އެޑިޔުކޭޝަން ސުޕްރިންޓެންޑެންޓްގެ މަގާމަށް އައްޔަނު ކުރެއްވި އިސްމާއިލް ސައުދުﷲ.---
22 ޖޫން 2025 - 14:51
އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސްކޫލްތަކުގެ އިދާރީ ކަންކަން ބަލަހައްޓާ އެންމެ އިސްވެރިއެއްގެ ގޮތުން، އެޑިއުކޭޝަން ސުޕްރިންޓެންޑެންޓްގެ މަގާމަށް އިސްމާއިލް ސައުދުﷲ ހަމަޖައްސައިފި އެވެ.
ގއ. ގެމަނަފުއްޓަށް ނިސްބަތްވާ ސައުދުﷲ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލްގެ މަގާމު ވެސް ކުރިން އަދާ ކުރެއްވި އެވެ. އަދި އެންމެ ފަހުން ހުންނެވީ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް މަގާމުގަ އެވެ.
ސުޕްރިންޓެންޑެންޓްގެ މަގާމަށް މީހަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ކުރީ މިދިޔަ އޭޕްރީލް 27 ވަނަ ދުވަހު އެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އޭނާ އެ މަގާމަށް އައްޔަން ކުރުމުން އެ ވަޒީފާއަށް ނިކުންވަން ފެއްޓެވީ މިއަދު ކަމަށެވެ.
އެޑިޔުކޭޝަން ސުޕްރިންޓެންޑެންޓްގެ މަގާމަށް އައްޔަނު ކުރެއްވި އިސްމާއިލް ސައުދުﷲ، ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލަކަށް އުޅުއްވި ދުވަސްވަރު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.---
އެ މަގާމުގެ އަސާސީ މުސާރައަކީ 19،278ރ. އެވެ. އަދި އެލަވަންސްގެ ގޮތުގައި މަހަކު 11،041ރ. ލިބޭއިރު، ހާޒިރީ އެލަވަންސްގެ ގޮތުގައި މަސައްކަތް ކުރާ ކޮންމެ ދުވަހަކު 299ރ. ލިބޭނެ އެވެ. އޭގެ އިތުރުން ޓެނުއާޝިޕް އެލަވަންސްގެ ގޮތުގައި 6،000ރ. ލިބޭނެ އެވެ.
ސުޕްރިންޓެންޑެންޓްގެ މަގާމަށް ސައުދުﷲ ހަމަޖައްސާފައިވާއިރު، ނަތީޖާ ރަނގަޅުކުރަން ތައުލީމީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރޭ ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން އެންމެ ބޮޑު ބަދަލެއް ގެންނަ ސެކްޝަނެއްގެ ގޮތުގައި ސްކޫލް އެޑްމިނިސްޓްރޭޝަން ސެކްޝަން ކަނޑައަޅާފައިވާކަން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސދޗފސަދފ
23 June 2025
މިބޭފުޅާ ގެމަނަފުށީ ސްކޫލުގައި އުޅުނުއިރު އަތޮޅު މަދުރުސާގެ ވެރިންނަށް ގުޅައި މިނިސްޓްރީގެ ވެރިންނަށް ގުޅައި ޝަކުވާ ކުރާލެއް ބޮޑުވެގެން ބ ފެހެންދޫއަށް ފުނުވާނީ ޕްރިންސިޕަލަކަށް، ދެން އެތަނުން އިސްތިއުފާދީފައި ދިޔައީ އަންހެނުންގެ ރަށް ވާދޫއަށް. ވާދޫން ބޭރުކޮށްލީ މުދައްރިސުންނަށް ޖެއްސުން ކުރާވަރުން
ޕާލޯ
23 June 2025
ޑީލްކުރަން ވަރަށް އުނދަގޫ ބޯހަރު މީހެއް. ތިމަގާމަށް އެއްގޮތަކަށްވެސް ފިޓެއްނޫން.
ްައިޝަތު
23 June 2025
ބިލަބޮންގ ސްކޫލުގެ ޕްރިންސިޕަލަކަށް އުޅުނީމަ ހީވެދާނެ މާ ޤާބިލު މީހެކޭ. ދަންނަ ވަރަށް ގިނަ މީހުންގެ ދަރިން އުޅޭ ބިލަބޮންގ ސްކޫލުގަ، ބުނޭ ވަރަށް ނާޤާބިލު ޕްރިންސިޕަލެކޭ ސައުދު އަކީ. ބޮޑެތިނމަގާމުތަކަށް މިހުން ވައްދާ އިރު ކޮންމެވެސް ވަރަކަށް ބަލަން އެބަޖެހެއެއްނު.
ފޫހި
23 June 2025
ހިތަށް އަރަނީ ރަށެއްގެ ކުޑަ ސްކޫލެއް ހިންގާފަ ބޮޑު މިނިސްޓްރީއެއް ހިންގުމުގެ އެއްވެސް ތަޖްރިބާއެއް ނެތް މީސްމީހުން ނަށް އޮފީސް ތަކުގެ ޕީއެސް ކަމާއި މިފަދަ މަޤާމުތައް ދިނީމަ މިނިސްޓްރީތައް ދާނީ ކުރިއަށްތޯ ފަހަތަށްތޯ؟ މިފެންވަރުގެ މަޤާމު ދޭންޖެހޭނީ ރާއްޖޭން ބޭރުގެ މިފެންވަރުގެ ވެސް މަގާމުތައް އަދާކޮށްފަ ނުވަތަ އޮފީސްތަކުގައި އެކި ފެންވަރުގެ މަޤާމުތައް އަދާކޮށް ލައްކަ ތަޖްރިބާ ހުންނަ ބޭފުޅުންނަށް
އިބްރާހީމް ހުސޭނު
23 June 2025
ސްކޫލްތަކުގެ ނަތީޖާ ރަނގަޅު ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީއަށް ބޮޑެތި މަގާމުތަކަށް މީހުން ލުމަކުން ނުވާނެ. މިހާރުވެސް ސިޔާސީ މީހުން މަދީތޯ؟ ސްކޫލްތަކުގެ ނަތީޖާ ރަނގަޅު ކުރާނަމަ، ސްކޫލްތައް ހިންގުމަށް ޕްރިންސިޕަލުންނަށް ބާރުދީ، ސްކޫލްތައް ހިންގުމުގައި އެޑިޔުކޭޝަނުގެ ދައުރު ކުޑަ ކުރަންޖެހޭ
ކިހާރަނގަޅު
23 June 2025
މިހާރު މުސާރަ މިހުންނަގޮތުން މަގާމު ލިބުނީމާ މުސާރަ ލިބޭނެ. ކޮންމެހެން ވަޒީފާއަށް ނުކުންނާކަށްނުޖެހޭތާ؟ އިތުރުފައިސާ ބޭނުމިއްޔާ މަސައްކަތު ނުކުންނަންވީ. ނުކުންނަ ކޮންމެދުވަހަކަށް އަނެއްކާ ފައިސާލިބޭ.
އަންނަ.
23 June 2025
އެކުގަ މަސައްކަތް ކުރިން. ނިކަން ގާބިލް ކަމާ ވެގެން އުޅޭ ބޭފުޅެއް. ފުރިހަމަޔަށް އިތުބާރު އެބައޮތް
ސިނާހް މުހައްމަދު
23 June 2025
ވަރަށް ގާބިލް ވަރަށް ތަޖުރިބާ ހުރި ބޭފުޅެއް
އުތުރު ތިލަ
23 June 2025
މިބޭފުޅާ މި މަގާމަށް ؟؟؟ މީނަ އުތުރާއި ދެކުނުގަ ޕްރިންސިޕަލްކަން ކުރިގޮތް ހަނދާން ހުރި ބޭފުޅަކުވެސް ނެތީތަ؟ ޕްރޮފެޝަނަލް މިންގަނޑުން އަދި ސިޔާސީ ފިކުރުގެ ގޮތުންވެސް ޝަރުތު ހަމަވޭތަ؟؟؟ ކޮންމެ މަގާމަކުން އަމިއްލައަށް އިސްތިއުފާދޭ ސަބަބު ނޭންގެނީތަ؟ ނޫނީ ނޭންގޭ ކަމަށް ހެދިގެން ތިބެނީތަ؟
ނަށީދު
23 June 2025
ހުސް ހުވަދު އަތޮޅު މީހުން ދެއްތޯ! އެޑިއުކޭޝަނަކީ ހުވަދު އަތޮޅަށް ލިޔުއްވާފައި އޮންނަ އެއްޗެއްތޯ؟