މުއާޒު އަލީ ކުއްލިއަކަށް އެމަނިކުފާނާ ދެކޮޅުވެ، "ފިނިފެންމާ" ލޯންޗުކޮޅު ގޮވުމުގެ ހާދިސާގައި އެހެން ވާހަކަތަކެއް މިރޭ ދައްކަވައިފި އެވެ.

07 ޑިސެމްބަރ

December 07, 2018 47
ޝައިނީއަށް އަދީބުގެ ވާހަކަ ގަބޫލުކުރެއްވޭ!

"ފިނިފެންމާ" ލޯންޗުކޮޅު ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އޭނާ ކައިރީ ދެއްކެވި ވާހަކަތައް ގަބޫލުކުރެއްވޭ ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

25 ނޮވެމްބަރ

November 25, 2018 5
އެޑްމިޓްކޮށްފައި އޮތުމުން އަދީބުގެ ޝަރީއަތް ކެންސަލް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނާތީ، އޭނާގެ މައްޗަށް ކުރި 15 އަހަރު ދުވަހުގެ ޖަލު ހުކުމްގެ އިސްތިއުނާފް އަޑުއެހުން ހައި ކޯޓުން މިއަދު ކެންސަލްކޮށްފި އެވެ.

24 ނޮވެމްބަރ

November 24, 2018 3
ލޯންޗު ގޮއްވާލި މައްސަލައިގެ އިސްތިއުނާފު މާދަމާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން، ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އައިއީޑީއެއް ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކުރި 15 އަހަރު ދުވަހުގެ ޖަލު ހުކުމްގެ އިސްތިއުނާފް މާދަމާ ހައި ކޯޓުގައި ބާއްވަން ތާވަލްކޮށްފި އެވެ.

16 ނޮވެމްބަރ

November 16, 2018
ސީޒަންގެ "ފިނިފެންމާ" މަޑުޖައްސާލާފައި

މި އަހަރު ސިނަމާ އަށް ގެންނާނެ ކަމަށް ބުނެ، އެކްޓަރު އަލީ ސީޒަން އިއުލާން ކުރި ފިލްމު "ފިނިފެންމާ: ގައްދާރުވީ ކާކު؟" ގެ މަސައްކަތް މި ވަގުތަށް މަޑުޖައްސާލައި އިތުރު އެހެން ޕްރޮޖެކްޓްތަކަށް ތައްޔާރުވަމުން އަންނަ ކަމަށް ސީޒަން ބުނެފި އެވެ.