އެމްޑީޕީން މީގެ ކުރިން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
24 ޖޫން 2025 - 11:05
އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިނުގަތީ މާލޭގައި ނޫޅުއްވާތީ ކަމަށް އާއިލާ އިން ބުނެފި އެވެ.
އިބޫގެ އެއްބަނޑުއެއްބަފާ ކޮއްކޮ، ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު ރޭ ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއަށް ގުޅިވަޑައިގަތުމަށް ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި އިބޫއަށް ބައިވެރިވެވަޑައިނުގެންނެވީ މާލޭގައި ނެތުމުން ކަމަށެވެ.
އިބޫ މި ވަގުތު ހުންނެވީ މެލޭޝިޔާގަ އެވެ.
ރޭގެ ޖަލްސާގައި އެމްޑީޕީގެ އިސްބޭފުޅުންގެ ތެރެއިން ތިއްބެވީ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދެވެ. އަދި ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ނަޝީދު ފުރަތަމަ ފަހަރަށް އެމްޑީޕީގެ ރީނދޫ ޕޯޑިއަމްގައި ދެއްކެވި ތާރީހީ ވާހަކަފުޅުގައި ވެސް ކުރިން އެ މަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ އިބޫގެ ނަން ފާހަގައެއް ނުކުރައްވަ އެވެ.
ރައީސް އިބޫ މިވަގުތު ރާއްޖޭގައި ނެތުމުން ބައިވެރިނުވެވުނީ https://t.co/Pk4yBos3p4
— Ali Niyaz 🎈 (@ali_niya) June 23, 2025
އިބޫ ވަނީ އެމްޑީޕީގެ ޓިކެޓުގައި 2028 ގެ ރިޔާސީ ޕްރައިމަރީއަށް ވާދަކުރައްވަން ވެސް ނިންމަވައިފަ އެވެ. އެ މަނިކުފާނު އެހެން ވިދާޅުވީ ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކުރާ ޖަލްސާ އަށް ތައްޔާރުވަމުން އަންނަނިކޮށް، އެ ޕާޓީގެ އިސްބައެއް ބޭފުޅުންނާ އެކު ރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ.
ނަމަވެސް، އިބޫގެ އެ ނިންމެވުމާ ގުޅޭ ގޮތުން އެމްޑީޕީން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
އެމްޑީޕީން މިދިޔަ އޭޕްރީލް 12 ގައި ނިންމާފައި ވަނީ މި އަހަރުގެ އޮގަސްޓް 15 އިގެ ކުރިން އެ ޕާޓީގެ ކޮންގްރެސް ބާއްވާށެވެ. ބެލެވޭ ގޮތުގައި އެއީ 2028 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކާ މެދު ގޮތެއް ކަނޑައަޅަން ބާއްވާ ކޮންގްރެސްއެކެވެ.
އިބޫގެ ވެރިކަމުގައި ނަޝީދު އެމްޑީޕީ ދޫކުރައްވައި، "ދަ ޑިމޮކްރެޓްސް" އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ވަނީ އަލުން އެމްޑީޕީއާ ރޭ ގުޅިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާމިލް1
25 June 2025
އަދީބު ދޫކޮއްލާފަ މިނިވަން ކޮއްފަ އޭނަކައިރީގަ ޗޯއްޗެއް ! ވަލީެުލް އަމުރު މަރަން ބޮންގޮއްވި މިހާވެސް ދޫކޮއްލީ.، އަދީބުގަދައީ :(
މިހާރުގެ
25 June 2025
ދޮގު ނުހަދަމާތޯ
ވަތަންގެ ދަރި
24 June 2025
ތިޔަވާނީ ތިޔައަށް ތީ އެއްގަލުން ފެހި ކާ ލަނޑާ. ދެފަހަރު ވެރިކަމަށް އަޔަތީވެސް ގައުމު ލޫޓުވާލީ ސަލާމަތް ނުވާވަރަށް ދަރުވާލީ، މިހާރު އަނެއްކާވެސް އެތެޅީ ގައުމު ހަމަގަށް އެޅި ދަރަނިން ސަމާމަތްވެ ބަޖެޓު އަރަނި ކުރަމުނދާތީ. ބަލަންތިބޭ ވަރަށް ރީތި އިބާރާތް ތަކާ ސްލޯގަންތަކާ އެއްޗެތި ނެރޭނެ ދުވަސް ކައިރިވި ވަރަކަށް. ރައްޔިތުން މި މީހުންގެ މަޅީގަ ޖެހެން ހެޔޮނުވާނެ. މި ވާނީ މިއަށް.
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
24 June 2025
މިކަންތައްތަކުން މާޒީ ވަރަށް ހަނދާންވޭ. އެކަމަކު ދެން މާޒީ ތަކުރާރު ނުވާނެ ކަމަށް ވަރަށް އުއްމީދު ކުރަން. އެމް.ޑީ.ޕީގެ ކުރިމަގު އުޖާލާވާނީ އޭރުން
އިހްސާސް
24 June 2025
ނިޔާ އެތާ ހުރިންތަ އަނެއްކާ؟
މޑޕ އޮތް އުއްމީދަކީ
24 June 2025
ރަނގަޅު ޕްރައިމަރީ އެއްބާއްވާފަ ބަލިވާ ބޭފުޅުން ހަމަ ގަދަކޮށް ދެން ހުރިމީހާ ފަހަތަށް އަރާ މިކަމުގަ ނަމޫނާ ދައްކަންވެއްޖެ.
ނަގިއްޔާ
24 June 2025
މިކަން ހައްލުވާނީ އެމްޑީޕީއަށް 2028 ކާމިޔާބް ކުރެވިއްޖެނަ. ޕްރައިމަރީގައި ދެވަނައަށް އަންނަ ބޭފުޅަކު ވީކެންޑްގައި ވެރިކަން ކުރާގޮތައް ހަދާފައި، ވީކްޑޭގައި އިންތިހާބް ކާމިޔަބުކުރާ މީހާ ވެރިކަން ކުރުން. ޕްރައިމަރިން ތިންވަނަ ލިބޭމީހަކު ގޮތްދޫނުކުރިނަމަ އޭނައަށްވެސް ހުކުރު ހޮނިހިރު ފިޔަވައި އަންނަ ޕަބްލިކް ހޮލިޑޭގައި ވެރިކަންކުރަންދީ. 4 ވަނައަށް އަންނަ މިހާ ފައިވިއްދައިނަމަ އޭނައަށް ވެެރިކަން ކުރަންދީ ދެނަމާދު ދޭތެރޭ.
އަންނި އަނޯނާ
24 June 2025
އަންނި ހާދަ އަވަސް އަވަހަށް މޫނު ގެ ސިފަ މުސްކުޅި އެބަވޭ! ޓެންޝަން ހައި އީ ދޯ ! ދެން އޯކޭ!
ޑރ ވާންޗޯ
24 June 2025
ބޮޑުތަނުން ފޭލްވެފަތިބި ދެމީހުން ވެރިކަމަށް ފައިނަގަންފެށީމަ ޕާޓީގެ ސޯޓުއިތުރަށް ބޭލުންނޫންކަމެއް ނުވާނެ.
ބޮބްކްރިސްޓޯ
24 June 2025
ވެރިކަމުގެ ލައްޒަތާހެދި ވެރިންގެ ކޯޅުމުގެ މަލަމަތި މިފެންނަނީ. އެއްގަލަށް އަރަން ބޭއްވިޖަލްސާގައި އެކަކު ވީނުވީތަނެއްނޭގެ މެލޭޝިއާގައޯ.