15 ޖޫން 2025 - 12:27
އުމުރުން 60 އަހަރުގެ މީހަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އަހްމަދު އަފީފް، ހ. މެޑޯސްވީޓް ހައްޔަރުކުރީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ 10 ނަންބަރު ފްލެޓް ކައިރިން އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކުވެގެން މަޑުކުރަން އެންގުމާ އެކު އެއްޗެހިތަކެއް އުކާލައި ފިލައިގެން ދާން އުޅުމުން ކަމަށެވެ.
"އޭނާ އެވަގުތު ހުރިތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓް ފެނުނު" ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު ފެނުނު މަސްތުވާތަކެތީގެ ބާވަތެއް އަދި އޭގެ ބަރުދަނެއް ފުލުހުން ނުބުނެ އެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 10 ދުވަސް ދީފަ އެވެ.
އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުލޫ**ޓް
16 June 2025
އޭ އެމް ޑީ ސި ގޯޅީ ތެރޭ..
ސުންދުސީ ޕަރީ
16 June 2025
މިހާރު 60 އަހަރަކީ ދަތްވެއްޓޭ އުމުރެއް ނުން! ޖޭމް އައްލޯ މެންނަށް ބަލާބަލަ އަދި ވަށައިއިގެން އުޅޭ 60 އަހަރުގެ މީހުންނަށް ނަޒަރު ހިންގާބަލަ! މި މީހާ ހެން މުސްކުޅި ނުން ބައިވަރު މީހުން ފެންނާނެ 60 އަހަރުގެ! މި މީހާ އުޅޭ ފާޑުން އެހެން ހުރީ.. އަސްލު ބޯ ކަޅު ކޮށްފަ ނުބޮއެ ހުންންނަ ނަމަ މީނަ ވެސް ވ ފިޓް އަދިވެސް
ދަލޭކަ ދައިތަ
15 June 2025
މިމީހުންގެ ސިއްހަތުވެސް ރަނގަޅޭ އަހަރެމެން ފައިދާހުރި ކާނާ ކާންއުޅޭ މީހުންނަށްވުރެން. މި މީހާއަކީ އޭނަގެ ޒުވާންއިރުއްސުރެން މި ސަކަރާތެއްޖަހާ މީހެއް އެކަމް އަދިވެސް ދައިތައަށްވުރެން ފިޓުކޮށް މިފެންނަނީ. އޭނަގެ ހަޔާތުގެ ބޮޑުބައި އެހޭދަކުރީ އެގޮތުގައި. ހާދަހާ ރީތިއުޅުމެއް އުޅެން ފުރުސަތުލިބުނު މީހެކޭ. ބައެއްމީހުން ހޯދައިގަންނަ ދުނިޔެއްތާ ދޯ!!!
ޞޮލްމް
15 June 2025
ތިވަރުގެ މުސްކުޅިއެއް ނޫނީ ނެތް ދޯ މާލޭގަ ތިކަން ކުރާކަން ޝައްކުވާ މީހެއް
އަހުމަދުބޭ
15 June 2025
ގާނޫނުތަށް ތަންފީޡް ނުކުރެވޭކަމުގެ ނަމޫނާއެއް، މިފަދަ ބޭބެތަށް ބައިވަރު މަގުމަތީގައި އެބައުޅޭ، މިއަދު ހައްޔަރުކުރީ 10 ދުވަސްފަހުން އަނެއްކާ މިބޭމެން ޅަކުދީންނާއެކު ދުރަގުގެ ވިޔަފާރީގައި އެއްގިޔަރ މައްޗަށް ޖައްސާލައި، ހެޔޮނުވާނެ ހުރިހައި ކަމެއް ހުއްޓައިލާފައި ގާނޫނުތަށް ހަރުކަށިކޮއް މިވަބާއިން މިގައުމުސަލާމަތް ކޮއްދީ، އަބަދުވެސް މިހެން ނުކިޔާ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓް ފެނުނު" ކަމަށް ފުލުހުން ބުންޏެވެ
ހަސަނަނާ
15 June 2025
ތީދެން އަލަށް ހައްޔަރު ކުރިމީހެއްތަ؟ އަބަދު މަސްތުވާއެއްޗެއްހީގަ ހައްޔަކުރާމީހެއް! މާދަމާ ދޫކޮށްލާނެ!
ޖޭޖ..
15 June 2025
ދަށްވެއްޓޭ އުމުރަށް ދިޔާމަވެސް ޑުރަގްނުނެގިގެން އުޅޭ ބޭބެ ތައް ގައުމުގައި އެބަގިނަވޭ. ކިހިނެއްބާވަނީ.
އޭނ، ކީކޭ؟ ދަށްވެއްޓޭ ޢުމުރޭ؟
16 June 2025
ރަނގަޅު ގޮތަކީ ދަތް ވެއްޓޭ ޢުމުރެވެ.
މަހުވެއި
15 June 2025
ތާކިހާ ހިފައިގެން ފަސްވަގުތު ނަމާދު ކުރަންވީމަ މީތަ މި އިސްރައްވެހި މީހާ އުޅެންވާގޮތަކީ. ދަށްވެއްޓޭ އުމުރަށް ދިޔާމަވެސް ޑުރަގްނުނެގެން ދޯ އުޅެނީ.
މަރިޔަމްދިޔެ
15 June 2025
ނަމާދުކުރަން ޖެހެނީ އިސްރަށްވެއްސަކަށް ވީމައެއް ނޫނެއްނު. މި ބެއިބޭ ޒުވާން އުމުރު އުޅުނީ ކިހިނެއްބާ؟
މާޅަޢެއްނު
15 June 2025
ތިޔަ މަސައްކަތުގައި އުޅެން އަދި މާލައެއްނު. 65 ވަންދެން މަޑުކޮއްބަލަ