ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުން ބަޔަކު ހިދުމަތް ހޯދަނީ.-- ފޮޓޯ: އެމްއޭސީއެލް
31 ޖުލައި 2025 - 15:45
މިދިޔަ ހޮނިހިރު ދުވަހު ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުން މިހާތަނަށް 2،000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފި އެވެ.
އެމްއޭސީއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިހާތަނަށް އާ ޓާމިނަލުން ހިދުމަތް ދިނީ ރާއްޖެއިން ފުރި 956 ފަސިންޖަރަކަށާއި ރާއްޖެ އައި 1,454 ފަސިންޖަރަކަށް ކަމަށެވެ.
އެ ޓާމިނަލްގެ އޮޕަރޭޝަންތައް މިދިޔަ އާދިއްތަ ދުވަހު ފެށުމުގެ ގޮތުން ފުރަތަމަ ހިދުމަތް ދިނީ އިންޑިއާގެ ކޮޗިން އިން މާލެ އައި ގައުމީ އެއާލައިން މޯލްޑިވިއަންގެ މަތިންދާބޯޓަށެވެ.
އެ ދުވަހުން ފެށިގެން އިއްޔެގެ ނިޔަަލަށް މޯލްޑިވިއަންގެ ބޯޓުތަކަށް 14 ފަހަރު ހިދުމަތް ދީފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުން ބަޔަކު ހިދުމަތް ހޯދަނީ.-- ފޮޓޯ: އެމްއޭސީއެލް
އެމްއޭސީއެލުން ބުނީ އާ ޓާމިނަލަށް އިންޓަނޭޝަނަލް ދަތުރުތައް ބަދަލުކުރުމަށް ހަމަޖެހިފައި ވަނީ އޮރާޓް ޕްރޮސެސްގެ ތެރެއިން ކަމަށެވެ. އެކަން ކުރަނީ ބައިނަލްއަގުވާމީ ކޮންސަލްޓަންޓް ފާމެއް ކަމަށްވާ މޮޑާލިސްއާ ގުޅިގެން ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ޕްރޮސެސްގެ ތެރެއިން ފަހަރަކު އެއާލައިނެއް އާ ޓާމިނަލަށް ބަދަލުކުރަމުން ގޮސް އަންނަ ސެޕްޓެމްބަރު މަހު ހުރިހާ އެއާލައިނެއްގެ ހިދުމަތް އާ ޓާމިނަލަށް ބަދަލުކުރާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ވީއައިއޭގެ އާ ޓާމިނަލަކީ އަހަރު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ ޓާމިނަލެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިގާ
02 August 2025
ބޯހަލާކު؟ ހަމަ ރަނގަޅަށް މޮޔަވެފަ އޮތް ސަރުކާރެއް!
އަހައްމަދޫ
02 August 2025
ފަށްފަށުން ޝުކުރިއްޔާ ޑރ. މުއިއްޒު. އެމްޑީޕީ މީހުން ތިބި ނަމަ އަދިވެސް އެއްރޕޯޓު އޮންނާނީ ނުނިންމިފަ. ހަމަ ގެރެންޓީ. އޭއްޗެކޭ މީއްޗެކޭ ކިޔާލަ ކިޔާލަ ތިބޭނީ، ބުރިޖަށް ވީގޮތަށް
ސަމހ
31 July 2025
ވަރަށް ފުރިހަމަ ޓާރމިނަލެއް. އަދި ހިދުމަތްވެސް އެހާ ފުރިހަމަ. ޝުކުރިއްޔާ ރަޢީސް މުއިޒު
އޮނަރަބްލް އަފީފު ދީދީ
31 July 2025
ބިންހިއްކާ ފަޅު ފުންކުރުމަށާއި، ވޯޓަރރަންވޭ އާއި ސީޕްލޭން ޓާމިނަލް، ފިއުލްފާމް، ކާގޯ ޓާމިނަލް، ޕްރައިވެޓް ޖެޓް ޕާކިންގ އާއިއެކު ބޯޓް ޕާކިންގ ސްލޮޓް އިތުރުކުރަމާއި، މަގު ތަރައްޤީ ކުރުމަށާއި، ފަޔަރ ޓްރަކް ތަކާއި އިތުރު ވެހިކަލް ހޯދުމަށާއި އެންމެފަހުން ހުޅުވި "ޖަވާހިރު ޓާމިނަލް އާއި ތިޔަން ހުޅުވުމަށް ހޭދަކުރި 25 މިލިޔަން ޑޮލަރާއިއެކު ތިތަނަށް މިހާތަނަށް 15 ވަރަކަށް ބިލިޔަން ޑޮލަރ ޙަރަދު ވެއްޖެ. މިހުރިހާ ފައިސާނެގީ ދައުލަތްދަރަނިކޮށް ލޯނުގެ ގޮތުގައި.
އޮނަރަބްލް އަފީފު ދީދީ
31 July 2025
ފަނަރަ ބިލިޔަން ޑޮލަރު ޚަރަފުކުރި ކ.މާލޭ އެއަރޕޯޓަށް ކުރި އިންވެސްޓްމަންޓް ހޯދުމަށްޓަކާ ޤާނޫނުބަދަލުކޮށް ރާއްޖެއިން ބޭރަށްފުރާ މީހުންގެއަތުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީއާއި ޑިޕާޗަރޗާޖް އަދި އެއަރޕޯޓުގެ އެހެނިހެންފީތައް ބޮޑުކުރިއިރު މާލޭއެއަރޕޯޓުން ނަގާވަރަށް އައްޑޫ ގޭން އެއަރޕޯޓުވެސް އަގުނެގުމަށް ގެޒަޓް ކޮށްފައި!! ދުނިޔޭގެ ކޮން ޤައުމެއްގައިތޯ އެޤައުމުގެ އެންމެބޮޑު އެއަރޕޯޓުން ފީތައް ނަގާވަރަށް ވަކިން އެކަހެރިކޮށް އޮންނަ އެއަރޕޯޓްތަކުން ފީ ނަގަނީ.
އޮނަރަބްލް އަފީފު ދީދީ
31 July 2025
މާލޭ އެއަރޕޯޓެކޭ އެއްގޮތަށް އައްޑޫ އެއަރޕޯޓުން މިހާރު އިކޮނޮމީކްލާހުގައި ދަތުރުކުރާނަމަ 50 ޑޮލަރު، ބިޒްނަސްކްލާހުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެއަތުން 120 ޑޮލަރު، ފަސްޓްކްލާހުގައި ދަތުރުކުރާ އެންމެންގެ އަތުންވެސް 240 ޑޮލަރުނަގަމުންދޭ. އަދި ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ މީހުންގެއަތުން 480 ޑޮލަރ ނަގާނެ. މާލޭ އެއަރޕޯޓުން ލިބޭ ހިދުމަތް އައްޑޫ އެއަރޕޯޓުން ނުލިބުނު ކަމަށްވިޔަސް މާލޭސަރުކާރުން ވަނީ އައްޑޫ އެއަރޕޯޓް ޗާޖެސްތައް ވެސް ބޮޑުކޮށްފަ!؟
ގޒވސ
31 July 2025
ވަރަށް ހިތްގައިމު
ސަރީފާ
31 July 2025
އެމްއޭސީއެލް އަކީ ދުވާލަކު 1000،000އެއްމިލިޔަން ޑޮލަރު ވައްނަތަނެއް. ސާބަހޭ
ރަހާ&
31 July 2025
ވ ސަޅި މުއިއްޒު ތިކަން ކުރީމަ އެންމެން ޖޭވަނީ
ބަރަކޫޑާ
31 July 2025
ތިތަން ނުހުޅުވިގެން އިގުތިސާދު ކުރިނާރައިގެން މިހުރިހާ ދުވަހު އުޅުނީ. މިހާރު އިގުތިސާދު ނިކަން ބާރަށް ކުރިއަރައިގެންދާނެތާ.