މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުން އައްޑޫގައި އުޅޭ ބިދޭސީއަކާ ސުވާލުކުރަނީ.-- ފޮޓޯ: އިމިގްރޭޝަން
27 ޖޫން 2025 - 22:26
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން މި އަހަރު ކުރިއަށް ގެންދާ އެންމެ ބޮޑު ރެއިޑް އޮޕަރޭޝަނުގައި އައްޑޫން 83 ބިދޭސީއަކު އަތުލައިގެންފި އެވެ.
"ހަމަ މަގު" ނަމުގައި މިދިޔަ ބުދަ ދުވަހު ފެށި އޮޕަރޭޝަންގައި އިމިގްރޭޝަންގެ ކޮންޓްރޯލަރު އަހްމަދު ފަސީހު އާއި ޑެޕިއުޓީ ކޮންޓްރޯލަރު އަހްމަދު އަޝްފާން ވެސް ބައިވެރިވެވަޑައިގަތެވެ. އަދި އެ ރެއިޑުގައި އިމިގްރޭޝަންގެ 35 އޮފިސަރުންނާއި އައްޑޫ ފުލުހުންނާއި ކައުންސިލުގެ މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެެރެއިން 5،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ޑީޕޯޓްކޮށްފަ އެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް ގެންދަނީ ކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން މިހާތަނަށް ވަނީ 151،000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ އެއްކޮށްފަ އެވެ. ސަރުކާރުން ބުނި ގޮތުގައި، ބަޔޯމެޓްރިކްސް ނުދީ އުޅޭ ބިދޭސީން އަންނަ މަހުގެ ފަހުން ރާއްޖެއިން ޑީޕޯޓްކުުރުމުގެ މަސައްކަތް ފަށާނެ އެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 2027 ވަނަ އަހަރުގެ އެޕްރީލް މަހުގެ ކުރިން އެއްކޮށް ހައްލުކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
28 June 2025
ބިދޭސީންނަށް އަދާ ކުރެވޭނެ ވަޒީފާ ތައް ރާއްޖޭގަ ވ ގިނަ އެވެ. އެކަމު ފިހާރަ ހޮޓާ ކެފޭ ފަދަ ތަންތަނުގަ ބިދޭސީން ބަހައްޓާނަމަ އެމީހުން އަހަރަކު ފިހާރަ އެއް ހުޅުވާނެ އެވެ. މިހާރު ވެސް ގިނައީ ދިވެއްސަކަށް 5 ހާސް ދީގެން ހިންގާ ވިޔަފާރި އެވެ. ކުދި ކެފޭ ތަކަކީ ބިދޭސީން ވަކި ސިނިގިރޭޓް ވިއްކާ ތަންތަނެވެ. އަނބިދަރީން ދޫކޮށް އެދަނީ ގަވާއިދާ ހިލާފައް ކޭޝިއަރަކަށް ގެންނަ ބިދޭސީ އަންހެނުން ނާ ކައިވެނި ކުރަމުންނެވެ.
އަލްޖިބްރރާ
28 June 2025
ދިލްބަހާރުމަގު ބޮންދު ސަރަހައްދަށް ކައިރިވާން ނުކެރޭކަމަށްވަނީ. ހުސްފޮނު އަރުވާފަ ތިއުޅެނީ. ވަކި ބަޔަކު ހިފެހެއްޓެނީ.
ޑރ ވާންޗޯ
28 June 2025
150000 ބަންގާޅީން ކައުންޓްކުރެވުނުއިރުވެސް އަދިވެސް ގާނޫނުން އެއްގައުމަކުން އެތެރެކުރެވޭނެކަމަށްބުނާ އަދަދު އިތުރުވެގެން ދިޔައިރުވެސް ބަންގާޅީންގެ ކޯޓާދޫކުރުން ނުހުއްޓިގެން ތިޔައުޅެނީ ބޮލަކަށް 18000 ލިބޭތީތޯ؟.
ސަރުކާނު
29 June 2025
މިކަމުގެ ފައިދާ ލިބިފަ ހުރި ބޭފުޅަކާ ހާދަ ފާޑޭ. ފުޅައްބުޑުން ދަންނާ ހަސަނަށް ހީވާނީ ކެޔޮގަޑު ކަނޑާނޭ ދޯ
ޑރ ވާންޗޯ
28 June 2025
ތިއޮތީ ބޮޑުކަންނެލި އައިނެއް ޖެހިފައެއްނު. އަވަހަށް ވިއްކާލާފަ ބައިއަޅާލައިގެން ޖީބުތައް ފުރާލައިގެން މާލެއާދޭ!. އޭސް ޔޫސުއަލް.....
މާނުމީ
27 June 2025
ޤަވާއިދުން ސަރުކާރަށް ވިސާ ދައްކާ މީހުން ހައްޔަރު ކުރެވުނީ . ސައިޓު ގޯހީޔޯ! ނުޤަވާޢިދުން އުޅޭ މީހުން ފިލީ. ތިމީހުން ހޮވީ ހިނގަހިނގާ ހުރި ވިޔަފާރިތަކުން ކަމަށް ވުމާއި އެކު، އެރިޕްލޭސްމެންޓަށް އެވިޔަފާރިތަކުން އާމީހުން ގެންނަން އިމިގްރޭޝަން ބްރޯކަރުން މިހާރު ބަންގްލާދޭޝް މީހަކަށް ނަގާ 18 ހާސް ގުނަކުރީމާ ޖެހެނީ 1.5 މިލިޔަން، ރަނގަޅު ވިޔާފަރި އެއްތާ ދޯ؟