އިމިގްރޭޝަނުން ހުޅުމާލެ ރަށު މާރުކޭޓުގައި ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަންގައި އިމިގްރޭޝަންގެ އޮފިސަރުން ބިދޭސީއަކާ ސުވާލުކުރަނީ.-- ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން
03 ޖުލައި 2025 - 12:37
ހުޅުމާލޭގައި ހުންނަ ރަށު މާރުކޭޓުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ 15 ބިދޭސީއަކު އިއްޔެ ހިފަހައްޓައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، ޓާސްކް ފޯސް އިން އިއްޔެ ހަވީރު ހުޅުމާލެ 1 ގައި ހުންނަ ރަށު މާރުކޭޓުގައި ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި ޖުމްލަ 37 ބިދޭސީއަކު ޗެކްކޮށް، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، އެތަނުގައި މަސައްކަތްކުރާ 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
އޭގެ ތެރޭގައި ހިމެނެނީ 10 ފިރިހެނަކާއި ފަސް އަންހެނަކު ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ޓާސްކް ފޯސްއިން ވަނީ އިއްޔެ ހަވީރު ހުޅުމާލެ ފޭސް 1 ގައި ހުންނަ "ރަށު މާރުކޭޓު" ގައި ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި. އެގޮތުން، މި އޮޕަރޭޝަނުގައި… pic.twitter.com/G5piyyX5ad
— Maldives Immigration (@ImmigrationMV) July 3, 2025
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހިފެހެއްޓުމަށް އިމިގްރޭޝަނުން މިދިޔަ މަހު ފަހުކޮޅު ވަނީ އައްޑޫގައި ވެސް ހާއްސަ ރެއިޑް އޮޕަރޭޝަަނެއް ހިންގައިފަ އެވެ. އޮޕަރޭޝަން "ހަމަމަގަށް"ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ ރެއިޑް އޮޕަރޭޝަންގައި އައްޑޫން 83 ބިދޭސީއަކު ހިފަހައްޓާފައިވެ އެވެ.
އިމިގްރޭޝަންގެ ރެއިޑް އޮޕަރޭޝަންތަކުގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެެރެއިން 5،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ޑީޕޯޓްކޮށްފަ އެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް ވަނީ 151،000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ ވެސް ވަނީ އެއްކޮށްފަ އެވެ. ސަރުކާރުން ބުނި ގޮތުގައި، މި މަހުގެ ނިޔަލަށް ބަޔޯމެޓްރިކްސް ނުދީ އުޅޭ ބިދޭސީން ރާއްޖެއިން ޑީޕޯޓްކުުރުމުގެ މަސައްކަތް ފަށާނެ އެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 2027 ވަނަ އަހަރުގެ އެޕްރީލް މަހުގެ ކުރިން އެއްކޮށް ހައްލުކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
03 July 2025
ހަފަތާއެއްފަހުން ހަމަތިޔަތަނުގަ އެމީހުން ވިޔަފާރީގަ ތިބޭނެ، ދޫކޮއްލީހޭ އަހާލީމަ ބުނާނެ މަ 5000، އަސްލަމް މިއާ 7000، މުސްލިމް މިއާ 4000. އޯކޭ.
މިއައު
03 July 2025
ރިޒޯޓު ތައް ވެސް ބެލޭނެ ގޮތެއް އޮންނަންވާނެ
ފޫހި
03 July 2025
ރުއްގަޑު ސަރަހައްދުގެ ނައިޓްމާކްޓް ޗެކްކޮށްލާތި
ބޮޑުންނުފެންނާނެ
03 July 2025
ތިތަންތަން ޗެކުކުރަން ދާއިރު އާންމުކޮށް ތިބޭނީ އާދައިގެ މަސައްކަތު މީހުން. ބިދޭސީ ބޮޑުން މިހާރު ވިޔަފާރިކުރަނީ ކޮންމެވެސް ދިވެއްސެއްގެ ނިވަލުގައި ތިބެގެން ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމަކޮށްގެން. އެވިޔަފާރިތަކައް ވަންނަ ފައިސާއަށް ވާގޮތް ހޯދޭނެ ވަރުގަދަ ތަހްގީގެއް ހިންގައިގެން މެނުވީ އެއިން މީހަކު އަތުނުލެވޭނެ. މިއީ މިރާއްޖޭގެ އެންމެން ދަންނަ ބޮޑުސިއްރެއް.
ހަޤީޤީމީހާ
04 July 2025
ދިވެހިންނަކަށް ނޫޅެވޭ ބިދޭސީން އުޅޭ ހީވާގިކޮށް.
މަނިކުބޭބެ
03 July 2025
އެހެންވިއްޔާ ތިތަނުގައިތިބި އެންމެން ނަގަންޖެހޭ ހުސް އޭގެމީހުން ބޭރުކުރާވަރަކައް ގިނަވާހެންހީވަނީ ސްކޭމަކާވައްތަރީ
ަޖަމީލުބެ
03 July 2025
ދޭ ތެރެއަކުން ފަަލަ ސުރުޚީއެއް ހަދަންވާނެ!
މައްކު
03 July 2025
ދިވެހި ބޮޓެއް ފަހަތަށް އަރާ ވިޔަފާރިކުރާ ފަރާތްތައްވެސް ހޯދާ ފިޔަވަޅު އަޅާ، ރާއްޖޭގެ ފޮރިން އިންވެސްޓްމަންޓް ކުރަންޖެހޭގޮތަށް ކުރަންވާނީ. މިފަދަ ދިވެހި ބޮޓުންނަކީ ޤައުމުގެ އެންމެ ބޮޑު ޤައްދާރުން. މިފަދަ ވިޔަފާރި ތަކާމެދުވެސް ފިޔަވަޅު އަޅަންޖެހޭ. އެންމެ ގިނައިންކުރަނީ ލަންކާ އިންޑިއާ މީހުން
ކޮރަލް
03 July 2025
މިހާރު މިކަން އޮންނަނީ މަހަކު އެއް ފަހަރު އެވެ. ވަޒީފާ ލިބޭލެއް ފަސޭހަ ކަމުން އާދަޔާ ހިލާފައް ބިދޭސީން އެބަ ގިނަ ވެ އެވެ. ވަޒީފާ ދެނީވެސް ބިދޭސީންނެވެ. ބިސްނަސް ވިސާ ގަ އަންނަ ބިދޭސީން ރިސޯޓް ތައް ފުރާލައިފި އެވެ. މިތަނައް އައިސް ވޯކް ޕާމިޓް ހަދަނީ އެވެ. މިއީ ކުރީން އޮންނަ އުސޫލެއް ނޫނެވެ.