ހައިވޭގައި މީގެ ކުރިން އެކްސިޑެންޓެއް ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ. -- ފޮޓޯ | މިހާރު
14 ޖުލައި 2025 - 18:36
މާލޭގެ މަގުތަކާއި ސިނާމާލެ ބްރިޖުގައި މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި 1،000 އަށް ވުރެ ގިނަ އެކްސިޑެންޓު ހިނގާފައިވާ އިރު އެ ހާދިސާތަކުގައި 121 މީހަކަށް އަނިޔާވި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެ އިދާރާއިން ސޯޝަލް މީޑިއާގައި އާއްމުކުރި މައުލޫމާތުތަކުގައިވާ ގޮތުން، މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 30 ގެ ނިޔަލަށް މާލެ އާއި ސިނަމާލެ ބްރިޖު އަދި ހައިވޭގައި 1،101 އެކްސިޑެންޓު ހިނގާފައިވެ އެވެ. އެއީ މާލެ ތެރޭގައި 911 އެކްސިޑެންޓާއި ބްރިޖާއި ހައިވޭގައި 190 އެކްސިޑެންޓެވެ. މީގެތެރެއިން ގިނަ އެކްސިޑެންޓް ހިނގާފައި ވަނީ ދުވާލުގެ ވަގުތުތަކުގަ އެވެ.
އެ ހާދިސާތަކުން 121 މީހަކަށް އަނިޔާވި އިރު އޭގެ ތެރެއިން 61 މީހަކަށް ސީރިއަސް ޒަހަމްތައް ލިބުނެވެ. އަދި 1،107 އުޅަނދަކަށް ގެއްލުން ވެފައިވެ އެވެ.
އެ މުއްދަތުގައި ހިނގި އެކްސިޑެންޓުތަކުގެ 68 ޕަސެންޓު ހާދިސާ ހިނގާފައިވަނީ ދުވާލުގެ ވަގުތުގަ އެވެ. އެއީ 745 އެކްސިޑެންޓެވެ. ރޭގަނޑު ގަޑީގައި 356 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުންގެ މައުލޫމާތުތަކުން ދައްކަ އެވެ.
އެންމެ ގިނަ އެކްސިޑެންޓު ހިނގާފައިވަނީ ސައިކަލާއި ކާރު ޖެހިގެންނެވެ. އެ އުޅަނދުތައް ޖެހިގެން 295 އެކްސިޑެންޓު، ސައިކަލާއި ސައިކަލު ޖެހިގެން 267 އެކްސިޑެންޓު ހިނގާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުދުއްވާ
15 July 2025
ދުއްވާ އެއްޗަކަށް ނޭރިޔަސް ހިނގާފައި ދާއިރުވެސް އެކްސިޑެންޓްވާ މިންވަރު މިހާރު މަދެއް ނޫން. ފޯނާ ކުޅެކުޅެމުން ގޮސް ތަނެއްގައި ނުވަތަ މީހެއްގެ ގައިގައި ލައްވާލައިގެން ވަމުންދާ އެކްސިޑެންޓްތަކަކީވެސް ހިސާބުކިތާބު ބަލަހައްޓާނަމަ މަދު އެއްޗަކަށް ނުވާނެ.
ޒަވިޔަނި.
15 July 2025
ކޮންތާކައްދާންތަ މިމީސްމީހުން މިދުއްވަނީ ބާރައް؟ މީ ކުޑަކުޑަ ޤަޢުމެއް. މާކަދުރަކައްދުއްވާފަ ދާންނުޖެހޭ. ފަރުދީ ޒިއްމާނަގާބަލަ ލޮބުވެތި ރައްޔިތުންނޭ. ވަގުތު ކުޑަތަންވީމަ ނޫން ދާތާކައް ދާންގެއިންނުކުންނަންވީކީ. ވިސްނާލަންވީ މި މާލޭގަ މީހުންތޮއްޖައްސުވާފަ އޮތުމުގެ ސަބަބުން، ދުއްވާއެއްޗެހީގެ ކާރޫބާރޫ ބޮޑުކަމުން ތިމާ ގަޑިއަކައް ތާކައްދާން އޮތްނަމަ ވަގުތު އޮއްވާ ދަތުރައްނުކުތުމައް. ޤަވާޢިދުތައް ހަދާފަ އޮންނަނީ އެއްމެންގެވެސް ރައްކާތެރިކަމައް.
ސާކިރުއަލީހުސޭންފުޅު
15 July 2025
ތީ ވ. ބޮޑު ކާމިޔާބެއް. މިސަރުކާރަށް އެބަޖެހޭ ދޯ ކޮންމެސް މެޑަލްއެއް ދޭން. އެންމެ ގިނަމީހުން މަގުމަތިން މަރުވީ މި ދައުރުގައޭ ކިޔާފަ.
އިއްލި
15 July 2025
މި ރިޔާސީ ދައުރު ނިމެންވާއިރަށް އަދި 4000 ވަރަކަށް ފްލެޓް އަޅާ ރާއްޖޭގެ އެކިހިސާބު ތަކުން 4000 ވަރަކަށް އާއިލާ މާލެ ސަރަހައްދަށް ޖަމާކޮލާ، އޭރުން ދެން އަންނަ ދައުރަކަށް މި އަދަދު 2 ގުނަ ވެދާނެ. މިގައުމަށް އަންނަ ކޮންމެ ސަރުކާރެއް އަންނަނީ ރަށްރަށައް އެތައް ތަރައްގީގެ ވައުދާއެކު އަޚިރުގައި ނިމެނީ އެންމެންނަށް ފްލެޓްދީ މާލެއަށް އަންނަން މަޖުބޫރު ހާލުގަ.
ސާބަސްފުޅު
15 July 2025
އެކުސިޑެންޓު ގިނަވަނީ ދިވެހިފުލުހުންގެ އަގުވެއްޓި ފުލުހުންގެ ޕްރޮފެސަނަލިޒަމުގެއްލި މުޅިތަން ސިޔާސީވުމުގެ ސަބަބުން ދެފައި ދެގޯޅު ބަލައި ފާސްކުރަނީ ހައިވޭތަކުގައި މޮޅުކެމެރާބަހައްޓާފައި މިކެމެރާއިން ފެންނަނީ ނިކަމެތި ދެރަމީހާގެ ސޮރު އެކަނި އެހެނިހެންމީހުން ނުފެނޭ!
އަސްލު ހައްލު
15 July 2025
ދުއްވާމީހުން މަދުވީމަ އެކްސިޑެންޓު މަދުވާނެ. ބަސް ނިޒާމު ހަރުދަނާ ކޮށްފައި އަމިއްލަ އުޅަނދު ގެންގުޅުމުގެ ހަރަދާއި އުނދަގު ބޮޑުކުރަންވީ.
ހައްޖަ.
15 July 2025
އަދިވެސް މަލެ އަށް މިހުން ތޮއްޖައްސާ ހިގައި ގަނެވެން ނޯވެ.
ރުމާ
14 July 2025
ބުރިޖު ގަޔާ ހައިވޭގައި ދުއްވަނީ އެމީހަކައް ދުއްވުނު އެންމެ ބާރަކަށް. ބަލާމީހަކު ނޫޅޭ.
ޢޮޔާދާޤައުމު
14 July 2025
ކީއްވެތަ އަބަދުވެސް އެކްސިޑެންޓްވެ ނިމުނީމަ ސީންއަށް ފުލުހުން މި އަންނަނީ. އެހެން ޤައުމުތަކުގައި ޕޮލިހުންނަކީ ޑިއުޓީ ބަހައިގެން އަބަދުމެ މަގުމަތީ ޕެޓްރޯލްކުރާ ޤައުމީ ޚިދުމަތުގައި ތިބޭބައެއް
ނކނކނކބކނ
14 July 2025
ބުރިޖް މަތީ ދުއްވާ ކާރުތައް ކުއްލިއަކަށް ކުރިމަތީ އޮންނަ ކާރު އޯވަރ ޓޭކްކުރަން ސައިކަލުތައް ދުއްވާ ފަޅިއަށް ކުއްލިއަކަށް އަރާއެރުން ހުއްޓުވަންޖެހޭ. މިކަމާހެދި ކިރިޔަ ކިރިޔާ ބޮޑު އެކުސިޑެއްޓެއް ނުވެ ސަލާމަތް ވާ މީހުން ބްރިޖުމަތިންފެނޭ. އަނެއްކަމަކީ ބުރިޖުމަތީ ދުއްވާ ސައިކަލުތައް ހައިވޭގަ ކޮފީ މޭޒު ޖަހައިގެން ދުއްވުން. މިކަންކަން ބެލިގެން އެކުސިޑެންޓް މަދުކުރެވޭނީ