ހަލާލް ޓޫރިޒަމް ތައާރަފު ކުރުމުގެ ޕްލޭން މި ފެށޭ ހަފުތާގައި ޓޫރިޒަމް މިނިސްޓްރީން އާންމު ކުރާނެ ކަމަށް ވިދާޅުވި.
27 ޖޫން 2025 - 16:46
ރާއްޖެ އަށް ހަލާލް ޓޫރިޒަމް ތައާރަފްކުރަން ތައްޔާރުވެފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފި އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް މުޅި ދުނިޔޭގައި މަޝްހޫރުވެފައި ވަނީ، ދެމެހެއްޓެނިވި ގޮތެއްގައި ސިނާއަތް ކުރިއަރުވައި، ޓޫރިސްޓުން ރާއްޖޭގައި ކުރާ ތަޖުރިބާ އާއި އަދާކުރާ މެހެމާންދާރީގެ ނަމޫނާއެއްގެ ގޮތުގައި ކަމަށެވެ.
އެހެންވެއާ އެކު، ރާއްޖެ އިން މިހާރު އަމާޒު ހިފާފައިވަނީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި ހަލާލް ޓޫރިޒަމްގެ މަންޒިލެއްގެ ގޮތުގައި ވެސް ދުނިޔޭގެ މަގުބޫލުކަން ހޯދުމަށެވެ.
ރައީސް ވަނީ، ރާއްޖޭގައި ހަލާލް ޓޫރިޒަމް ތަރައްގީ ކުރަން ހާއްސަ ކޮށްގެން ރަށްތަކެއް ކަނޑައަޅަން ނިންމާފައިވާ ކަން އިއުލާނު ކުރައްވައިފި އެވެ.
މިކަމުގެ ތެރެއިން، އިންވެސްޓަރުންނަށް ބޮޑެތި އިނާޔަތްތަކާއި ލުއިތަކެއް ލިބޭ ކަމަށާއި މިއީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތު ކުރުމުގައި ލިބޭނެ ބޮޑު އެހީތެރިކަމެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީިގޮތުގައި، ރާއްޖެއަށް ހަލާލް ޓޫރިޒަމް ތައާރަފްކުރުމުގެ ޕްލޭން މި ފެށޭ ހަފްތާގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީން އާންމުކުރާނެ އެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންވެސްޓަރުންނަށް މަރުހަބާ ކިޔަން ރާއްޖެ ތައްޔާރަށް އޮތް ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަދު ސަލީމް
28 June 2025
ޙަލާލް ނޫން ޓޫރިޒަމެއް އޮންނަނަމަ އެކަން މަނާކުރަންވީނު. ކީކޭތަ ތި ކިޔަނީ.
އޮނަރަބްލް އަފީފު ދީދީ
28 June 2025
މިހާރުވެސް ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި އޮތް މުއްސަނދި ކަމާއި ފަޤީރުކަމުގެ ބޮޑު ފަރަޤު އިތުރަށް ދެ ގުނަ ވާނެގޮތަކަށް ރާއްޖޭގެ ފަޅުރަށްތައް މަހުޖަނުންނަށް ދޫކޮށްލުމުގެބަދަލުގައި ސީދާގޮތުން ދިވެހިރައްޔިތުންނަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ބައިވެރިވުމަށް ފުރުސަތު ލިބޭ ގޮތަށް" ފަތުރުވެރިކަމުގެ އިޤްތިސޯދު ބައްޓަން ކުރަން މާލޭސަރުކާރު ހިންގާން ތިބި މީހުން ނުވިސްނާކަން މިފަދަ ކަންކަމުން އެގި ހާމަވޭ. ތިއީވެސް މަހުޖަނުންނަށް ރަށް ދޫކުރަން ކުރާ ކަމެއް.
އޮނަރަބްލް އަފީފު ދީދީ
28 June 2025
މިސާލަކަށް ތިކަން ކުރުމުގެ ބަދަލުގައި "ރައްޔިތުންނަށް ސިނާއަތުގެ ފައިދާ ލިބޭގޮތް ހަދާން ސަރުކާރުން ބޭނުން ނަމަ" އެންމެ ފުރަތަމަ ކުރާން ޖެހޭ ކަމަކީ މަހުޖަނުން އެމީހުންގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން މާލޭސަރުކާރަށް މަޖުބޫރުކޮށް ހަނިމާދޫ އާއި އައްޑޫ GAN International Airport ގައި އަޅުވާފައިވާ "މަރުތަޅު" ނައްޓާލާފައި ކ.މާލޭގެ އިތުރަށް ރާއްޖޭގެ އުތުރާއި ދެކުނަށް ޓްއަރިސްޓުންނަށް އާދެވޭގޮތް ހަދާދީ. އޭރުން ތިކަންކަން ރަނގަޅުވެ މައްސަލަ ހައްލު ވާނެ.
އޮނަރަބްލް އަފީފު ދީދީ
28 June 2025
މިގޮތުން ހަނިމާދުއާއި ގޭން އެއަރޕޯޓް ހިންގުމަށްޓަކާ ފަށައިގަތުމަށް ޗައިނާ އެގްޒިމް ބޭންކު ފަދަ މާލީ އިދާރާއަކުން ލޯނު ހޯދައިގެން ދައުލަތް ޒިންމާވާގޮތަށް ލޯނު ނަގައިގެން އިންފްލައިޓް ކޭޓަރިންގ ހިދުމަތާއި، ކޮންވެންޝަނަލް ހޯލާއި އަދި ޑިޕާޗާރ ބިޒިނަސް ލައުންޖް ހިދުމަތާއި އެކު ބީޗް ކޮޓަރިވެސް ހިމެނޭ ގޮތަށް 1000 ކޮޓަރީގެ ⭐️ ⭐️ ⭐️ ⭐️ ގެ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް އައްޑޫ އެއަރޕޯޓްގައި ތަރައްޤީ ކޮށް މިކަން ކުރަން ފެއްޓިދާނެ. މިއީ ނުކުރެވޭނެ ކަމެއްނޫން.
އޮނަރަބްލް އަފީފު ދީދީ
28 June 2025
މަތީގައިދެންނެވި ގޮތަށް GAN International Airport ގައި 4 ⭐️ ގެ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް ތަރައްޤީ ކުރަން ނަގާ ލޯނަކީ ޗައިނާގެ އެންމެސެޑަރ އިޝާރާތް ކުރެއްވި ފަދަ "އާމްދަނީ ލިބޭނެ ކަމަކަށް" ކުރާ އިންވެސްޓް މަންޓަކަށްވާތީ މި ހުށަހެޅުން ހުށަހެޅުމާއި އެކު އިތުރު ލަސްތަކެއް ނުވެ ލޯނު ލިބޭނެ. އަދި ޗައިނާގެ ކުންފުނިތަކާއި ޙަވާލު ކޮށްފިނަމަ އެންމެ މަތީ ފެންވަރަށް 1 ހާސް ކޮޓަރީގެ އެއަރޕޯޓް ޓްރާންސިޓް ހޮޓާ 2028 ގެ ކުރިން ނިންމާ ސަރުކާރާއި ޙަވާލު ކުރާނެ.
އޮނަރަބްލް އަފީފު ދީދީ
28 June 2025
އެއްހާސް ކޮޓަރީގެ ހަތަރު ތަރީގެ އެއަރޕޯޓް ޓްރާންސިޓް ހޮޓާ އެޅުމަށް ނަގާ ލޯނަކީ ކ.މާލޭގައި އަޅާ ފުލެޓްތަކަށް ނަގާފަދަ ލޯނަކަށް ނުވާނެ. ހޮޓާ ތަރައްޤީކުރުމަށް ފެއްޓުމާއިއެކު "އިންވެސްޓްމަންޓްގެ އަގު އެއްފަހަރާ ދައްކާ ފަރާތަކަށް" ބިމުގެ ކުލި ފިޔަވާ އިތުރުކުއްޔެއް ނުނަގާގޮތަށް 50 އަހަރަށް ހޮޓާ ގަންނާނެ އެތައް ބަޔަކު ތިބޭނެ. އަދި އިންވެސްޓްމަންޓްގެ އަގު އެއްފަހަރާ ސަރުކާރަށްދައްކާފައި އެއަރޕޯޓަށް %30 ޙިއްސާދޭނަމަ 99 އަހަރަށް ދިނުމަކީވެސް ރަނގަޅުގޮތެއް.
ދުއްލިސާ
28 June 2025
ޙަލާލު ޓޫރިޒަމް އޭ ކިޔާފަ ކަމެއް ފެށުމުން، އޭގެ މާނަ އަކީ، ދެން އޮތް ޓޫރިޒަމަކީ ޙަލާލު ނޫން ނުވަތަ 'ނަޙަލާލު ޓޫރިޒަމް' އޭ ބާ؟
ކްރޫ
28 June 2025
މިހާރުވެސް ގެސްޓު ހައުސް ހުންނަ ރަށްރަށުގައި އެއްވެސް ހަމައެއް ލަމައެއް ނެތި ގެސްޓުން ބޭނުންހާ ގޮތަކަށް އުޅެން ދޫކޮށްލާފައި އެ އޮތީ. މިކަން ކަން ރަނގަޅުކުރަން ސަރުކާރުން މަސައްކަތް ކުރިއްޔާ މާ ރަނގަޅުވާނެ.
ޕިކްސް
28 June 2025
ރަށު ކައުންސިލެއް ހޮވަނީ ކޮންމެވެސް ކަމަކު.
ޖީޖީ
28 June 2025
ހަލާލް ޓޫރިމް އެންޑް ނަހަލާލް ޓޫރިޒަމް ދެން އޮންނާނީ އެހެން ނޫންތޯ؟
ބަދަން ސިތާރާ
28 June 2025
މި ދައްކަނީ އަރަތެއްކަހަލަ ވާހަކަތަކެކެވެ. މިއީ ސައްތައިން ސައްތަ މުސްލިމު ގައުމެކެވެ. އަސާސީގައި އެ އޮތީ އެހެން ލިޔެފައެވެ. މަނިކުފާނުގެ މަސްއޫލިއްޔިތުގައި އިސްލާންދީ ނެގެހެއްޓުން އޮވެއެވެ. މާތް ރަސްގެފާނެވެ. އަންޒަމާނުއްސުރެ ދިވެހިންގެ "ބީތާ" ކަމުން މިހާތާ ހިނގަނީ ކާފަރު ފައިނޭސްސާއި ކާފަރު ޓުރިޒަމާއި ކާފަރު ވެރިކަންކަމަށް ދެކެންޏާ، ސްޓަންޓް ނުޖައްސާ އެކަން ބަދަލުކުރައްވާށެވެ. މިތަނުގައި ތިބި މީހުންވެސް ހަމަމަގަށް އަޅުވާށެވެ.