ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ދުރުން ފެންނަ ގޮތް: އަންނަ ސެޕްޓެމްބަރަށް ފަހު އާ މާސްޓަޕްލޭން ތަންފީޒު ކުރަން ފަށާނެ.---ފޮޓޯ: ނިޝާން އަލީ| މިހާރު
19 ޖުލައި 2025 - 08:57
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމަށް މިހާރު ނިންމާފައިވާ ގޮތާ އެއްގޮތަށް ތައްޔާރު ކޮށްފައިވާ އާ މާސްޓަޕްލޭންގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ލިބޭނެ ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ "ހޭޔަންބޯ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އާ މާސްޓަޕްލޭން ތައްޔާރު ކުރަނީ ވީއައިއޭ ތަރައްގީ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ މައްޗަށް ބިނާކޮށް ކަމަށާއި ޒަމާނާ އެއްގޮތަށް ވަރަށް ގިނަ ކަންކަން އޭގައި ހިމެނޭނެ ކަމަށެވެ.
އެ މާސްޓަޕްލޭން ލިބުމާ އެކު އޭގެ އަމަލީ މަސައްކަތްތައް ފަށާނެ ކަމަށް އެމްޑީ ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ، ފްރީ ޒޯން ފަދަ ވަރަށް ގިނަ ކަންކަން އެއާޕޯޓެއްގައި ހިމެނިދާނެ ކަމަށާއި އާ މާސްޓަޕްލޭންގައި އެ ފަދަ ކަންކަމަށް ރިއާޔަތް ކޮށްފައިވާނެ ކަމަށެވެ.
އެމްއޭސީއެލްގެ އެމްޑީ ޝަރީފު "ހޭޔަންބޯ" އަށް އިއްޔެ އިންޓަވިއު ދެއްވަނީ.
"މާސްޓަޕްލޭން އަތަށް އެރުމާ އެކު އިރާދަކުރެއްވިއްޔާ އޭގައި ހުރި ވަކި ކޮމްޕޯނަންޓުތަކުގެ އަމަލީ މަސައްކަތް ފައްޓާނަން. އޭގެ ތެރޭގައި އޮންނާނެ ޑޮމެސްޓިކް ޓާމިނަލް އިތުރަށް ތަރައްގީ ކުރުން. އިންޓަނޭޝަނަލީ މިކޮޅަށް އަންނަ ފަސިންޖަރުން ޑޮމެސްޓިކް ޓާމިނަލް ބޭނުންކުރޭ. ހަގީގަތުގައި ސާވިސް އެއް ލެވެލެއްގައި ދެންޏާ ޑޮމެސްޓިކް ވެސް އެބަޖެހޭ ރަނގަޅުވާން،" އެމްޑީ ވިދާޅުވި އެވެ.
"އެއީ ވަރަށް ގިނަ ފަތުރުވެރިން ޑޮމެސްޓިކް ޓާމިނަލް އެބަ ބޭނުންކުރޭ."
ރާއްޖޭގެ މައި އެއާޕޯޓު ތަރައްގީ ކުރާނެ ގޮތުގެ މާސްޓަޕްލޭނެއް 2007 ގައި އިނގިރޭސި ވިލާތުގެ ސްކޮޓް ވިލްސަން ކުންފުނިން ހަދައި ދިނެވެ. ހަތް މިލިއަން ރުފިޔާ( 545،000 ޑޮލަރު) ހަރަދު ކޮށްގެން އެ މާސްޓަޕްލޭން ހެދީ 25 އަހަރުގެ މުއްދަތަކަށެވެ. އޭގެ ފަހުން ޗަންގީ އެއާޕޯޓް މެދުވެރިކޮށް އިތުރަށް އެ މާސްޓަޕްލޭން ފުރިހަމަކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ2
20 July 2025
ސެޕްޓަމްބަރ މަހު މާސްޓަރ ޕްލޭން ނިމޭއިރު އާ ސީޕްލޭން ޓާރމިނަލް، އާ ރަންވޭ، އާ އިންޓަރނޭޝަނަލް ޓާރމިނަލް، އާ ކާރގޯ މިހާރު ހުރީ ނިމިފައި. ދެން ތި މާސްޓާރ ޕްލޭންގައި އޮތީ ކޯއްޗެއްބާ
އަލީޖީ
20 July 2025
މިއޮއްހާ ދުވަހު ތި ކަމެއް ކުރީ މާސްޓަރ ޕްލޭނަކާ ނުލާތަ؟ ލޮލްސް
އަކްމެޑް
19 July 2025
ކާރަށް އަރަންޖެހޭނީ ވާރެއާ ތެމިގެން. ލޯންޗަށް އަރަންދާ މީހުން މިހާރެކޭވެސް އެއްގޮތަށް މަގު ހުރަސްކޮށް (ވަޔާ އަވީގަ). ފުރާމީހުނާ, އަންނަ މީހުން އެއްފްލޯއަކަށް ހެދީމަ ޓްރެފިކް ޖޭމްވާނެ.
ޜޯނު އެދުރު އަލަމާ
20 July 2025
މާސްޓާރ ޕުލޭން ހެދީ ފިނި ކޮޓަރީގަ ތިބޭ މީހުން.
ޝޮކްތެރަޕީ
19 July 2025
އެމްޑީޕީޔަ ވެރިކަން ލިބިއްޖިއްޔާ ރާއްޖޭގެ ހުރި މުހިމްމު ތަންތަނުގެ ހިސްސާ އިންޑިޔާއައް ވިއްކާލާނެ.
ނާޑުވާ
19 July 2025
ނުނިމޭނެ.
ބުހާރީ
19 July 2025
މާސްޓަރ ޕްލޭން ހެދުމުގެ ބޭނުމެއްމިހާރަކު ނެތެއްނު. ހިތަށްއެރިހާގޮތަކަށް މިހާރު ތަންހަދައިނިންމައިފި.
ހިތަށްއެރިހާގޮތަކަށް
19 July 2025
އަސްލުވެސް. މިހާރުވެސް ހެދިފަ ހުރި މާސްޓަޕްލޭންތަކަށް ވަނީ ތިހެން.