ފަޒީލް: ހުރިހާ ޒިންމާތަކަކުން ވަކިކޮށް އޮފީހަށް ނުނުކުމެވޭ ގޮތަށް އޭނާ ސަސްޕެންޑްކުރީ ފުލުހުންގެ ތަހުގީގަށް ޖާގަ ދިނުމުގެ ގޮތުން.
22 ޖޫން 2025 - 15:11
ބިންވެރިޔާ ސްކީމްގެ ތެރެއިން ނުލިބޭ ގޯއްޗަކާ ގުޅޭ ރަޖިސްޓްރީއެއް ހަދައި، އެ ހުށަހެޅި މައްސަލާގައި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު އަދިވެސް ހުންނެވީ ސަސްޕެންޝަނުގައި ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ހުރިހާ ޒިންމާތަކަކުން ވަކިކޮށް އޮފީހަށް ނުނިކުމެވޭ ގޮތަށް، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރަހިމް ފަޒުލް ރަޝީދުގެ ކޮއްކޮ، ފަޒީލް ސަސްޕެންޑް ކުރަން ބޯޑުން ނިންމީ ޑިސެމްބަރު 19، 2024 ގަ އެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން "މިހާރު"އަށް ވިދާޅުވީ ފަޒީލް އަދިވެސް ސަސްޕެންޝަނުގައި ހުންނެވީ ފުލުހުންގެ ތަހުގީގަށް ފަހު ވަކި ގޮތެއް އަންގަންދެން ކަމަށެވެ. މަސައްކަތުން ވަގުތީ ގޮތުން އެކަހެރިކުރިތާ ހަ މަސް ދުވަސް ވިއަސް ފަޒީލަށް ބަރާބަރަށް މުސާރަ ލިބިވަޑައިގަންނަވާ ކަމަށް މަތީން ވިދާޅުވި އެވެ.
ފަޒީލަކީ ހުޅުމާލެ އިން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ކުރިން ހިމެނިފައި ނެތް އަދި ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ވެސް ނޫން ކަމަށް އޮތީ ކަނޑައަޅައިފަ އެވެ. އެކަމަކު އޭނާ އަށް ގޯތި ލިބިފައިވާ ކަމަށް ބުނާ ރަޖިސްޓްރީއާ އެކު، އެ ބިމުގެ ވަށާފާރު ރޭނުމުގެ ހުއްދައަކަށް އެޗްޑީސީގައި އޭނާ ޖޫން 30، 2024 ގައި އެދުނެވެ.
އެހެންވެ، އެޗްޑީސީން އަމަލުކުރާ އާއްމު އުސޫލުން އެ ގޯތީގެ ރަޖިސްޓްރީ ވެރިފައި ކުރުމަށް ހައުސިން މިނިސްޓްރީ އަށް ފޮނުވި އެވެ. އިތުރު މީހަކު ވެސް ގޯތީގެ ވަށާފާރު ރޭނުމުގެ ހުއްދައަށް އެދިފައި އޮތުމުން އެ ވެސް ހައުސިން މިނިސްޓްރީ މެދުވެރިކޮށް އެކަން ސާފުކުރަން ފޮނުވި އެވެ.
ފަޒީލްގެ އިތުރުން ދެން ހުއްދައަށް އެދިފައި އޮތީ އަބްދުލްމަޖީދު މާހިރު ކިޔާ މީހެކެވެ. ބިންވެރިޔާ ސްކީމުން ގޯތި ލިބެނީ މާލޭ މީހުންނަށް ކަމަށް ވިޔަސް އެއީ ހއ. ދިއްދޫގައި ރަޖިސްޓަރީ އޮތް މީހެކެވެ.
ހައުސިން މިނިސްޓްރީން މިދިޔަ އަހަރުގެ އޯގަސްޓް 15 ގައި އެޗްޑީސީގެ ސިޓީއަށް ދިން ޖަވާބުގައި އޮތީ އެއީ ބިންވެރިޔާ ލިސްޓުގައި ހިމެނޭ ބައެއް ނޫން ކަމަށާއި އެ ދެ ގޯއްޗަކީ އެއްވެސް މީހަކަށް ދީފައި އޮތް ދެ ގޯތި ނޫން ކަމަށެވެ.
އެ ތަހުގީގު ފެށިއިރު، މައްސަލަ ބޮޑުވެފައިވާ ގޯތީގެ ވަށާފާރު ހުރީ ރާނަން ފަށައިފަ އެވެ. ގާތްގަނޑަކަށް ހަތަރު ފޫޓެއްހާ އުސްމިނަށް ވަނީ ވަށައިގެން ފާރު ރާނައިފަ އެވެ. އެ މަސައްކަތް ކޮށްފައި ވަނީ ވަރަށް ފަހުންކަން، އޭރު އެ ތަނުގެ މަސައްކަތްތައް ގޮސްފައިވާ ހިސާބުން ސާފުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިއްލާ2222
23 June 2025
މާ ރަގަލެއް ނުން ގޭގަ އަރާމު ކުރަން އުޅެމުން މުސާރަ ލިބެންޏާ
މަބުނީ
23 June 2025
މުއީޒު ސަރުކާރު ތަފާތީ އެހެން ވެއެވެ.
ޑރ ވާންޗޯ
23 June 2025
ބަހައްޓާލާ ވެރިކަންނިމެންދެން، ތީކަމެއްނުކޮށް މުސާރަނަގަން ވައްދާބައެއް. މުސާރަގަވައިދުން އެބަޖަމާވެއެއްނު!!!!.
އަޒުމް އަހްމަދު
23 June 2025
ކޮންމެ ގޮތެއްވިޔަސް މިހާރު އޭނަގެ ބާރެއް ނެތް. އޭނަގެ ފަރާތުން ލިބޭނެ މަންފާއެއް ނެތް. އެހެން ވީމަ ތިކަމުގައި ނެތް ކުރެވޭނެ މާކަ ބޮޑު ކަމެއް.
ލިހާޒް މުހުސިން
23 June 2025
މިމީހުންނަށް ހައްގު އަދަބު ސަރުކާރުން ދޭނެ. އެކަން ބަލަންތިބޭ
ޑރ ވާންޗޯ
23 June 2025
މިހާރުވެސް ކަމެއްނުކޮށް ގޭގަބަހައްޓައިގެން މަހުންމަހަށް ދެމުންނޭ އެގެންދަނީ!!.
ބަޑިތަކުރު
23 June 2025
ކުށް ސާބިތު ނުވުމުން އަނބުރާ ދޭންޖެހުނަސް މުސާރަ ހިނގާގޮތަށް ސަސްޕެންޑްކުރުން ހުއްޓާލާކަށް ނުވޭބާވައެވެ. އެއީ އަދަބަކަށްވުރެ ބޮޑަށް ދެވޭ ޢިނާޔަތެކެވެ. އެހެން މީހުންނަށް ވަޒީފާ އަދާކޮށްގެން މުސާރަ ލިބޭއިރު 6 މަސްވަންދެން ހައްދަވައިގެން ކަމެއް ނުކޮށް މުސާރަ މިދެނީ އެއީ ފަހެ ދައުލަތަށް ބަލަދު އަރާފައިވާ މީހަކީ ބާވައެވެ.
އިހްސާސް
23 June 2025
ތިޔައީ ސިވިލްސާވިސްގެ މަގާމެއް ނޫން. މުއިއްޒު ތަބަކަކަށް ލާފައި ދިން މަގާމެއް. މުއިއްޒަށް މީނަ ވަކިނުކުރެވޭންވީ ކީއްވެ؟
ޑރ ވާންޗޯ
23 June 2025
ބަލަދު އަރާފަހުރީމަ.!
ޓިނު
22 June 2025
5 އަހަރު އަދި ނުނިމެއެއްނު،
ހަމަދު ސަލީމް
22 June 2025
މުސާރަ ލިބެންޏާ ކޮބާ މައްސަލަޔަކީ، މި ސަރުކާރުން ތިސޮރަށް ދެރަގޮތެއް ހަދާކަށް ނުކެރޭނެ.
ސާބަސް ހަމަ
22 June 2025
މީނަ މިހުންނަނީ އަޅެ މޭކަޕް ކޮށްފަތަ؟!
ތެފައ
23 June 2025
އުހުން. މޭކަޕެއް ނުކުރޭ އެކަމަކު ކުޑަކޮށް ޓަޗްކޮށްލާފަ ފޮޓޯއަށްވެސް ތިންހަތަރު ފިލްޓާރ ލާފަ، އަނެއްހެން މާބޮޑުވަރެއް ނުކުރޭ!!
ވިހި
22 June 2025
ފޭކް ސްލިޕް ފޮނުވުން ގޯސް. ނުހައްޤު ފައިސާއިން ދަރިންނަށް ކާންދިނުން އޯކޭ؟