ފުލުހުންގެ ތަހުގީގު ޓީމުގެ މެމްބަރަކު މާޅޮހުގެ ހުރަސް މަގު އަތިރިފަރާތުގެ ވާ ބޮޑު ސަރަހައްދެއް ބަލަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
14 ޖުލައި 2025 - 12:29
އއ. މާޅޮހު އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމަށް ހަމަލަދީ މަރާލި މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގަށް މި ރަށު ހުރަސްމަތި ފަރާތް ފާސްކުރަން ދެންމެ ފަށައިފި އެވެ.
އަބްުދުއްރަހުމާން ދިރިއުޅޭ ގެ މާހިޔައާ މާ ދުރު ނޫން އެ ސަހައްދަށް ފުލުހުންގެ ބޮޑު ޓީމެއް އައިސް ވަލުތެރެ އާއި އަތިރިމަތީގެ އެކި ސަރަހައްދުތައް ދެންމެ ވަނީ ފާސްކުރަން ފަށައިފަ އެވެ.
ފުލުހުންގެ ތަހުގީގު ޓީމު މާޅޮހުގެ ހުރަސް މަގު އަތިރިފަރާތުގައި މިއަދު މެންދުރު ހަރަކާތްތެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މާޅޮހުގެ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އުމުރުން 65 އަހަރުގެ އަބްދުއްރަހުމާނަށް ހަމަލަ ދިނުމުގައި ރަށުގެ ބައެއްގެ އަތެއް ނެތެވެ. އެހެންވެ، އެ މީހުން ބޮޑަށް ބަލަނީ އަބްދުއްރަހުމާނަށް ހަމަލަ ދޭނީ ރަށުގެ މީހުންގެ ބަހުން ނަމަ "އޮޅުމަތިި" ސަރަހައްދުން ނުވަތަ ހުރަސް މަގު އަތިރިފަރާތް ސަރަހައްދުން ބަޔަކު އަރައިގެންނެވެ.
މި ރަށު ބައެއް މީހުން ބުނީ، ބަނދަރުމައްޗަށް ބަޔަކު ފައިބައިގެން އައިސް މާހިޔާ އަށް ވަދެ ހަމަލަ ދިނުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.
ފުލުހުންގެ ފޮރެންސިކް ޓީމުގެ މީހަކު މާޅޮހުގެ ހުރަސް މަގު އަތިރިފަރާތުގައި މިއަދު މެންދުރު ހަރަކާތެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"އެއީ އެ ރޭގައި ވެސް އެ ގެއާ މާ ދުރު ނޫން ހިސާބެއްގައި ރަށުގެ މީހުން އުޅުނު ވަރަށް ދަންވަންދެން. އެ ގެ ކައިރީގައި ހޮޓަލުގައި މީހުން އުޅުނު،" މާޅޮހުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"އެހެންވީމާ ރަށުގައި އާންމުން ދިރިއުޅޭ ތަންތަން ހުރަސް ކޮށްފައި އެ ގެ އަށް ބަޔަކު ވަނިއްޔާ ފެންނާނެ. އެކަމަކު، އޮޅުމަތި ސަރަހައްދަށް ޑިންގީއެއް ކައިރި ކޮށްފައި އަރަން ބޭނުން ނަމަ އެ ކަން ކުރުމުގެ ފުރުސަތު އޮވެދާނެ."
އަބްދުއްރަހުމާންގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ދީ، ޒަހަމް ކޮށްލާފައި ވަނިކޮށް ފެނުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އެކެއް އެކެއް ޖަހާކަން ހާއިރު އެވެ. ފުލުހުންނަށް ރިޕޯޓް ލިބުނީ 1:50 ހާއިރު އެވެ. އެކަމަކު، ރަށުގެ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެނިކޮށް އެ ރޭގެ ފަތިހު މަރުވީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަކީދޭ
16 July 2025
ސްޓްރީޓް ކްލޯތުސުގަ އުޅޭ ބައެއްތަ މީ؟
ލޮބީދު
15 July 2025
މައްސަލައިގެ ބާވަތުން. ފުލުންގެ މަސައްކަތަށް ފާޑު ކިޔާކަށް ނެތިން. ނަމަވެސް ފުލުހުން އުޅޭގޮތުން ހިޔެއްނުވޭ ކުރައިމްސީން އެއްގަ އުޅޭހެއްނެ، ބޮޑަށް ވައްތަރީ ހޮލިޑޭ މޫޑުގަ އުޅޭހެން. ވަރަށް ދެރަ، ކޮންއިރަކުން ބާ ގާބީލް މުއަށްސަސާތަަށް ރާއްޖޭގަ ގާއިމްވެގެން ދާނީ.
ދިވެސް
15 July 2025
ތިރަށުގައި އުޅޭ ބޮންދުން ހަމަ އަށް އެބަތިބިތަ، ވަރަށް ފާހަގަވޭ ކުށްކުރުމުމަށް ފަހު އެމީހުންނަށް ކުށުން ސަލާމަތް ވުމުގެ ފުރުސަތު ބޮޑުހެން
ރާވެރިބެ
14 July 2025
ތިރަށުގެ އެންމެންގެ ފިންގަރޕްރިންޓާ ޑީއެންއޭ ތަހުގީގަށް ނަގަންވީ. އޭގެ ފަހުން ބަލަންވީ ބޭރުންބަޔަކު ރަށަށް އަޜާ ކުރި ކަމެއްތޯ. ރަށުން ބޭރުން ބަޔަކު އަރާ އަބްދުއްރަހުމާން މަރާލިކަމަށް ބުނާބުނުމަށް ވުރެ ވައްތަރީ ހަމަ ތިރަށުގަ އުޅޭމީހަކު ނުވަތަ ބަޔަކު ކުރި ގަތުލަކާ!
ފިޓު މީހާ
14 July 2025
ފުލުހުންގެ ތަހުގީގީޓީމް ހާދަ އަންފިޓޭ
ޖޯކަރު
14 July 2025
ޖިހާދަށް ދާ ހަރުކަށި ފިކުރުގެ ރައްޔިތުން އުޅޭ އަދި ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރޭގައު އަބްދުއްރަހްމާން ގެ ދަރިޔަކު ހިމެނޭ ރަށެއްގެ މީހުން ނުކުމެ މިރަށު މީހުންކުރާ ޒާތުގެ ކަމެއް ނޫނޭ ބުނީމަ މިދެން ބޮޑު ޖޯކެއްނު
ޒަރީރ
14 July 2025
ހަރުކަށި ފިކުރަކީ މި ރަށުގެ މީހުންނަށް މައްސަލައަކަށް ނުވަނީކަންނޭނގޭ
މަޑުކަށި
15 July 2025
ފިކުރު މަޑުކަމުން ގޮސް ފަލަސްތީނު ރައްޔިތުން ކިތިލާ ހުސްކުރާއިރު ވެސް އަހަރުމެން މިތިބީ ނުފެންނަ ކަމަށް ހެދިގެން.
އާދަމް ކުރޮޅި
14 July 2025
ހުރަސްމަގުގެ އުތުރުކޮޅު. އެއީ ރަށުގެ އުތުރު ފަރާތް މަގުގެ އުރުތުކޮޅު
ގެދޮރޭ
14 July 2025
ރަށުން ބޭރުބަޔަކު އަރާވެސް އެފަދަ ކަމެއް ކޮށްފާނެ. އެކަމަކު ކީއްވެ? ސަބަބެއް އޮންނަން ވާނެއެއްނު. އޭނާގެ ތިމާގި ކުއްޖަކު ބުނި އެއީ ސިހުރު ހަދާ މީހެއްކަމަށް. ސިހުރު ހެދިޔަސް އެގޮތަށް މަރާކަށް ނުޖެހޭ. އެކަހަލަ އެއްވެސް ކަމެއް ކުރާމީހެއް ނޫނޭ ރަށު ބައެއްމީހުން ބުނާތީ. މާޅޮހަކީ ވެސް ފަންޑިތައާއި ސިހުރުގެ ބޮޑު ރަށެއް. މުދަލުގެ ބޭނުމުގަ ދެމްފިރިން ދުރުކުރުވާފަވެސް އެބަ ހުރި. އެނގޭތީ މިބުނަނީ.
ސިހުރުނެތަސް
15 July 2025
މިފަހަރު ސިހުރު ނެތަސް އެއޮތީ ދެމަފިރިން ދެ ކޮޓަރީގަ ނިދިތަން ފެނިފަ އަދި އެއަށްވުރެ ބޮޑަށް ދުރުވާނެ ގޮތް މެދުވެރިވެފަ. އެކަމުގައި ސިހުރު ނެތަސް މުދަލުގެ ބޭނުމުގަ އެޅުނު ފިޔަވަޅަކުން އެފަދަ ނަތީޖާތަކެއް ނިކުތީ
ޑެބީ
14 July 2025
ތަހުގީގު ނިމޭއިރު އަހަރުމެން ގޭގަތިބޭ މީހުންނަށް އިނގޭ ވަރަށް ފުލުހުންނަށްވެސް އިނގޭނީ. މާޅޮހުގައި 65 އަހަރުގެ މީހަކު ނިދަން އޮއްވާ މީހަކު ނުވަތަ ބަޔަކު ހަމަލާ ދިނުމުން އޭނަ މަރުވިކަމާއި ހަމަލާދިނީ ކޮންބައެއްކަން ނޭނގޭކަމާއި ހަމަލަދޭން ބޭނުންކުރި ހަތިޔާރު ނުފެންނަކަމާއި މިވެސް ގޮތްނޭނގުނު މަރެއްކަން.
ބިނާ
14 July 2025
މީހުން މަރާ ރަށުގެ ލިސްޓަށް މާޅޮސް އިތުރުވީ. ދެންވެސް އޮޅުވާލަން ނޫޅެ ފުލުހުންނަށް އެއްބާރުލުންދީގެން ތިކަން ކުރި ބަޔަކު ހޯދަން އުޅޭ. ވެއްޖެކަމެއް ނުވާކަމަކަށް ނެހެދޭނެ.