25 ޖޫން 2025 - 19:58
ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ބަންގި އާއި ގަމަތާ ދެމެދު ހޭދަކުރާ ވަގުތު ދިގުކުރަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ބަންގި އާއި ގަމަތާ ދެމެދު ހޭދަކުރާ ވަގުތުތައް އެއް މިނެއްގައި ހިފަހައްޓަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ، މިސްކިތްތަކާ ބެހޭ ގައުމީ މަޖިލީހުގެ ލަފާގެ މަތިންނެވެ.
އެކި މިސްކިތްތަކުގައި މިހާރު ބަންގި އާއި ގަމަތާ ދެމެދު ހޭދަކުރާ ވަގުތުތައް ތަފާތެވެ. އެކި ރަށްރަށުގައި ވެސް އަމަލު ކުރަމުންދަނީ އެކި ވަގުތަށެވެ.
މިނިސްޓްރީން ކަނޑައަޅާފައި ވަނީ ފަތިސް ނަމާދުގައި ބަންގި އާއި ގަމަތާއި ދެމެދު 15 މިނެޓު، މެންދުރު ނަމާދާއި އަސްރު ނަމާދުގައި 12 މިނެޓު، މަޣްރިބް ނަމާދުގައި އަށް މިނެޓު އަދި އިޝާ ނަމާދުގައި 10 މިނެޓު ހޭދަކުރުމަށެވެ.
މި ނިންމުމަކީ ބަންގި އާއި ގަމަތާ ދެމެދު މިހާރު ސުންނަތް ނަމާދު ކުރުމަށް ލިބޭ ވަގުތު ކުޑަވުމުގެ ސަބަބުން އާއްމުންގެ ޝަކުވާ މިނިސްޓްރީއަށް ލިބުމާ ގުޅިގެން ގެނައި ބަދަލެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މިއަދު ނިންމި ނިންމުން މިހާރު ކައުންސިލްތަކަށް ވެސް އަންގާފައިވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހި79
28 June 2025
ކުރިން އޮތް ގޮތް ރަނގަޅީ. ގެ ކައިރީގަ ހުރޭ 2 މިސްކިތް. އެއް މިސްކިތް އަވަސް، އަނެއް މިސްކިތް ލަސް. ދެ މިސްކިތަށްވެސް ދަން ނިކުމެެވޭ ވަގުތުގެ ގޮތުން. ދެން ނީންނާނެ ތަފާތެއް - ދެރަ.
އަދިއިތުރު
26 June 2025
ކޮންމެ ނަމާދެއްގަ ކުރަން އޮންނަ ސުންނަތުގެ އަދަދު މިސްކިތުގަ އެނގޭނެ ފަދަ ގޮތެއް ނޯންނާނެތަ
ފަރުޟު ނަމާދުގެ ސުންނަތްތައް
26 June 2025
އެއީ ރަވާޠިބު ސުންނަތެވެ. 1- ފަތިސް ނަމާދުގެ ކުރިން 2 ރަކްޢަތް 2- މެންދުރު ނަމާދުގެ ކުރިން 4 ރަކުޢަތް އަދި ފަހުން 2 ރަކުޢަތް ނޫނީ 4 ރަކުޢަތް 3- ޢަޞްރު ނަމާދުގެ ކުރިން އަދި ފަހުން ވެސް ސުންނަތް ނަމާދެއް ނޯވެއެވެ. 4- މަޣްރިބް ނަމާދުގެ ފަހުން 2 ރަކްޢަތް 5- ޢިޝާ ނަމާދުގެ ފަހުން 2 ރަކްޢަތެވެ.
ދިވެހި79
28 June 2025
މުޅިން ރަނގަޅެއް ނޫން. ތި ގިނައިން ކިޔައިދެވުނީ ރަވާތިބު ސުންނަތްތަކުގެ ގަދަވެގެންވާ ސުންނަތްތަކެވެ (މެންދުރު ނަމާދުގެ ފަހުން އޮންނާނީ ގަދަވެގެންވާ 2 ރަކްއަތް). ކުޑަވެގެންވާ ސުންނަތް ތަކަކީ މެންދުރު ނަމާދުގެ ފަހުގެ (އިތުރު) 2 ރަކްއަތް، އަސުރު ނަމާދުގެ ކުރިން 2+2، މަގްރިބްގެ ކުރިން 2، އަދި އިޝާގެ ކުރިން 2.
ބަަރަކް1
26 June 2025
މިސްކިތުގައި ގިނަ ވަގުތު ހޭދަކުރެވި ޖަމާއަތް ލިބޭގޮތް މިވަނީ. މިއީ ރައީސްގެ ޚާއްޞަ އިރުޝާދުގެ ދަށުން ދީނީ ކަންކަމަށް ދެއްވާ ސަމާލުކަން. ވަޒީފާއާެބެހޭ ގާނޫނަށް ބަދަލު ގެނެސް، މަސައްކަތު ވަގުތު ކުރުކޮށް، އެބައި މިސްކިތުގައި ހޭދަކުރާ ގޮތަށް ހަދަންވީ. މިގޮތުން މެންދުރުވަގުތަށް މިސްކިތަށް 1 ގަޑިއިރު، އަސްރުވަގުތަށް 1 ގަޑިއިރު. ބަންގިއާ ގަމަތް ދޭތެރޭ ބައިގަޑިއިރު، އޭރުން ހިތްހަމަޖެހުމާއެކު ނަމާދުކޮށްލެވޭނެ، ޤައުމުގައި ބަރަކާތް އިތުރުވާނެ.
އަސްލު ސުވާލެއް
26 June 2025
ސަލާން ދިނުމުން މިސްކިތުން ފައިބަން ވަކި ވަގުތެއް ކަނޑައެޅިދާނެތޯ؟
ދިވެެހި79
28 June 2025
ބިޒީ ދުވެހެއް ވެއްޖެއްޔާ ހަމަ ނިމުމުން ދިޔަސް ރަނގަޅުވާނެ. އެކަމަކު ނަމާދު ކޮށްގެން ނުތެދުވެ އިންނަ ވަގުތަކީ ހަމަ ނަމާދު ކުރުމެކޭ އެއްވަރަށް ސަވާބު ލިބޭ ވަގަތުތަކެއް. އެހެންވެ ޒިކުރުތައް އަދި ދުއާ ކުރުމުގެ ފައިދާ ބޮޑު.
raajje
26 June 2025
ބަންގިގޮވާއަޑުދުރަށްއިއްވަންޖެހޭ އެއްސަބަބަކީ މީހުންނަމާދަށް އައުމަށް ހަނދާންކޮށްދިނުން، ނަމާދުކުރާއަޑު މިސްކިތްތަކުގެ އަޑުގަދަކުރާއިން ދުރަށްއިއްވަނީ ކޮންބޭނުމެއްގަ؟ މިކަމުގެސަބަބުން މިސްކިތުގެ ވަށައިގެން ދިރިއުޅޭ ގެތަކުގެ ބަލިމީހުންނަށާ، ބޭބީކުޑަކުދިންނަށާއި ވަކިންހާއްސަކޮށް ގޭގައިނަމާދުކުރާމީހުންގެ ނަމާދުއޮޅޭވަރަށް އުނދަގޫވާކަން ޝަހީމަށް އެނގޭތޯ؟ މިސްކިތުގައިނަމާދުކުރާއަޑުއިންވަންވާނީ މިސްކިތްތެރޭގެ ސުޕީކަރުތަކުން، މުޅިތަނަށްއިއްވާކަށްނުޖެހޭދޯ
ކުޑަ ސައިހު
26 June 2025
ތިވީގޮތުން ގެންގުޅޭ މަސައްކަތު މީހުން ނަމާދައް ގޮސް ގަޑިއަކު އިރުވާނެ
raajje
26 June 2025
ސުންނަތްކުރަންބޭނުންވާމީހުން ވަގުތަށްމިސްކިތައްދާނަމަ ސުންނަތްކުރެވޭނެ، ބަންގީގެއަޑުއިވުނީމާ އަންބޮނޑިޖަހަމުން ދަތްއުނގުޅަމުން ތެޅެމުންފޮޅެމުން މިސްކިތާދިމާލަށްދާތީ ސުންނަތްކުރާނެވަގުތު ނުވަނީ، ގިނަމީހުންގޮސް ކިޔުޖެހިގެން ވުލޫކުރަނީ، ބޮޑުމަސްސުނިގަނޑަކަށްނަހަދާ ހުރިހާވަގުތަކުވެސް ބަންގިއާގަމަތާ ދެމެދު 10 މިނެޓުހޭދަކުރުން ރަނގަޅުވާނެ، ޝަހީމު އިމުރާނު މީމީސްމީހުނަކީ ކމުދބައެއްނޫން، ރަނގަޅުދީނީޢިލްމުވެރިން ރާއްޖެއަށްބެނުންވޭ ބިނާކުރަންޖެހޭ
އަފްރާސިޔާބު
26 June 2025
ރަނގަޅު ދީނީ މީހުންނަކީ ކޮންބައެއް. ސަލަފު މީހުންބާ؟ ބަލަ އެމީހުންނަކީ ޔަހޫދީންގެ އަޚުންގެ ގޮތުގައި ބަލާބައެއް. އެމީހުންނަށް މިސާރަ އަންނާނެ ގަލްފުގެ ގައުމުތަކުން. އެމީހުންގެ މަސައްކަތަށް އޮންނާނީ ވަރުގަދަ ފިތުނަ ގަނޑެއްގެ ތެރޭގައި އަބަދުވެސް މުސްލިމު އާންމުން އުޅުން. ބްރެއިން ވޮޝްކުރުން. މިކަން ކުރެވޭ މީހުންނަށް ވަރަށް މަތީ ތާއީދެއް އޮންނާނެ. ފަލަސްތީނަށް ތާއީދުކުރާ ގޮތް ދައްކައިގެން މީހުން އަތުން ފައިސާ އަތުލާ ބައެއް.
ސޯޅަ
26 June 2025
މިއީ ސަރުކާރުން ވަންނަންޖެހޭ ކަމެއްތަ؟ އަހަރުމެން ރަށުމުދިމު އަވަސްކޮށްލާނެ މަސްދޯނި ކައިރިކުރާހެން ހީވަންޔާ. އެންމެން ނަމާދުކޮށްގެން މަސްހިފައިގެން ގެޔަށް!!! އެންމެން ހެޕީ…
ނަނަނަ
26 June 2025
މިކަމުންވެސް މިއެނގެނީ ދީނީ ކަންކަމަކީ މީހުން އެކަންކަން އުފައްދާ ބައްޓަން ކުރާކަންތަކެއްކަން....
އަފްރާސިޔާބު
26 June 2025
ފަހުން އައިސް ދީނަށް ވަރަށް ގިނަ ކަންކަން އިތުކޮށް ވަރަށްގިނަ ކަންކަން ޙަރާންކޮށް ވަރަށްގިނަ ކަންކަން ހަލާލު ކުރާބައެއް. ފިތުނަ އުފެއްދުން ކަމަކީ.
މުދިމުގެ ފަހަތުގަ ހުންނަމީހާ
26 June 2025
ކޮންމެ މިނިޓެއް ދީފަ އޮތަސް އެއަށް އަމަލުކުރީމަވާނީ. ބައެއް މީހުން އަންނާނެ ގަމަތް ދޭން މިނިޓަކަށްވީމަ ވަދެ ސުންނަތް ކުރަންފަށާނީ. އޭނަ ނިމެންދެން މުދިމު އިންނާނީ ބަލާލަ ބަލާލަ. ގަމަތް ނުދޭނެ. އޭނަ ސަލާން ދިނީމަ ގަމަތްދޭނީ. އެދިޔައީ އިތުރު 3 މިނިޓް.